ޒަކިއްޔާ މޫސާ.
23 ފެބުރުއަރީ 2025 - 09:00
ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު އޭނާ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރިންނެވެ.
އޭނާގެ މަރަށް ފަސް މަސް ފަހުން، އެޗްއާރުސީއެމުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅިގެން ގާތްތިމާގެ މީހުންގެ ހުރި ކަންބޮޑުވުންތައް އެ ކޮމިޝަނަށް ހިއްސާ ކޮށްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ އެ މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކިޔުންތައް ފުލުހުންގެ ފަރާތުން ހޯދާފައިވާ ކަމަށާއި އެ މައުލޫމާތުތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
އަލްމަރްހޫމާ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން ކޮމިޝަނަށް މި މައްސަލައިގެ ތަހްގީގު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާތީ، މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް މި ކޮމިޝަނުން ބެލުމަށް…
— HRC of the Maldives (@hrcmv) February 22, 2025
އުމުރުން 50 އަހަރުގެ ޒަކިއްޔާގެ މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔެއް ނުކުރެ އެވެ. އެހެންވެ، އެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި އެކި ދުވަސްމަތިން އެ ރަށުގެ ރައްޔިތުން ގެންދަނީ އެއްވުންތައް ބާއްވައި، އިހުތިޖާޖު ކުރަމުންނެވެ.
އިހުތިޖާޖުގެ ބައިވެރިން ހޮޅުދޫގެ ޕޮލިސް ސްޓޭޝަނަށް ވަދެ މުޒާހަރާ ކުރިއިރު، ޒަކިއްޔާގެ ފިރިމީހާ އާއި އެ އާއިލާގެ އިތުރު ތިން މީހުން ހައްޔަރު ކުރުމަށް ގޮވާލާ ވެސް ވަނީ ޝުއޫރު ފާޅުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުންގެ ޗީފް އިންސްޕެކްޓަރު މުހައްމަދު ސާމިހް ވިދާޅުވީ ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަހަމްތަކާ ގުޅިގެން ކަމަށެވެ. އޭނާގެ ކަރުގައި ފުންކޮށް ޒަހަމްތަކެއް ހުރި ކަމަށާއި ކަރުގެ ވާތް ފަރާތުގައި ފުންކޮށް ތިން ޒަހަމެއް އަދި ކަނާތް ފަރާތުގައި ފުންކޮށް ދެ ޒަހަމެއް ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ.
އެ މައްސަލާގައި މިދިޔަ މަހު ފުލުހުން ބުނި ގޮތުގައި ޒަކިއްޔާގެ މަރުގެ މައްސަލާގައި އެފްބީއައިގެ އެހީ ހޯދުމަށް ވަނީ އެދިފަ އެވެ. މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި އެފްބީއައިގެ އެހީ ހޯދާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާސީނޫންވީމަ
23 February 2025
ސިޔާސީ ނޫންވީމަ އަދި މި މައްސަލަ މި ފެނުނީ؟
އަންދަލޫސިޔާ
23 February 2025
163 ދުވަސް ފަހުން ހޭލެވިއްޖެ!
ގެދާނޯމޮސް
23 February 2025
އިތުރު ގަޑީގެ އޯޓީ ލިބޭގޮތަށް ދެން މިމައްސަލަ އިތުރަށް ބަލަހައްޓައިގެން އޯޓީ ހޯދަން ބޭނުން ވާ ބަޔަކު ތިބިނަމަ އަވަހަށް ނޫހުގެ ހެޑިންގް އަށް އަރުވާށެވެ. ތިކަމެއްގައި މިފަސްއަހަރު ދައްމާ ލައިގެން ވެސް ވޯޓްލެވޭ ކުށްވެރިޔާ އަށް ލުއިގޮތެއް އޮތިއްޔާމުން ފަހިކޮށްދޭން ޖެހެއެވެ.
ނަދީ
23 February 2025
ވިސްލްބްލޯ ކުރީމަ ރަނގަޅުވާނެ
ކަނޑާލުން
23 February 2025
ދެން ކަނޑާލާނީ އެހެން ނަމެއް ކިޔައިގެން.
އަދިކިރިޔާ
23 February 2025
އޭނާ މަރާލައިގެން އުޅޭކަން މިމީހުންނަށް އެނގުނީ އަދިކިރިޔާތާ؟
ސުންދުސް
23 February 2025
163 ދުވަސް ފަހުން އެ ހޭލެވުނީ
ކޮރުސީ
23 February 2025
މޮޔަނުގޮވަބަލަ ކޮމިޝަނުން ނުބުނޭ ރޭގައޭ ތިމައްސަލަ ބަލަންފެށީ، ބަޔަކު ލިޔާއެއްޗެއް ތަނެއްދޮރެއް ނުބަލާ ކޮމެންޓް ކުރެވޭތޯ ބަލާތި. ތިމައްސަލަ އެ ކޮމިޝަނުން ބަލަންފެށީ މިއަދެއްނޫން. ދިވެހިން ހަމަ ދިވެހިންގެ ގަމާރުކަންމަތީ، ތި މައްސަލައިގެ ޕްރައިމަރީ މެންޑޭޓް އޮތީ ފުލުހުންގެ. ފުލުހުންގެ އިހުމާލެއް އޮތްތޯ ކޮމިޝަނުން ބަލާނީ. ފުލުހުންނަށް ވެސް މިއުޅެނީ އެ މަރުގެ ވާނުވާ ނޭގިގެން.
އަލްޓިކޯ
23 February 2025
ޙޭލީތަ ކާކު ލޮލަށް ފެންޖޭހީ
ެައްޔޯ
23 February 2025
ތިނުވީ ދެން އެއްކަމެއްވެސް
ސަސި.
23 February 2025
ތިކަން ކޮޅެއްގަ ނުޖެހިގެންމިއުޅެނީ އެހެންވެދޯ