ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

50 އަށް ވުރެ ދަރިވަރުން މަދު ސްކޫލުތަކަށް ވާޗުއަލްކޮށް ކިޔަވައިދެނީ

ވާޗުއަލް ކްލާސްރޫމު މަޝްރޫއު ފެށުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ، އާއިޝަތު ޝިހާމާއި (މ) ޔޫތު މިނިސްޓަރު އިރުތިޝާމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާުރު

ދަރިވަރުންގެ އަދަދު 50 އަށް ވުރެ މަދު ސްކޫލުތަކުގައި އިންޓަނެޓްގެ ޒަރީއާ އިން ވީޑިއޯ މެދުވެރިކޮށް (ވާޗުއަލްކޮށް) ކިޔަވައިދިނުމުގެ މަޝްރޫއު މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި، ވާޗުއަލްކޮށް ކިޔަވައިދިނުމުގެ މަޝްރޫއު ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ދަރިވަރުންގެ އަދަދު 50 އަށް ވުރެ މަދުކަމަށް މިހާރު ރަޖިސްޓްރީ ކުރެވިފައިވަނީ ނުވަ ސްކޫލެއްގަ އެވެ. އެއީ ހއ. ތަކަންދޫ، ހއ. މޮޅަދޫ، ނ. ފޮއްދޫ، ނ. މަންދޫ، ބ. ފުޅަދޫ، އދ. ދިއްދޫ، މ. ރަތްމަންދޫ، މ. ވޭވަށް އަދި ގއ. ކޮނޑޭ އެވެ. އެ ސްކޫލުތަކުގައި ވާޗުއަލްކޮށް ކިޔަވައިދޭނީ އިސްކަންދަަރު ސްކޫލުންނެވެ.

ވާޗުއަލް ކްލާސްރޫމު މަޝްރޫއު ފެށުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްކޫލޔތ- ފޮޓޯ: ނިޝާން އަލީ/ މިހާުރު

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާ އަށް މުހިއްމު އިންގިލާބީ ބަދަލުތަކެއް އަންނަ އިރު އެންމެ ބޮޑު އިސްކަމެއް ދެނީ ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމަށް ކަމަށެވެ. އެ ގޮތުން ދުނިޔެ ތަރައްގީވެ ކުރިއަރައިގެން އަންނަ ވަރަކަށް ޓެކްނޮލޮޖީގެ އެންމެ ފަހުގެ ވަސީލަތްތަކަށް ވެސް އެންމެ ފައިދާ ހުރި ގޮތަކަށް ދަރިވަރުން ހޭލުންތެރިކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ތައުލީމުގެ އެންމެ ބޮޑު ބޭނުމަކީ ދަރިވަރުން އަމިއްލަ ދިރިއުޅުމަށާއި ވަޒީފާގެ ބާޒާރަށް ތައްޔާރު ކޮށްދިނުމެވެ. އެ މަސައްކަތުގެ އެންމެ ބޮޑު ކުރިއެރުމަކީ، މި އަހަރުގެ ތެރޭގައި، ރާއްޖޭގެ ސްކޫލުތަކުގައި ޓެބްލެޓް ބޭނުން ކުރަން ފެށުން ކަމަށް ވެސް ވިދާޅުވި އެވެ.

ވާޗުއަލް ކްލާސްރޫމު މަޝްރޫއު ފެށުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާުރު

"މި ދެންނެވި ވަސީލަތްތަކަކީ އަޅުގަނޑުމެން ކުރިއަރައިދާ ވަރަކުން، ދަރިވަރުންނަށް ކޮންމެހެން ލިބެންޖެހޭ މައުލޫމާތާއި ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭ ހުނަރުތައް އަށަގެންނެވުމަށް ބޭނުންކުރެވޭ ވަސީލަތްތަކެއް. އެ ވަސީލަތްތަކުގެ ސަބަބުން ތައުލީމީ ދާއިރާ އިން ހާސިލް ކުރަންޖެހޭ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ބޭނުންވާ ތަފާސްހިސާބު ހޯދަން ފަސޭހަވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މިއަދު ފެށިގެން ދިޔައީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވާޗުއަލް ކްލާސްރޫމު މަޝްރޫއު ފެށުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްކަންދަރު ސްކޫލުެ ބޭންޑުން ހުށަހަޅައިދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާުރު

މި ރަސްމިއްޔާތަށް ފަހު ވާހަކަދައްކަވަމުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުުވީ، ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރި އަށް ގެންދިޔަ އެ މަސައްކަތަށް ޓީޗަރުންނާއި ދަރިވަރުން އަހުލުވެރި ކޮށްފައިވާ ކަމަށެވެ.

އެގޮތުން ވާޗުއަލްކޮށް ކިޔަވައިދިނުމަށް ނުވަ ސްކޫލެއްގައި ކްލާސްރޫމް ވެސް ތައްޔާރު ކޮށްފައިވެ އެވެ. އެ ސްކޫލްތަކުގެ ދަރިވަރުންނަށް ވާޗުއަލްކޮށް ކިޔަވައިދޭނީ މާލޭގެ އިސްކަންދަރު ސްކޫލްގައި އެކަމަށް ޚާއްސަކޮށްފައި ހުންނަ ކްލާސްރޫމެއްގައި ތިއްބަވާ ޓީޗަރުންނެވެ.

ޝަފީއު ވިދާޅުވީ ސްކޫލުތަކުގައި ދަރިވަރުންގެ އަދަދު މަދުވުމުން، ސްކޫލު މާހައުލުން ދަރިވަރުން އެނގެންޖެހޭ ބައެއް ކަންތައްތައް ކިޔަވައިދިނުމުގައި ހުރަސްތަކެއް ދިމާވާ ކަމަށެވެ.

އިސްކަންދަރު ސްކޫލާއި ނުވަ ރަށެއްގެ ސްކޫލްތައް ގުޅުވާލިކަމުގައި ވިއަސް، އެ ނުވަ ސްކޫލްގައި ޓީޗަރުން ތިބޭނެ ކަމަށާއި، ކްލާސްތައް ހިންގާނީ، އިސްކަންދަރު ސްކޫލާއި އެ ނުވަ ސްކޫލާ ގުޅިގެން ކަމަށް ޝަފީއު ވިދާޅުވި އެވެ.

8 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 20%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިޖޭ

22 January 2018

ޓެބްލެޓް ދީފަ ވާރޓުއަލް ކޮށްލާއިރު، ކުދިންނަށް ނެޓް އެކްސެސް ލިބެނީ ކިހާ ވަރކަށްބާ؟ ޓެބްލެޓަކީ ހަމަ އެކަނި ޓައިޕްރައިޓަރ އަކަށް ވީމަ މީތި ކަޑައޭ

The name is already taken The name is available. Register?

ވަރޗުއަލް ރިއަލިޓީގެ ވިކްޓިމް

21 January 2018

ސްކޫލްތަކަކީ ހަމަ އެކަނި ސަބްޖެކްޓް ކޮންޓެންޓް ޑެލިވަރކުރަން ހުންނަ ތަންތަނެއް ނޫން. އިކޮނޮމިކަލީ ރަގަޅު ކޮންސެޕްޓަކަށް ވެދާނެ. އެކަމަކު ސޯޝަލް ޕަރސްޕެކްޓިވް އަކުން ވިސްނާނަމަ މިއީ މިއުމުރު ފުރާތަކުގެ ކުދިންނަށް އެންމެ ރަގަޅު އަދި ރަގަޅު ކޮންސެޕްޓެއްވެސް ނޫން. ރާއްޖޭގެ ތައުލީމީދާއިރާގެ ފުއްނާބު އުސް ގިނަ މީހުންނަކީ ވަރޗުއަލް ރިއަލިޓީގެ އަޅުން. މިއީ ރަގަޅު ސެޓިން އެއްނެތި ޑެލިވަރ ނުކުރެވޭނެ އަދި ޓީޗަރެއްގެ ފަރާތުން ލިބެން ޖެހޭ ތަރުބިއްޔަތު ނުދެވޭނެ ނިޒާމެއް. ރާއްޖޭގަ މިކަން ރަގަޅކަށް ނުވެސް ކުރެވޭނެ

The name is already taken The name is available. Register?

ވައްބެ

21 January 2018

ޑޫއޭވީ މީހުނަށް ލާރިދޭން ކުރާކަމެއްމީ ލައިފު ސައިޒަކީ އެންޑު ޓު އެންޑް ކޮންފަރަންސް ސިސްޓަމެއް. އެމީހުން އެކަންކޮށްދެނީ ހައެއްކަ މިލިޔަނަށް 5 ރަށުގަ. މިވަރުން ބަޔަކު މުއްސަނދި ކޮށްފަ ޚަބަރު ސުރުހީއަށް އެރީމަ ވީ~

The name is already taken The name is available. Register?

ފަސާނާ

21 January 2018

ވަރޗުއަލްކޮށް ކިޔަވާދިނުމުން ދަސްވަނީވެސް ވަރޗުއަލްކޮށްބާ

The name is already taken The name is available. Register?

123654

21 January 2018

ވިލިގިލިގީގައި އުޅެ ކުދިންނަށް މާލެ ސުކޫލަށް އާދެވޭ. މަމެން ރަށުން އޯލެވެލް ހަދާ ކުދިން ޖެހިގެން އޮންނަ ރަށަށް ދާން (5 މިނިޓް) ދޯން ޏެއް ދޭށޭ ބުނީމާ ނުދިން. ދެން އަހަރެމެން ދާންވީ މާލެއޯ މިމީޙުންނަށް ކުލިދައްކަން. އައިޝާތު ޝިހާމު ފައިބާ!

The name is already taken The name is available. Register?

މީހާ

21 January 2018

ތިއީ ވވވ ރަގަޅުކަމެއް

The name is already taken The name is available. Register?

އުމަރު

21 January 2018

މިނިސްޓަރު ޑރ. އައިޝަތު ޝިހާމު އެއުޅުއްވަނީ އެހެން ދުނިޔެއެއްގައި، ބަލަ ވާޗުއަލް އެއީ ކޯޗެއްކަން އެނގިލައްވާތޯ؟ ޔުނިސެފް ނުވަތަ ވޯލްޑްބެންކު މެދުވެރިކޮށް ހެދި ލާނިންގް ސެންޓަރުތަކަށްވީ ކިހިނެއްތޯ؟ އެތަންތަނުގެ ތަޖްރިބާއަކީ ކޮބައިތޯ؟ ވާޗުއަލްކޮށް ސްކޫލު ކުދިންނަށް ކިޔަވައިދޭ ވާހަކަ ފުރަތަމަ މިއަޑުއެހީ، އެކުދިންނާއި އެކުގައި ބަޔަކު ތިބެގެން ކިޔަވައިދެވޭނީ، ތަފާތު ސަގާފަތްތަކުގެ ކުދިންނާއި އެކުގައި ޓީވީ ކުރިމަތީގައި ހުރެގެން ކިޔަވައިދެވޭނެ ނިޒާމެއް ގާއިމްނުކޮށް ސާމާނުތަކެއް ގަންނަން އަނެއްކާވެސް ފައިސާގަނޑެއް ޓެކުސް ޕޭޔަރުންގެ އަތުން ނަގައިގެން ތިޔައުޅުއްވަނީ އިލެކްޝަނަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓް ހުސްކުރަން ދެވަނަކަމެއްކުރާކަށެއްނޫން

The name is already taken The name is available. Register?

ޢަލީެ

21 January 2018

ބުރޯ،. ހިލޭ، އެހީ، އިނގޭތަ،.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454