2016 ވަނަ އަހަރު އޯ ލެވެލްގެ ގައުމީ ގަދަ ދިހެއްގެ އެވޯޑު ދޭން ބޭއްވި ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން .-- ފައިލް ފޮޓޯ: ރައީސް އޮފީސް
25 ފެބުރުއަރީ 2018 - 14:27
އޯ ލެެވެލްގެ ޓޮޕް އެޗީވާޒް އެވޯޑު ދިނުމުގެ ރަސްމީ ހަފުލާގައި، މި އަހަރުން ފެށިގެން އެވޯޑް ދޭނީ ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ އޯ ލެވެލް ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި، ރަސްމީ ހަފުލާގައި އެވޯޑު ދިނުމަކީ މީގެ ކުރިން މަޝްވަރާކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
މި މަހުގެ ހަ ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ޓޮޕް އެޗީވާޒް އެވޯޑު ހަފުލާގައި އިނާމު ދޭނީ ހަމައެކަނި 1، 2 އަދި 3 ވަނަ ލިބޭ ދަރިވަރުންނަށް ކަމަށެވެ. ނަމަވެސް އެގޮތަށް ބަދަލުކުރި ސަބަބެއް އެ ސިޓީގައި ވެސް ފާހަގަކޮށްފައެއް ނުވެ އެވެ.
ރަސްމީ ހަފުލާގައި ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި އެވޯޑު ދިން ކަމަށް ވިއަސް، ގަދަ 10ގެ އެހެން ވަނަތައް ލިބޭ ދަރިވަރުންނަށް ވެސް ދައުވަތު ދޭނެ އެވެ. އެކަމަކު އެ ކުދިންނަށް ސްޓޭޖް މަތިން ނޫނަސް ކޮންމެވެސް އެހެން ގޮތަކުން އެވޯޑް ލިބޭނެ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.
ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި އެވޯޑު ދޭން 2015 ގައި ވެސް މިނިސްޓްރީން ނިންމި އެވެ. ނަމަވެސް ދަރިވަރުންގެ ޝަކުވާތަކާއި ހިތްހަމަނުޖެހުންތަކާ އެކު މިނިސްޓްރީން ފަހު ވަގުތު އެކަން ބަދަލުކުރީ އެވެ.
އޭރު މިނިސްޓްރީން ބުނީ ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި އެވޯޑު ދޭން ނިންމީ ހަފުލާ މާ ބޮޑަށް ދިގުދެމިގެން ދާތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސީ
25 February 2018
ތި ކީއްކުރަންދޭ އެއްޗެއް ތިވެސް ދޭނެ ކަމެއްނެތް ޤާނޫނު އަސާސީއަކު ނޯވޭނު ތިދޭކަށް
ސުމާ
25 February 2018
ތަނަކުން އަމުރެއް ނެރެފިޔާ އެރޭ ނުނިދާ މިވެރިން ފުލުހުންނާ ސިފައިން އެއްކުރާނެ. އެކަމް އެކުދިން ކުރި މަސައްކަތުގެ އަގު ވަޒަން ކުރަންވީމަ ހަފްލާ ދިގުދެމިގެން ދަނީ.
ސީމާ ޢަލީ
25 February 2018
އިރާދަކުރެއްވިައްޔާ ދެން ޔާމީނެއް ނުހޮވޭނެ ވެރިކަމަކަށް
ސަންތިމަރިޔަނބު
25 February 2018
ގަދަ 1 ން 10 އަށް އިނާމުދިނުން ހުއްޓާލަން ފެންނަނީ އެއިރުން އެކުދިންނަށް ދޭންޖެހޭ އިނާމުގެ ލާރިކޮޅުވެސް ހުންނާނެ ދައުލަތުގެ ބަޖެޓަށް ތިހިރީވާ ރައީސެއް
ކަޅުތުއްކަލާ
25 February 2018
ކަންމަތީ ޒުވާނުން ގޮވައިގެން ބާއްވާ ހަފުލާތަކާ އެއްވުންތައް ދިގުދެމިގެން ދިޔައަސް ހަމަ ތިބޭނެ ހެވިފަ! ތައުލީމީ ޒުވާނުންނާ އެކީ ވަގުތުކޮޅެއް ހޭދަކުރަންވީމަ ފޫކަހާނެ.
ޙަމަދު
25 February 2018
މިކަން ކުރުން އެބަ ޖެހޭ ހުއްޓާލަން. މިޒަމާނުގައި ކިޔަވަން މޮޅުކުދިންނެއްނޫން ކާމިޔާބުހޯދަނީ. އަތްފައިން މަސައްކަތް ކޮށް ހިއްވަރުގަދަކުދިން ހަޔާތުގަ ކާމިޔާބު ހޯދަނީ. އޯލެވެލް އިންވަނަނުލިބޭ އެތައްރަނގަޅު ކުދިންއެބައުޅޭ. އެވޯޑުދޭންވީ ހުރިހާކުދިންނަށް ހަމަހަމަކޮށް ހިންގާ ސްކޫލުތަކަށް. އޯލެވެލްގެ މި ރޭހާހެދު ކުދިން ތައްޔާރުވަނީ ހަޔާތަކަށްނޫން. އެގްޒޭމަކުން ފާސްވާން ހަމައެކަނި ދަސްވަނީ.
އަލްޖިބްރާ
25 February 2018
ވާގޮތް އެހެން މީހުނަށް އެގޭ ! ކަލޭމެން ބިރުގަތީ ! އަދިވެސް ގޮވާތި ! ކުއްލިނުރައްކަލުގެ ހާލަތުން އެއްވެސްކަމަކަށް އަސަރެއް ނުކުރެއޭ ! ޖަލްސާ ދިގުދެމިގެން ދަންޏާ އެހެންމީހުން މުޒާހަރާ ކުރާތަނަށް ފޮނުވާނެ " އަނިޔާކުރާނެ ފުލުހުން " ނެއް ނުތިބޭނެ !
ކަންޒުކަހަބު
25 February 2018
ގަދަ 1 ން 10 ހޮވާފަ އިނާމުދޭން ގަދަ 3 ކަން، އެވަރުންވެސް އެ ރައީސް ޖެހޭތަ ބައިވެރިވާން
މުޙައްމަދު އަލީ
25 February 2018
ތިހިރީވާ ރައީސެއް އިނާމުދިނުން ހުއްޓާލަންވީނުން