ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު، ހަސަން އަލީ އަށް ފަތްކޮޅު އަރުއްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
18 މާޗް 2018 - 22:17
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖޭއެސްސީން އައްޔަން ކުރި ހަސަން އަލީ ފަނޑިޔާރު ކަމުގެ ހުވާ މިރޭ ކުރައްވައިފި އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާ ހަސަން ސަލާމް ކުރައްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ހަސަން އަލީ އަށް ހުވާ ލައިދެއްވީ، ޖޭއެސްސީގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ފަނޑިޔާރު ކަމުގެ ފަތްކޮޅު ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. މި ރަސްމިއްޔާތުގެ ޖޭއެސްސީގެ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ފަނޑިޔާރުން ފޮޓޯ އަަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ހަސަން އަލީ އަކީ ކުރިން ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ މި ސަރުކާރުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އަދި ފަހުން އޭނާ ވަނީ އާސަންދައިގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކިކުރައްވައި ހައުސިން މިނިސްޓްރީގެ ނައިބަކަށް ބަދަލުކޮށްފަ އެވެ.
ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު ހަސަން ލިޔުމުގައި ސޮއި ކުރައްވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ހަސަން އައްޔަން ކުރަން ނިންމީ މިހާރު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައި އޮތް ތިން މަގާމުގެ ތެރެއިން މަގާމަކަށެވެ. އެ ބެންޗްގައި އިތުރު ދެ މަގާމެއް އަދިވެސް ހުސްކޮށް އެބައޮތެވެ. އެ ދެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން ޖޭއެސްސީން އަދި ކަނޑައެއް ނާޅަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
19 March 2018
ސަރުކާރުން ބޭނުންފުޅުވާ މީހަކަށް ހުކުމެއް ޖަހާލަންވީމަ ކޯޓްތަކުގެ ފަނޑިޔާރުން ތައްޔާރުކޮށް ވަކިގޮތަކަށް ކަންތަށް ކުރުމަށް ހިންގޭ ޕްރޮޕެގަންޑާ، މިއީވެސް ދައުލަތާއި ދެކޮޅަށް ކުރެވޭ ބަގާވާތެއް
ހަބޭސް222
19 March 2018
ސިޔާސީ ނުފޫޒުން އެއްކިބާވެ ޢަދުލުު އިންސާފުން ޝަރީއަތް ކުރާނެ ކަމުގައި އުންމީދު ކުރަ! މަރުޙަބާ
ބާރު
19 March 2018
ތި ކުރެއްވީ ﷲ ގަންދީ ހުވާ. އޭގެ މާނަ އެނގިލައްވާތޯ! ތިމާއަށް ކިތަންމެ ކުޑަ ބާރެއް ވިޔަސް ދެއްވާ ފަރާތް ގަންދީ ހުވާ ތިކުރެއްވީ. އެސްފިޔަޖަހާލެވެނީ ވެސް އެފަރާތުން ބާރެއް ދެއްވީމަ. އެފަރާތް ގަންދީ ހުވާކޮށް، އެކަލާނގެ ނިކަމެތި އަޅުންދެކެ ބިރުން، އެކަލާނގެއަށް އުރެދޭ ބޭފުޅަކަށް ނުވުމަށް ހަނދާންކޮށްދެން. ތެދުމަގުގައި ސާބިތުކުރައްވާށި!
މޮރާ
19 March 2018
އާމީން
ފަސީ
19 March 2018
ހަސަން އަލީ!! ތިއީ ވަރަށް އަގުބޮޑު މަޤާމެއް. ނަމަނަމަ ސަރުކާރު ކޮޅަށް ނޫން އެހެން ކޮޅަކަށް އަގުނުކިޔާތި، އެހެންނޫނީ އޮންނާނީ ޖަލު ގޮޅިއަކަށް ފެތިފަ
ޖާދޫ
19 March 2018
މީނަވެސް ހާދަ އަވަސް އަވަހަށް ވަޒީފާ ބަދަލުކުރެއޭ ދޯ
ސިއްރު ކާތިބު
19 March 2018
ދުނިޔޭގެ އެހެން ޤައުމު ތަކުގައި މަތީ ކޯޓަތަކުގެ ފަނޑިޔާރު ކަމަށް ޕްރޮމޯޓް ވާނީ ދަށު ކޯޓް ތަކުގައި ޕްރެކްޓިސް ކޮށްފައެވެ.ދަށުކޯޓް ތަކުގައި ސިޓިންގ ޖަޖުން ކުރިމަތި ލައްވާފައި ތިއްބައި ސިސްޓަމުން ބޭރުގައި މަސައްކަތް ކުރާ ބޭފުޅުން މަތީ ކޯޓް ތަކުގެ ފަނޑިޔާރު ކަމަށް ޢައްޔަން ކުރައްވާނަމަ އައްޔަން ކުރަން ޖެހޭނީ ޤާނޫނީ ނުވަތަ ޝަރޢީ ދާއިރާ އިން ވަރަށް ފުންނާބު އުސް މަޤުބޫލް ބޭފުޅެއް ކަމަށް ވާނަމަ އެވެ.
މޯލްޑިޔަން ޕެޓްރޮއިޓް
19 March 2018
ހައި ކޯޓުގައި އުޅުއްވާ އެޑްމިން މީހެއްވެސް އެއްވެސް ކޯޓެއްގެ ފަނޑިޔާރުކަމުގެ އެކްޕީރިއަންސް ނެތްމީހުންވެސް މިގައުމުގައި ފަނޑިޔާރުކަމަށް ލެވޭތޯ؟ހައިކޯޓަށް ތިޔަލެއްވި މީހާގެ މިނިވަންކަމާއިމެދު ސުވާލު އުފުދޭ. މީގެ ކުރިން އޭނާއަކީ ސިޔާސީ މީހެއް.
ޙުސެން
19 March 2018
ހައުސިން މިނިސްޓްރީގަ މަސައްކަތްކުރި އިރު ތެދުވެރިކަންފުޅެއްނެތް.
ދަތްނެތްކުއްޖާ
19 March 2018
ފަނޑިޔާރަކު ވިއަސް އެހެން މުސްލިމް ރައްޔިތަކު ކަމުގައި ވިއަސް މާތްﷲ ގަންދީ ކުރާ ހުވާ އަކީ އާޙިރަތް ދުވަހުން އެމީހަކު އެކުރި ހުވައާއި އެއްގޮތަށް އެމީހެއްގެ އަމަލު ތައް ނުބަހައްޓައިފި ނަމަ އެކަމާއި މެދު ސުވާލު ކުރެވޭ ހުއްޓެވެ. އަދި އެ ހުވައާއި އެމީހަކު ޙިލާފް ވެއްޖެނަމަ މާތްﷲ ގެ ގަދަފަދަވެގެންވާ އަޒާބާއި އެމީހަކު ކުރިމަތި ލާންޖެހޭ ހުއްޓެވެ. މިހެންކަމުން ފަނޑިޔާރުން ނަކީ ވަރަށް ތެދުވެރިކަމާއި އެކު ވަކި މީހަކަށް ނުބަލައި އިންސާފުގެ ކުރިމަތީގައި ހުރިހާ މީހުންނަކީ ހަމަހަމަ ބައެއްގެ ގޮތުގައި ބަލާ އެމީހެއް ކުރި ކުށުގެ މައްޗަށް ބަލާ އެ މީހެއްގެ މައްޗަށް ކުރެވޭ ޙުކުމް އަކީ ވަރަށް އިންސާފުވެރި ޙުކުމް އަކަށް ވާންޖެހޭނެއެވެ. ދުނިޔެ އަކީ ވަގުތީ ތަނެކެވެ. އިންސާނުން ދުނިޔެއަށް ފޮނުއްވާފައި މިވަނީ އެވެރިން އިމްތިޙާން ކުރުމަށްޓަކައެވެ.
ފޫހި
19 March 2018
ނަޒާހަތްތެރިވާނެކަމާ މެދު ސައްކުކުރާނެ ޖާގައެއްނެތް. ދެރަ
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
19 March 2018
ލޮބުވެތި އާއިލާއަށް ދެވޭނެ އެންމެ ބޮޑު އަނިޔާ އަކީ އިސްލާމްދީނުގައި “ޒައްޤޫމް” ފަދައިން މިސާލު ބޭނުންކޮށްއުޅޭ ރިޝްވަތުގެ ފައިސާ އާއި މުދާ އަނބިދަރިންނަށްކާންދީ ޒަރޫރީ ބޭނުންތަކަށް. ބޭނުން ކުރުން. . . . . . އަދުލުވެރި ނޫންގޮތަކަށް ހުކުމްކުރާ ހާކިމާގެ މައްޗަށް ﷲ ލައުނަތް ލައްވާނެ ކަމަށާއި އާހިރަށް ދުވަހުން އެފަދަ ފަނޑިޔާރުންނަށް ނަރަކައިގެ ވޭންދެނިވި އަޒާބު ލިބޭނެ ގޮތުގެ ވާހަކަ ޤުރުއާނާއި ހަދީސް ތަކުން ސާބިތުވާން އެބަހުރި. . . . އުއްމީދަކީ އަދި އަހަރުމެން އެދެނީ ފަނޑިޔާރުގެ ގޮނޑިކޮޅުގައި އިންނަވައިގެން ޤާނޫނު އަސާސީ އާއި ޤާނޫނު ތަކާއި އިސްލާމީ ޝަރީއާގެ ބޭރުން އެއްވެސް މީހެއްގެ މައްޗަށް އެއްވެސް މިންވަރެއްގެ ނުހައްޤު ހުކުމެއް ނުކުރުން. . . . . ﷲ މޮޅަށް ދެކެދެނެވޮޑިގެންވޭ. އަހަރުމެން ވަކީލު ކުރަނީ ﷲ އަށް. މަރުހަބާ އިއްޒަތްތެރި ހާކިމާ.