ފޭދޫގައި ރޭ ސައިކަލުން ޖެހުނު ބިދޭސީ މީހާ މަގުމައްޗަށް ވެއްޓިފައި.
12 ޖެނުއަރީ 2018 - 06:17
އައްޑޫ ފޭދޫ ލިންކް ރޯޑްގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
އައިސީޔޫގައި ފަރުވާ ދެނީ އުމުރުން 18 އަހަރުގެ ފިރިހެނަކަށެވެ. އެކްސިޑެންޓްގައި އޭނާގެ ބޮލަށާއި މޫނަށް ޒަމްހަމަތެއް ލިބިފައިވެ އެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފުސީލެއް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކުން އަދިއެއް ނުދެ އެވެ.
އެތަނުން ބުނީ އިތުރު ފަރުވާ އަށް ވިހާ ވެސް އަވަހަކަށް އެ މީހާ މާލެ ފޮނުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފޭދޫގައި ރޭ އެކްސިޑެންޓްވި ސަރަހައްދަށް ބަޔަކު ޖަމާވެފައި.
އެކްސިޑެންޓްވީ ބޮޑަށް އަނިޔާވެގެން އައިސީޔޫގައި ފަރުވާދެމުން އަންނަ މީހާ އާއި އެހެން މީހަކު ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ، ލިންކް ރޯޑްގައި ހުންނަ ޕީޕީއެމް ފޭދޫ އޮފީސް ކުރިމަތިން ހިނގާފައި ދިޔަ ބިދޭސީއެއްގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާގައި ބިދޭސީމީހާގެ ބޯ ވެސް ފަޅައިގެން ގޮސް އަނިޔާވެފައިވެ އެވެ. އަދި ސައިކަލްގައި އިން އަނެއް މީހާ އަށް ވެސް އެކި ވަރުގެ ޒަހަމްތައް ލިބިފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ރޭ 11 ޖަހަން އުޅެނިކޮށް ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ބިދޭސީމީހާއަކީ ގަމުގެ އީކްއޭޓަ ވިލެޖްގައި މަސައްކަތް ކުރާ މީހެކެވެ.
އައްޑޫ ލިންކް ރޯޑްގައި މިދިޔަ މަހު ހިނގި އެކްސިޑެންޓްގައި އަނިޔާވި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކަށް ފަރުވާ ދެމުން އަންނަނިކޮށް މަރުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅެ
12 January 2018
ކޮބައިތަ ޑޮކްޓަރުންގެ ސިޓީ އައްޑޫ ސިޓީގެ ހުރިހާ ޑޮކްޓަރުންތައް؟ މެޑިކަލް ޑޮކްޓަރަކު އޭގެ ތެރޭ ނެތީތަ؟
ބަލާތި
12 January 2018
އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އައްޑޫގައި މީހެއްގެ ބޮލަށް ދަގަނޑު ބުރި އަކުން ހަމަލާ ދީފި މީ މުޅިން ވެސް އައްޑޫ ގެ ނަން ބުނެފިނަމަ އަންނަ އަޑު ތަކަކީ. ކަން މިހެން ހުރުމުން މިކަން ހައްލު ކުރުމަށް ޓަކައި އައްޑޫގެ އާބާދީ ކުޑަ ކުރަން ސަރުކާރުން މަސައްކަތް ކޮށް އައްޑޫ އެންމެން މާލެ ސަރަހައްދަށް ބަދަލު ކުރަން ވިސްނަންވީ ވަގުތު މިހާރު އައިސް ޖެހިއްޖެއޭ މަމެން ބުނަން ނެތީމު ދޯ.
ޟިފްނާ
12 January 2018
މާލޭގެ މަގުމަތީގައި ރޭގަނޑު 11 ގެ ފަހުން މީހުން ދުއްވަނީ ވަރަށް ބާރަށް. ޙިތުހުރި ގޮތަކަށް.
އައި
12 January 2018
ކީއްވެތޯ ބާރު ސްޕީޑް ގަ ދުއްވާ މީހުނަށް މިޤައުމުގަ ފިޔަވަޅު ނޭޅެނީ. ޒުވާނުން ބޭނުން ގޮތަކަށް އުޅެން ދޫކޮށްލުމަކީ ޤައުމުގެ މުސްތަގްބަލް ފުޑާލުން. އެޔަށް ޒުވާނުން ބާރުވެރި ކުރުމޭ ނުކިޔޭނެ. އެ ދަރިން ތަރުބިއްޔަތު ކުރެވިގެން މާދަމާގެ ރަގަޅު ޖީލެއް ފެންނާނީ.
ޅިޔަންބެ
12 January 2018
ވަރައް ހެޔޮލަފާ މައުސޫމު ސޯލިހު ގައިވާއިދުތަކައް ހުރުމަތްތެރިކޮއް ހިތާ ކުއްޖެއްދޯ އެއީ.