ޕީޕީއެމުން އިންތިޒާމު ކުރި އެއްވުމެއްގައި ގިނަ ބަޔަކު ގައުމީ ދިދަ ހިފައިގެން-- މިހާރު ފޮޓޯ
22 ފެބުރުއަރީ 2018 - 12:49
ސަރުކާރާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ސަރުކާރަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ތިން މުވައްޒަފެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އަދި ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުދީ އިތުރު މީހަކަށް ސިޓީ ފޮނުވާފައިވެ އެވެ.
އޭގެ ތެރެއިން ދެ މީހަކު ވަޒީފާއިން ވަކިކުރީ ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތުން، ބަންދުގައި ތިބި ނުވަ މީހަކު ދޫކޮށްލަން ފެބުރުއަރީ 1ގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒުކުރަން ގޮވާލުމުންނެވެ.
ސަރުކާރަށް ފާޑުކިޔައިގެން މިދިޔަ އަންގާރަ ދުވަހު ވަޒީފާއިން ވަކިކުރި އެމްޕީއެލްގެ ސެކިއުރިޓީ ގާޑަކު ވަނީ އޭނާގެ އަމަލަށް މާފަށް ވެސް އެދިފަ އެވެ. އަދި ވަޒީފާ އަނބުރާ ހޯދައިދޭން އެދި އެތަނުގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމަށް ސިޓީއެއް ވެސް ފޮނުވި އެވެ.
ސޯޝަލް މީޑިޔާގައި މިހާރު ވައިރަލްވެފައިވާ އެ ސިޓީގައި ޒުވާނާ ބުނެފައިވަނީ ސަރުކާރާ ދެކޮޅަށް އަދި ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީންނަށް ފާޑުކިޔައި، ފޭސްބުކްގައި ކޮމެންޓް ކޮށްފައިވާނެ ކަމަށާއި އެކަމަކު ދެން އެފަދަ އަމަލެއް އޭނާގެ ފަރާތުން ނުފެންނާނެ ކަމަށެވެ.
އޭނާ ވަޒީފާއިން ވަކިކުރިކަމަށް އެމްޕީއެލުން ބުނެފައިވަނީ ވަޒީފާގެ އެއްބަސްވުމާ ހިލާފުވެގެން ކަމަށެވެ.
"ރާއްޖޭގެ އިއްޒަތްތެރި ރައީސަށާއި ސަރުކާރު ހިންގާ ޕާޓީއަށާއި އެ ޕާޓީގެ އިސް އެއްވެސް ބޭފުޅަކަށް ބަދުބަސް ރައްދުކޮށް، ސޯޝަލް މީޑިއާ ނުވަތަ އެހެން ވެސް ވަސީލަތެއް މެދުވެރިކޮށް ނަމަވެސް އެފަދަ އަމަލެއް އަޅުގަނޑުގެ ފަރާތުން ނުފެންނާނެ ވާހަކަ އިހުލާސްތެރިކަމާ އެކު ދަންނަވަމެވެ،" މާފަށް އެދި ފޮނުވި ސިޓީގައި އޭނާ ބުނެފައިވެ އެވެ.
އޭނާ ވަނީ ޕީޕީއެމަށް ސޮއިކޮށް، ދެ ވަނަ ދައުރަކަށް ރައީސް ހޮވަން ކެމްޕޭން ކޮށްދޭނެ ކަމަށް ވެސް ބުނެފަ އެވެ. އޭގެ ބަދަލެއްގެ ގޮތުން އޭނާ އެދިފައިވަނީ ވަޒީފާ އަނބުރާ ދިނުމަށެވެ.
ގދ. ތިނަދޫގައި ޕީޕީއެމް އިން ބޭއްވި ޖަލްސާއެއް: ޕީޕީއެމްގެ ޖަލްސާތަކަށް މަޖުބޫރުކޮށްގެން މުވައްޒަފުން ބައިވެރިކުރާ ކަމުގެ ޝަކުވާ ބޮޑު
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ފޭސްބުކްގައި ހިޔާލު ފާޅުކުރި، ބ. އަތޮޅު ރަށެއްގެ ހެލްތު ސެންޓަރުގެ އިސް މުވައްޒަފަކު ވަނީ ސަސްޕެންޑު އެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ ސިވިލް ސާވިސްގެ ގަވައިދަކާ ހިލާފުވުމެވެ.
ސަރުކާރަށް ފާޑުކިޔައިގެން އަދި އިދިކޮޅު ފަރާތްތަކުން އިންތިޒާމްކުރާ އެއްވުމެއްގައި ބައިވެރިވެގެން މީގެ ކުރިން ވެސް ސަރުކާރު މުވައްޒަފުން ވަކިކޮށްފައިވެ އެވެ. އަދި ޕީޕީއެމުން ބާއްވާ ބޮޑެތި ޖަލްސާތަކުގައި މަޖުބޫރުން މުވައްޒަފުން ބައިވެރިކުރާ ކަމުގެ ޝަކުވާ ވެސް ބައެއް މީހުން ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދީނާ
22 February 2018
މައުމޫނުގެ ދައުރުގައި ނައިފަރު ދޮހޮއްކޮ ހައްޔަރު ކުރީ މިނޫން އެހެން ވެރިކަމެއް ކުރާތަން ދެކެން ބޭނުމޭ ބުނެގެން މިހާރު ހިނގިކަމެއްނޫން މީކީ. މިވެސް އިންސާފުތަ؟
ޑޮންޑޮން މަތި
23 February 2018
ނޫނޭ ދޮހޮއްކޮ ބުނީ "މިވެރިކަންނޫން އެހެން ވެރިކަމެއްގައި މިމާލެ އޮންނާނެ ގޮތެކޭ ދެކެން ބޭނުންވަނީ"
ބަލިކަށި
22 February 2018
މިސަރުކާރަށް ފާޑުކިޔާޔާ މުވައްޒަފުން ގާނޫނާއި ހިލާފަށް ވަކިކުރަނީ ގަޓުރައީސްގެ ސަރުކާރު ހާދަހާ ބޮޑަށް ބަލިކަށި ވީމައޭ ދެއްތޯ.
މަހުދީ
22 February 2018
އަހަރެމެންގެ އޮފީހުންވެސް މީހާރު 2 މުއައްޒަފަކު ކަނޑާލާފީ ތީޔާ ގޮތައް..
ކަލަލުވޭ ބިރުވެތިވޭ
22 February 2018
ތީން ކޮންމެ އަޅަކީވެސް ފުރާނަގެންދަވާނެ އަޅެށް، ދުނިޔޭގަ އާރާއި ބާރު ދައްކަމުން މީހުންގެ ހައްގުތަކަށް އަރައިގަންނަމުން ދަނިކޮށް ނިމުންއަންނާނެ އިރެށް ނޭންގޭނެ.ކިހިނެއްތޯ އިނގެނީ ދުނިޔެމަތީ އެތަށްކަމެއްކޮށްގެން ތި ހޯދަން އުޅޭ ވެރިކަމާ މަގާމާ ލިބެންވާއިރަށް މަރުއައިސް ނުޖެހޭނެކަމެއް
ރަނދަ
22 February 2018
އެމް.ޑީ.ޕީ ސަރުކާރު ގައިވެސް ކަންހިނގައިދިޔައީ ހަމަ މިބީދައިން. އަބަދުވެސް އެެްކޮޅަށް ވާހަކަ ދެއްކުމަކީ ނޫސްވެރިކަމަށް މީހުންގެ އިތުބާރު ގެއްލޭކަންކަން. މިފަދަ ދަށުދަރަޖައިގެ ޢަމަލު ނުކުރުމަށް ގޮވާލަން. އާޓިކަލް ނިންމާލަމުން މީ މީހާރަކަށް އައިސް ރާއްޖޭގައި އުފެދި ދިޔަ ސަރުކާރުތަކުން ކަންކިތާ ގޮތްކަމަށް މި ނޫހަށް މަޢުލޫމާތު ލިބޭކަމަށް ލިޔުނުނަމަ މި ލިޔުމަކީ ސައްޙަ ލިޔުމަކަށް ވީސްކަން ކަޑަވަރެވެ. ވަރަށް ސަލާމް.
ކަނަމަނަ
22 February 2018
އެކިމީހުންގެ ވިސްނުން ހުންނާނީ އެކިގޮތަށް. ހިތްހަމަ ނުޖެހެންޏާ އެއްޗެތި ބުނެވޭނެ. އެޅިހާ ބަތަކަށް ރިހައެއް ނޭޅޭނެ. ރައީސަކީ ރައްޔިތުންހޮވާ ރައްޔިތުންގެ ޚާދިމެއް. ރައްޔިތުންގެ ފައިސާއިން މުސާރަ ލިބޭމީހެއް. ރައީސްކުރާ ކަންކަން ކަމުނުދަންނަންޏާ އެކަމަށް ފާޑުކިޔެން ޖެހޭނެ. ފާޑުކިޔާ މީހާ ކުށްވެރި ކުރުމުގެބަދަލުގައި ހިތްވަރުދީ ކަންކަން ރަނގަޅުކުރުމުގެ މަގަށް ވިސްނަންވީ ނޫންބާ!
ލޯޔަރު
22 February 2018
ވައްކަންކޮށް ބޭއިންސާފުން ކަންކަން ކުރީމަ އެކަމާ ޙިލާފައް އަޑު އުފާ މިހުނައް ނިކަމެތި ގޮތް.....
އަންމަޑޭ
22 February 2018
އަޅުގަނޑު އޮފީހުގައިވެސް ހަމަ ތިޔަގޮތަށް ކަންކަން ދަނީ. ސަރުކާރާ ދެކޮޅު ހިޔާލު ފާޅުކޮއްގެން ބައެއް ސްޓާފުންނަށް ވޯނިންދީފި. އަނގަ ބައްދައިގެން އިނދެ ސިއްރުން މިކަހަލަ ގޮތަކަށް އެއްޗެއް ބުނެވެނީ.
ހުއްބުލް ވަތަން
22 February 2018
މީ ގޯސް ކަމަކައް ވިޔަސް، އާ ކަމެއް ނޫން ދޯ. ކުރީގެ ސަރުކާރު ތަކުގަވެސް މިކަން އޮތީ މިހެން ދޯ
ހުބީ
22 February 2018
އެހެންވީމަ ދެން މިވާހަކަ ނުދައްކާ ތިބެންވީ؟ ނޫން ބުނެބަލަ ތިމައްނާމީ ސަރުކާރު ބޮޑެކޭ
އެގޯސްމިގޯސް
22 February 2018
ކޮންމެ ސަރުކާރަކުން ކުރިޔަސް ގޯސްކަމެއް ވާނީ ހަމަ!... ގޯސްކަމަކަށް!
ހިޔާމަ
22 February 2018
ހިޔާލު ފާޅުކުރުމީ ގާނޫނުއަސާސީ ލިބިދޭ އެންމެ މުހިއްމު އެއްބާރު. އެވެސް މިހާރު އަގެއްނެތް.
ޙުސޭނު
22 February 2018
ހިޔާލު ފާޅުކުރުމޭ ކިޔާފަ ހިތުހުރި އެއްޗެއް ނުކިޔޭނެ!