ހޯރަފުށީ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް މިނިސްޓަރު ތޯރިގް ފަށްޓަވައި ދެއްވަނީ: އެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިމޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނޭ --ފޮޓޯ/އެންވަޔަރްމަންޓް މިނިސްޓްރީ
09 މާޗް 2018 - 16:58
ހއ. ހޯރަފުށީގައި ސާފު ބޯ ފެން ލިބޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.
ސަރުކާރުން އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް އިއްޔެ ފަށްޓަވައި ދެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އެ މަޝްރޫއުގެ ދަށުން ގަޑިއަކު އަށް ޓަނުގެ ފެން އުފައްދާ ދެ އާރް އޯ ޕްލާންޓް އެރަށުގައި ގާއިމް ކުރެވޭނެ އެވެ. އެ ދެ ޕްލާންޓުން ދުވާލަކު 156 ޓަނުގެ ފެން އުފެއްދޭނެ އެވެ.
އެ މަޝްރޫއު ނިމޭއިރު ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް، ހޯރަފުށީގެ ހުރިހާ ގެއަކާއި އޮފީސްތަކަށް ސާފު ބޯ ފެން ލިބޭނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ބުންޏެވެ. އެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ އެ މަޝްރޫޫއުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.
އެ މަޝްރޫއަކީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯނު އެހީ އާއި ސަރުކާރުގެ ބަޖެޓުން ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ ޖުމްލަ އަގު 52 މިލިއަން ރުފިޔާއަށް އަރަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
10 March 2018
މުޅި ޤައުމުގެ ހުރިހައި ރަށްތަކަށް ޖަވާހިރު ބެހިޔަސް މިސަރުކާރަކަށް ތާއިދެއް އެކަކުވެސް ނުކުރާނެ، 1 ފެބްރުއަރީގައި ސްޕްރިއަމް ކޯޓުން ނެރުނު އަމުރު ތަންފީޒްކޮށް ހުރިހައި ސިޔާސީ ކުއްވެރިން ޖަލުން މިނިވަން ކުރުން އެއީ ރައްޔިތުން އެދޭގޮތަކީ، އަދި ޑިމޮކްރަސީ ގާއިމްކުރުން، އެނޫންގޮތެއް ހަމަނެއް
ހުއްބުލް ވަތަން
10 March 2018
މިކަމާ ރުޅިއައިސް ތިތިބީ މޮޔަ 30% މީހުން ދޯ
ދަލޭ
10 March 2018
ކޮބާ ފައިސާގޯނި ބެހި, ކުށްވެރިނުވާ މެމްބަރު
ލާހޫރޭ
10 March 2018
ތިޔަ ކިތަންމެ ދުވަހެއް ކުރިން ފަށާފަ މިހާރު ނިމެމުންދާކަމެއް.. ދެން ކުއްލިއަކަށް ތި އިފްތިދާހުކުރީ އަނެއްކާ..ހަމަ ސުރުހީހަދާލުން.. އިންތިހާބަށް 2 ދުވަހަށްވީމަ ގޮސް ހިދުމަތް ފަށާފަ އަނެއް ސުރުހީ ހަދާނެ..
ފެނުގެނިޒާމް
09 March 2018
މިދިޔަ 200 އަހަރު ފެނުގެނިޒާމް ކޮބައިބާ? އަދިކިރިޔާ ވިސްނުނީ ފެނުގެނިޒާމް ބޮޑެތި ރިޒޯޓް ތަކާ އެއްވަރަށް އޮތުން އެއީ އިސާނުން އުޅޭ ތަނެއްވިޔާ ހުންނަން ޖެހޭކަމެއްކަން!
ވިސްނާތި
09 March 2018
ހޯރަފުށީގައި ފެނުގެ ނިޒާމުގެ ގާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފި ނަމަ އެއީ މަމެން އުފާ ކުރާކަމެކޭ. މި އަހަރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖެހޭނެއޭ ގޭމް ޗޭންޖް ކުރަން ސަރުކާރުން ރާއްޖެތެރެއަށް ވުރެން ބޮޑަށް މާލެ އާއި އަދި މާލެ ސަރަހައްދާއި އޭ އަޅާލާންވީ ސަރުކާރުން މާލެ ސަރަހައްދުގައޭ ޕީޕީއެމްގެ އެމްޕީން އަދިވެސް އެންމެ ގިނަވާނީ. ކަން މިހެން ހުރުމުން ސަރުކާރުން އެބަޖެހޭ މާލެ ސަރަހައްދުގައި ތިބި ގިނަ އަދަދެއްގެ ވިޔަފާރި ވެރިންނާއި އަދި މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންގެ ހިތް ތަކުން ވިންވާން. އެގޮތުން ވަރަށް މުހިއްމު ކަމެކޭ އެއީ މާލެ ސަރަހައްދުގައި އޮތް ގުޅި ފަޅު ހިއްކާ އެތަނުން މާލެ ސަރަހައްދުގައި ހުރި ހުރިހާ އަމިއްލަ ކުންފުނި ތަކަށް ބިން ތައް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 100 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް އެއްވެސް ބަދަލެއް ނާންނާނެ އުސޫލުން އެކަން ކޮށްދިނުމަކީ. ހޯރަފުށި އާބާދީ 2 ހާސް ދޯ. މާލެ ސަރަަހައްދު 2 ލައްކަ ދޯ.
މަހަށްދަގަ
10 March 2018
ގައިމު 3000 އަށް ވުރެއް އާބާދީ ބޮޑުވީމައެއްނު 5 ކައުންސިލަރުން ތިބޭނީ..2000 ނަމަ 3 ކައުންސިލަރުން ތިބޭނީ.. ކޯޑިނޭޓަރު ހާދަ މައުލޫމާތެއް ނެތޭ.. ދެން މާލޭގަ ވޯޓު ދޭންތިބީ 30000 ހާސް އަތޮޅުތަކުގަ 2 ލައްކަ.. އަތޮޅުތެރޭ މީހުން ކައިރިއަށް ވޯޓު ހޯދަން ނާންނާތި
ހައުކަމް
09 March 2018
ހޯރަފުށީގައި ފެނުގެ ނިޒާމުގެ ގާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފި ނަމަ އެއީ އުފާ ކުރާ ކަމެކޭ. ރާއްޖެތެރޭ ރަށްރަށުގައި ބަހައްޓަން ޖެހޭ ފެންޕްލާންޓްގެ ސައިޒު ތައް ސަރުކާރުން ޑިޓަރމިން ތިޔާ ކުރާ ގޮޔް އެއްގޮތަކަށް ވެސް މަމެންނަށް ނޭގެއޭ ހޯރަފުށި ފަދަ އާބާދީ ބޮޑު ރަށަކަށް ދުވާލަކަށް 150 ޓަނުގެ ފެން އުފައްދާ ފެން ޕްލާންޓް ބަހައްޓައިގެން ދެކޮޅު ޖެހޭނެ ކަމަށް މަމެންނަށް ވަރަށް ލަފާ ނުކުރެވެއޭ ތިޔާ ހިސާބު ހެދުމުގައި ވަރަށް ބޮޑެތި މައްސަލަ ތަކެއް އެބަހުއްޓޭ އެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ. ހޯރަފުށީ ރަޖިސްޓަރޑް އާބާދީ އަކީ އެއީ ގާތް ގަނޑަކަށް 2000 މީހުންނޭ އޭގެ %40 ރަށުގައި ދިރިއުޅޭނެއޭ މަދުވެގެން 800 މީހުން ހޯރަފުށީގައި އަބަދުވެސް ދިރިއުޅޭނެއޭ 800 މީހުން މީހަކަށް ދުވާލަކު 100 ލީޓަރު ބެލިނަމަވެސް 80 ހާސް ލީޓަރު ޖެހެއޭ ދެން އަހަރަކު ކޮންސަމްޕްޝަން %25 މަތިވާނެއޭ 3 އަހަރު ދުވަސް ތެރޭގައި 2 ލައްކަ ލީޓަރާއި ގާތަށް ދާނެއޭ. ދެން 150 ހާސް ޓަނު ފެން އުފައްދާ ޕްލާންޓް ތިޔާއީ ފުދޭނެތޭ.