ޕީޖީ ބިޝާމް: ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ގާނޫނީ ކަންކަން އެ ކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ބުނޭ --ފޮޓޯ/މިހާރު
02 ފެބުރުއަރީ 2018 - 19:44
އިދިކޮޅު ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އަދި އެ އަމުރާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ ކަންކަން ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިރޭ ބުނެފި އެވެ.
އިދިކޮޅު ލީޑަރުންނާއި އެހެން ބައެއް ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ އަމުރު ތަންފީޒު ކުރަން ޖެހޭނީ ޑިއު ޕްރޮސެސްގެ ތެރެއިން ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ލަފާ ދެއްވާފައިވާ ކަމަށެވެ.
އެ އަމުރުގައި، ދޫކޮށްލަން އެންގި ބައެއް ބޭފުޅުންގެ މައްސަލަތައް މިހާރު ވެސް ހިނގަމުން އަންނާތީ އާއި އަނެއް ބައި ބޭފުޅުންގެ މައްސަލަތަކުގެ ޝަރުއީ މަރުހަލާތައް އޮތީ ނިމިފައިވާ ކަމަށް ވާތީ، އެ އަމުރު ތަންފީޒު ކުރަން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ އިދާރާ ގުޅިގެން ކުރަމުން އަންނަ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ. އަދި އެ މަސައްކަތުގެ ތެރެއިން ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ ގާނޫނީ ކަންކަމުގެ ތަފްސީލުތައް އެ ކޯޓަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އަމުރާ ގުޅިގެން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވެސް މިއަދު ވިދާޅުވެފައި ވަނީ ފުލުހުންނާއި ޕީޖީއާ މަޝްވަރާ ކުރުމަށް ފަހު، ކަންބޮޑުވުންތައް ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ދޫކޮށްލަން އެންގި އެއްވެސް ބޭފުޅަކު މިހާތަނަށް ދޫކޮށްލާފައި ނުވާތީ އެ ބޭފުޅުންގެ ވަކީލުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ބޭފުޅުން ބަންދުން މިނިވަން ކުރުމުގެ އަމުރަކަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ވެސް ވަކީލުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނުގެ ދެފައި
03 February 2018
މިއިން ދޭހަވަނީ ދިވެހި ދައުލަތުގެ ހުރި މިނިވަން މުއައްސަސާތަކައް ސަރުކާރުން އަތްބާނާފައިވާ މިންވަރު. ސަރުކާރަކީ އޭރު ހުންނަ ރައީސާއި އޭނަ ވަޒީރުން އައްޔަންކުރާ އިދާރާތައް. ޕީޖީގެ އޮފީހަކީ މިނިވަން މުއައްސަސާއެއް. އެއީ މުޅި ދައުލަތުގެ ޕީޖީ. އޭނަ ނުޖެހޭނެ ރައީސް މީހާގެ އޯޑަރަށް ތަބާވާކަށް. އޭނަ ދައުލަތުގެ ކޮންމެ މައްސަލައަކާއި މެދުވެސް އަމަލުކުރަންޖެހޭނީ ގާނޫނުގައިވާ ގޮތަށް ހަމަހަމަ ކަމާއިއެކު އިންސާފު ހޯދަދޭން.
އެމީ
03 February 2018
މިހާރު ތިހައްދަވާގޮތުން އަބަދުވެސް ޕީޖީއަކު ޖަލުގޮޅީގަ ހުންނަގޮތަށް ތިހަދަނީ. އެކަކު ދޫކޮށްލާއިރަށް އަނެކަކު ތިވަންނަނީ
ކޮރި ބޯށި
03 February 2018
ގާނޫނީ ކަންކަން ސުޕްރީމް ކޯޓަށް ހުށައެޅުމުގެ ބާރެއް ޕީޖީ އަކަށް ލިބިގެން ނުވޭ. ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒް ނުކޮއްފިނަަމަ ޕީޖީ އާއި ދެކޮޅަށް ޖިނާއީ ދައުވާ ކުރެވޭނެ
ލޯޔަރު
03 February 2018
ސުޕުރީމް ކޯޓުން ނިންމާފަ އޮތް ހުކުމަކަށް ގާނޫނީ ހުއްޖަތެއް ދައްކަންޖެހޭ ޕީޖީއެއްގެ ވާހަކަ ގާނޫނު އަސާސީއަކު ނެތް. އެކަން ކުރަންޖެހޭ ނަމަ ގާނޫނު އަސާސީގަ އޮންނާނެ ސުޕުރީމް ކޯޓުގެ އަމުރުތައް ތަންފީޒުކުރުމުގެ ކުރިން ޕީޖީ އެމައްސަލަތައް ދިރާސާކޮށް ތަންފީޒުކުރެވެން ނެތް މައްސަލަތައް ސުޕުރީމް ކޯޓަށް އަންގަންޖެހޭނެ ކަމަށް. ތިމާއަށް ލިބިދީފައިނެތް ބާރެއް އެއްވެސް މުއައްސަސާއަކަށް ރައްޔިތުންގެ މައްޗަށް ނުހިންގޭނެ.
ރޯނާ
03 February 2018
ދަންނަވަންތޯ ކަމަނާ ވާހަކައެއް. މިސަރުކާރުން ތިފަދަ ބޭފުޅުން ތިފަދަ މަގާމްތަކަށް ލާފަތިތިބެނީ ހަމަ ސަރުކާރު ހިންގަން ތިބޭމީހުންގެ އަމިއްލަ ބޭނުމަށް. އެކަން ރައްޔަތުންނަށް އެގެމުން ދަނީ. ޕީޖީ އަކީ ރައްޔަތުންގެ ގިނަގުނަ ހައްގުތަކެއް ބޮލުގަ އަޅައިގެން ހުންނަންޖެހޭ މީހެކޭ. ތިބޭފުޅާގެ ޒިންމާ ކޮބައިތޯ.
ވަލުކޮތަރު
03 February 2018
09 މީހުން ޤާނޫނާއި ޚިލާފަށް ބަންދުކޮށްގެން ގެންގުޅުކަމުގެ ދަޢުވާ އުފުލި އަދަބު ދެވޭނެ، ތިކަމާއި އިހުމާލު ވާމީހުންގެ މައްޗަށް! ދޫކޮށްލުމަށްހު ސްޕްރީމް ކޯޓުގެ އަމުރުގަ އެބައޮތް ނޫންތޯ އަލުން މައްސަލަ ބެލުމަށް، ވީމާ ގޮތް ހުސްވާންޖެހޭކަމެއް ނޫންދޯ....
ޢަހުމަދު
03 February 2018
ޙައްޔަރު ކުރުމަށްވުރެ ދޫކޮށްލަން ޔަގީނުން ފަސޭހަވާނެ.
ފަހު ކަބީލަ
03 February 2018
ކީކޭތޯ، ސްޕްރީމްކޯޓްގެ ފަނޑިޔާރުންނަށް ގާނޫނު ދަސްކޮއްދެއްވާ ކޯހެއް ހިންގަނީއޭތޯ. އަޅުގަނޑަށް ހީވަނީ މިހާރު ކަމަނާ ކުރަންވީ ކަމަކީ ސްޕްރީމް ކޯޓްގެ ހުކުމުގައި ވާގޮތައް ތަންފީޒު ނުކުރާ ފަރާތްތައް ޝަރީއަތައް ފޮނުވަންވީ.
ދެރަ
03 February 2018
ޔާމީނަށް ޔަގީން 2018 ނުލިބޭނެކަން. އެހެންވެ ބާރުގެ ބޭނުންކޮށްގެން ދޫނުކުރާން.... ބަލަގަ އަލުން ޝަރީއަތްކުރާ ވާހަކަ އެއްނު އެއޮތީ .ެެެެެެެެެެެެެެެ އަނިލް ނުޖެހޭނެ އެއްވެސްކަމެއް މިހާރު ކުރާކަށް.. ކަރެކްޝަން އިން ދޫކޮށްލީނަ ނިމުނީ... މިހާރު ފެނިއްޖެ ޔާމީނު ވެރިކަމާ ބަގުޑި ބައްދާވަރު... ލަފާކުރެވެނީ ލޭއޮހޮރުމަކަށް ދިޔަސް ތިމީހުން ދޫނުކުރާނެހެން.... މހާރު މުޅި ދުނިޔެއަށް ވެސް އެއޮތީ ފެންނަން......
ފަހު ކަބީލަ
03 February 2018
ކަމަނާ މޮޔަފުޅުވީތޯ. ސްޕްރީމް ކޯޓުން ހުކުމެއް ކުރީމަ އެންމެ ފުރަތަމަ ޖެހޭނީ އެ ހުކުމް ތަންފީޒްކުރަން. އޭގެ ފަހުން އެހެން ކަންތަކާ އުޅުއްވާ. މިހާރު ތި ހެއްދެވެނީ ގޯހެއް. ސްޕްރީމްކޯޓުގެ ހުކުމް ތަންފީޒު ނުކުރެވެންޏާ އިސްތިއުފާ ދެއްވާފަ ގެޔަށް ވަޑައިގަންނަވާ.