ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި ޓްރީ ޓޮޕް ހޮސްޕިޓަލް
04 މާޗް 2018 - 13:07
ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި ފުރަތަމަ ދުވަހު ވެސް 100 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދެއްކި ކަމަށް އެތަނުން މިއަދު ބުނެފި އެވެ.
އެ ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވީ ފުރަތަމަ ދުވަހު އެޑްމިޓްކޮށްގެން ފަރުވާ ދިންއިރު އިމަޖެންސީ ރޫމް (އީއާރު) އަށް ވެސް ފަރުވާ ހޯދަން މީހުން ދިޔަ ކަމަށެވެ. އަދި މިހާރު ވެސް ވަރަށް ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަން އެޕޮއިންޓް ހޯދަން ގުޅަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މިހާތަނަށް ފީޑްބެކް ލިބެނީ ވަރަށް ރަނގަޅު ކަމަށް. ފުރަތަމަ ދުވަހު މިތަނަށް އައި ކޮންމެ މީހަކާ ވަކިވަކިން އަޅުގަނޑުމެން އިންޓަވިއު ކުރިން ހިދުމަތް ހޯދި ގޮތާ ބެހޭ ގޮތުން. ވަރަށް ގިނަ މީހުން ބުނި ވަރަށް ރަނގަޅޭ،" އޭނާ ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ރިސެޕްޝަންގައި މުވައްޒަފުން މަސައްކަތް ކުރަނީ: މިއީ މިހާތަނަށް ރާއްޖޭގައި ހުޅުވި އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް.
އޮފިޝަލް ވިދާޅުވީ މިހާތަނަށް އެ ހޮސްޕިޓަލުން އެންމެ ގިނައިން ފަރުވާ ހޯދީ ދިވެހިން ކަމަށެވެ. އަދި މަދުމަދުން ބިދޭސީން ވެސް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ހިދުމަތް ހޯދި މީހަކު އެތަނުގެ ފޭސްބުކް ޕޭޖްގައި ލިޔެފައި ވަނީ ލިބުނު ހިދުމަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ބަލިމީހާ ގޮވައިގެން ތަނުގެ މުވައްޒަފުން ޑޮކްޓަރާ ހަމައަށް ގެންދިއުމަކީ މީގެ ކުރިން ރާއްޖެ އިން ދެކެފައި ނުވާ މަންޒަރެއް ކަމަށް ބުނެފައިވެ އެވެ.
"އަޅުގަނޑުގެ ބައްޕަ އެތަނަށް ފަރުވާ ހޯދަން ދިޔަ. އަދި އެނބުރި ގެ އަށް އައީ ވެސް ވަރަށް ހިތްހަމަޖެހިގެން. އެ ހޮސްޕިޓަލުގެ ރަނގަޅު ވާހަކަ އެންމެން ކައިރީ ދައްކާ. ބައްޕައަށް އެތަނަށް ދެވުނީ ދިން ގަޑިއަށް ވުރެ ތަންކޮޅެއް ލަހުން. ނަމަވެސް އެތަނުން ގުޅާފައި ހަނދާން ކޮށްދިން،" އެ ހޮސްޕިޓަލާ ބެހޭ ގޮތުން ލިޔެފައިވެ އެވެ.
އެހެން މީހަކު ލިޔެފައި ވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ފުރަތަމަ ދުވަހު ވެސް ތިން ފަހަރު ދިޔަ ކަމަށާއި އެތަނުން ދިމާވި އެންމެން ވެސް ފެންނަނީ ވަރަށް ހިނިތުންވުމާ އެކު ހިދުމަތް ދޭތަން ކަމަށް ވެސް ބުނެފައިވެ އެވެ.
"ހުރިހާ މުވައްޒަފުންނަށް ވަރަށް ޝުކުރުވެރިވަން. އަދި ސެކިއުރިޓީންނަށް ވެސް ޝުކުރިއްޔާ. އެ މީހުން އަޅުގަނޑު ނުކުންނަންދެން ދަރިފުޅު ގޮވައިގެން އުޅުނީ. އަހަންނަށް ވަރަށް ބޮޑަށް ރައްކާތެރިކަން އިހުސާސްވި،" އެ މީހާ ލިޔެފައިވެ އެވެ.
ރާއްޖޭގެ ބޮޑެތި މަހުޖަނުންތަކެއް ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީކުރި 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ)ގެ ހޮސްޕިޓަލްގައި ޑޮކްޓަރަށް ދެއްކުމުގެ ފީއަކީ 750ރ އެވެ. އެކަމަކު މި ވަގުތު ދިވެހިންނަށް 30 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމުން ފީ އުޅެނީ 525ރ ގަ އެވެ.
ރާއްޖެއިން މިވަގުތު ލިބެން ނެތް ވަރަށް ގިނަ ފަރުވާތަކާއި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ހުޅުވި އެ ހޮސްޕިޓަލުން އާސަންދަ ހިދުމަތް މިވަގުތު ލިބެނީ ހަމައެކަނި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންނަށެވެ. ނަމަވެސް އެޑްމިޓްނުކޮށް ޑޮކްޓަރަށް ދައްކާ މީހުންނަށް ވެސް އާސަންދަ ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ހިންގާ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެން މެނޭޖްކުރާ ހޮސްޕިޓަލްގައި 210 އެނދު ހުރެ އެވެ. އަދި 30 ގައުމެއްގެ މީހުންގެ ވަޒީފާ އަދާކުރާނެ ކަމަށް، ޓްރީ ޓޮޕުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރ750
05 March 2018
ކުރިން މާލޭގަ ކުލިނިކުތަކުގަ މަސައްކަތް ކުރި ބައެއް ޑޮކްޓަރުން ތިހޮސްޕިޓަލް ގަ އެބަ ތިބި. 300ރ އިން 750ރ އަށް ފީބޮޑުވި އިރު ހަމައެއް ޑޮކްޓަރެއް. ފަރުވާ ތަފާތެއް ނުވޭ.
ނަޖްވާ
05 March 2018
ގިނަ މީހުންބުނަނީ ޚިދްމަތް ވަރަށް ރަނގަޅޭ އިނގޭ! މަރްހަބާ ޓްރީޓޮޕް ހޮސްޕިޓާ ހިންގަވާ އިސްވެރިން!
ޒިންދަގީ
05 March 2018
ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވިއިރު ސަރުކާރުގެ އެއްވެސް ފަރާތަކަށް ދައުވަތު ނުދިންކަން ފާހަގަ ކޮށްލަންޖެހޭ.. މިފަދަ ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަށްވެސް އިނދަޖެހޭވަރުގެ ސިޔާސީ ހަލަބޮލިކަން ސަރުކާރުން މިގައުމަށް ގެނެސްސަ މިއޮތީ..
ވާލުސޮރު
05 March 2018
ގިނަ ދިވެހިންނަކީ އިސްރާފުކުރުމާ ދެއްކުންތެރިކަމަށް އިންތިހާ އަށް ލޯބިކުރާބައެއް. އެހެންކަމުން އާދައިގެ ކްލިނިކަކުން 200ރ އަށް ލިބޭ ޚިދުމަތެއް ހޯދަން ތިޔަ ހޮސްޕިޓަލަށް ގޮސް ހަމަ އެޚިދުމަތަށް 2000ރ ހޭދަކުރިޔަސް އެއީ ހައިރާންވާވަރު ކަމެއްނޫން.
ޙަސަން އަޙްމަދު
05 March 2018
ވަރަށް ގިނައިން ތިމާގެ މީހުން ގޮވައިގެން ރާއްޖޭގެ ހޮސްޕިޓާ ކުލިނިކު ތަކަށް ދާ މީހެއްގެ ހައިސިއްޔަތުން ދަންނަވަން ޖެހެނީ އެއް ފަރުވާއަކަށް ވެސް އުފުލަން ޖެހޭ ތަކުލީފާ ހޭދަކުރަން ޖެހޭ ވަގުތަށް ބަލާ އިރު 200 ރުފިޔާއަށް ލިބޭ ފަރުވާ 2000 ރުފިޔާއަށް ވެސް ހޯދާނަމޭ ޓްރީޓޮޕުން އެ އިޝްތިހާރު ކުރާ ގޮތަށް އެކަން ހިނގަންޏާ
ލިވްއިން
05 March 2018
ޓްރީ ޓޮޕް ހޮސްޕިޓަލަށް ބޮޑު ތަރުހީބެއް، ފުރަތަމަ ދުވަހު ވެސް 100 މީހުން ޑޮކްޓަރަށް ދައްކާ އަދި ރާއްޖޭގެ ސިއްޚީ ޚިދްމަތަށް އިންގިލާބު ގެނުވާދޭނެ ހޮސްޕިޓަލަކަށް ޓްރީ ޓޮޕް ވާނެ ކަމަށް މަމެން އުއްމީދު ކުރަނީ. މަމެން އުއްމީދު ކުރަން ރާއްޖޭގެ ކޮންމެ ރިސޯރޓެއްގައި ވެސް ޓްރީޓޮޕްގެ މެޑިކަލް ކްލިނިކް އެއް ހުންނާނެ އުސޫލުން ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދަށް ބަދަލު ގެންނާނެ ކަމަށް ސަބަބަކީ މިހާރު ރިސޯރޓް ގައި ހުންނަ މެޑިކަލް ކްލިިނިކް އަކީ އެއީ ހަމަ ނަމެއްގައި ހުންނަ ތަނެކޭ އެތަނުން އެއްގޮތަކަށް ވެސް އަސާސީ ބޭސް ފަރުވާ ވެސް ނުލިބެއޭ. 500 މީހުން އެވްރެޖް ކޮށް ގެސްޓުންނާއި އެކު ރިސޯރޓެއްގައި އުޅޭ އިރު އެމެންގެ ސިއްޚީ ސަލާމަތް ތެރިކަން ހުންނަން ޖެހޭނީ މިއަށް ވުރެން ރަނގަޅު ފެންވަރުގައި. މިކަން ކުރެވޭނީ ޓްރީ ޓޮޕް ފަދަ ބަޔަކު އެކަމުގައި އެންގޭޖް ކޮށްގެން. މޭކް ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓޔަރ ހިއުމެން ރޭސް. ދިސް އިޒް ދަ ވޯލްޑް ވީ ލިވް އިން..
ޑިސްލައިކު
05 March 2018
ކީއްވެ މީހަކު ލައިކެއް ނުދެނީ އެންމެން ޑިސްލައިކު ކުރަނީ
ޑާޑާޑާޑާޑާ
05 March 2018
ޓްރީ ޓޮޕް ހޮސްޕިޓަލަށް ބޮޑު ތަރުހީބެއް، ފުރަތަމަ ދުވަހު ވެސް 100 މީހުން ޑޮކްޓަރަށް ދެއްކި، ކިހިނެއްބާ މީ ތަރުހީބަކަށްވީ! ގިނަ މީހުން ބަލިވެގެން ޑޮކްޓަރަށް ދެއްކުމަކީ ކުރިއެރުމެއްބާ! ބަލިވެގެން ޑޮކްޓަރަށް ދައްކާ އަދަދު މަދުވުމަކިީ ކުރިއެރުމެއް ކަމަށް ގަބޫލުކުރެވެނީ.
ތުލްސީ
05 March 2018
އޯއެމްޖީ ! މަގޭ ސިކުނޑި ހަނދާންނެތި ދަބަހުގަ ބާއްވާފަ މި ކޮމެންޓު ކިޔާލެވުނީ
ތެދު
04 March 2018
ރާއްޖެއިން ވެވެން އޮތް ކަމެއް ކުރުމަށް ބޭރުކަރައަކަށް ގޮސް މިހެން ލިބޭ މަދު ޑޮލަރު ކޮޅު ތަޅާލުން އެއީ އެހާ ބުއްދިވެރި ހިޔާލެއް ނޫން، ގައުމައް ތަރައްގީ އަންނާނީ ހުރިހާ ކަމެއްވެސް ޕޮޒިޓިވްކޮށް ބަލައިގެން. ސިޔާސީ ލީޑަރުން މަސައްކަތް ކުރަނީ އަބަދުވެސް އެމީހުންގެ އަމިއްލަ ފައިދާއަށް. ވައްކަން ނުކުރާނެކަން ޔަގީންވާ ރައީސަކު ވެރިކަމެއް ނުކުރާނެ. އެހންކަމުން އާއްމު ރައްޔިތުން ސިޔާސީ މީހުންގެ އަމިއްލަ ކޯޅުމުގައި ބައިވެރިނުވެ، ގައުމަށް ހެޔޮ އެދޭ ރައްޔިތެއްގެ ޒިންމާ އަދާކުރުން މާބުއްދިވެރި. (ޕްރެޒިޑެންޓާ ޒާތީ ނުވޭ.)
ޚަބަރު007
04 March 2018
ހުރިހާ ނޫހަކުން މި ޓްރީޓޮޕް ހޮސްޕިޓަލާ ބެހޭ އާޓިކަލްތައް ކިޔާފިން. އެހެންނަމަވެސް ޓްރީ ޓޮޕް ހޮސްޕިޓަލަށް ގުޅޭ ނަންބަރެއް އަދި އެޕޮއިންޓްމެންޓް ހަދާނެ ގޮތެއްވެސް މި އެއްވެސް އާޓިކަލް އެއްގަ ނެތް. މިއަކަށް ނުކިޔާނެ ފުރިހަމަ ހަބަރެކޭ!
ވިމް
04 March 2018
ވިސްނާލާ, އެންމެ އަސާސީ ހިދުމަތް މިހާރު 5 ސްޓަރ ފެންވަރުގައި, އަނެއްކާ ވެސް ވިސްނާލާ, 5 ސްޓަރ ރިސޯޓުތައް އަހަރެމެން ދިވެހިންނަށް ކިހާ އަތް ފޯރާތޯ! މިފަހަރު ވިސްނާ މިހެން މަދު މަހުޖަނުންކޮޅެއް އަހަރެމެންނަށް ލިބިފައިވާ ރީތި ރަށްތައް ފޭރިގަނެ, އެ މީހުން އަހަރެމެން ކޮންޓުރޯލް ކުރާގޮތް...މި ދަނީ ދެން އެޕޮއިންމަންޓެއް ހަައްދަން ޓްރީ ޓޮޕްއަށް...
ވޮމް
06 March 2018
ވިމް. ޤަބޫލުކުރަންޖެހޭ އެއް ކަމެއް އެބައޮތް. 5 ސްޓަރ ފެންވަރަށް ހަދަނީ 5 ސްޓަރ ފެންވަރުގެ މީހުންނަށް ޚިދުމަތްދޭން. ރާއްޖޭގައި ހަދާ ކޮންމެ ފިހާރައެއް، ގެދޮރެއް، ހޮޓަލެއް، ހޮސްޕިޓަލެއް ނުޖެހޭ އެންމެ ނިކަމެތި މީހާއަށް ވަދެވޭ ފެންވަރަށް ހަދާ، އެފަދަ އަގުތައް ހަމަޖައްސާކަށް. އެފެންވަރުގެ މީހުންނަށް ހުންނާނެ އެފެންވަރުގެ ތަންތަން. ޓްރީ ޓޮޕް ހޮސްޕިޓަލަކީ މަތީ ފަންތީގެ މީހުންނާއި ރިސޯޓްތަކަށް އަންްނަ މުއްސަނދި މީހުންނަށް އަމާޒުކޮށް ހިންގާ ތަނެއް.
ދަތްނެތްކުއްޖާ
04 March 2018
މުސްތަޤުބަލުގައި ތިޔަތަނަކުން ދިވެހިންނެއް ޙިދުމަތެއް ނުހޯދާނެ ކަމަށް ލަފާކުރެވޭ. ސަބަބަކީ ތިއީ ދިވެހިންނަށް އަތްފޯރާ ފަށުގައި ހުރި ތަނެއްނޫން. ރާއްޖޭން ބޭރަށްގޮސް ފަރުވާ ހޯދިއަސް މާ ބޮޑުތަން އަގު ހެޔޮވެފާ މާ ހިތްހަމަޖެހޭ.
ޝިފާގު
05 March 2018
ޜާއްޖޭގައި ހުރި އިންޓަނެޝަނަލް ސްކޫލްތަކަށްދަނީ ދިވެހިން. ޢަތްފޯރާ.
ރީމާ
05 March 2018
ޝިފާގޫ ރާްއްޖޭގައި މުޅިންވެސްހުރީ އިންޓަރނޭޝަނަލް ސްކޫލުތައް އެހެންވެތާ އިންޓަރނޭޝަނަލް އެގްޒާރމްސް ހަދަނީ..ބުނޭ ޕްރައިވެޓް ސްކޫލުތަކައް ދިވެހިންދާ ވާހަކަ ކިތައްމެ އަގު ބޮޑުވިޔަސް