ލަންކާގެ ރައީސް ސިރިސޭނާ ގެންދަވަނީ ސިއްހީ ޚިދުމަތް ތަރައްގީ ކުރަން ބޮޑެތި އިންވެސްޓްތަކެއް ކުރައްވަމުން.
17 ޖެނުއަރީ 2018 - 12:09
ކޮލަމްބޯ (ޖެނުއަރީ 17) - ޗައިނާ ސަރުކާރުގެ އެހީގައި ސްރީ ލަންކާގައި 13 ހޮސްޕިޓަލެއް ތަރައްގީ ކުރަން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ރަޖިތާ ސެނަރަތުނަ ވިދާޅުވެއްޖެ އެވެ.
މިރިގަމާ ބޭސް ހޮސްޕިޓަލް ތަރައްގީ ކުރުމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީގައި ދާދި ފަހުން ބޭއްވި ބައްދަލުވުމެއްގައި ސެނަރަތުނަ ވިދާޅުވީ ހޮސްޕިޓަލްތައް ތަރައްގީ ކުރުމަށް ޗައިނާ ސަރުކާރުގެ ދެ ބިލިއަން ރުޕީސްގެ މާލީ އެހީ ލިބިފައިވާ ކަމަށެވެ. ހޮސްޕިޓަލްތައް ތަރައްގީ ކުރާ އިރު އައުޓް ޕޭޝަންޓް ޑިޕާޓްމަންޓް (އޯޕީޑީ) އާއި އިމަޖެންސީ ޔުނިޓް، ލެބޯޓްރީ ޚިދުމަތް، ރޭޑިއޭޝަން ޔުނިޓް އަދި ލޭ އަޅާނެ ސެންޓަރެއް ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސެނަރަތުނަ ވިދާޅުވީ ހޮސްޕިޓަލްތައް ތަރައްގީ ކުރުމާ ބެހޭ ގޮތުން ވަރަށް އަވަހަށް ކެބިނެޓަށް ކަރުދާހެއް ހުށަހަޅާނެ ކަމަށެވެ.
ޗައިނާ އިން ދަނީ ލަންކާގެ ތަރައްގީ އަށް ބޮޑެތި އެހީތައް ވަމުންނެވެ. ހައިވޭތަކާއި އެއާޕޯޓްތައް އަދި ބަނދަރުތައް ވަނީ ޗައިނާގެ އެހީގައި ހަދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންފުތު
18 January 2018
ޗައިނާ ހިލޭ އެހީ ދެނީ ޗައިނާ އައް ލަންކާ ވަރަށްވެސް މުހިންމު ވީމަ ސަރުކާރު ރުއްސަންވެގެން .. ސިލްކް ރޫޓް ކާމިޔާބު ކުރަން ޗައިނާ ކޮންމެ ހެންވެސް މުހިއްމު .. މައްސަލަ އަކީ ހިލޭ އެހީ ދީފަ ބޮޑެތި ލޯނު ދީފަ ޗައިނާއައް ދަރާ ވިކިފައި ހުންނަންް ޖެހޭނެތީ .. ދެންޖެހޭނީ ކޮންްމެވެސް ބިމެއް ނޫނީ އެހެން އެއްޗެއް ދީފަ ފޫބައްދަން ..ރާއްޖެވެސް މިހާރު އޮތީ ޗައިނާ އަތް ދަށުގައި ..
އިބްލީހުލްޒް
18 January 2018
ސަލާންޖެހުން ރާއްޖެ އާއި ލަންކާފަދަ ގައުމިތަކުން އަބަދު ކުރާކަމަކީ! ދެންކިޔާނެ ގައުމިއްޔަތޭ ވަހުދަތޭ!
ތުއްތު
17 January 2018
މީހުންބުނޭ އެދުމެއްނެތި ވެދުމެއްނުކުރާނެޔޭ!
ފުންއަސަރު
17 January 2018
ޗައިނާމީހުންގެ އެންމެ ރަނގަޅު ތަންކޮޅަކީ އެމީހުންގެ އަމިއްލައެދުމެއް ހަމަ އެއްގޮތަކަށްވެސް ނެތުން.
ޢަލީމް
17 January 2018
ތީތެދެއް. ލަންކާއިރުމަތީ ހެދި އެގައުމުގެ ދެވަނަ އިންޓަނޭޝަނަލް އެއަރޕޯޓްގެ ފައިސާ ނުދެއްކިގެން ނުއަގުގަ 200 ހެކްޓަރުބިން އެއޮތީ ޗައިނާއަށްދީފަ.
ފޫލްސް
17 January 2018
ތިވަރުތެދެއް ހަމަ ނުވެސް ބުނެވޭނެ. ބިލިއަނުން އަޅާ އޮއްސާލަނީ ބަދަލުގައި އެއްވެސް ކަމެއް ބޭނުންނުވެ