މާލެ އާއި ވިލިމާލޭގެ މަގުތަކާއި އިޖްތިމާއީ ސަރަޙައްދުތަކުގެ ކުނި ނަގައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެންވަރަންމަންޓް މިނިސްޓްރީ
01 މާޗް 2018 - 16:59
މާލެ އާއި ވިލިމާލޭގެ މަގުތަކާއި އިޖުތިމާއީ ސަރަހައްދުތަކުގެ ކުނި ނަގައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވެމްކޯއާ މިއަދު ހަވާލުކޮށްފި އެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން ބުނީ ކުރިން ހައުސިން މިނިސްޓްރީން ކުރަމުން އައި އެ މަސައްކަތް ވެމްކޯއާ ހަވާލުކުރީ ރައީސް އަބްދުﷲ ޔާމީން އެގޮތަށް ކަނޑައެޅުއްވުމާ ގުޅިގެން ކަމަށެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރުގެ ނައިބު އަލީ އާމިރެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހީމެވެ. އަދި ވެމްކޯ އިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ، އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، މާލެ އާއި ވިލިމާލޭގެ މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ވެމްކޯ އިން މިއަދު ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް އެއް މަސް ދުވަހު ވެމްކޯއާއެކު ފުރިހަމަ އެއްބަސްވުމަކަށް އައިސް، މަގުތައް ކަހައި ސާފުކޮށް ބެލެހެއްތުން ވެމްކޯ އިން ފަށާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"ވެމްކޯ އިން މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އާންމު ގޮތެއްގައި ދިވެހި މުވައްޒަފުން ލައިގެން ކޮންމެ ދުވަހަކު މި ހުރިހާ ސަރަޙައްދުތަކެއް ކުނިކަހާ ސާފުކުރާ ގޮތަށެވެ. އަދި އަންހެނުންގެ ތެރެއިން މިކަމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް، އެ މީހަކު ދިރިއުޅޭ ސަރަޙަދެއްގެ މަގުތަކާއި އިޖްތިމާއީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ ވަޒީފާގެ ފުރުސަތު ލިބިގެންދާ ގޮތަށެވެ." ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާފުތާހިރު ވަމާ
02 March 2018
މަގުތައް ސާފުކޮށް ބަލަހައްޓަންވާނީ ރައްޔިތުން. އެކަކު ސާފުކުރާވަރަކަށް އަނެކަކު ކުނިއަޅަންޏާ އެކަން ހައްލެއް ނުވާނެ. ވެމްކޯއިން ރަނގަޅު މަގުމައްޗައްއެޅިފަ ހުންނަ ފަތް ކުނިކަހާނަގަން. އެކަމަކު ކުނިބުނި ގިނަވުން ހުއްޓުވޭނީ ރައްޔިތުން އެކަން ހުއްޓުމުން.
ބޮޑުރިޔާ
02 March 2018
މިކަންވާނެބާ މިމީހުންނަށް މިހާރުވެސް އަހަރެމެންގެ ގޭގެ ކުނިކޮޅުވެސް މިމީހުންނާހަވާލުކުރިފަހުން އުކާލަންމިއަންނަނީ ދެދުވަހުންއެއްދުވަހު
ޯހެޔޮ
02 March 2018
އަހަންނަށްހެޔޮ މިއުޅެވެނީ ނޭވާނުލެވޭފަދަ އޮޅުވާލުމެއްގެތެރޭ
އުމަރު
02 March 2018
ޓެކުސްނަގަނީ އާންމު ވިޔަފާރިތަކުން އެކަމަކު އަތުން އަތަށް ސަރުކާރުގެ ކުންފުނިތަކަށް، މިސަރުކާރު ހަމަ ރަނގަޅަށް ވިޔަފާރީގެ ތެރެއަށް ވަދެއްޖެ، މިހާރު ނުކުރާކަމަކީ ޓެކުސްޓައިލްވިޔަފާރި އެކަނި، މިއީ ރައީސް ޔާމީނު އެސްޓީއޯގެ ޗެއާމަނަކަށް ހުރެގެން ފެށިކަމެއް މިހާރު ރައީސް ކަމުގައި ތަންކޮޅެއް ފުޅާކޮށް ކުރަނީ، ދެން މިހުރިހައި ކުންފުނިތަކެއް މިނެރެނީ ދިވެހި އާންމު ވިޔަފާރިތަކާއި ވާދަކުރަން، ދެން ވިސްނާ ޕްރައިވަޓް ސެކްޓަރަށްވާނެގޮތް އަދި އާންމުންގެ ޖީބަށްވާނެގޮތް
ބައިރޯ
01 March 2018
ވެގޭފެހޭ ކިތައްމެހެއިޔަސް ރަންގަޅަ
ފަޒްލާ
01 March 2018
މާލޭގެ މަގުތައް ވަރަށް މުޑުދާރު
ނެތީމޭ
01 March 2018
މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ކުނިކެހުން ވެމްކޯއާ ހަވާލުކޮށްފި ނަމަ އެކަމަކީ އެއީ އުފާ ކުރަން ޖެހޭނެ ކަމެކެވެ. ކެނެރީގެ ނަޝީދުގެ ވެރިކަމުގައި މިކަން ވެސް އޭނާ ދިނީ އޭނާގެ ޕާރޓީގެ މެމްބަރުންނަށޭ މިހާރު ލާމު އަތޮޅުގެ އެމްޑީޕީ މެމްބަރު އޭނާ މަޖްލީސް މެމްބަރު ކަމަށް އަންނަން ޚަރަދު ކުރީ އެފައިސާ ގަނޑޭ މަމެން ބުނަން ނެތީމު ދޯ.
އަ ބްލޯ
01 March 2018
ޝުކުރިއްޔާ ހަމޭ. ޝުކުރިއްޔާ ގައުމު.
ބުރުސް
01 March 2018
ދެން އެހެން ރަށްރަށޯ؟
ޑާޑާޑާޑާޑާ
01 March 2018
އެކަން އޮންނާނީ ރައްޔިތުން ނުކުމު ހަމަ މިހާރުވެސް ކުރާ ގޮތަށް ކުރުން، ދެން އޮންނާނީ ވޯޓުލުން އެނިމުނީ، ދެވަނަ ދަރަޖައިގެ ބީރައްޓެހިންވީމަ މާގިނަ ކަންކަމެއް ކޮށްދޭކަށް ނުޖެހޭނެ، ވޯޓުލާން ބުނީމަ ނުކުމެ މަމެންގެ ރައީސް ޔާމީނަށް ވޯޓު ލީމަ ނިމުނީ، އެހެން އެވެސް މީހަކަށް ވޯޓުލައިގެން ނުވާނެ، މީމިކަން އޮންނަން ޖެހޭނެ ގޮތް އިތުރު އެއްވެސް ބަދަލެއް މިކަމުގަ އޮވެގެން ނުވާނެ.
އަހުމަދު2
02 March 2018
އެހެންރައްތަކުގެ ކައުންސިލުންވެސް ކަންކަމުގައި ދިވެހިން ބޭނުންކުރޭ! ވަޒީފާ "ގަނޑެއް" ނުއޮންނަ ރައްރަށުގަވެސް ކުނިއުކަން ނުވަތަ އެއްޗެތި ޑުރައިވްކުރަންވެސް ބޭނުން ކުރަނީ ބިދޭސީން... ގައުމުދެކެ ލޯބިވަންނާ ގައުމުން ފައިސާ ބޭރުވިދިޔަނުދީ!ޕލޒް