ލ. ގަން ޕޮލިސް ސްޓޭޝަން: އެ ރަށުގައި މިދިޔަ މަހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މިއަދު ވަނީ މަރުވެފައި.--ފޮޓޯ: ޕޮލިސް
24 ޖެނުއަރީ 2018 - 18:15
ލ. ގަމުގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް މިއަދު މަރުވެއްޖެ އެވެ.
އެ ރަށުގެ ބޮޑު މަގުގައި ހިނގި އެކްސިޑެންޓާ ގުޅިގެން މަރުވީ، ހާރޫން އަބްދުއް ރަހްމާން، 71، އެވެ.
ގަމުގެ ކައުންސިލް މެމްބަރަކު މިއަދު ވިދާޅުވީ އެ އެކްސިޑެންޓު ހިނގީ ބޮޑު މަގުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި، ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެން ކަމަށެވެ. އެކްސިޑެންޓުވި ސައިކަލް ދުއްވަން އިނީ ހާރޫނެވެ.
ގަމު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ މާލެ ގެނައީ މީގެ ދެ ހަފުތާ ކުރިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy