ދަރުމަވަންތަ ދަރިވަރަށް ހަމަލާދިނުން ފުލުހަކު، އެކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކުރަނީ.
26 ޖެނުއަރީ 2018 - 18:53
ދަރުމަވަންތަ ސްކޫލްގެ ކުއްޖާގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ބަޔަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ އެ ދަރިވަރަށް ހަމަލަ ދިން މައްސަލައިގެ ތަހުގީގަށް އުމުރުން 14 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ދެ ކުދިންނާއި 18 އަހަރުގެ ކުއްޖަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 14 އަހަރުގެ ކުއްޖާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި އުމުރުން 15 އަހަރުގެ ދެ ކުދިންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ޖުވެނައިލް ކޯޓަށް ހާޒިރު ކުރުމުން އެ ކުދިން ދޫކޮށްލަން އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު އުމުރުން 18 އަހަރުގެ ކުއްޖާގެ ބަންދާ މެދު ގޮތެއް ނިންމަން މިރޭގެ ވަގުތެއްގައި ކޯޓަށް ހާޒިރު ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މަހުގެ 17 ވަނަ ދުވަހު ދަރުމަވަންތަ ސްކޫލުގެ ދަރިވަރުގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލީ ފަސް މީހުން ހިމެނޭ ގްރޫޕަކުން ކަމަށްވެ އެވެ. އެ ކުއްޖާއަށް ހަމަލާދިނީ، ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީގަ އެވެ. އަދި ދަރިވަރަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ވެސް ދިނެވެ.
ސީއެޗްއެސްއީ ކައިރީގައި ހިންގި އެ މާރާމާރީގައި އެ ދަރިވަރުގެ އަރިކައްޓަށް ވަޅި ހަރާފައިވާއިރު އިނގިއްޔެއް ބިންދައިގެން ދިއުމުގެ އިތުރުން ބޮލަށް ވެސް ވަނީ ކުދި ކުދި ގެއްލުންތަކެއް ލިބިފަ އެވެ.
ދަރިވަރު ބުނެފައިވާ ގޮތުގައި އޭނާ އަށް ހަމަލާދިނީ މާލޭގެ ގޭންގަކަށް ނިސްބަތްވާ މީހެއް ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ
27 January 2018
ޖަލު ގޮޅިތައް މިކަހަލަ ބޮޑެތި ކުއްވެރިން ލައިގެން ފުރާފަކާ މިދުވަސްކޮޅަކު ނުބެހެއްޓޭނެ ތާ ދޯ. މިހާރު އެގެންދަނީ ސިޔާސީ ހުރިހާ އިދިކޮޅު މީހުންތައް ހައްޔަރުކުރަމުން.
ބިގަރޭ
27 January 2018
ދެފުޅި ރަލުގެ މައްސަލަ ނިމުނު ގޮތުން މަގައުމުގަ އަދުލުވެރި ޝަރީއަތެއް ނުހިގާނެ ކަމަށް ނިންމައިފިން.
ޕޮކަންޑިމޭން
27 January 2018
ދައުވާކުރެވިދާނެ ފަދަ ހެޑްލައިންއެއް. “ހަމަލާދިން” މީހުންނާއި “ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ” މީހުންނާއި ހުރި ތަފާތު ދަސްކުރޭ.
ކޮކަޑިބޯއި
27 January 2018
ކަލޭ ހާދަ ގޭންގު ކުދިންގެ ދިފައުގަ ވާހަކަދައްކަން ފޯރިހުރޭދޯ؟
އަޖީތު
27 January 2018
ކުށްވެރިން ނިކަން އަވަހަށް ދޫކޮށްލާނެ. މިއީ މާ މޮޅު އިންސާފެއް އޮންނަ ގައުމެއް.
ނުރައްކާ
27 January 2018
ބޮޑެތި ކުއްކުރާ ކުޑަކުދިންނަށް މުޖުތަމައުއިން އެކަހެރިކޮށް އަދަބުދެވޭނެ ނިޒާމެއް ކަނޑައަޅާބަލަ. ތިމީހުން އަދި ބޮޑެތިމީހުންނަށްވުރެ އަންސްޓޭބަލް ވާނެ. ތިކުދިން މީހެއްގެ ބެލުމުގެ ދަށަށް ދޫކުރިޔަކަސް އެމީހުންގެ ބަހެއް ނާހާނެ. ނުވިތާކަށް ތިވާނީ އާއްމުންނަށް ހުރި ބޮޑު ނުރައްކަލަކަށް.
އަލި
27 January 2018
ބުނަން ވާހަކަ އެއް ރައްޔިތުން ގޭތެރޭގަ ތިބެގެން މިކަމެއް ނުވާނެ. ގާޒީ އިން ނަން ބޭނުން އެއް ޗެެއް ހެދިޔަ ދީގެން ވާކައް ނެއް. އަހަރަމެންގެ ޅަދަރިން ސަލާމަތް ކުރަން އަތުކުރި އޮޅާލަމާ. އިއްޒަތް ތެރިން ގެ ދަރިން ދާނީ ފުލް ސެކިއުރިޓީ އާއެކު. އެމީހުން ހާސް ވާކައް ނުޖެހޭނެ.
ޝަރީފު
27 January 2018
މިޤައުމުގައި ތިބި ވެރިންނަކަސް ފުލުހުންނަކަސް އަދި ކޯޓަކަށްވެސް އިތުބާރެއް ނުކުރާނަން...އާންމު ރައްޔިތުމީހާ ހަނާވިޔަސް އޯކޭ!
ބަނާނާ ކޮކްޓެއިލް
26 January 2018
ތިދެން އަނެއްހެން މުޖުތަމައުއަށް އެއްވެސް ބިރުވެރި ބަޔެއް ނޫން ދޯ! ފާރިސް ރިޝްވަތު ދިން ކަމަށް ޝައްކުކޮށް ތަހުގީގު ނިމެންދެން ބަންދުކުރީ. މިކުދިން މީހުންގަޔަށް ވަޅި ޖަހަމުން ދާއިރުވެސް އެއްވެސް މުޖުތަމައުއަށް އެއްވެސް ނުރައްކަލެއް ނޫން. ކޮކްޓެއިލް ޖަސްޓިސް
ބޭކާރު
26 January 2018
މަގުމަތީގަ މީހެއްގެ ފުރާނަދިޔަސް މާބޮޑުކަމެއްނޫން ދޫކޮއްލާ ހެކިނެތިގެން. އެކަމަކު އަނެއްބަޔަކު މީހަކައްދިންއަނިޔާއކާނުލާ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއްގެ އެހީގަ އަހަރުދުވަހު ޖަލުގަ.
ބޮޑޭ
26 January 2018
ބުރޯ ތިދަނީ ރަނގަޅަށް ކަތިވަޅި ހިފައިގެން މަގުތައްމަތީ ދުވުނަސް ދެން އެއީމާބޮޑު މައްސަލައެއްނޫން ސިޔާސީ މީހުން ސައެއްބޯލުން އެއީ ޓެރެރިޒަމް ސަޅިއެންނު