މަޖިލީހުގެ ކޮމިޓީއެއްގައި ޝަރީފް ވާހަކަ ދައްކަވަނީ. ---ފޮޓޯ: ނިޝާން އަލީ/ މިހާރު
07 މާޗް 2018 - 23:30
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން ސަރުކާރުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) މިއަދު ތާއީދު ކުރައްވައިފި އެވެ.
މީގެ ކުރިން ވެސް ބައެެއް ކަންކަމުގައި ސަރުކާރުގެ ފިކުރަށް ތާއީދު ކުރައްވާފައިވާ ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއް ޕާޓީއަކުން ހޮވުނު މެމްބަރަކު، އަނެއް ޕާޓީއަކާ ގުޅިވަޑައިގަންނަވަނީ ގޮނޑި ދޫކުރައްވާފައި ކަމަށާއި އަލުން އެ ގޮނޑި ބޭނުން ނަމަ، އެ މެމްބަރަކަށް ޖެހޭނީ އިންތިޚާބުގައި އަލުން ކުރިމަތިލައްވަން ކަމަށް އޭނާ ވިދާޅުވި އެވެ.
Anti-defection Qanoon othun muhimmu kamah gaboolu kuran. Eh party akun hovunu member aku aneh party akah dhaan vaanee gondi dhookoffa. Alun gondi beynumiyyaa jejeynee alun kurimathi laan.
— Ibrahim Shareef (@AdduShareef) March 7, 2018
ޝަރީފް ކުރެއްވި ޓުވީޓު.
ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން، މަޖިލީހަށް ފޮނުއްވި އެންޓި ޑިފެކްޝަން ބިލުގެ ފުރަތަމަ ކިއުން ވަނީ އިއްވައިފަ އެވެ. އަދި އަންނަ ހަފުތާގައި އޮންނަ މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ބަހުސް މަރުހަލާ ފަށާނެ ކަމަށް ބެލެވެ އެވެ.
އެންޓި ޑިފެކްޝަން ބިލާ ގުޅިގެން ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ވަރަށް ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. އެކަމަކު، ނިހާނު މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ބިލު ފާސް ކުރާނީ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވާ މައްސަލަ އަށް ފަރުވާ ހޯދުމަށް ފަހު އެވެ.
އެ ބިލާ ދެކޮޅު ހެއްދެވީ "ދެތިން މެމްބަރަކު" އެކަނި ކަމަށް ނިހާނު ވިދާޅުވިއިރު، ނަން ހާމަކުރަން ބޭނުން ނުވާ، ޕީޕީއެމްގެ ބައެއް އެހެން މެމްބަރުން "މިހާރު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ބިލަށް ތާއީދު ކުރެއްވީ "ދެތިން މެމްބަރަކު" ކަމަށެވެ. އަދި 99 ޕަސަންޓު މެމްބަރުން އެ ބިލާ ދެކޮޅު ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ. އެކަމަކު އެ ވާހަކަތައް ނިހާން ތަކުރާރުކޮށް ދޮގުކުރައްވަ އެވެ.
ބިލުގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލައަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅުން، މިއިން ކޮންމެ ހާލަތެއް ކުރިމަތިވިޔަސް ގޮނޑި ގެއްލޭނެ އެވެ. އެކަމަކު މިއީ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައި އޮތް ޝަރުތުތަކެއް ނޫނެވެ. އެހެން ކަމުން ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް އެ ބިލް ގާނޫނަކަށް ނުހެދޭނެ ކަމަށެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ސިޔާސީ ޕާޓީއަކާ ގުޅިއްޖެ ނަމަ ހިނގަން ފަށާނީ، ބިލްގައި މިހާރު ބުނެފައިވާ ގޮތުގައި، ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ. އޭނާ ގުޅޭ ޕާޓީން ވަކިވުން، ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަށް ސާފު
08 March 2018
ޕާޓީ މަޖިލިސްތަ، ނޫނީ ރައްޔިތުންގެ މަޖިލިސްތަ؟ ތިޔަށްވުރެ ލޯޔަރު މައުމޫނު ހުށަހެޅި ބިލަށް އަހަރެން މާ ތާއީދުކުރަން. ރައްޔިތުން ހޮވި މީހެއް ވަކިކުރެވެން ޖެހޭނީ ރައްޔިތުންނަށް. ޕާޓީ އަކުން ބޭނުންހާ ގޮތަކަށްނޫން ވޯޓުލާން ޖެހޭނީއެއް. އެނޫނީ ގެއްލިގެންދާނީ ދާއިރާ ރައްޔިތުންގެ އެތަށް ޙައްޤެއް. ޕާޓީން ބޭނުންވަނީ ހުރިހާ ރައްޔިތުން މާލެ ސަރަހައްދަށް ކުއްޔަށް ޖަމާކުރަން ކަމުގަވިޔަސް، ދާއިރާގެ ރައްޔިތުންގެ އަސާސީ ޙައްޤުތަށް ހޯދަން، ބިރެއްނެތި މަސައްކަތް ކުރެވޭނީ ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ މީހަކަށް. ޕާޓީއަށް ޖަވާބުދާރީވާނީ ޕާޓީގެ މަޤާމުތަކަށް ހޮވާ މީހުން.
އަންޑޭސް
08 March 2018
ޕާޓީ ބަދަލުކުރިޔަސް ގޮންޑިގެއްލިޖެތޯ ނުވަތަ ނުގެއްލެތޯ ކަނޑައަޅާނީ އެމެމްބަރަކު ހޮވި ރައްޔިތުން. އެހެންވީމަ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުން ރަނގަޅުކަމަށް ފެނޭ. ރައްޔިތުން ހޮވި މެމްބަރަކުގެ ގޮނޑި އެގޮތަށް ވަކި ބަޔަކު ބޭނުންވާ ގޮތަށް ގެއްލުވާލައިގެން ނުވާނެ. ބަލަ އެމެމްބަރުން ހޮވި ރައްޔިތުންވެސް ޕާޓީ ބަދަލުކުރޭ. އެހެންވީމަ އެއްވެސް ގޮނޑިއަކީ ވަކި ޕާޓީއެއްގެ ހައްގެއް ކަމަށް ކަނޑައެޅިގެން ނުވާނެ. ރައްޔިތުންގެ ހައްގެއް . ރައްޔިތުން ގޮތެއް ނިންމާނީ.
ޕާންޕޫރީ
08 March 2018
ޕާޓީ ދޫކޮށްލީމަ ގޮނޑިގެއްލުން އެއީ މައްސަލައެއް ނޫން. އެކަމު މައްސަލައަކީ އެކަން އެހެން ގޮތަކަށް އޮއްވަ ޕާޓީ ދޫކޮށް އިދިކޮޅާ ބައިވަރު މެމްބަރުން ގުޅުނީމަ ، ރައްޔިތުންގެ މަޖްލިސް ތެރޭން ބާރު ކެނޑުނީމަ އެކަމުން ސަލާމާތްވާން ވެގެން ގާނޫން ބަދަލުކުރާތީ. އަމިއްލަ ވެރިކަން ދިފާއު ކުރަންވީމާ ގާނޫން ކަމަކު ނުދޭ. މާދަމާވެސް އިދިކޮޅު ގިނަ މީހުން ތި ޕާޓީއަށް އަންނަން ވީމަ އަނެއްކާ ތި ގާނޫން ބަދަލުކުރަންވީ. ތީ ކުޅޭ ކުޅިވަރެއްތަ އަޅޭ. އައްޑޫ ޝަރީފް އެޅިހާ ބަތަކަށް ހަމަ ރިހަތަ؟
މުޙުއްމާ
08 March 2018
މާ ކުރީގަވެސް އެގެޔޭ މީނަ ވިކޭނެކަން. 100ރ އަށް ވެސް މީނަ ވިކިދާނެ. މަރަދޫ ރައްޔިތުން ނިކަން ވިސްނައްޗޭ 2019ގަ މީނަޔާ ދޭތެރޭގަ. އެއްގޮތަކަށްވެސް މިކަހަލަ މަޖްލިހެއްގަ ބަހައްޓަން ހެޔޮވާވަރުގެ މީހެއްނުން
ކަންބޮނޑި
08 March 2018
އޭނަ އެކަން ކުރައްވަނީ ޢާއިލާގެ ޙައްޤުގައި. އޭނަ އެވަނީ ޤުރުބާނީއެއް.
ބޯޑުރިޔާ
08 March 2018
މިބިލް ފާސްވެއްޖެނަމަ މަޖިލީހުގެ މެމްބަރުން ވެގެންދާނީ ޕާޓީ ލީޑަރުންގެ އަޅަކަށް
ޝަހާމު ޝަރީފް
08 March 2018
ކޮންމެ ގޮތެއްވިއަސް މި ބިލަކީ ހުރިހާ ޕާޓީއެއްގެ މަންފާއާއި ލާބަޔަށްޓަކާ މުހިންމު ބިލެއް. ހޮވޭ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލުވުމުން ގޮނޑި ގެއްލެންވާނެ. އެހެންނޫނީ، އެއީ ވޯޓު ދިން އެތައް ބައެއްގެ ހައްގުތަކާ ގުޅިފައިވާ ކަމަކަށް މިކަންވާނީ.
ސަކަރާތް
08 March 2018
މެންބަރުން ވަކި ކުރުމަކީ ޕާޓީއަށް އޮންނަ ބާރަކަށް ބަދަލުކުރުމަކީ ގާނޫނު އަސާސީއާއި ޚިލާފު ކަމެއް.
ނޫރީ
08 March 2018
ޝަރީފަކީ މިއަދާއި ހަމައަށް އައިއިރު މަޖިލިސް މެމްބަރުންގެ ތެރެއިން އަމިއްލައެދުން ކުރިއަށްނެރު މިގޮތަށް ހުށައަޅާ ކޮންމެ ބިލަކަށް ތާއީދުކޮށް ހަދާމީހެއްކަން މާޒީއަށް ނަޒަރު ހިންގާލުމުން ފެންނަން އޮތްކަމާއި މެދު ހަމަޠާއި އިންސާފަށް ލޯބިކުރާ އެއްވެސް ދިވެއްސަކު ދެކޮޅެއްނުހަދާނެއެވެ. މިގޮތުން ސްޕްރީމްކޯޓުގެ ފަސް ފަނޑިޔާރުންގެ ޢަދަދު މަދުކޮށް 5ފަނޑިޔާރުންނަށް އެޢަދަދު ތިރިކުރުމާއި އެސް.އީ.ޒެޑްގެ ބިލާއި އަދި މިނޫންވެސް މަންފާ ނެގޭނެފަދަ ދަނޑިވަޅުތަކުގައި އެގޮތަށް ޢަމަލުކުރައްވަމުންދާތީ މިބިލަށް އޭނާ ތާއީދުކޮށް ވާހަކަދެއްކުމަކީ އެހާބޮޑަށް ޙައިރާންވާންޖެހޭ ކަމެއްނޫން. ދެރަކަމަކީ މިފަދަ "ރައްޔިތުންނަށް އިޚްލާސްތރެިކަމެއް ނެތް" މީހުން މަޖިލީހަށް ކުރިމަތިލީމަ ރައްޔިތުން ވޯޓްދީ ހޮވާތީ. ކުރިޔަށް އޮތް އިންތިޚާބުތަކުގައި ދިވެހިރައްޔިތުން މިކަންްްްްްްްްްްްކަމާއި މެދު ފުންކޮށް ވިސްނަން އެބަޖެހޭ. އަދި ރައްޔިތުންގެ ވިސްނުމާއި އިހުސާއްތަކާއި ދެކޮޅަށް މަސައްކަތްކުރައްވާ ބޭފުޅުންނަށް ނޫނެކޭބުނަން ކެރެންޖެހޭ.
ބެއްޔާ
08 March 2018
އަޅުގަނޑު އައްޑޫ މަރަދޫ ދާއިރާގެ ގޮނޑިއަށް ވިސްނާތާ ކިތަންމެ ދުވަހެއްވެއްޖެ! މިކަހަލަ ގަޅިއެއް ޝަރީފް ޖެހޭތޯ މިހުންނަނީ... މިހާރު ވ.އުއްމީދު އާވެއްޖެ!
ވޯޓާ
08 March 2018
މިއީ އާކަމެއް ނޫން. މިކަހަލަ ހުރިހާ ދަނޑިވަޅެއްގަ މީނަ ވޯޓް ލަނީ މިހެން ސަރުކާރާ އެއްކޮޅަށް. އެމްޑީޕީއަށް ތާއީދުކުރާ މީހުން އައްޑޫގަ ގިނަވީމަ ވޯޓް ހޯދަން އެމްޑީޕީ މީހެއްކަމަށް ހެދިގެން އުޅުނަސް.
މޮޑަފްް
08 March 2018
ޝަރީފަށް ނޭނގުނަސް މިހާރު މިހުށައަޅާ ހުރިހާ ބިލުތަކަކީ ނުހައްގުން އެތަށް މެމްބަރުންނެއް މަޖްލިހުން ބޭރުކޮޢްފަ ޚުދުމުހުތާރު ވެރިކަމަކަށް މަގުފަހިކުރަން ހުށައަޅާ ބިލުތަކެއް. އަހަރުމެންވެސް ތިބިލަށް ތާއީދު ކޮއްފާނަން ގާނޫނުއަސާސީ އާ އެއްގޮތަށް ހުށައަޅައި ދެން އަންނަ މަޖްލިހަކުން ފެށިގެން އަމަލުކުރާ ގޮތަށް ހުށައަޅައިފިއްޔާ. އެކަމަކު މިހާރު މިއުޅެނީ ސަރުކާރާ ދެކޮޅުވާ މެމްބަރުން ދުއްވާލަން. މިވަރު ޝަރީފަށް ނޭނގުމުން ޜައްޔިތުންނަށް އޭނާޔާ މެދު ޝައްކުގެ ނަޒަރަކުން ބެލުމުގެ ފުރުސަތު އެބައޮތް.