ބަންދުގެ މުއްދަތަށް ފަހު ފާރިސް މިރޭ ގެންދަނީ -- ފޮޓޯ: ނިޝާން އަލީ
27 ޖެނުއަރީ 2018 - 23:46
ރިޝްވަތުގެ ތުހުމަތުގައި މިއަދު ހަވީރު ހައްޔަރު ކުރި ދިއްގަރު ދާއިރާގެެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
ރިޝްވަތުގެ ތުހުމަތުގައި ފާރިސް ހަ މަހަށް ވުރެ ގިނަ ދުވަސް ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އޭނާ ދޫކޮށްލާފައި ވަނިކޮށް މިއަދު އަނެއްކާވެސް އޭނާ ހައްޔަރުކުރީ އިތުރު ތުހުމަތެއްގަ އެވެ. މިފަހަރު ތުހުމަތުކުރީ މަޖިލީހުގެ މެމްބަރުންތަކަކަށް ފައިސާ ބެހިކަމުގެ ތުހުމަތާއި މެމްބަރުންތަކަކާ ގުޅިގެން ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތެވެ.
އެ މައްސަލާގައި ފާރިސް 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިރޭ ކޯޓަށް ގެންދިއުމުންނެވެ. ބަންދުގެ މުއްދަތު އިތުރު ކުރުމާ އެކު ފުލުހުންގެ ބެލުމުގެ ދަށުން ފާރިސް ވަނީ ދޫނިދޫ އަށް ގެންގޮސްފަ އެވެ.
ފާރިސްގެ ވަކީލުންގެ ބުނިގޮތުގައި ދައުލަތުން މިރޭ ކޯޓުގައި އެދުނީ ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށް ދިނުމަށެވެ. އެކަމަކު އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެ ނުކުތާ ކޯޓުގައި ފާހަގަކުރި ކަމަށް ފާރިސްގެ ވަކީލުން ބުންޏެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އެދުމަކަށް ނެރުނު ކޯޓު އަމުރަކާ އެކު، ފާރިސް މިއަދު ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅުއްވާ މ. ސްނޯރޯސް ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގެ ވެސް ފުލުހުން ވަނީ ފާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންކޮށް
28 January 2018
ނުހައްގުގެ މަށްޗަށް ހައްގު ކުރިއަރާނެ.... އަނިޔާތަކުގައި ބައިވެރިވާއެންމެންގެ ހިތްތަކަށް ބިރުވެރިކަންވަށްދަވާށި.... އުމުރަކީ ވަރަށް ކުޑައެއްޗެއްކަން ދަނެ ތައުބާވުން އަވަސްކުރޭ....
އަބުދުއްލާ އައްޑޫ ސިޓީ
28 January 2018
މަގޭ ވޯޓް ފާރިސް އަށް...
ފޫޅު
28 January 2018
އޭ ހުރިހާ ގާޒީންނާ ފުލުހުންނާ ބީޖީއޭ. ތިޔަބައިމީހުން ﷲ ގެ ދަރުބާރުގައި ފަރުދީގޮތުން ޒިންމާވެ ތިޔަބައިމީހުން ނުހައްޤުން ތިޔަކުރާ ކަންކަމުގެ ރަހަދެކެންޖެހޭނެއެވެ. އަދި ދުނިޔެމަތީގައިވެސް ތިޔަބައިމީހުންނަކީ މީސްތަކުންގެ ނުރުހުމާއި ނަފްރަތާއި ބަދު ދުއާ ތާއަބަދު ލިބިލިބި ތިބި ބައެކެވެ. މީހުން ކުރާ ބަދުދުއާއަކީ ގައިމުވެސް ތިޔަބައިމީހުންނަށް ހުއްޓުވޭނެ އެއްޗެއްނޫނެވެ. ވިސްނާ ފިކުރުކުރާށެވެ. ހެޔޮމަގަށް ރުޖޫއަވާށެވެ.
ހަސަނު2
28 January 2018
ހިއްވަރު ކޮށްލައްވާ ފިއުޗަރ ރައީސް ފާރިސް.. ވެރިކަން ލިބޭނީ އަނިޔާ ލިބިގެން
ކަރީމް
28 January 2018
30 އަހަރު ކޭ ސާމާނު ދެން ނުކެވޭނެ. 30 އަހަރު ހަމައެކަނި އާއިލާ ނަގާ ކޮޅަށް ޖެހީ. ދެން އެ 30 އަހަރު ބޭނުމެއް ނޫން. ފާރިސް ހައްޔަރު ކޮށް ތަހްގީގް ކޮށް ޖަލަށްލުމަށް ބޭނުން،
ބަސް
28 January 2018
މާ ދުރުގައި ހުރި ފަޑިޔާރަކު ގެނެސް ހުވާކޮށްގެން އޭނަ ލައްވާ މި ހިންގާ ޖަރީމަތައްވެސް އަދި އަތަށް ގޮވާނެއެވެ. ފަޑިޔާރު ވިސްނުން ބަހައްޓަންވީ މިހާރު އަބްދުﷲ ގާޒީއާއި ގާޒީ ބާރީ ވީ ތަނަކާ މެދުއެވެ. އަދި ކުރީގެ ޕީޖީ މުހުތާޒު އިންނެވި ތަނަކާމެދުއެވެ. މާދަމާ ތިޔަ އަމުރުތައް ނެރެން ގޮނޑިޔަށް ލީ ފަޑިޔާރަށްވެސް މި ދަތުރު ޖެހުން ކައިރިއެވެ، ދުނިޔެއިން ތަޖްރިބާ ހޯދާށެވެ.
ޢިޖޫ
28 January 2018
މާތްﷲ މި އަނިޔާވެރިން ބަލި ކުރައްވައިފާންދޭ..
ވީއެޗްއެސް ޓޭޕް
28 January 2018
އަނިޔާ ވެރިން ނާ އަނިޔާވެރި ނޫން ފަރާތްތައްވެސް ފުރިހަމައަށް ދެނެވޮޑިގެން ވާނީ މާތްﷲ އެވެ. ފަހަކަށް އައިސް އަހަރުމެންނަށް ފެނުނުތަނަކީ، އެންމެ ފުރަތަމަ ރައީސް މައުމޫންގެ ސަރުކާރު ގައި ފިނޭންސް މިނިސްޓަރު ކަމަށް ދަންދެން ކުރި ބޮޑު ވިޔަފާރި ވެރިޔާވެސް ހިމެނިގެން، ކުދީންނޭ އަންނާށޭ ކިޔާފައި ހުރިހާ ސިޔާސީ ފަރާތްތައް އެއްބައިވެގެން ހުން! މައުމޫން ސަރުކާރު ބަދަލުކޮށްފި! ދެން ރައީސް ނަށީދުގެ ސަރުކާރުގައި ހޯމް މިނިސްޓަރ ކަން ކޮށްފައި ހުން! އެ ސަރުކާރު ކަމަކު ނުދިޔަ! އަނެއްކާ އަންބާކިޔާފައި އިސް މީހުންގެ މީހަކަށް ހުރެ އެ ސަރުކާރު އިސްތިޢުފާ ދޭން މަޖުބޫރުކުރުވާފައި އެކަން ނިމިއްޖެ! 3 ވަނަ ފަހަރަށް ރައީސް ޔާމީނު ގެ ސަރުކާރު ބަދަލުކުރުމަށް އެއް އުކުޅެއް ބޭނުން ނުކުރެވޭނެކަން ވެސް އެގުނީ ތޯޗެކެވެ! ވީމާ، މިފަހަރު މަޖްލިސްތެރޭން ނާޖާއިޒު ގޮތުގައި މިކަން ކުރަން އުޅެނީ ނޫންކަމެއްވެސް އަހަރު މެންނަށް އެގެނީ ކިހިނެތް ހެއްޔެވެ؟ ވީމާ އަނިޔާވެރިން ނަށް މިހާރުގެ އިދިކޮޅު ފަރާތްތައް ވެސް ވެދާނެދޯ؟
ޢިބުރާ
28 January 2018
މަގޭ ވޯޓް ފާރިސް އަށް...
ނައިބު
28 January 2018
އިންޓަލެޖެންސް ރިޕޯޓަށް ( ނުވަތަ ސިއްރު ހެއްކަށް) ހުކުމް ކުރުމަކީ ކޮންގެން ވާނެ ކަމެއް ނޫންކަން ފަނޑިޔާރުނަށް އެގެން ވާނެއެވެ.
ފެންދޫ ގެސްޓް ހައުސް
28 January 2018
މިއީ މިކަމަށް ގެނައި ފަނޑިޔާރެއް ތާއެވެ.ގެނައި ގޮތަށް " މާކަޑު މެދަށެވެ"