މާލޭ ހިޔާ ފުލެޓްތަކަށް ފެން ލީކްވެ ގެއްލުންތަކެއް ވެފައި-- މިހާރު ފޮޓޯ: ނިޝާން އަލީ
15 ޖެނުއަރީ 2018 - 14:22
މާލޭ ހިޔާ އެންމެ މަތީ ފަންގިފިލާގެ އެޕާޓްމަންޓްތަކުގެ ސީލިންގް ފޫގޮސް ފެން ލީކުވި މައްސަލަ ހައްލުކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މިމަހު ކުރީކޮޅު ކުރި ވިއްސާރާގައި މާލޭ ހިޔާ 1 އަދި 2 ގެ ބައެއް އެޕާޓްމަންޓްތަކަށް ފެން ލީކުވީ އެ ފްލެޓްތަކުގެ މަތީ ޝީޓަށް އެޅޭ ފެން ތިރިޔަށް ފައިބާގޮތަށް އަޅާފައިވާ ހަތަރު އިންޗީގެ ހޮޅިތައް ބެދުމުން ޝީޓުގައި ފެން ބޮޑުވެ، ޝީޓުގައި އަޅާފައިވާ ރެނދުތަކުން ފެން ލީކްވެގެން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.
"ޝީޓުގެ ހަ ދިމާލަކުން ހޮޅި އަޅައިފަ ހުރީ. ހޮޅިތައް ހުރީ ސުޕާރި ޕެކެޓެއް ނުވަތަ ފަތް އެއްޗެހި ޖެހިގެން ވެސް ބެދޭ ގޮތަށް. އެހެންވެ އެ ހޮޅިތައް ބެދިގެން ފެން ބޮޑުވީމަ ޝީޓުން ލީކުވި ފެން ސީލިންގަށް ފޭބީ،" މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަހުމަދު ނިޔާޒު ވިދާޅުވި އެވެ.
ނިޔާޒު ވިދާޅުވީ އެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ޝީޓަށް އެޅޭ ފެން ތިރިއަށް ފައިބާ ގޮތަށް އިތުރު 12 ހޮޅި އަޅާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގަވައިދުން އެ ފުލެޓްތައް މެއިންޓެނެސް ކުރަމުން އަންނަ ކަމަށާއި މީގެ ކުރިން އެ މައްސަލަ ފާހަގަ ވެފައި ނުވާ ކަމަށެވެ.
Male Hiyaa ge baeh flatthakah vissaaraige gellun
The most trusted news source in the Maldives
Mihaaru
މާލޭ ހިޔާއަށް ގެއްލުންތަކެއް ލިބުނު ހަބަރު--
ނަމަވެސް މީގެ ކުރިން ވެސް ވަނީ ސީލިންގަށް ފެން ވެހުމުގެ މައްސަލަ އޮތީ ދިމާވެފަ އެވެ. އަދި އެ ފުލެޓްތަކުގެ މެއިންޓެނަންސްގެ މަސައްކަތްތައް ވަރަށް ދަށް ކަމަށް ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ބުނެ އެވެ.
ހަތަރު ފްލެޓެއްގެ ހިފާ ގެންގުޅޭ އެތައް ސާމާނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ނިޔާޒު ވިދާޅުވީ އެ ގެއްލުންތަކުގެ ތަފްސީލު ބަލައި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ބަލަމުން އަންނަ ކަމަށެވެ.
ބޮޑެތި މަރާމާތުތަކެއް ބޭނުންވާ މާލޭ ހިޔާ އާއި ސިނަމާލޭ ފްލެޓްތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާއިރު އެ ފްލެޓްތަކުގެ މެއިންޓެނެންސް ކަންތައްތައް ބެލެހެއްޓުމަށް ވަނީ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.
ނިޔާޒު ވިދާޅުވީ ފުލެޓްތައް މަރާމާތު ކުރުމަށް އެކަށޭނަ ބަޖެޓް ނުލިބުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އެއްބާރުލުން ނުލިބުމަކީ އެމައްސަލަތައް ހައްލު ނުކުރެވޭ ސަބަބު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
16 January 2018
އަތް ޖަހަން ވީތަ؟
އަލީ_
16 January 2018
މާލޭ ސިޓީ ކައުންސިލްގެ ބަޖެޓު ކަޑާލާފައި އޮންނަނީ މިފަދަ ކަންކަމުގައި އެމީހުން ބަދުނާމު ކުރަން.
އާންމު
16 January 2018
މެއިންޓަނެންސް އޭބުނީމަ އަންނަނީ ހިނި.... ހަހަ
987654
15 January 2018
މީ އެބުނާ ޓަވަރުގައި ދިވެހިން އުޅޭނެ ގޮތް! ގޮނޑުދޮށުގައި ދޮން ކުދިން މަޖާނަގާޢިރު ދިވެހިން ތިބެނީ މިހެން. ޔާމީނު ފައިބާ! ހެޔޮނުވާނެ
އަލިފުޅު 1212
15 January 2018
ތިޔަ ކައުންސިލުގަ ތިބިމީހުންނަކަށް އެއްކަމެއްވެސް ނުވާނެ. އަމިއްލަ ވެރިކަން އޮތް ދުވަސްވަރުވެސް މުޅި މާލެ ކުނިކޮށް އިމާދުއްދީން ސްކޫލުކުދީނާއި ޓީޗަރުން ބަލިވީވެސް ތިޔަ ސިޓީ ކައުންސިލްގެ ސަބަބުން. މިހާރު ކޮން ބަޖެޓެކޭ އަނެކެއްޗެކޭ ކިޔާކަށް. ފެނޭތަ މާލެ ރީތިކޮށްފަ އޮތްތަން މިހާރު. އެއީ ތިޔަ ކައުންސިލާ ނުބައްސާކުރީމަ. އަދިވެސް ތިޔަތަނާ ހަވާލުކޮށްބަލަ ކަމެއް ނުވާނެ.
ހާހުންގާނު
16 January 2018
ރީތިކޮށްފަޔޭ؟ އަނެއްކާ މީންދުވަހަކު މާލެ އެރިންތަ؟