ޕީޕީއެމުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ނިހާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
11 ޖެނުއަރީ 2018 - 12:25
ހާބަރު ސަރަހައްދުގައި އެސްޓީއޯއިން ތަރައްގީކުރާ ފުޑް ކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތް ހެދުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
މެދުކެނޑުމެއްނެތި 20 އަހަރު ސިނގިރޭޓް ބެއްލެވުމަށް ފަހު ދިމާވި ސިއްހީ ބޮޑު މައްސަލައަކާ ގުޅިގެން ސިނގިރޭޓާ ދުރަށް ވަޑައިގެންފައިވާ ނިހާން މިއަދު ވިދާޅުވީ ދުންފަތުގެ ހިތި ތަޖުރިބާ ކުރެވިއްޖެ ކަމަށާއި އެ ބަވާއިން މީހުން ސަލާމަތް ކުރުމަށް ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ. އޭނާ މިހެން ވިދާޅުވީ އަލަށް ހުޅުވާ ފުޑް ކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ސިއްހީ ފަރާތްތަކުން ވެސް ގޮވާލައިފައި ވަނިކޮށެވެ.
"ދުންފަތާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކާ އެކުގައި މިހިރީ. އެސްޓީއޯ އަށް، އަދި އެ ތަނުގައި ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް ގޮވާލަން ސިނގިރޭޓް ނުވިއްކާ ވިޔަފާރި ހިންގިދާނެ. އެތަނަށް ކޮފީ ބޯން ދާ މީހުން ދާނީ ސިނގިރޭޓް ވިއްކާތީކީ ނޫން،" ފުއްޕާމެ އަށް ދިމާވި މައްސަލައެއްގެ ސަބަބުން ބޮޑު އޮޕަރޭޝަނެއް ވެސް ކުރައްވާފައިވާ ނިހާން ވިދާޅުވި އެވެ.
ފުޑް ކޯޓުތަކުގައި ސިނގިރޭޓް ބުއިން މަނާ ކުރެވިދާނެތޯ ދެންނެވުމުން ނިހާން ވިދާޅުވީ ރައްޔިތުންގެ ދުޅަހެޔޮކަމަށް އެންމެ ގިނަ މަސައްކަތްކުރި ސަރުކާރަކީ މިއީ ކަމަށްވާއިރު ސިނގިރޭޓުގެ ދުމުން މީހުން ސަލާމަތް ކުރުމަށް ސަރުކާރުން އެކަށޭނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.
ހާބަރު ފުޑް ކޯޓުތައް ކުއްޔަށް ދޫކުރަން ހުޅުވާލާފައިވާއިރު އޭގެ އެތަނުގެ އެއްބައިގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާތީ، ސިއްހީ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ އެ ހުއްދަ ނުދިނުމަށް އެސްޓީއޯ އަށް އަންގައިފަ އެވެ.
Habour gai hadhaa food court thakugai dhunfathuge isthiumaalu kurun manaakuran edhefi
The most trusted news source in the Maldives
Mihaaru
ފުޑްކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމަށް ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ގޮވާލުން--
އެކަމަކު އެސްޓީއޯގެ ނިންމުން އަދި ބަދަލު ކުރި ކަމެއް އެނގިފައެއް ނެތެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ އެކަމަށް ގޮތެއް ނިންމާނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ.
ގަވައިދުގައި ބުނާ ގޮތުން ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަކޮށްފައިވާ ސަރަހައްދު ފިޔަވައި އެހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރަން ކަނޑައަޅާ ސަރަހައްދަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ދުމުގެ އަސަރު ނުކުރާނެހެން ހަދާފައިވާ ތަނަކަށް ވާންޖެހެ އެވެ. ފުޑްކޯޓުތަކުގައި އެ ޝަރުތުތައް ހަމަނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުމާދުންފަތް
10 April 2018
ސިނގެރޭޓު ބޮވޭ ކޯޓުތަކެއް ހަދަންވީ އެތަންތަނުން ވިއްކާނީ ހުސް ސިނގިރޭޓު
ސީދި
10 April 2018
ސިގިރޭޓާނުލާ ބޮޑުތަނުން ވިޔަފާރި ދައްވާނެ...ތިތާ ހަދަންވީ ބޮވޭތަންތަނާ ނުބޮވޭތަންތަން ނުބޮވޭތަންތާ ބޮޑުތަނުން ކުލިވެސް ކުޑަކުރަންވާނެ
ކޮބާތަ
11 January 2018
މިބޭފުޅާގެ ކޮއްކޯފުޅުގެ ކަންތަކުގެ ހަބަރެއް ނެތްތަ؟ މުއްދަތުޖެހި ހަބަރެއްވެސް ނީވެ؟ އޮބުނީބާ؟
ތެޔޮބިޑިނހނ
11 January 2018
ހައްހައްހާ ސިނގިރޭޓު ކާމީހެއް ރައްޔިތުންގާތު ވަކިއެއްޗެއް އަމަލުތައް ތަފާތު
ސުވާދީބު ރާނީ
11 January 2018
ނިހާނޫ.. ނިކަން މަގުމަތީ ސިގިރެޓް ނުބޮވޭ ގޮތް ހަދާ ބަލަ ކެރެންޏާ. 2018 އާއި 2019 އިގެ ވޯޓް ދީ ހޯދައިވެސްދޭނަން. ކަލެއާ އިނދެވެސްފާނަން 4 އަންބަށް ވިޔަސް ހެޔޮ. މަ މި ޗެލެންޖްކުރަނީ މަށަށް އިނގޭ ނުހުއްޓުވޭނެކަން. މޮޅުވާހަކަ ދައްކާތި..ހުއް
ކެނެޑީ
11 January 2018
ދެން ދިވެހިން ތިޔަހާ ބޮޑު ސިގިރޭޓުގެ “ވަބާ”އަކުން ސަލާމަތްކުރަން ބޭނުމިއްޔާ ބިލެއް މަޖިލީހަށް ވައްދަންވީނު ސިގިރޭޓު އިމްޕޯޓުކުރަން މަނާކުރާގޮތަށް، ގަޓު އެބަހުރިބާ؟
އެޑަމް
11 January 2018
ރިސްވަތާ ފަސާދަ މަނާކުރާގާނޫނެއް ނެތިގެންތޯ ހޭބޯނާރާ އެ ކުޅިގަނޑު މިރާއްޖޭގާ މި ކުޅެނީ. ބޭކާރު އަނގަ ތަޅަން ނުހަދާ.
އަހުމަދުބެ
11 January 2018
ސިޔާސީ ބޮޑެތި ގިނަ މީހުންގެ އަމަލު ހުންނާނީ ދައްކާ ވާހަކާ ދިމާއިދިކޮޅަށެވެ.
ފަސީ
11 January 2018
މިތަންތަން ޕީޕީއެމްގެ މީހުނަށް އެކްސްކްލޫސިވްކޮށް ނުދެވޭތީތަ، މީނަ މާ ފޯރިއަރަނީ، މިތަންތަން ވެސް ބަހަންވީ މާރުކެޓް ގޮޅިތައް ބެހިގޮތަށް، އުތަ؟
ހޮޓްކިންގ
11 January 2018
ސިނގިރޭޓް ނުބޮވޭނަމަ ބިޑިން މަޢުލޫމާތު ދިންގޮތާއި ތަޢާރަޒްވީ. އެހެންކަމަށްވާނަމަ މިހާރު ކޮށްފައިވާ އިޢުލާން ބާޠިލް ކުރަންޖެހޭނެ ކަމަށް ދެކެން.