ވިލާއިން ހިންގާ ސަން އައިލެންޑް ރިސޯޓުގެ ރެސްޓޯރަންޓަކުން މުވައްޒަފުންނަށް ހިދުމަތް ދެނީ: އެ ކުންފުނީގެ ހިންގާ ރިސޯޓުތައް ހުއްޓުމަކަށް އަތުވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައި. ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
31 ޖެނުއަރީ 2018 - 12:00
ވިލާ ހޮޓެލްސް އިން ހިންގާ ރިސޯޓުތައް ހުއްޓުމަކަށް އަތުވެދާނެކަމުގެ އިންޒާރު، ސަރުކާރުން ޓުއާ އޮޕަރޭޓަރުންނަށް ދީފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ޓޫރިޒަމް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ 2.9 ބިލިއަން ރުފިޔާ ނުދައްކައިގެން ކަމަށް ބުނެ، އެ ކުންފުނީގެ ރިސޯޓުތަކަށް ދީފައިވާ އޫރުމަހާއި ރާ ވިއްކުމުގެ ހުއްދަ ސަރުކާރުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ވިލާގެ ބައެއް ރިސޯޓުތަކަށް ކަސްޓަމާއި ފުލުހުން އަރައި، ފަން އައިލެންޑްގައި ހުރި ރާ ސްޓޮކް ވަނީ ގެންގޮސްފަ އެވެ.
އެ މައްސަލައާ ގުޅިގެން، އިކޮނޮމިކް މިނިސްޓްރީން ވަނީ ވިލާ އަށް ދީފައިވާ ރާ ވިއްކުމުގެ ހުއްދަ ބާތިލުކުރުމަށް ފަހު އިންޑަސްޓްރީގެ ޕްރެޝަރާ ހެދި، 14 ދުވަހުގެ ވަގުތީ ލައިސަންސެއް ދީފަ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން އިނގިރޭސި ބަހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުންޏަށް ވަގުތީ ލައިސަންސެއް ދިނީ ދައުލަތަށް ދައްކަން ޖެހިފައިވާ ހުރިހާ ފައިސާއެއް ދެއްކުމަށް ކަމާ ބެހޭ ފަރާތްތަކަށް އެއްބާރުލުން ދޭނެ ކަމަށް އުއްމީދުކޮށްގެން ކަމަށެވެ. އެކަމަކު އެ ކުންފުނީގައި އެ ނިޔަތެއް ނެތް ކަން ހާމަވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ވިލާ އިން ދަނީ އެ ފައިސާ ދެއްކުމަށް ތަފާތު އުޒުރުތައް ދައްކައި ގާނޫނުތަކަށާއި ކަމާ ބެހޭ އިދާރާތަކަށް ގޮންޖަހަމުން ކަމަށެވެ. އަދި އެ ކުންފުނިން ދަނީ ރިސޯޓުތަކުގައި ތިބޭ ޓޫރިސްޓުންނަށް ފެންނަ ގޮތަށް އެ ތަންތަނުގައި ހަމަޖެހުން ނަގާލައި މުވައްޒަފުން ލައްވައި ގާނޫނާ ހިލާފު އެއްވުންތަކާއި މުޒާހަރާތައް ކުރަމުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ސަރުކާރުން ކުރިމަގުގައި އިތުރު ލުއިތަކެއް ނުދޭނެ ކަމަށާއި އަދި ރާ ވިއްކަން މިހާރު ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުން އިތުރު މުއްދަތެއް ނުދޭނެ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ރިސޯޓުތަކުން ދެމުން އަންނަ ހިދުމަތްތައް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިން އާއި ވިލާ ގްރޫޕާ ގުޅުން ހުރި ކުންފުނިތަކުން ޓެކްސްއާ ގުޅުން ހުރި ފައިސާތަކެއް ނުދައްކާ އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ޓެކުހާއި އެ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުން ނުދައްކާ ހުރި ފައިސާ ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ފައިސާތައް ދެއްކުމަށް ތަކުރާރުކޮށް އެކި ފަހަރުމަތިން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން އެ ކުންފުންޏަށް އެންގުމުން ވެސް ނުދައްކާ ކަމަށެވެ. އަދި އެ ފައިސާ ނުދައްކައިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވެސް އެކި މައްސަލަތައް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ސަރުކާރުން މަސައްކަތްކުރަނީ ރާއްޖޭގެ ޓޫރިޒަމްގެ ތަސައްވަރު ކިލަނބު ނުކޮށް މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީދުބެ
01 February 2018
ޓީޖީއެސްޓީ، އާއި ގްރީންޓެކްސް އަކީ، ވިލާއިން ކުރާ ވިޔަފާރިއިން ޓޫރިސްޓުން އަތުން އިތުރަށް ނަގާ، ސަރރުކާރަށް ދައްކަން ޖެހޭ އެއްޗެއް. ހަމަ އެހެންމެ ސާރވިސް ޗާރޖަކީވެސް ޓުއަރިސްޓުންގެ ބިލުގައި ކަޅާއި ހުދުން ލިޔެގެން، މުއައްޒަފުންނަށް ދޭން ޓުއަރިސްޓުން އަތުން ނަގާ ފައިސާއެއް. މި ނުދައްކާ އޮތުމަކީ ވިލާވިޔަސް އަދި އެހެންބައެއް ވިޔަސް ކޮށްގެން ވާނެ ކަމެއް ނޫން.
ސައީދާ
01 February 2018
ޓެކްސް ބަޔާން ގަވާއިދުން ހުށައެޅުމަށްފަހު ޓެކްސް ދެއްކުން ޑިލޭ ކުރުމަކީ ބައެއް ކުންފުނި ތަކުންވެސް ކޮށްއުޅޭ ކަމެކެވެ. މީގެން ދައުލަތަށް ލިބޭ ގެއްލުމެއްވެސް ނެތެވެ. ސަބަބަކީ ދައްކާއިރު ދައްކަންޖެހެނީ ޑިލޭކުރި މުއްދަތުގެ ޖޫރިމަނާވެސް ހިނައިގެންނެވެ. އެއީވެސް ސަރުކާރަށް އާމްދަނީއެވެ. އެގޮތުން މި ދިޔަ ހޯމަދުވަހު ވިލާއިން ވަނީ މިހާތަނަށް ނުދެއްކިވާ ގްރީން ޓެކްސް ޖޫރިމަނާއާއި އެކު އެއްކޮށް ދައްކައި ހަލާސްކޮށްފައެވެ. އެކަމަކު ބުއްދި ހުރި އިންސާނަކަށް އެނގޭނެ 2.9 ބިލިއަން ރުފިޔާ ނުދެއްކޭނެކަން އަދި އެ އަކީ ސަރުކާރުން ވިލާ ބަނގުރޫޓްކޮށްލަން ޖަހައިގެން އުޅޭ މަޅިއެއްކަން.
އަލީ
01 February 2018
ހުސޭނުބެޔަށް މާބޮޑަށް އެނގެނީ އެވެ. ސަރުކާރުން ވިލާ ފަހާ ދުވަނީ ޓެކްސް ނުދައްކައިގެނެއްނޫނެވެ. ނުދެއްކިވާ މަސްތަކެއްގެ ގްރީންޓެކްސް ހޯމަ ދުވަހު އެއްކޮށް ދައްކައިފިއެވެ. ދެން ނުދެއްކިވާ ޖީއެސްޓީވެސް ވަރަށް އަވަހަށް ދެއްކަން އުޅޭކަން އެބަ އެނގެއެވެ. ސަރުކާރުން ވިލާ ފަހާ ދުވަނީ އެއްކަލަ ކޯޓު މަރުހަލާގަ އޮތް 2.9 ބިލިއަން ހޯދާށެވެ. މި އަކީ ސަރުކާރުން އަމިއްލަ އަށް ހަދައިގެން އުޅޭ އަދަދެކެވެ.
ހަނީފު
01 February 2018
އެ ހެޔޮ ދޯ ސަރުކާރުން ގާސިމަށް ދޭންޖެހޭ ލާރި ނުދީ ހިފެހެއްޓިޔަސް.
އަލީގެ މާމަ
01 February 2018
ވިލާއިން ނުބުނޭ ގްރީންޓެކްސް ނުދައްކާނަމެކޭ. ޖީ.އެސް.ޓީ ނުދައްކާނަމެކޭ. ނުދެއްކި ހުރި ޓެކްސް 5.1 އަކީ އަދި 1 އަހަރުވެސް ނުވާ ޓެކްސް. މިހާރު އެވަނީ އޭގެ އެއްބައި ދައްކާ ހަލާސްކޮށްފަ. ނުދެއްކި ވީ މުއްދަތުގެ ޖޫރިމަނާވެސް ހިމަނައިގެން. އެހެންވީރު މީގެން ސަރުކާރަށް ގެއްލުމެއް އޮތްކަމަށަށް ނުދެކެން. އެހެންނަމަވެސް އެކި އެކި އެގްރިމަންޓްތައް ބާތިލުކޮށް ތަންތަން އަތުލުމަށްފަހުވެސް 2.9 ބިލިއަންގެ ޖޫރިމަނާއޭ ލީޒް ރެންޓޭ ގޮވިޔަސް ދައްކާކަށް ނުޖެހޭނެ ދޯ.
ޒަމީރާ
01 February 2018
އެކަމު ޓޫރިޒަމް ގެ ބަޔާނުގައި އެވަނީ 14 ދުވަސް ދިނީމަވެސް ވިލާއިން ފައިސާ ދައްކަން އުޅޭކަމުގެ ނިޝާނެއް ނުފެނެއޭ. މިކަމުން އެނގެނީ ސަރުކާރުން މިއުޅެނީކީއެއް ފައިސާ ނުދައްކައިގެނެއްނޫންކަން. މިއުޅެނީ އޭތި މީތި ކިޔައިގެން ވެސް ވިލާގެ އަގު ޓޫރިސްޓުންގެ ކުރިމަތީ ވައްޓާލައި, ވިލާ ބަނގުރޫޓްކޮށްލަންކަން.
ފަގީރު ކޮއި
31 January 2018
ގާނޫނުގެ ކުރިމަތީގައި ކާސިމެއް ހާތިމެއް މައު އެއް ނުހުންނާނެ. ޤާނޫނު ތަންފީޒު ކުރުމުގައި ހަމަހަމަ ކަން އޮންނަންވާނެ. އެހަމަހަމަ ކަން ގެނައުމަށް މަސައްކަތް ކުރަންޖެހޭނެ. ސަރުކާރުގެފިޔަވަޅުތައް ވަރަށް ރަގަޅު.
ބަގްސްބަނީ
31 January 2018
ސަރުކާރު ހުއްޓިދާނެކަމުގެ ބިރުވެސް އަޅުގަނޑުމެން ރައްޔިތުން ދެމެވެ. މިހާދުވަސް ވަންދެންކީ 2.9 ބިލިއަނޭ، އެކަމު ރޭގަ ޒަމީރު ކިޔަން ފަށައިފި 13 ބިލިއަނޭ، މާދަން މުހައްމަދު ސައީދު ބުނާނެ 100 ބިލިއަނޭ، އޭގެ އަނެއްދުވަހު އަދުރޭ ބުނާނެ 500 ބިލިއަނޭ
ޢަލީބަލީ
31 January 2018
ދައުލަތައް ދައްކަންހުރި ފައިސާއެއް ވެއްޖެއާ ޖެހޭނި ހޯދުނު ގޮތަކުން ހޯދަން. ޤާސިމެއް ކާސިމެއް ތަފާތު ކުރާނެކަމެއްނެތް.
އައްޑޫ ރަދުން
31 January 2018
ބަންދުކުރުމަކުން ސަރުކާރަކަށް ވާނެ ފައިދާއެއް އޮތް ކަމަކަށް ނުދެކެން...ގާސިމްއަށް ދިން ގެއްލުމުގެ ބަދަލު އެކަން ކުރި ބައެއްގެ މުދަލާ ގެދޮރު ވިއްކާލއަިގެން ހޯދާތަން ފެނިދާނެ..