މެމްބަރު އަބުޅޯ (ކ) އާއި އިތުރު މީހަކު މިއަދު ފުލުހުން ހައްޔަރު ކުރަނީ
23 ފެބުރުއަރީ 2018 - 18:50
އިދިކޮޅު ޕާޓީތަކުން، އެމްޑީޕީ ހަރުގެ ކުރިމަތީގައި މިހާރު ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ހައްޔަރުކޮށްފި އެވެ.
މަންޒަރުދުށް މީހުން ބުނާގޮތުން މުޒާހަރާ ރޫޅާލުމުގެ ތެރެއިން އަމީތާއި އަބުޅޯ ހައްޔަރުކުރީ މަޖީދީމަގުންނެވެ. ދެ މެމްބަރުން ވެސް އެތަނުން ގެންދިޔައީ ފުލުހުންގެ ޖިޕުގަ އެވެ.
ހުކުމް ތަންފީޒު ކުރައްވަމުން އަންނަ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް، ފެބުރުއަރީ 1ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ރޭ ކުރި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މަހުލޫފް މިހާރު ދޫނިދޫ ޖަލުގައި ހުންނެވި އިރު އޭނާގެ ހަބަރެއް ނުވެގެން، އާއިލާއިން ވަނީ ޝަކުވާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2222
23 February 2018
ތިމާމެންގެ އެދުމެއް ނުފުދުނީމަ އެވީ އަނިޔާވެރި? ބަލަ މުޅިގައުމުގެ އިގްތިސާދު ރަގަޅުވެއްޖެ. އެތައް ބަޔަަކަށް ވަޒީފާ, ނުކުޅެދޭއެތަށް ކުދިންނަށްވަޒީ ދީފި. މިއީ ސަރުކާރުތަކުން ކޮށްދޭންޖެހޭކަންކަން. ތިމާ ރަށުގެ އޮފީހުގެ އިމާރާތް އާނުކޮށް ދެވުމަކީ ނުވަތަ ކުޑަ ރަށެއްގެ ނަރުދަމާއަދި އަޅައި ނުދެވުމަކީ އަނިޔާވެރިކަމެއްނޫން.
ޢަލީބުނީ
23 February 2018
ޙުރިހާ މެންބަރުން ހައްޔަރު ކޮއްފަ ދެން ބުނޭ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެޢޭ!!!
ޓެސްލާ
23 February 2018
މިހާރު ޔާމިންއަށް އޮތް ހަމައެކަނި ގޮތަކީ މަޖިލިސްމެންބަރުން ހައްޔަރުކުރުން ،،، މެޖޯރިޓީގެއްލި ،،، ޕީޖީގެއްލި ކޮށިދަނޑުގެއްލި ކަތިވަޅިގެއްލި ދެންއޮތީ އެންމެ ބޮޑުގޮނޑި ގެެއްލުން ،،،، އެކަންވެސް ކުރިއަށްއޮތް 14 ވަރަކަށްދުވަހު ހިނގާނެކަމަށް މުރާސިލުން ބުނެއުޅޭ ،، ބައިބައި
ފަންސަންގަ
23 February 2018
ގައުމުގެ ސަލާމަތާ ރައްކާތެރިކަން ދެމެހެއްޓުމާށް ފުލުހުންނާ ސިފައިން ކުރާ އިޚްލާސްތެރި މަސައްކަތަށް ފަށްފަށުން ޝުކުރިއްޔާ.
ތުނިޔަ
23 February 2018
އަބަދުވެސް މީހަކު ހައްޔަރު ކުރިވާހަކަ، ނޫނީ ފޯނު ހިފެހެއްޓި ވާހަކަ، ނޫނީ ބުރުގާ ހިފެހެއްޓިވާހަކަ....މިނޫން ޚަބަރެއް މިހާރު ނުފެނޭ! ގަދަ ބާރުން ވެރިކަން ކޮށްކޮށް އަބަދު ތިބެވޭނެ ކަމަށް ހީނުކުރާތި!
ބިސްބެ
23 February 2018
ކަލޭމެން މެޖޯރިޓީ ހޯދާގޮތް މޮ ދޯ؟ ގާނޫނެއް ގަވައިދެއް ހަމައެއް ލަމައެއްނެތް
ސަމާ
23 February 2018
އަނިވެރިންނަށް ނާކާމިޔާބު ކުރައްވާނދޭވެ!
ޙުސޭނު
23 February 2018
ތިހެން ކިޔައިގެން މައުމޫނު ވެސް އެއޮތީ ޖަލުގަ.
ދަލޭކަ
23 February 2018
ފުލުހުންގެ މުއައްސަސާ ބޭނުންކޮށްގެން, މެޖޯރެޓީ ހޯދަނީ, ެަރައްޔިތުންނަށް އިންސާފެއްނެތި އަނިޔާވެރިވަމުންދާއިރު, މިރޭވެސް ނިދާވައި އައުދުވަހަކަށް ހޭލޭވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އެބައޮތްތޯ?
ބެއްޔާ
23 February 2018
ފެންފޮދު ހުސްވާތީ ތެޅިފޮޅެނީ....
ހޯގުޅާ
23 February 2018
ހުރިހާ ރަށްއިތުން ހަންޔަރުކޮށްގެން ވެސް ވެރިކަން ކުރެވޭތޯ ބަލާ