ޚަބަރު / ރާއްޖެ-ލަންކާ

ކެންޑީގައި އުޅޭ ދިވެހި އާއިލާތަކަށް ވެސް ބިރުވެރިކަން އެބައޮތް: މުންދު

ކެންޑީގައި ހިނގި ހަމަނުޖެހުންތަކުގައި ގެއްލުންތަކެއް ލިބިފަ-- ފޮޓޯ: އޭޕީ

މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތައް ބޮޑުވެ ސްރީ ލަންކާގެ މެދުތެރޭގެ ކެންޑީ ނުރައްކަލެއްގެ ތެރޭގައިވާއިރު އެ ތަނުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ވެސް ބިރުވެރިކަން އެބައޮތް ކަމަށް އެ ގައުމުގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ގާތްގަނޑަކަށް 50 އާއިލާއާއެކު 140 ދިވެހިން ކެންޑީގައި މިވަގުތު ދިރިއުޅެ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ.

މުންދު "މިހާރު" އަށް ވިދާޅުވީ، ކެންޑީގައި އުޅޭ ދިވެހިންނަށް ވެސް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުން ގެއިން ނުނިކުމެ ތިބުމަށް އެ އެންމެންނަށް ވެސް މިހާރު އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ކެންޑީގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ވަކިވަކިން ގުޅައި އަމަލު ކުރަންވީ ގޮތް ބުނެދެމުން. އަޅުގަނޑު ފާހަގަ ކޮށްލަން އެ ބޭފުޅުން އަޅުގަނޑުމެން އަންގާ އެންގުމަށް އަމަލުކުރާކަން." މުންދު ވިދާޅުވި އެވެ.

މިހަފުތާގެ ކުރީކޮޅު ކެންޑީގައި ހިންގި ހަމަނުޖެހުންތަކުގައި މިސްކިތްތައް ރޯކުރި ތަން ބައެއް ދިވެހިންނަށް ފެނިފައި ވެ އެވެ. ލަންކާގެ ފުލުހުންނަށް އެ ހަމަނުޖެހުންތައް ކޮންޓްރޯލް ނުކުރެވިގެން ސިފައިން ނުކުތުމާ އެކު ކެންޑީ މިހާރު ވަނީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފަ އެވެ.

ކެންޑީގެ ހަމަނުޖެހުންތައް ކޮންޓުރޯލް ކުރުމަށް ސިފައިން ހަރަކާތްތެރިވަނީ-- ފޮޓޯ: އޭޕީ

"ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް މި ވަގުތު އެ ހަރަކާތްތެރި ވަނީ ސީދާ އަސްކަރިއްޔާ އިން. ބަޑި ޖަހައި ހަދާ. ގިނަ ދިވެހިން ބުނޭ ބަޑީގެ އަޑު ވަރަށް އިވޭ ކަމަށް. އެހެންވެ ބިރުން އުޅޭ،" މުންދު ވިދާޅުވި އެވެ.

ޓޫރިސްޓުންގެ މެދުގައި މަގުބޫލް ކެންޑީގައި މީހުން ބޭރަށް ނުކުމެ އުޅުން މަނާ ކޮށްފައިވާއިރު، މިސްކިތްތަކާއި މުސްލިމުންގެ ފިހާރަތަކަށް ގެއްލުން ދީ އެ ތަންތަނުގައި ވަނީ އަލިފާން ޖަހައިފަ އެވެ.

މި ނުރައްކާތެރި ހާލަތުގައި ބޭރަށް ނުނިކުމެވޭތީ ކާބޯތަކެތި ގަތުން ފަދަ ކަންކަމަށް ގިނަ ދިވެހިންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައި ކަމަށް ރާއްޖޭގެ އެމްބަސީން ބުނެ އެވެ.

ކެންޑީގައި ހިނގާ ހަމަނުޖެހުން ތަކުގައި މުސްލިމުންނަށް ހަމަލާދޭތީ އެއީ އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނަށް އޮތް ބޮޑު ބިރެކެވެ. ހާއްސަކޮށް ބުރުގާ އަޅާ އަންހެނުން ފަސޭހަ އިން ފާހަގަ ކުރެވޭނެތީ ހަމަލާ ދޭނެ ކަމުގެ ފުރުސަތު ބޮޑެވެ.

Muslimunnaai Buddhistunge hamanujehun boduve Kandy gai curfew hingaifi

Muslimunnaai Buddhistunge hamanujehun boduve Kandy gai curfew hingaifi

The most trusted news source in the Maldives

Mihaaru

ހަމަނުޖެހުންތަކާ ގުޅިގެން ކެންޑީގަ ކާފިއު އިއުލާންކޮށްފަ--

މުންދު ވިދާޅުވި ގޮތުގައި ކެންޑީގައި ތިބި ދިވެހިން ލަންކާގެ އެހެން ސަރަހައްދަކަށް ގެންދިއުމުގެ މަސައްކަތެއް އަދިއެއް ނުކުރެ އެވެ. އޭނާ ވިދާޅުވީ ގޭގައި ތިބޭނަމަ ނުރައްކަލެއް ނެތް ކަމަށާއި އެހެންވެ ކެންޑީގައި ތިބި ދިވެހިން އެހެން ސަރަހައްދަކަށް ގެންދަން މަސައްކަތް ނުކުރާ ކަމަށެވެ.

ކެންޑީ ފިޔަވާ ލަންކާގެ އެހެން ސަރަހައްދެއްގައި ހަމަނުޖެހުންތައް ނުހިނގަ އެވެ. ހާއްސަކޮށް ގިނަ ދިވެހިން ދިރިއުޅޭ ކޮލޮމްބޯގައި އެފަދަ ހަމަނުޖެހުމެއް ނެތެވެ.

ކެންޑީގައި ހަމަނުޖެހުންތައް އުފެދުނީ ސިންހަޅައިންނަށް ވިއްކާ ކާ ތަކެއްޗަށް މުސްލިމް ކައްކާ އަކު ދޭތެރެދުރުކުރާ ބޭސް އެޅިކަމުގެ ތުހުމަތާ ގުޅިގެންނެވެ. ސަރުކާރުން ބުނެފައި ވަނީ އެއީ އަސްލެއް ނެތް ތުހުމަތެއް ކަމަށެވެ. އަދި ހަމަނުޖެހުން ހިންގާ މީހުން ވަނީ ހައްޔަރު ކުރަން ފަށައިފަ އެވެ.

14 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 75%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަންސޫރު

09 March 2018

ލަންކާގައި ހުންނަ ސަފީރު ކިޔާ މީހާ މާލޭގެ ކޯފީ ޝޮޕްތަކުގައި ސަރުކާރު ދިފާއުކުރަން އަޑުއުފުލަނީ. ކެންޑީގައި ދިވެހީން ބިރުން. ކިހާ ބަރާބަރު ސަރުކާރެއް؟

The name is already taken The name is available. Register?

ދީދީ

09 March 2018

ދީނީ ހަމަނުޖެހުން މީ ދެރަކަމެއް، އެހެން އެވަނީ ދީން އައްޑނަޔަކައް ހަދައިގެން ސިޔާސީ މަންފާ ހޯދާ މީހުން ގިނަވާތީ، މިތާވެސް ފެނުނު ދީނައްޓަކާ ގައުމައްޓަކާ އޭކިޔައިގެން ބޯޑުފިތުނަ އެއް ފެތުރިތަން

The name is already taken The name is available. Register?

08 March 2018

ހުސް ދޮގު ވާހަކަ ތަށް ފަތުރައިގެން އަނިޔާވެރި ބުޑިސްޓުން މުސްލިމުންނަށް ހަމަލާދީ ނުލާހިކު ބޮޑެތި ގެއްލުން ދެނީ. ފިހާރަ ތަށް އަންދަމުން ދިއައިރު އެފިހާރައިގަ ނުނިކުމެ ތާށިވި ކުށެއް ނެތް ކުއްޖެއްގެ ފުރާަނަ ދުއްވާލައިފި. އަނިޔާވެރި ކަން ނިހާޔަތަށް ހުރި ބައެއް ނުލަފާ ބުޑިސްޓުން ނަކީ. ރައްކާތެރިވެގެން ބޭނުން ނެތިޔާ ގެއިން ނުނިކުމެ އަދި އިހަށް މަޑުކުރުން ރަގަޅު ވާަނީ.

The name is already taken The name is available. Register?

ޢަބްދު

09 March 2018

ކީއްކުރާނީ... މުސްލިމުންގެތެރޭގައިވެސް ހައްދުފަހަނައަޅާފައިވާ މީހުން މަދެއް ނޫން.. ސްރީލަންކާގައޖ މީގެ ކުރިންވެސް ޓްރެފިކްތެރޭގައި ކުރެވުނު ޒުވާބަކުން ހަމަ މިކަހަކަ ހާލަތަކަށް ދިޔަ. މިފަހަރު ހަބަރު ލިބެނީ މުސްލިމުންގެ ގުރޫޕަކިން ބުދިސްޓަކު ތަޅާލީކަމަށް. އަނިޔާގައި އޭނާ މަރުވީ. ޢަހަރެން ލަންކާގައި އުޅޭތާ 10 އަހަރު.. އެމީހުންގެ ވާހަކަ ދޮގަކަށް ނުވުން ގާތް.. ނަމަވެސް، އެއީ ހަމަ ވެދާނެ ބޮޑު ކުށެއް ކުރަނިކޮށް ފަޅާއަރައިގެން ތަޅާލީކަމަށްވެސް.. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ

The name is already taken The name is available. Register?

ޖިންނިބޭ

08 March 2018

މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަކީ ވަރަށް ބާރުގަދަ ބޭފުޅެއް .. މިކަން ހައްލުކުރާނެ ގެރަންޓި އެބޮއޮތް

The name is already taken The name is available. Register?

މަންސޫރު

09 March 2018

މުންދު މާލޭގައި ކައްޕި އޮޑީގެ ކޮންމެވެސް ތަނަކަށް ތެޔޮ ޖަހަނީ.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

08 March 2018

ސަފީރެވެ. ތިހާ ދިވެހިންދެކެ ލޯބި ވާނަމަ ކެންޑީ ގައި ދިރިއުލޭ ހުރިހާ ދިވެހިން އަނބުރާ ގެނެސް އެމްބަސީގައި ބާއްތިއްބަންވީނޫންތޯ!

The name is already taken The name is available. Register?

ފާނޫޒް

09 March 2018

ތިގޮތަށް ކަން ކުރެވެން އޮތްނަމަ ސަފީރު ކަންތައް ކުރައްވާނެ!

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

08 March 2018

"އަޅުގަނޑުމެން މިދަނީ ކެންޑީގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ވަކިވަކިން ގުޅައި އަމަލު ކުރަންވީ ގޮތް ބުނެދެމުން" މުންދޫ ތިތާ ކޮޅުނބުގަ ދިރިއުޅޭ ދިވެހިން މުންދު އިސްކޮށް ހުރެގެން ކެންޑީގަ ގެއިން ބޭރަށް ނުނިކުމެ ތިބި ދިވެހިންނަށް ކާބޯޓަކެތި ފޯރު ކޮށްދޭން ޓާސްފޯސްއެއް އުފައްދަވަން ވީނޫންތޯ،

The name is already taken The name is available. Register?

އަލީ ނަސީމް

08 March 2018

ހަހަހަ...ހީވޭކަމެއްހެން؟ އަދިވެސް މަވަރެއް، މިވަރެއް ނެތި، ތެޅިބާލާ!!! އެމީހުންގެ ގައުމުގަ، ހަދާނީ އެމީހުން ބޭނުން އެއްޗެއް، މިގައުމުގަ، ހަމަ އަހަރުމެން ހަދާހެން!!!!

The name is already taken The name is available. Register?

ބަލްރޯގް

08 March 2018

ދިވެހިން އުޅޭ ތަނެއް ވެއްޖެޔާ ހަމަނުޖެހުން ހިނގާނެ އަބަދުވެސް!

The name is already taken The name is available. Register?

ދަލޭ

08 March 2018

ދިވެހިރާއްޖެ އޮތީ މިހާލަތުގައިތޯ? ގާނޫނާ ހިލާފަށް ކުއްލި ނުރައްކާ އިޢުލާނުކޮށްގެން, ހަމައެކަނި އިދިކިޅުފަރާތްތައް ހައްޔަރުކޮށް ޖަލަށްލަމުން މިދަނީ,

The name is already taken The name is available. Register?

ވާލުސޮރު

08 March 2018

ޅަންކާގަ ތިޔަ ދަރަޖައަށް ދިޔައިރުވެސް ގޭގަ ތިބިއްޔާ ނުރައްކަލެއް ނެތްކަމަށް ސަފީރު ވިދާޅުވިއިރު ރާއްޖޭގަ ގޭގަ ނިދަން ތިއްބަސް އެބަ ދަމާގެންދޭ. ކާނަލަ ނާޒިމް ވިދާޅުވިހެން މި ވެރިކަމުގަ "އެއްވެސް މީހަހަކަށް ރައްކާތެރިކަމެއްނެތް" ހެޔޮ އެއްކޮޅަސް އިދިކޮޅަސް.

The name is already taken The name is available. Register?

08 March 2018

މީ ދިވެހި ރާއްޖޭގެ ވެރި ކަަމާ ގުޅޭ ކަމެއް ނޫން. މީ ލަންކާގަ ބުޑިސްޓުން ހިންގާ އަނިޔާ ވެރި ހަމަނުޖެހުންތަކާ މީހުންނަށްދޭ އަނިޔާވެރި ގެއްލުންތަކާ މުސްލިމުންގެ ގެތަށް ރޯ ކޮށް ހިންގާ މުސްލިމުންނަށް ހަމަލާދީ ހިންގާ، އަނިޔާވެރި ޖަރީމާގެ ވާހަކަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454