މޯލްޑިވިއަން އިން އަލަށް ގެނައި ސީ ޕްލޭން އިއްޔެ އައިއެންއައިއޭގައި މަޑުކޮށްފައި. ފޮޓޯ: މޯލްޑިވިއަން
17 ޖުލައި 2016 - 12:48
ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ މޯލްޑިވިއަންގެ ސީ ޕްލޭން ފްލީޓަށް އިތުރު ބޯޓެއް އިއްޔެ ރާއްޖެ ގެނެސްފި އެވެ.
މިފަހަރު ގެނައި ބޯޓާއެކު އެ ކުންފުނީގައި ބޭނުންކުރާ ސީ ޕްލޭންގެ އަދަދު އަށަކަށް އިތުރުވީ އެވެ.
އެ ކުންފުނީގެ ހެޑް އޮފް އެޑްމިން އަލީ ނަޝާތު ވިދާޅުވީ އިއްޔެ ހަވީރު ގެނައި ކަނޑަަށް ޖައްސާ ބޯޓަކީ ވެސް ކެނެޑާއިން ގެނައި ބޯޓެއް ކަމަށެވެ.
"ކެނެޑާއިން މި ހިސާބަށް ގެންނަން ފަސް ދުވަސް ހޭދަވި. އަޅުގަނޑުމެން މި ބަލަނީ ކަނދު ހަރުކުރުމަށްފަހު މިމަހުގެ ތެރޭގައި މި ބޯޓު އޮޕަރޭޝަންގައި ބޭނުންކުރަން ފެށޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވީ މި އަހަރުގެ ތެރޭގައި އިތުރު ދެ ސީ ޕްލޭން ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނިން އަލަށް ގެނައި ބޯޓަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ބޭނުންކޮށްފައިވާ ބޯޓެކެވެ. ފުރަތަމަ ގެނެސްފައި ވަނީ މޯލްޑިވިއަން އެއާ ޓެކްސީން 1999 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން 2003 ވަނަ އަހަރު ވެސް އެ ކުންފުނިން މި ބޯޓު ގެނެސްފައިވެ އެވެ.
މޯލްޑިވިއަންގެ ސީ ޕްލޭންތައް ބޭނުންކުރަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ޓޫރިސްޓުން ރިސޯޓްތަކަށް އުފުލުމަށެވެ. އަދި އެ ކުންފުންޏަކީ ރާއްޖޭގައި މި ހިދުމަތް ދެމުން އަންނަ ދެވަނަ ކުންފުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހާސަރު
17 July 2016
ތިޔަކަން މީގެ އަހަރުތަކެއް ކުރިނަމަ މިހާރު ސީޕްލޭންގެ ބޮޑުބާރުވެރިއަކަށް އޮތީހީ މޯލްޑިވިއަން އެކަމަކު ހަމަ ވަކި ބަޔަކު ކުރާމަސައްކަތެއްވީމަ މިއޮއްހުރިހާ ދުވަހު ތިކަން ނުކޮށް އެބައިމީހުނަށް ދޫކޮށްގެންތިބީ .
މާ
17 July 2016
ސީޕްލޭނާ ބީޕްލޭނާ ވެސް ގެނޭ، އަގައް އަންނަ ބަދަލެއްނެތް، ރަތްޔިތުން ފެލުން، ސަރުކާރުގެ މެލުން