އިދިކޮޅު ހަރަކާތްތަކުން މިދިޔަ އަހަރުގެ މާޗު މަހު ބޭއްވި ބައްދަލުވުމެއްގައި ފާރިސް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވާއިރު ޔުމްނާ އެ ބޭފުޅުންގެ އަރިހުގައި މަޑުކޮށްލައްވައިގެން.---ފައިލް ފޮޓޯ: ހުސެއިން ވަހީދު/މިހާރު
20 މާޗް 2018 - 10:12
މިއަދަކީ، އިސްލާހީ މަސައްކަތުގައި އިދިކޮޅު އެންމެންގެ "ސުޕަހީރޯ" ޔުމްނާ މައުމޫންގެ 48 ވަނަ އުފަންދުވަހެވެ. ސޯޝަލް މީޑިއާގައި އުފަންދުވަހުގެ ތަހުނިޔާ އޮހެނީ އެވެ. އެންމެން އެދެނީ އުފާވެރި ކަމަށެވެ. އެކަމަކު ޔުމްނާ ވިދާޅުވި ގޮތުގައި، މިއީ އޭނާ އަށް އެންމެ ހިތާމަވެރި އުފަން ދުވަހެވެ.
އުފަން ދުވަހުގެ ހެޔޮއެދުންތަކަށް، ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދަކީ އުފާވެރި ދުވަހެއް ނޫން ކަމަށެވެ. ޖަލުގައި ބަންދުކޮށްފައި ތިބި އާއިލާގެ މެމްބަރުންގެ މަތިން ވަރަށް ހަނދާންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Thank you all for your good wishes but how can it be a Happy Birthday? I miss my family 😢💔 pic.twitter.com/rVBID3455B
— Yumna Maumoon (@yumna_maumoon) March 19, 2018
ޔުމްނާގެ ޓުވީޓް.
ޔުމްނާ އެ އިޝާރާތް ކުރެއްވީ ބައްޕާފުޅު، މައުމޫން އަބްދުލްގައްޔޫމް އާއި ފިރިކަލުން މުހައްމަދު ނަދީމްގެ އިތުރުން ކޮއްކޯފުޅު، އަހްމަދު ފާރިސް ޖަލުގައި ބަންދުކޮށްފައިވާ ވާހަކަ އަށެވެ. އާއިލާއާ ދުރުގައި، ހޭދަކުރައްވަން ޖެހިވަޑައިގެންފައި ވުމަކީ ހިތްދަތި އިހްސާސެއް ކަމަށް ޔުމްނާ ގެންދަވަނީ ވިދާޅުވަމުންނެވެ.
ޔުމްނާގެ އިހްސާސްތަކަށް އިހްތިރާމްކޮށް، ހެޔޮ ދުއާ ފޮނުވި މީހުން ދެކޭ ގޮތުގައި، އޭނާ އަކީ އެހެން މީހުންނަށް ނަމޫނާ އެކެވެ. ފާރިސް ވިދާޅުވި ގޮތަށް ހަމަ "ސުޕަހީރޯއެއް" ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
Birthday wishes to #Superhero Yumma. Your bravery and courage will never be forgotten. You are an inspiration for all of us. May almighty Allah bless you and your family 😊@yumna_maumoon pic.twitter.com/zmF7Yu28MJ
— Afraath (@afooWig) March 20, 2018
ރިޝްވަތުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ފާރިސް ޖަލަށް ލުމުން، އޭނާގެ ދިފާއުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވީ ޔުމްނާ އެވެ. އެއާއެކު، ބައްޕާފުޅުގެ މަންދޫބެއްގެ ގޮތުން، އިދިކޮޅު ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވަން ޖެހިވަޑައިގަތީ ޔުމްނާ އަށެވެ. އެ މަސައްކަތުގައި އުޅުއްވަނިކޮށް، ބޮޑުބޭބޭފުޅު، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލުމުގެ ތުހުމަތުކޮށް ބައްޕާފުޅާއި ފިރިކަލުން ޖަލަށް ލުމުން މިހާރު ގިނަ ވަގުތު ހުސްކުރައްވަނީ މަންމާފުޅު ނަސްރީނާ އިބްރާހީމަށާއި ޔުމްނާގެ ބޭފުޅުންނަށެވެ.
އާއިލާ އަށް ދިމާވެފައިވާ ހިތްދަތި ހާލަތުގައި، މަންމާފުޅު އެކަނި ކުރައްވަން ޔުމްނާ ބޭނުންފުޅު ނުވާ ކަމަށް އޭނާއާ ގާތް ބައެއް ބޭފުޅުން ވިދާޅުވި އެވެ. އިދިކޮޅު ހަރަކާތްތަކުން މިހާރު ނުފެންނަނީ އެހެންވެ ކަމަށް ވެދާނެ އެވެ.
ޔުމްނާ އާއި ދައްތާފުޅު، ދުންޔާ މައުމޫނަކީ އެއްމާބަނޑު ދެބެންނެވެ. މިއަދަކީ ދުންޔާގެ ވެސް އުފަންދުވަހެވެ.
Best wishes on your birthday! Inshaa Allah the coming days will be happier ones for you both! @yumna_maumoon @dunyamaumoon pic.twitter.com/1MS8Mau28y
— Abdul Aleem Adam 🇲🇻 (@AbdulAleemMV) March 20, 2018
ޔުމްނާގެ އިތުރުން ދުންޔާ ވެސް ގެންދަވަނީ، އާއިލާ އަށް ދިމާވެފައިވާ ހާލަތުން އަރައިގަނެވޭތޯ މަސައްކަތް ކުރައްވަމުންނެވެ. އާއިލާގެ ތިން ބޭފުޅުން ޖަލުގައި ބަންދުކޮށްފައި ވަނީ އިންސާފުން ކަމަށް ގަބޫލު ނުކުރައްވާ ކަަމަށް ދުންޔާ ވެސް ވަނީ ވިދާޅުވެފަ އެވެ.
ދެ ބެއިންނަށް ވެސް އެންމެ ހާއްސަ ދުވަހު އުފާވެރިކަމުގެ އެއްވެސް ކުލައެއް ނެތީ މި ހާލަތުގެ ގޮތުން، އާއިލާގެ އެހެން ބޭފުޅުންނާ ވަކިން އުޅުއްވަން ޖެހިވަޑައިގެންފައިވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގޭ ގައުމު
20 March 2018
2004 ން 2008 އާ ދެމެދު ގެ ސިޔާސީ އޮއިވަރު ހަނދާނަށް ގެނައުމުން އުފަންދުވަސް އުފާވެރި ވެދާނެ.
ހަމްބެ ކާސިމް
11 October 2018
ކަލޯކަލެޔައް އެނގޭތަ 2004 ކާއި 2008ގެ ނުބައިރޯލް ކުޅުނީ މިސްޓަރ ކެނޭޒް
ކުނޫޒް
20 March 2018
މަގޭކައިރީ އެމްޑީޕީ ގެ މީހަކު ބުނި ދުވަހަކުވެސް މައުމޫނަށާއި ދަރިންނަށް ހިތް ހެވެއްނުވާނަމޭ. ދެން ކީކޭ ބުނާނީ އުފަންދުވަސް އަހަރުމެން ފާހަގައެއް ނުކުރަން.
ކިޔުންތެރިއެއް
20 March 2018
ހިތާމަވެރި ވަގުތެއްގައި ހިތްނުރުހޭކަހަލަ ބަހެއްނުބުނާށެވެ. އަދި އުފާވެރި ދުވަސްތަކެއް ލިބޭނެކަމަށް އުންމީދުކުރަމެވެ. 3 1 0 2 ގައި ށަޝީދުއަށް ތާއީދުކުރި ނަމަ ދިވެހިންނަކަށް މިހިތްދަތި ކަމެއް ނުލިބޭނެކަން ޔަގީނެވެ.
އަޙްމަދް
20 March 2018
އުފާވެރި ކަމުގައި ގާތްގަޑަކަށް 45 އުފަންދުވަސް ފާހަގަ ކުރައްވައިފީމުނޫންތޯ!؟ އެއްމަފަހަރަކު ދިމާވި ހާލަތު ހާދަހާ ޝުކުރުކުރުން މަދު ބައެކޭ ދޯ!!!! ތިއައީ ހަމަ ޢިލްމީ ބޭފުޅުންތޯ؟؟؟؟
ހަބޭސްބޭބެ
20 March 2018
ކޮބައިތޯ ކުރީގަ ޔުމްނާ މެންނާ ދިމާލަށް ކީ އެއްޗެހި. ޒީރޯ އިން ހީރޯ އަށް މިދަނީ ހާދަ ފައްކާކޮށޭ. މީ ހަމަ އަރަތެއް. ވެރިކަން ހޯދަން ކޮންމެ ފަދަ އަރަތެއް ވެސް ހަމަ އޯކޭ. ދިވެހިން މިއަދު ވަރަށް ވިސްނާ. 30 އަހަރުގަ ބަޔަކު ދިވެހިންނަކީ މޮޔަ ތަންދޮރު ނުދަންނަ ބަޔަކަށް ހަދައިގެން ކުޑަކާފު ޖަހައިގެން، ކަމަކު ނުދޭ ވިއްޔާ ކ ޖަހާނެކަމަށް ދެކުނަސް މިއަދު ދިވެހިން މިތިބީ ވަރަށް ހޭލާ. އިންތިހާބުގައި ކުރިމަތިލައިގެން ޑްރާމާ ނުކުޅެ ކުރިއަށް ދަމާ ބަހީ.
ޝިފާގު
20 March 2018
ޔުމްނާއެވެ! އަޅުގަޑުގެ ބައްޕަގެ ކޮންމެ އުފަންދުވަހެއް އަޅުގަޑު ވަރަށް ހިތްދަތިކަމުގައި ފާހަގަކުރާތާ ގިނައަހަރުތަކެއް ވެއްޖެއެވެ. އޭގެ ޒިންމާއޮތީ ރާއްޖޭގެ ކުރީގެ ރައީސްކަން ކުރެއްވި ދެބޭފުޅެއްގެ ކޮނޑުފުޅުގައެވެ. އެ ދެބޭފުޅުންނަށްމެ މުހިންމުވީ ތިމާމެން އެދޭގޮތް އެހެންމީހުންގެ މައްޗަށް ފާކުރާށެވެ. ކަމަނާގެ އެއް އުފަންދުވަސް ހިތާމަވެރިވުމަކީ އަޅުގަޑު ކަހަލަމީހުން ހިތާމަކުރާ ކަމެއް ނޫނެވެ.
އަސްލުވެސް
20 March 2018
އެއްމާބަނޑު ދެބެން ކަމުގައިވިޔަސް ހިތްހެވީވެސް، ހިތްތިރީވެސް، ރަނގަޅީވެސް، ރީތީވެސް ޔުމްނާ. ދެބެންނަށްވެސް ކެތްތެރިކަން މިންވަރުކުރައްވާށި.
ޖަންބޯ
20 March 2018
ބަލަ ދުނިޔެ ހިނގަނީ ތުށަލިދުޅައަށްކަމަށް ނޭގޭތަ؟ އެހެން ނޫނަސް ތިޔަ ހުރިހާ ބޮނޑިއެއް ލިބިގެން ތި އުޅެނީ އަލިފެއްހެން ހުރީމައެއްވެސް ނޫން. 30 އަހަރުގަ އަރާމުގަ އުޅެވުނީމަވެސް ހިތްފުރުނީއަކީ ނޫންވިއްޔާ!!!
އެފް އެމް
20 March 2018
ދުނިޔެއަށް އުފަންވީއްސުރެން 2008 ވަނަ އަހަރާއި ހަމަޔަށް ފާހަގަކުރި ކޮންމެ އުފަންދުވަހަކީ އުފަލާއި މަޖަލާއި ހިތްހަމަޖެހުން ގެނުވައިދިން އުފަންދުވަސްތަކެއްކަން ކޮންމެ ދިވެއްސަކަށްވެސް އެނގޭ އޭރު ޖަލުތަކުގައި ތިބި ބައްޕައިން ފިރިން ބޭބެއިން ގެ އިހްސާސްތައް ކުރެވޭނީ އެ އާއިލާތަކަށް
ކލޯން
20 March 2018
މޮޑަފް އަދި މާ މޮޅު... އެމީހުން ވިހެއީ 1970 ވަނަ އަހަރު މިސްރުގެ ގާހިރާގަ...