ޚަބަރު / ނުކުޅެދުންތެރިކަން ހުންނަ މީހުން

ރައިޝާންގެ ކާމިޔާބާ އެކު ކަލާފާނަށް ބޮޑު އުފަލެއް

ރައިޝާނާ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (ކ) މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނަސް ބަރާބަރަށް ސްކޫލަށް ދެ އެވެ. ހިތްވަރާއި ބުރަ މަސައްކަތް ކޮށްގެން، މުހައްމަދު ރައިޝާން ނުވަތަ އެންމެން ދަންނަ ނަމުން ރައިއްކޮ ވަނީ، ތައުލީމީ ދާއިރާގައި ނުކުޅެދޭ ކުއްޖަކު މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބާ ހަމައަށް ގޮސްފަ އެވެ.

ރައިޝާނާ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (ކ) މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

މިދިޔަ އަހަރުގެ އޯ ލެވެލް އަދި އެސްއެސްސީ އިމްތިހާނުން ރައިއްކޮ ވަނީ އޭ ސްޓާ އަކާއި ފަސް މާއްދާއިން އޭ ފާސް އަދި އެއް މާއްދާއިން ސީ އަދި ބީ އެއް ހޯދައިފަ އެވެ. މި އިމްތިހާނުގެ ތެރެއިން، އިނގިރޭސި ފިޔަވައި އެހެން މާއްދާތަކުގެ ޓެސްޓް ޕޭޕަރު ލިޔެދީފައިވަނީ އެހެން މީހެކެވެ.

Raikko: hithvaraa eku abadhu ves ummeedhugai

Raikko: hithvaraa eku abadhu ves ummeedhugai

The most trusted news source in the Maldives

Mihaaru

ރައިއްކޮ އާ ބެހޭ ގޮތުން "މިހާރު"ން ކުރިން ތައްޔާރުކުރި ވީޑިއޯ ރިޕޯޓެއް

ރައިއްކޮ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ކަލާފާނު ސްކޫލުގައި މިއަދު ވަނީ ހަފުލާއެއް ބާއްވައިފަ އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވެސް ބައިވެރިވެވަޑައިގެންނެވި އެ ހަފުލާގައި ރައިއްކޮ އަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެއީ އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ސިޔާސަތު ކުރިއަށް ގެންދިއުމުގައި ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކަލާފާން ސްކޫލުގެ ޓީޗަރުންނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމާއެކު (މ) ރައިޝާނާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

މި ހަފުލާގައި ވާހަކަދައްކަވަމުން އެ ސްކޫލުގެ ޕްރިންސިޕަލް ރަހުމާ އަބްދުއްރަހީމް ވިދާޅުވީ އެހެން ދަރިވަރުންނާ ވެސް އެއް ހަމައެއްގައި ރައިހާން ސްކޫކު ތެރޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެގޮތުން އެކި މުނާސަބަތުތަކާ ގުޅުވައިގެން ވާހަކަ ދެއްކުމާއި ވާދަވެރި މުބާރާތްތަކުގައި ވެސް ބައިވެރިވުން ހިމެނެ އެވެ.

"ވަރަށް ޗެލެންޖާއެކު ރައިޝާން މިވަނީ އެތައް މަގާުމުތަކެއް ހޯދާފައި. އެހެންވެ މިއީ މުޅި ގައުމަށް ވެސް ނަމޫނާ ދަރިވަރެއް. އެގޮތުގައި ކުރިއަށް ދާނެ ކަމަށް އުއްމީދުކުރަން. ވަރަށް މަރުހަބާ ކިޔަަން،" ރަހުމާ ވިދާޅުވި އެވެ.

މިދިޔަ އަހަރު، ހައުސް ކެޕްޓަންކަން ވެސް ކުރި ރައިޝާން ސީއެޗްއެސްއީ އަށް ވަނުމަށް ތައްޔާރުވަމުން އަންނައިރު، އެ ސްކޫލަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެނެސްދޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީ އަދި ސްކޫލުން ވެސް ވަނީ ދީފަ އެެވެ.

ރައިއްކޮ، ނޫސްވެރިންނާ ވާހަކަދައްކަނީ: އޭނާ އަންނަނީ އިޖުތިމާއީ ގޮތުން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައިއްކޮ ބުނީ އުއްމީދުކުރި ނަތީޖާ ނުލިބުނަސް ހިތްހަމަޖެހިއްޖެ ކަމަށެވެ. އަދި އެއާ ހަމައަށް އައުމުގައި އެހީތެރިވެދިން އެންމެންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"އެންމެންގެ އެހީތެރިކަމާއެކު މިހާ ހިސަބަށް މި އާދެވުނީ. ކްލާސް ކުދިންނާއި ޓީޗަރުންނާއި އާއިލާ އެންމެންގެ އެހީތެރިކަން ވަރަށް ލިބޭ. މަންމަ އާއި ބައްޕައާ ނުލައި އެއްވެސް ކަމެއް ނުވާނެ،" ރައިއްކޮ ބުންޏެވެ.

ރައިޝާންގެ މަންމަ އިންޓަވިއުދެނީ: އެހީތެރިވެދެނިން އެންމެންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނުކުޅެދުމެއް ހުއްޓަސް ހިތްވަރު ދެރަ ނުކޮށް ކުރިއަށް ދިއުމަށް އޭނާ ވަނީ އެދިފަ އެވެ.

ސްޕައިނަލް މަސްކިއުލާ އެޓްރޮފީ ޓައިޕް ދޭއްގެ ކުއްޖެއްކަން ރައިއްކޮގެ އާއިލާ އަށް އެނގުނީ އޭނާގެ އުމުރުް ހަތަރު ފަސް މަހެއްގެ ތެރޭގަ އެވެ. މިއީ ފަރުވާއެއް ނެތް ބައްޔެއް ނަމަވެސް ވީހާ ވެސް ރަނގަޅު ސިއްހަތެއްގައި ބަހައްޓަން އާއިލާ އިން ބުރަ މަސައްކަތެއް ކުރެ އެވެ.

ރައިޝާންގެ މަންމަ އާމިނަތު އިބްރާހިމް ވެސް ބުނީ، އެހެން ކުދިންނާ އެއް ހަމައެެއްގައި އަބަދު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޯ ލެވެލް އިމްތިހާނުން ބޮޑު ކާމިޔާބީއެއް ލިބުނީ ހުރިހާ އެންމެންގެ ވެސް އެހީތެރިކަމާއެކު ކަން އޭނާ ފާހަގަކުރި އެވެ.

16 ކޮމެންޓް, 147 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 1%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝެރީ ދައްތަ

22 January 2018

މަރުހަބާ ރައިއްކޮ! ދެން ކަމާނުބެހޭ މީހުން ކޮންމެހެނަކުން ކުރެޑިޓް ނަގަން އުޅުން ކަޑައޭ އަތްތިލައިގަވެސް ޕުޓީކޮޅަކާއި ކުލަކޮޅެއް ހާކާލާފަ އެއްގޮތް ކޮއްލިނަމަ، ހާދަ ކޮންޓްރާސްޓް ތަފާތޭ.

The name is already taken The name is available. Register?

ތަކުރާ

22 January 2018

މިފަދަ ކަންތައްތަކާއި ގުޅިގެން އެކަމުގައި ޝާމިލު ވުމުގެ ޚިޔތާލުގައި ޝުއުރު ފާހަނގަކޮށް ކޮމެންޓު ކުރާ މީހުންވެސް މަދެއްނޫން..... ހިތާމައަކީހޯދަންޖެހޭ ފެންވަރައް މައުލޫމާތު ނުހޯދި ނުވަތަ ނޭނގޭ މީސްމީހުން އެބަހުރި ރޯނު އެދުރުވެފައި.... އަހަރެން ބުނަލަން ބޭނުންވަނީ މިރިޕޯރޓުގައި އެވާ ކުއްޖާ އެއްނޫނޭ ދިވެހިރާއްޖޭގައި އެއްމެ މަތީ މާރކުސް ހޯދިފައިވާ ނުކުޅެދުން ތެރިކުއްޖަކައްވެފައިވަނި... އާދެ! މަޖިދިއްޔާ ސުކޫލުން ތަޢުލީމު ހާސިލުކުރުމައްފަހު އޮސްޓުރޭލިއާގެ މަޝްހޫރު ޔުނުވަރސިޓީ ތަކުން މަތީވަނަ ހޯދައި މިއަދު ކުޅެދޭ މީހުނައްތުރެން ބޮޑައް ގައުމައް ޚިޒުމަތް ކުރަމުން އެދަނީ މިދެންނެވި ނުކުޅުދުންތެރި ކުއްޖައެވެ. އޭނާގެ ޕޭޕަރ ތައް ސީދާ ލިޔުނީ އޭނާކަން ފާހަނގަ ކޮށްލަން... ކުއްޖަކައް ރަނގަޅު ކާމިޔާބެއްލިބުމަކީ ޚޮދު އަޅުގަނޑުވެސް އުފާކުރާކަމެއް... ނަމަވެސް އެކަންތައް ރަބަރ (އެލާސްޓިކު ގަނޑެއް) ގޮތައް ބޭނުންކުރުމަކީ އަޅުގަނޑު ގަބޫލުކުރާ އުސޫލެއްނޫނެވެ.(އައިއްކޮ އަށް ހޫނު މަރުހަބާ )

The name is already taken The name is available. Register?

saabas

22 January 2018

ހިތުގެ އެންމެ އަޑިން މަރުހަބާ ކިޔަން ވަރަކަށް ރޮވިއްޖެ އުފަލުންގޮސް

The name is already taken The name is available. Register?

ސަފީރާ

22 January 2018

އެންމެ ދޯހޮޅިކޮށް ހިންގާ ސްކޫލަކީ ސީއެޗް އެސް ސީ

The name is already taken The name is available. Register?

ފަޚުރިއްޔާ

22 January 2018

ކަލާފާނު ސްކޫލަކީ ރަނގަޅަށް މެނޭޖް ކުރެވިގެން ރޭވިގެން ހިންގާ ނަތީޖާ ރަނގަޅު ސްކޫލެއް

The name is already taken The name is available. Register?

ނިޔާ

22 January 2018

މަރުހަބާ ރައިއްކޮއަށް. އަދި ރައިއްކޮގެ މައިންބަފައިންނަކީ ނަމޫނާ މިސާލެއް

The name is already taken The name is available. Register?

އައިޖޭ

21 January 2018

މިއީ ރައިއްކޮ އަދި ފެމިލީ ފައިބެ 12 އަަހރު ކުރި ބުރަ މަސައްކަތުގެ ނަތީޖާ... މީގެ ކްރެޑިތް ނަގަން އަދުގެ އެދީޔކޭޝަން މިނިސްޓްރީން "އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ސިޔާސަތޭ ކިޔައިގެން ވަހަކ ދައްކާއިރު ރައިއްކޮ ގްރޭޑް 10 ނިންމި އިރު މިސަރުކާރަށް ވީ 4 އަހަރޭ.... ކުރީ ސަރުކަރު ތަކުންވެސް ދިޔައީ ހުރިހާ ކުދިންނަށް ތައުލީމީ ފުރުސަތު ފަހިކޮށްދެމުން... އެކމަު މިއީ ރައިއްކޮ އަދި އާއިލާގެ ބުރަ މަސައްކަތް

The name is already taken The name is available. Register?

ހަބޭސް222

21 January 2018

މަރުޙަބާ ރައިއްކޮ

The name is already taken The name is available. Register?

އައިންތު

21 January 2018

މަރުހަބާ

The name is already taken The name is available. Register?

magbUlu

21 January 2018

މިކަހަލަ އެތަކެއް ހާސް ކުދިންނާއި ޒުވާނުންނެއް އެބަތިބި އެއްވެސް ފުރުޞަތެއް ނުލިބި ބާކީވެފައި ސަރުކާރުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް އަޅާލުމެއް ނުލިބިފަ.

The name is already taken The name is available. Register?

މަހުޖަނު

22 January 2018

ކީއްކުރާނީ. މިވީހާ ތަނަށް އަދި އެއްވެސް ވެރިއަކު އަޅާލި ބައެއް ނޫން އެމީހުންނަކީ. އަދި ކިރިޔާ ކުޑަކޮންވެސް އެކުދިންނަށް ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭން މަސައްކަތް ފެށީ. އަދި ރަނގަޅުވާނެ އިރާދަކުރެއްވިޔާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454