ފަރާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެނީ: ފިރިމީހާ އެސިޑް ޖެހީ އަންހެން ކުއްޖަކު ވިހެއުމުން.
11 މާޗް 2018 - 06:40
އަންހެން ދަރިންނަކީ މުސީބާތެއްގެ ގޮތުގައި ގަބޫލުކުރާ މީހުން ގިނަ އިންޑިއާގައި، އަންހެން ދަރިއަކު ލިބުމުން އަނބިމީހާ ދެކެ ރުޅި އައިސްގެން މޫނަށް އެސިޑް ޖަހައިފި އެވެ.
ނިއު ދިއްލީ ކައިރީގައި އޮންނަ މޮރާދްއާބާދުގައި ދިރިއުޅޭ ފަރާ، 25، ގެ މޫނަށް ފިރިމީހާ ސިރާޖް އެސިޑް ޖެހީ މިދިޔަ ހޯމަ ދުވަހު އެވެ. އެ އަނިޔާވެރި ހަމަލާގެ ސަބަބުން ފަރާގެ ސިފަ ވަނީ ގެއްލިފަ އެވެ. މޫނުގެ އިތުރުން ފަރާގެ އަތުގެ ބައެއް ތަންތަނަށާއި ބަނޑަށް ވެސް އެސިޑްގެ އަސަރުކޮށްފައިވެ އެވެ.
ފަރާގެ އާއިލާއާ ހަވާދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސިރާޖު، ފަރާއާ ކައިވެނިކުރީ "ފިރިހެން ދަރިއަކު ހޯދައިދޭނެ ކަމަށް އެއްބަސްވެގެން"ނެވެ. އެކަމަކު ބަލިވެ އިނދެ، ދެ ފަހަރު ވެސް އަންހެން ކުއްޖަކު ވިހެއުމަކީ އެ ވައުދާ ހިލާފުވުން ކަމަށް ބުނެ، އަންހެނުންގެ މޫނަށް އެސިޑް ޖެހީ އެވެ.
ފަރާ އަށް ހޮސްޕިޓަލްގައި ފަރުވާ ދޭ އިރު އާއިލާގެ މީހަކު ކައިރީގައި:
ފަރާ އަށް ހަމަލާ ދިނުމަށް ފަހު، ބޫރާ، 32، މިހާރު ފިލާފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ފަރާގެ ދައްތަ ނުސްރަތު ޖަހާން މީޑިއާ އަށް ކިޔައި ދިން ގޮތުގައި ފާއިތުވި އަށް އަހަރު ފަރާ އުޅުނީ ވަރަށް ބޮޑު ހިތްދަތި ކަމެއްގެ ތެރޭގަ އެވެ. އަދި ދެވަނަ އަންހެން ދަރިފުޅު ވިހެއުމާ އެކު، ފިރީމީހާގެ އަނިޔާވެރިކަން އިންތިހާ އަށް ދިޔައީ ކަމަށް ބުންޏެވެ.
"އަބަދު ވެސް އޭނާ ބިރު ދައްކަމުން ދިޔަ ފިރިހެން ކުއްޖެކޭ ވިހަން ޖެހޭނީ ބުނެ. އެހެންވެ ވިހެއުމާ ހަމައަށް ވެސް ފަރާ އުޅުނީ ވަރަށް ބޮޑު ނަފުސާނީ ބިރުވެރި ކަމެއްގެ ތެރޭގައި،" ނުސްރަތު ބުންޏެވެ. "ފުރަތަމަ ދަރިފުޅު ލިބުނު ހިސާބުން ބޫރާ އާއި އޭނާގެ އާއިލާ އިން ގެންދިޔައީ ފަރާ އަށް ތަފާތު ގޮތްގޮތަށް އަނިޔާކޮށް، ބިރު ދައްކަމުން."
ފަރާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެނީ: ފިރިމީހާ އެސިޑް ޖެހީ އަންހެން ކުއްޖަކު ވިހެއުމުން.
ހޮސްޕިޓަލްގައި މިހާރު ފަރާ އަށް ފަރުވާ ދެމުން އަންނަ އިރު، އޭނާ ބުނި ގޮތުގައި ފިރިމީހާ އޭނާ އަށް މި ވަރުގެ އަނިޔާއެއް ދީފާނެ ކަމަކަށް ކުރިން ހިތަކަށް ވެސް ނާރަ އެވެ.
"އަހަންނަށް އަންހެން ދަރިން ލިބުމަކީ އަހަރެންގެ މައްސަލައެއް ނޫން. ދަރިން ދެއްވަނީ ހެއްދެވި ފަރާތުން،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރޮކެޓް ސައިންސް
11 March 2018
ފިރިހެން ދަރިފަންޏެއް ދިންނަމަ ފަރާ ވިހާނީވެސް ފިރިހެން ކުއްޖެކޭ އެ ނުލަފާ ޖާހިލު ފިރެހެނާ ކައިރީބުނިނަމަ. ހަމައެކަނި ފިރިހެން ދަރިން ބޭނުންވާ ބޯގޯސް މީހުންކައިރީ ބަނޑު ބޮޑުކަން އެގުމާއެކު އަހާލަންވާނެ ކަލޭ ދިނީ ފިރިހެނަ ދަރިފަންޏެއްތޯ އަންހެން ދަރިފަންޏެއްތޯ
ޑެއިޒީ
11 March 2018
އަންހެން ދަރިއެއް ލިބުނީމަ ތިހާރުޅި އައިސްފަ ހުރި މީހާ އުފަންވީ އަންހެނެއްގެ ބަނޑަކުން ނޫންބާ.....؟؟؟؟މީނާ އުފަންވީ މީނަގެ ބައްޕަގެ ބަނޑުން ދޯ....ޖާހިލުވިޔަސް ތީދެން ބޮޑުވަރު.....
ގަމާރު
11 March 2018
އަންހެންމީހާއަށް ހުރިހާވެސް ހިތްދަތިކަމެއް. ވިހޭ ދަރިފުޅުން އެކަނި ބަލަންޖެހުމުގެ އިތުރަށް ތިޔަކަމުގެ ސަބަބުން ލިބުނުއަނިޔާއާއި ސިފައަށް އަބަދުގެ އަބަދަށް އައި ހުތުރުބަދަލު. ހާދަރުޅިއެއް މިފަދަ ފިރިހެނުންނާހެދިއާދެއޭ. އޭނާ މަރާލާ.
މަރީ
11 March 2018
އިންޑިއާގަ ދެން ހުސް ފިރިހެނުން ދިރިއުޅެން ވީނު. ފިރިހެނުން ހުސްފިރިހެނުން ވިހައިގެން އިންޑިއާގަ އުޅެންފެނޭ. އަޖައިބު ހީވޭ މިމިީހުންގެ ކަންތަކާ.
ސަހޫ
11 March 2018
މިހާ ގަމާރު ކާސްޓް ސިސްޓްމް ރޭޕިްސްޓް ބޯދާ އަންހެނުނުން މަރަންޖެހޭ ކަމަށް ގަބޫލުކުރާ މޯދީ ވިސްނުމުގެ މީހުން މި އުޅެނީ އެހެން ގައުމުތަކަށް އަރައި ޑިމޮކްރަސީ ކިޔަވައިދެން. ލަދުކޮބައި؟
ތުއްތުނާ
11 March 2018
އަންހެން ނުވަތަ ފިރިހެން ކަނޑައަޅާނީ ފިރިހެން މީހާގެ ދަރިފަނިން....... ފިރިހެން މީހާ އަމިއްލައަށް އެސިޑް ގަޔަށް އެޅި ނަމަ ތަންކޮޅެއް ތާހިރު ވާނެ.........
ޝިޔާމް
11 March 2018
މީހާދަ ގަމާރު ބައެކޭ ދޯ. ބަލަގަ އަންހެނުންތަ ރަހިމުގައި ދަރި ގަރުބަ ގަންނަވާ އެދަރީގެ ޖިންސު ކަނޑައަޅަނީ. އެއީ ﷲ ސުބުހާނަހޫ ވަތައާލާ ނިންމަވާ ގޮތެއްގެ މަތީން ހިނގަމުން އަންނަ ކަންތައްކަން އިންކްރެޑިބްލް އިންޑިޔާ މީހުންނަށް ކިޔައިދޭން ވެއްޖެ. ޙާއްސަކޮށް މުސްލިމް ނަމެއް ކިޔައިގެން ތިބޭ މީހުންނަށް.
ލާމަސީލު
11 March 2018
ތިކަމުގެ ޒިންމާ ނަގަންޖެހޭނީ އިންޑިއާ ސަރުކާރުން. ސަބަބަކީ އަންހެންކުދިން ކައިވެނި ކުރާއިރު ފިރިހެން މީހާއަށް އެދޭންޖެހޭ ޑައުރީ އަކީ މެދުފަންތީގެ މީހުންނަށާއި ފަގީރުންނަށް ދެވވަރަށްވުރެބޮޑު ވޭނަކަށް ވުން.
ޔާގު
11 March 2018
އެކަމަކު މީ އިންޑިއާގެ މުސްލިމުން.