އަބްދުﷲ ރަޝީދު: އޭނާ މަރުވީ ކަރެކްޝަންގެ އިހުމާލުން ކަމަށް އާއިލާއިން ބުނޭ---
18 ފެބުރުއަރީ 2018 - 13:03
މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މީގެ ހަތަރު މަސް ކުރިން މަރުވި އަބްދުﷲ ރަޝީދު، ގ. ކީމާ، މަރަށް އިންސާފް ހޯދަން ކުރަމުން އަންނަ މަސައްކަތަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.
މެއި 1، 2015ގައި ސަރުކާރާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރަށް ޖަލަށް ލާފައިވާ އަބްދުﷲ، 51، މަރުވީ އެތެރެހަށީގެ ބައްޔަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ އޮކްޓޫބަރު 10 ގަ އެވެ. އޭނާ މަރުވީ ފަރުވާ ނުލިބި އެތައް ދުވަހެއް ވުމުން ކަމަށް އާއިލާއިން ބުނެ އެވެ.
އަބްދުﷲގެ މައްޗަށް ހުކުމް އައީ އެ މުޒާހަރައިގެ ތެރޭގައި ފުލުހަކު ވައްޓާލައިގެން ކުރި އަނިޔާގައި ބައިވެރިވެގެންނެވެ.
Abdulla ge fahuvaguth kolhu: Eynaa vanee ethah veyneh thahammal kohfai
The most trusted news source in the Maldives
Mihaaru
އަބްދުﷲ މަރުވުމުގެ ކުރިން އުޅުނު ހާލާ ގުޅޭ--
އާއިލާ އިން ބުނާ ގޮތުގައި އަބްދުﷲ މަރުވީ ކަރެކްޝަންސްއިން އެކަށީގެންވާ ފަރުވާ ނުދިނުމުންނެވެ. އެހެންކަމުން އެ މަރުގައި އިހުމާލެއްވޭތޯ ބެލުމަށް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ފުލުހުން ވެސް ވަނީ ތަހުގީގު ފަށާފަ އެވެ. އެ ތަހުގީގުތަކަށް އަބްދުﷲގެ އަންހެނުން ޝެހެނާޒް އަބްދުއްރަހީމްގެ ބަޔާން ވެސް ވަނީ ނަގާފަ އެވެ.
ޝެހެނާޒް ބުނީ އަބްދުﷲގެ މަރަށް އިންސާފު ލިބޭތޯ ކުރި މަސައްކަތަށް މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ޖަވާބު ދީފައިނުވާ ކަމަށެވެ. އަދި ފިރިމީހާގެ މަރަށް އިންސާފް ލިބޭނެ ކަމަށް މިހާރު ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.
"ސަރުކާރުގެ އިހުމާލުން ފިރިމީހާ މަރުވީ. މި ސަރުކާރަކުން އިންސާފެއް ނުލިބޭނެ އެކަމަކަށް،" އުމުރުން 22 އަހަރާއި ފަސް އަހަރާ ދެމެދުގެ ފަސް ކުދިންގެ މަންމަ ބުންޏެވެ.
އަބްދުﷲ ބަލިވެގެން ޖަލުގައި ބޭސްކުރި ކަމުގެ ލިއުންތައް އާއިލާ އަށް ވަނީ ލިބިފަ އެވެ. އެ ލިއުންތަކަށް ބަލާއިރު ވެސް އަބްދުﷲ މަރުގައި ކަރެކްޝަަނަލް ސާވިސްގެ އިހުމާލު ހިމެނޭ ކަމަށް ތުހުމަތުރެވޭނެ ޖާގަ އެބަ އޮތް ކަމަށް ޝެހެނާޒް ބުންޏެވެ. "ލިއުންތަކުން އެބަ އެނގޭ ކިޑްނީ އާއި ފުއްޕާމޭ ފެއިލްވެފައިވާ ކަން. އެކަން އެހެންވީ ބަލި ހާލަތު ބޮޑުވިއިރު ވެސް އެކަށީގެންވާ ފަރުވާ ނުދިނުމުން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އޭނާ ބުންޏެވެ.
އަބްދުﷲގެ މަރާ ގުޅިގެން އެ ދުވަސްވަރު މާފުށީ ޖަލުގައި ހުރި ގައިދީއަކު އެހެން މީހަކަށް ފޮނުވި މެސެޖެއްގައި ބުނީ އަބްދުﷲ މަރުވީ ޖަލު ގޮޅީގައި ވޭންތަކެއް ތަހައްމަލްކުރަމުން ގޮސް ކަމަށެވެ. އޭނާއަށް އެކަށީގެންވާ ފަރުވާ ދިނުމުގައި ކަރެކްޝަނަލް ސާވިސް އިން އިހުމާލުވެފައިވާ ކަމަށް، އަަބްދުﷲގެ ހާލަތަށް އަންނަމުން ދިޔަ ބަދަލުތަކުން އެނގޭ ކަމަށް ވެސް ގައިދީ ބުނެފައިވެ އެވެ.
އަބްދުﷲގެ މަރުގައި އިހުމާލުވެފައިވާކަމަށް ކުރެވޭ ތުހުމަތުތަކަށް ކަރެކްޝަނުން ދެކޮޅުހަދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންސް
19 February 2018
ކޮންމެ ފުރާނައަކީވެސް ﷲ މާތް ކުރެއްވި ފުރާނައެއް. ތަހްގީގް ކޮށް މިމައްސަލަ ވީއެންމެ އަވަހަކަށް ބަލައި އިހުމާލުވާ އެންމެންނަށް އަދަބު ލިބެންޖެހޭ.
ދޮންތުއްތު
19 February 2018
އަނެއްކާ އެބޭގެ ނުބައި ވާހަކަ އަހަރުމެން ލައްވާ ދައްކުވަން ދުލުގަ ހިފާ ދަމަން ފެށީ؟!
ދދދދދދދ
19 February 2018
ޖަވާބު ހޯދަން ފުލުސް މީހާ ގައިގަ ކޮޅު ފައިން ތެޅީ ވީޑިއޯ ބަލާލަން ވީނު. ކިހާ ބޮޑު އުނދަގުލެއް އެއް.
ސަނާ
19 February 2018
ޤުދުރަތީ މަރެއް. މަރެއް ނުހިފެއްޓޭނެ. އޭނާގެ އަޖަލު ހަމަވީމަ އެގެންދެވީ ﷲ ގެ ހަޒުރަތަށް. ކޮންމެ ތާކު އޮތަސް މަރަކީ ވާނެ އެއްޗެއް. އޭނާގެ އަންހެނުން އޭނާދެކެ ލޯބިވާނަމަ ކީކުރަންބާ އެކަހަލަ ވިޔާ ނުދާ ކަންތަކުގަ ފިރިމީހާ ބައިވެރި ކުރުވަނީ.
އެކޮޅުގޭ މުޙައްމަދު
18 February 2018
އަބުދުﷲ ކޮޅުފައިންތެޅި ޕޮލިސްމަރުވިނަމަ ބުނާނީ ކުއްލިމަރަކުން މަރުވީ އޭ ޕޮލިސްގައިގަ ތެޅި އިރުވެސް ކިރިޔަ ކިރިޔާ ހުރި މީހެއްކަން މަންޒަރު ބަލާލީމާވެސް އެންގޭ އެހާލުގައިވެސް ވެސް ނުކުމެ ޕޮލިހުންގައިގަ ތަޅަން އުޅުނު މީހެއް
އާއްމު ރައްޔިތެއް
18 February 2018
ތި ބުނާ ދުވަހު އަޅުގަނޑުވެސް ކަންދިމާކުރިގޮތުން އަޅުގަނޑުގެ މަންމަ އެމެޖެންސީގަ ބާއްވައިގެން ހަމަ ތިތާ ހުރެވުނު އެވަގުތު އަޅުގަނޑު ހިތައްއެރި އެތާ ޑިއުޓީގައި ހުރި ކުއްޖާ ނޫނޭ ހިތްތިރިއޭ އެބުނާ މީހާގެ އަންހެނުން އެކުއްޖާ އާއި ދިމާލަށް ވަރަށް ހަޑިކޮއްއެއްޗެހި ގޮވި. ޢެވަގުތުވެސް އެކުއްޖާ ބުނަމުން ދިޔައީ މިހާރުވެސް ފަރުވާ ދެމުންނޭ އެދަނީ ﷲ އަށްޓަކާނަމަވެސް ކެއްތެރިވެ ބަލާބަލާ ށޭ.. މި ދެން ވަރަށް ވާހަކަ
ހަލީލް ވަލީލް
18 February 2018
ޕޯސްޓްމޯޓަމް ނުހަދާ ވަޅުލުމުން ދެން ތީގެ ހަޤީޤަތެއް ނޭނގޭނެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުން ގިނަގައުމުތަކުގެ ޤާނޫނުން ލާޒިމްކުރޭ.
އަބްދުއްލާ
18 February 2018
މިހާތަނަށް ތިޔަނޫން ކިތަންމެ ބަޔަކު މަރުވެއްޖެ . ޖަވާބެއް ނުލިބޭ