އިނގިރޭސިވިލާތުން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު، ކައުންސިލަރަކާއެކު ސައިކަލުގައި ވަޑައިގަންނަވަނީ: އިންތިޚާބުގައި ވާދަކުރުމަށް ފުރުސަތު ބައެއް ލީޑަރުންނަށް ގެއްލިފައިވާ އޭނާ ފާހަގަ ކުރެއްވި -- ފޮޓޯ: ޓްވީޓާ
25 ޖެނުއަރީ 2018 - 16:41
ޑިމޮކްރެސީގެ އުސޫލަކީ ބޭނުން މީހަކު އިޚުތިޔާރު ކުރުމުގެ މިނިވަންކަން އޮތުން ކަމަށާއި ދިވެހިން ބޭނުންވާ ފަދަ ލީޑަރަކު ކަނޑައެޅުމުގެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށް އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޭމްސް ޑޯރިސް މިއަދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ވިލާތުން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ޑޯރިސް އެގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހަ މަސް ވަންދެން ބަންދުގައި ހުރުމަށް ފަހު، ކޯޓުން މިއަދު އޭނާ މިނިވަން ކުރުމުން ކުރެއްވި ޓްވީޓެއްގަ އެވެ.
Good to hear @farismaumoon is out of prison today.
— James Dauris (@JamesDauris) January 25, 2018
Other political leaders are facing sentences that bar them from standing in 2018 presidential election, including Sheikh Imran, in detention for 1000 days today.
Democracy involves choice. Maldivians deserve freedom to choose.
ޑޯރިސްގެ ޓްވީޓް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މިނިވަންވުމާ ގުޅިގެން އުފާ ކުރައްވާ ކަމަށް ވިދާޅުވެ، އެ ޓްވީޓްގައި ޑޯރިސް ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލޭ ފަދަ ހުކުމްތައް ބައެއް ލީޑަރުންގެ މައްޗަށް އައިސްފައިވާ ކަމަށެވެ. އެގޮތުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިސާލެއްގެ ގޮތުން އެ ޓްވީޓްގައި ޑޯރިސް ފާހަގަ ކުރައްވާފައިވެ އެވެ.
ޑޯރިސް މީގެ ކުރިން ވެސް ވަނީ އިދިކޮޅު ބައެއް ލީޑަރުން ބަންދުގައި ތިއްބަވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުތާބެއްޔާ
26 January 2018
ހަމަ އެކަނި ކަލޭމެން ރުހޭމީހާޔަށް އެކަނި ފުރުސަތުލިބެން ޖެހޭނީ. އެކަން ފެނުނުނޫންތޯ މިސްރުންވެސް. އަދި ތި އިނގިރޭސިން އަޑީގަ ތިބެެގެން މިދޭތެރަޔަކުން ތުރުކީންވެސް އެކަން ކުރަން އުޅެ އަތައްގޮވާފަ އޮތީ. ﷲ އިރާދަ ކުރެއްވިއްޔާ މިީ ދިވެހިރާއްޖޭން ވެސް ކަލޭމެންނަށް އެފުރުސަތެއް ނުދޭނަން.
މަހުމޫުދު
26 January 2018
ގައިދީން ލީޑަރުންނަކަށް ނުގެނެވޭނެ ސޮރީ
މުރާސިލް
26 January 2018
އިނގިރޭސި ސަފީރު މޮޔަނުގޮވާށެވެ. ބޭނުން މީހަކު އިޚްތިޔަކުރުމުގެ ފުރސަތު ދިވެހިންނާށް އެބައޮތެެވެ. ނެތީ ޓެރެރިސްޓަކާއި 65 އަހަރުވެފައިވާ މީހަކު ވެރިކަަމަށް ގެނައުމުގެ ފުރުޞަތެވެ. ތިހެން ތެޅިތެޅި ތެޅި ތިބޭށެވެ.
އަބްދުއްލާ
25 January 2018
ދިވެހިންނަށް އެބަޔަކު ބޭނުންވާމީހަކު ހޮވުމުގެ ފުރުސަތު ނެތީ ކޮންއިރަކު .އެކަމަކު ކެންޑިޑޭޓަކަށް ވެވޭނީ ގާނޫނުއަސާސީ އާގާނޫނު ހުއްދަ ކުރާނަމަ . ގާނޫނުއަސާސީ އާ ގާނޫނުގެ މަތިން އެކަކަށްވެސް ނާދެވޭނެ .ކުށެއްކޮށްފިނަމަ ގާނޫނުގައިވާ އަދބު ކަނޑައެޅެނީ ތާއީދު ކުރާމީހުންގެ ނިސްބަތަށް ބަލައިގެން ކަމުގައިވާނަމަ ބޮޑުތާއީދު އޮންނަމީހަކު ނަމަ ބޮޑުއަދަބު ލިބެންވާނެ އެއީ ނަމޫނާ ދައްކަންޖެހޭ މީހަކަށްވާތީ
ބަރުގޮނު
25 January 2018
މިއީ މޮޔައެއްތަ؟ ދުނިޔޭގެ ކޮންޤަވްމެއްގައިބާ އޮތީ ކުށުގެ އަދަބުގައި ތިބޭމީހުންނަށް އިންތިޚާބުތަކުގައި ކުރިމަތިލެވޭ އުޞޫލެއް. ބަޔަކު އެދުނަސް އެމީހަކަށްވެސް ކުރިމަތިލެވޭނީ މީހާ މިނިވަންވެ ހުރެގެންނޫންބާ ؟؟؟
ހުމާމް
25 January 2018
އެބުނާ އެއްޗެއްގެ މާނަ ސަރުކަރަށް ފަހުމް ވާނެކަމަށް ހިކުރަން. އެއީ ވަރަށް ވާހަކަ. އަޅުގަނޑަށް ހަމަ ޔަގީން ކަން ނިމެނީ އެބުނާ ގޮތައް އަދި އެބުނާ މީހާ ވެރިކަމަށްވެސް އަންނާނެ. ވ ސަލާމް
އަލީ އެންމެންގެ އަލީ
25 January 2018
އައު ދައުރަކަށް ކުރުމަތިލަމޭ ރައްޔިތުންނޭ! ވާދަކޮށް ކުރިހޯދުމަށް ބޭނުންވެޔޭ އެކުވެރިންނޭ ! އަލީ އެންމެންގެ އަލީ
ބަނާނާ
25 January 2018
ދިވެހިން މާބޮޑަށް ބޭނުންވޭ ދިވެހިންގެ ކަންކަމުގައި ތިކަހަލަ މީހުން ބެހުނަ ނުދޭން.
ބޭބެ
25 January 2018
ސަފީރު ކަމު އަންނަނީ ވެރިކަމަށް ހޮވާނެ މީހަކު ބުނެދޭންތަ ކަލޯމެންނަށް އިރު އޮއްސުނު ކަން ޤަބޫލު ކޮށްބަލަ
އިރުއެރީ
25 January 2018
އިރުއޮއްސުނި އެސޮރުމެންތަ ނޫނީ އަހަރުމެންގެ ގަބީލާވަންތަކަންތަ؟ ފިކުރުކުރާމީހުންނަށް ދޭހަވާނެ. ދިވެހި އުއްމަތް ގަމާރުކަންމަތީ އަބަދަށް!!
ޖހފދ
25 January 2018
ހުމާމްއަށްވެސްތިފުރުސަތު ލިބެންވާނެތާ.