އަމީނިއްޔާ ސްކޫލުގައި ކުރިން ބޭއްވި ހާއްސަ އެސެމްބްލީއެއްގައި ޓީޗަރުން ބައިވެރިވަނީ: އަންނަ މެއި 7 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުންކުރާނެ-- ފައިލް ފޮޓޯ
19 މާޗް 2018 - 13:38
ޓެބްލެޓް ބޭނުންކުރުމާ ގުޅޭ ކުރު މުއްދަތުގެ ދެ ކޯހެއް ހުރިހާ ޓީޗަރުން ވެސް އަންނަ މަސް ނިމުމުގެ ކުރިން ފުރިހަމަކޮށް ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ބައެއް ސްކޫލުތަކަށް ފޮނުވި އެންގުމެއްގައި ބުނީ "ގޫގުލް ފޯ އެޑިއުކޭޝަން"ގެ ދެ ކޯސް ޓީޗަރުން ފުރިހަމަކުރުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ. އެހެންވެ އަންނަ މަސް ނިމުމުގެ ކުރިން އެ ދެ ކޯސް ފުރިހަމަ ކުރަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
އެޑިއުކޭޓާ ލެވެލް 1ގެ ފަންޑަމެންޓަލް ޓްރެއިނިން ކޯސް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އަދި އެޑިއުކޭޓާ ލެވެލް2ގެ އެޑްވާންސް ޓްރެއިނިން ކޯސް އަންނަ މަހުގެ 30ގެ ކުރިން ފުރިހަމަކުރަން މިނިސްޓްރީން މުއްދަތު ދީފައި ވެ އެވެ.
ފަންޑަމެންޓަލް ޓްރެއިނިން ކޯސް ފުރިހަމަނުކުރާ ޓީޗަރުން ތިބި ނަމަ، ފުރަތަމަ ޓާމުގެ މިޑް ބްރޭކުގެ ބަންދު ދުވަސްތަކުގައި ތަމްރީން ނިމޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް މިނިސްޓްރީން ވަނީ ސްކޫލުތަކުގައި އެދިފަ އެވެ.
ގޫގުލް ފޯ އެޑިއުކޭޝަން ކޯހަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއީއައި) އިން އޮންލައިންކޮށް ކުރިއަށްގެންދާ ކޯހެކެވެ. އެހެންކަމުން އެ ކޯސް ފުރިހަމަކުރަން ކޮންމެހެން މާލެ އަންނާކަށް ނުޖެހޭނެ އެވެ.
ޓެބްލެޓަށް ޓީޗަރުންނާއި ބެލެނިވެރިން އަދި ދަރިވަރުން އަހުލުވެރިކުރުވަން ވެސް މިނިސްޓްރީން އަންނަނީ އެކި ތަމްރީނުތައް ހިންގަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ މެއި 7 ގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ޓެބްލެޓް ބޭނުންކުރަން ފެށުމަށް ނިންމައިފަ އެވެ. އަދި ދަރިވަރުންނަށް ބޭނުންވާ 70،000 އަށްވުރެ ގިނަ ޓެބްލެޓް ވެސް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިޔަ ބުނާ ކޯސް
29 March 2018
މީ ތިޔަ ބުނާ ކުރު ކޯސް، ސީދާ ކޮޕީއެއް https://edutrainingcenter.withgoogle.com/fundamentals/unit?unit=16
މޮހޮރާބެ
29 March 2018
އަދިވެސް އެކްސަސް ނުލިބޭ. ކިހިނެއް ހަދާނީ.
އިކޫ
20 March 2018
މީދެން ވަރަށް ދެރަކަމެއް ހީވަނީ އިންޒާރުތައް ދޭއިރު ޓީޗަރުންނަކީ ކަމެއް ނެތިގެން އުޅޭބައެއްހެން
ކެވެލި
20 March 2018
ޓެބްލެޓް ދިނުމަކީ އުނގަންނައި ދިނުމުގެ ފެންވަރު އަދި އުނގެނުމުގެ ފެންވަރު މަތިވާ ކަމެއް ނޫން. އޮޅުވައެއް ނުލެވޭނެ.
ކުރުކޯސް
20 March 2018
މިކަމެއް ހަވާލުކޮށްފަ އޮންނަތާ ކިތަންމެ ދުވަހެއް، ބައެއް ސްކޫލްތަކުގަ މިކަމާ ހަވާލުވި ފަރާތުގެ އިހުމާލުވެސް އެބައޮތް ޔޫސާނޭމް އަދި ޕާސްވޯޑު ކުރިއޭޓުނުކޮށް ހުރީ. މިހާރު ޓީޗަރުން މިމަސައްކަތް ނުކޮށްތިބެފަ ދަރިވަރުންނާ ހަމައިން މައްސަލަތައް އުފެދެންފެށީމަ ހައްލުހޯދާނީ ކިހިނެއް. ގުޑުލަކު ހުރިހައި ޓީޗަރުންނަށްވެސް
ދަތްގޯނި
20 March 2018
ކަމަނާއެވެ. ކީއްވެގެންތޯ ޙައްޖު މޫސުމާ ދިމާ ނުކޮއް ތިކަން ނު ރޭވީ. ޙައްޖު މޫސުމާއި ދިމާކޮއް ރޭވިނަމަ ވަރަށް ފުރިހަމަވީސް. އޭރުން އެ މަތިވެރި އަޅުކަމުންވެސް ތަމެންނަށް ބައެއް ޓީޗަރުން މަޙުރޫމު ކުރެވުނީސް ކަންނޭގެ. މި މީހުން މިތިބީ ހަމަ ބުއްދި ސަލާމަތުންބާ!
މަރީން
20 March 2018
ޓީޗަރުންނައް ދައްކަންވީ ފަރު.. ފުއްޕާހަމާއީ ސުނޯކަލް އަޅުވާފަ ލައީފު ޖެކެޓުލައްވާފަ ފީންސައް އަރުވަފަ ދާންވީ ފަރުބަލަން..
ގާސިމް
19 March 2018
މިނިސްޓްރީ ގަ ތިންބަވާ ބޭފުޅުން ޓެބުލެޓާ ކުޅެން ނުޖެހެނީތޯ މިހާރުވެސް އެންމެ ގިނަ ސިޔާސި މަގާމުގައި މީހުން ތިބެނީ އެމިނިސްޓްރީ އަދިވެސް ހަންދަމަނީ ޓީޗަރުން އިތުރުގަޑިއެއް ނުދޭ ޓިޗަރުން މަންހަޖު ތަންފީޒުކުރަން އެތިބަ ހަނާވަނީ މިވަރުންވެސް ވިސްނަބަލަ
ސޮހލޭެ
19 March 2018
މިސަރުކާރުގެ އިސްވެރިންނަށްހަމަޔާއިންސާފު ކިޔަވައިދޭ ކުރުކޯހެއް ވޯޓުގެކުރިން ބާއްވަންފެނޭ! މިހާރު ޓީޗަރުންގެންގުޅެނީ އަޅުންގެގޮތުގަ!
އަހުމަދުބެ
19 March 2018
އަލައް ކަމެއް ފަށާއިރު ނެގަޓިވް ކޮމެންޓް އަންނާނެއެވެ.