ކުޅިވަރު / އާސެނަލް

ޕްރިމިއާ ލީގުގެ އެންމެ މަގުބޫލު ބްރޭންޑަކަށް އޮޒިލް

އާސެނަލްގެ ޖަރުމަނު މިޑްފީލްޑަރު މެސުޓް އޮޒިލް: އޭނާ އަކީ ބޭންޑްޓިކްސް އިން ހޮވި މިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މަގުބޫލު ބްރޭންޑް.-- ފޮޓޯ: އޭއެފްޕީ

އިނގިރޭސި ޕްރިމިއާ ލީގަކީ އެތައް ގޮތަކުން އެއް ވަނައިގައި އޮތް ލީގެކެވެ. ވާދަވެރިކަމާއި މުއްސަނދިކަމަށް ބެލިޔަސް ދެ ވަނަ އެއް ނެތް ވަރުގަދަ ލީގެކެވެ. މި ލީގުގައި ކުޅޭ ކުޅުންތެރިންގެ ވާދަވެރިކަން ވަރަށް ބޮޑެވެ. މޮޅެތި ކުުޅުންތެރިން ބޮޑު އަގުގައި އެއް ކްލަބުން އަނެއް ކްލަބަށް ބަދަލުވާއިރު އެ ކުޅުންތެރިން އޮންނާނީ ނަން މަޝްހޫރު ބްރޭންޑަކަށްވެފަ އެވެ.

ކުޅިވަރު އެތުލީޓުންގެ ބްރޭންޑް އެނަލައިސް ކުރާ ކުންފުންޏެއް ކަމަށްވާ ބްރޭންޑްޓިކްސް އިން މިދިޔަ ސީޒަނުގައި ހޮވި އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ ބްރޭންޑަކަށް ހޮވުނީ އާސެނަލްގެ ޖަރުމަނު މިޑްފީލްޑަރު މެސުޓް އޮޒިލެެވެ.

ބްރޭންޑްޓިކްސް އިން އެންމެ މަގުބޫލު ބްރޭންޑް ހޮވަނީ ކިހިނެއް؟

ބްރޭންޑްޓިކްސް އިން އެންމެ މަގުބޫލު ކުޅިވަރު ބްރޭންޑް ހޮވުމުގައި ބަލަނީ އެ ކުޅުންތެރިޔަކު ދައްކާ ކުޅުމަށާއި އާންމު ދިރިއުޅުމުގައި އެ ކުޅުންތެރިޔެއް އުޅޭ އުޅުމަށް ސޯޝަލް މީޑިއާ އާއި މީޑިއާގައި އެ ކުޅުންތެރިއަކަށް ލިބޭ ތަރުހީބު ބެލުމަށް ފަހު އެވެ. އަދި އެ ކުޅުންތެރިޔަކު ސޯޝަލް މަސައްކަތްތަކުގައި ހަރަކާތްތެރިވާ މިންވަރަށާއި ރަސްމީ ޕޭޖްތަކާއި ބްރޭންޑްތަކުން އެ ކުޅުންތެރިންނަށް ދޭ ސަމާލުކަމަށް ވެސް ބްރޭންޑްޓިކްސް އިން ބަލަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތެމްޓަން ކޮޅަށް ލަނޑު ޖެހުމަށް ފަހު އޮޒިލް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބްރޭންޑްޓިކްސް އިން ހޮވި ޕްރިމިއާ ލީގުގެ އެންމެ ގަދަ ތިން ބްރޭންޑް

- މެސުޓް އޮޒިލް (އާސެނަލް) 587 ޕޮއިންޓް

- ވޭން ރޫނީ (މެންޗެސްޓާ ޔުނައިޓެޑް) 530 ޕޮއިންޓް

- ސާޖިއޯ އަގުއޭރޯ (މެންޗެސްޓާ ސިޓީ) 497 ޕޮއިންޓް

އޮޒިލް އަށް އެއް ވަނަ ލިބުނީ ކީއްވެ؟

ޕްރިމިއާ ލީގުގެ ތަރިންނާ އަޅައި ކިޔާއިރު އޮޒިލް އަކީ ސޯޝަލް މީޑިއާގައި ތަރުހީބު ބޮޑު ކުޅުންތެރިއެކެވެ. ޓްވިޓާ އާއި ފޭސްބުކް އަދި އިންސްޓަގްރާމްގައި އޮޒިލްގެ 47.4 މިލިއަން ފޮލޯވަރުން އެބަތިއްބެވެ. ދެ ވަނަ އަށް ދިޔަ ރޫނީގެ ތިބީ 44.4 މިލިއަން ފޮލޯވަރުންނެވެ.

ދަނޑުމަތީގައި އޮޒިލް ދައްކާ ކުޅުމަށް އެތައް ސަޕޯޓަރުންނެއް އޭނާ އަށް މިދިޔަ ސީޒަނުގައި ވެސް ވަނީ ތައުރީފު ކޮށްފަ އެވެ. މިދިޔަ ސީޒަނުގައި އޮޒިލް ވަނީ އާސެނަލަށް ކުޅެދިން 43 މެޗުން އަށް ލަނޑު ޖަހައި 19 ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

93 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 3%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454