ރައީސް ޔާމީން: ފަނޑިޔާރުންގެ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހު އެމަނިކުފާނު މިއަދު ވަނީ ތަސްދީގު ކުރައްވާފައި --ފޮޓޯ/ރައީސް އޮފީސް
14 މާޗް 2018 - 14:57
ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އިސްތިއުނާފް މަރުހަލާ ނިމޭއިރު ވެސް އެ ހުކުމް ދަމަހައްޓައިފި ނަމަ މަޖިލީހުުގެ ދައުރެއް ނެތި، އޮޓަމެޓިކުން ފަނޑިޔާރުކަން ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ގާނޫނު އަސާސީގެ 154 ވަނަ މާއްދާ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވެނީ ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެކަމަކު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅުއްވައި، މަޖިލީހުން އިއްޔެ ފާސްކުރި އިސްލާހުގައިވާ ގޮތުން ޖިނާއީ ކުށެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވެގެން އިސްތިއުނާފް މަރުހަލާ ނިމޭއިރު ވެސް އެ ހުކުމް ދަމަހައްޓައިފި ނަމަ މަޖިލީހުގެ ދައުރެއް ނެތި އޮޓަމެޓިކުން އެ ފަނޑިޔާރަކު ވަކިވާނެ އެވެ. އަދި އެ ހާލަތުގައި ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ބުނާ ގޮތަށް މަޖިލީހަށް ހުށަހަޅައި، ފާސްކުރަން ނުޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
ސަބަބެއްގެ ގޮތުގައި އެ އިސްލާހުގައިވަނީ ކުށެއްް ސާބިތުވެގެން ފަނޑިޔާރަކު ވަކިވާ ވަކިވުމަކީ ތައުދީބީ ނުވަތަ ސުލޫކީ ފިޔަވަޅަކާ ގުޅިގެން ވަކިވާ ވަކިވުމެއް ކަމަށް ނުވާތީ އެވެ.
މީގެ އިތުރުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވެއްޖެ ނަމަ އިސްތިއުނާފްގެ ހުރިހާ މަރުހަލާ ނިންމަންޖެހޭ މުއްދަތު ވެސް އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އިސްތިއުނާފްގެ ކޮންމެ މަރުހަލާއަކުން ވެސް އެފަދަ މައްސަލަތައް 30 ދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށް އެ އިސްލާހުގައިވަނީ ހިމަނައިފަ އެވެ.
ޖިނާއީ ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ހައްޔަރުކޮށްފި ނަމަ މުސާރަ ލިބޭ ގޮތަށް އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންޖެހޭ ގޮތަށް ވެސް އިސްލާހުގައިވަނީ ކަނޑައަޅައިފަ އެވެ. އަދި ފަނޑިޔާރެއްގެ މައްޗަށް ކުށެއްގެ ދައުވާ އުފުލައިފި ނަމަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހު އެގޮތަށް ފާސްކުރީ ޖިނާއީ ބޮޑެތި ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައި ވަނިކޮށެވެ. އެ ބޭފުޅުންގެ މައްޗަށް ރިޝްވަތުގެ ތުހުމަތާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުމުގެ ތުހުމަތު ވެސް ކުރެ އެވެ. އެހެންވެ އެ ދެ ބޭޭފުޅުންގެ މައްޗަށް ކުށެއް ސާބިތުވެގެން އިސްތިއުނާފު މަރުހަލާ ނިމިއްޖެ ނަމަ، މިއަދު ތަސްދީގު ކުރެއްވި އިސްލާހުގެ ދަށުން އެ ދެ ބޭފުޅުންގެ މަގާމު ގެއްލޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންޑޭލާ
15 March 2018
ހުދުމުހުތާރޭ ކިޔާގެން އިރާގް ލީބިޔާ އެނުންވެސް ގައުމުތަ ފުޑާލަނީ.
ހަނދުވަރު
14 March 2018
މާކުރިންވެސް ކުރަންޖެހޭކަމެއްތީ.. ޝުކުރިއްޔާ ރައީސްޔާމީން އަދި ޔާމީން ފަހަތުގަ ތިއްބެވި ކުޅަދާނަ މަޖްލިސް މެމްބަރުން.. ފުރަތަމަ ގައުމު...
ތުއްތުނާ
14 March 2018
ތިކަން ކުރާނެކަން އަހަރުމެންނަށް ކުރިން ވެސް އިނގޭ..........ވަކި މީހެއްގެ ވެރިކަން ދިފާއު ކުރުމަށް ގާނޫނު އަސާސީއާ އެހެނިހެން ގާނޫނު ތައް ހިތަށް އެރި ގޮތަކަށް ކުޅޭ ކުޅޭ އެއްޗަކަށް ވެއްޖެ.......... މިހާރު އޮތީ މިލިޓަރީ ވެރިކަމެއް...
ޥައިޓްރޯސް
14 March 2018
މުޅި އުމުރު ދުވަހަށް ވަޒީފާގެ ޔަގީންކަން ލިބި،ބޮޑުމުސާރަ ނަގައިގެން ތިބެ، ރަންގަނޑުވަރެއްގަ ހިލޭ ސާބަހަށް ތިބެވި އަދި ނުވިތާކަށް ބޭސް ފަރުވާގެ ކަންތަށް އެއްމެ މަތީ ދަރަޖަ އަކަށްލިބި ތިބެ ޤައުމަށް ޤައްދާރުވެ ބޮޑެތި އަދަދު ތަކުން ރިޝްވަތު ނަގާ ބަޤާވާތް ކުރަން އުޅުންއެއީ މަރުގެ އަދަބު ދޭންޖެހޭ ކަމެއް.އާދައިގެ މުއައްޒަފަކު 1 މަސްތެރޭ 4 ގަޑި ޖެހި 4 ސަލާމް ބުނެފިނަމަ އެމުވައްޒަފަކު އުލުބާންދާ އަދި މުސާރަޔައިން އުނިވެސް ކުރޭ.ނިކަމެތި މީހާއަށް ހުރިހާ ގޮތަކުން ނިކަމެތިކަން.މަތިފަޑީގަ ތިބޭމީހުން ރާބިއެގެން ބޮލުގަ ތޮފިއަޅާގެން ދުވިޔަސް ވާއެއްކަމެއް ވެސްނޯވޭ ކޮބާ އިންސާފަކީ؟މިހާރުން މިހާރަށް އެމީހުން ވަޒީފާއިން ވަކިކޮށް ރެހެންދި ފުލެޓްއިން ބޭކިރޭ. މިގައުމު މިހާލަތަށް ދާންޖެހުނު އަސްލަކީ ތިގައްދާރުންގެ ސަބަބުން.
ލިޕޭ
14 March 2018
ސާބަހޭ! ތީފިސާރި ގަޓުހުރި ރައީސް އެއް! ޢަހަރެން ފަހުރުވެރިވަމޭ ތިޔަރައީސް އައްޓަކާ ޔާމީން
މުހައްމަދު ރަޝީދު ޒާހިރު
14 March 2018
ފަޑިޔާރުން ޖެހިލުންވެ ކަންބޮޑުވެ ވަޑައިގަންނަވާނެ، ވިލާގެ 5 މައްސަލައެއް ސުޕްރިމްކޯޓުގައި ތާލް ކޮށްފި...........
ޖެނެރަލް ޓިނުބެ
14 March 2018
ކައްޕި ކަމަކާ ކޯފާ އިސްވެފަ! ހީވަނީ ފަޅުވެރިންނަށް ތަރައްގީފެނިފަ ހަޖަމްނުވަނީހެން
ހިސްޓޯ
14 March 2018
ރައީސް ނަޝީދަށްކުރި ނުހައްގު ހުކުމަށް ފަހު އެމަނިކުފާނު ވިދާޅުވެފައިވޭ ދުނިޔެއަށް ލަދެއްނެތި އާޚިރަތައް ބިރެއްނެތި އުޅޭމީހާ ކޮންމެފަދަ ނުބައި ނުލަފާ ކަމެއްވެސް ކޮށްފާނެއޭ ތިމަން މަނިކުފާނު އެ ގާޒީންނަށް ހިތް ހަލާލޭ! މީ ހަމަ އެކަނި ގާޒީންނަށް ރައްދުކުރެއްވި ބަސްކޮޅެއްނޫން! ޒިންމާ އުފުލަންތިބި އެންމެނަށް ނިސްބަތްވާ ބަސްކޮޅެއް! ކޮންފަދަ އިބުރަތުން ފުރިގެންވާ ވާހަކަ ކޮޅެއްތޯ؟ ބުއްދީގެ އަހުލުވެރިންނަށް. ހެޔޮދުޢާ ސަލާމް
ރަދީފް
14 March 2018
ވަޓް އަ ލުކް. ރިއަލް ޑިކްޓޭޓަރ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
14 March 2018
ކަރުދާހުގައިލިޔެފައިވާ ކޮންމެ އެއްޗަކީ “ޤާނޫނު” ކަމުގައި މިޒަމާނުގައި ބަލައިނޫޅޭ ސަބަބު ތަކެއްހުރޭ. . . . ބައިނަލް އަޤުވާމީ ހަމަތަކާއި އަދުލު އިންސާފުގެ އެންމެ އަސާސީ އުސޫލު ތަކާއި ހިލާފަށް ބައިގަޑެއް އެކުވެގެން ހަދާ ކޮންމެ އެއްޗެއް ޤާނޫނަކަށް ނުވާތީ މީގެ ކުރިންވެސް ޤައުމު ތަކުގެ ހުދުމުޙުތާރު ވެރިންނާއި ދެކޮޅަށް ފިޔަވަޅު އަޅާންޖެހިފައިވޭ.