މާފިނޮޅު: އެއާޕޯޓެއް ހަދަން ނިންމި މި ރަށް މިހާރު ވަނީ ވަރުވާއަށް ލާފައި.
20 މާޗް 2018 - 16:35
ހއ. މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީކުރަން ނިންމައި އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައި ވަނިކޮށް އެ ރަށް ވަރުވާ އަށް ދޫކުރަން ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ވަރުވާ ދޫކުރަން އެ މިނިސްޓްރީން މިއަދު އިއުލާން ކުރި ފަޅުރަށްތަކުގެ ތެރޭގައި މާފިނޮޅާ އެކު 25 ރަށެއް ހިމެނެ އެވެ. އިއުލާނުގައިވާ ގޮތުން އެ ރަށްތައް ވަރުވާ އަށް ނަގަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ބިޑް ފޯމް ވިއްކަން ފަށާނެ އެވެ. އަދި ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 24 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.
މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރަން ނިންމާފައިވާތީ 14.60 ހެކްޓަރުގެ އެ ރަށުގެ އީއައިއޭ ހަދައި ދޭނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް އިން އެންމެ ފަހުން އިއުލާން ކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. އީއައިއޭ ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ މާދަމާގެ ނިޔަލަށް ހުޅުވާލައިފަ އެވެ. ހޯރަފުށި ކައިރީ އޮންނަ މާފިނޮޅުގައި އެއާޕޯޓެއް ތަރައްގީ ކުރަން ނިންމާފައިވާން އިއުލާން ކުރީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް އަބްދުﷲ ޔާމީނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދު
20 March 2018
ނަސީބެއްނު އެއާޕޯޓު އަޅާފައި ވަރުވާއަށް ދޫނުކުރިކަން.. ލޮލް
ލައްކަވާހަކަ
21 March 2018
ސަޅި ކޮމެންޓެއް
ޢޙަމީދު
20 March 2018
އެ ރަށުގައި ދެކަންވެސް ކުރެވޭނެ - ބޯޓުޖައްސަމުން ދަނޑުލެވޭނެ އަދި ރިސޯޓުވެސް, ނުވިތާކަށް ފުލެޓިވެސް
ލިން
20 March 2018
ތިޔައިން ކޮންމެ ވުޒާރައަކީ ވެސް ވަކި ސަރުކާރެއްދޯ؟ އެއްބަޔަކު ކުރާކަމެއް އަނެއްބަޔަކަށް ނޭނގޭނެ.. ޑައިލޮގޭ މިކިޔާ އެއޗެއް ނުވެސް އޮންނަނީބާ؟
ބަޣްދާދު
20 March 2018
ރާކަނި މަސް މިހާރު ހުންނާނީ ކެވިފަ. ފަތިހު ފަތިހާ ސަންޓީވީ އަށް އަރައިގެން ތާއްޔާ ޖެހުން ނޫން ކަމެއްނުވާނެ
މަހަށްދަގަ.
20 March 2018
ރައްޔިތުން ގުނބޯ ހައްދަން ޖަހާ މިކަހަލަ ސުޓަންޓުތައް އާހިރުގަ އަމިއްލަ އަތަށް ގޮވަނީ އަބަދުވެސް.. ތިއޮތީ މަކަރި ފަޅާއަރާފަ..
ލާހޫރޭ
20 March 2018
އެހެންވީމާ ކިޔަންޖެހެނީ އަމާޒޭ ލާހޫރޭ... މީގެ ކުރިން އައިހެވަނެއް އަޅަން ބުނި ހަފްތާނޫން އަނެއް ހަފުތާގަ ތިރަށުގަ ރިޒޯޓެއް ހަދަންވެސް ހުޅުވާލި..ނޫސްތަކުގަ އެވާހަކަ ޖެހީމަ އަނެއްދުވަހު ބަާތިލުކުރީ.. އިހުލާސްތެރިކަމެއް ނެތި ރައްޔިތުން ގުނބޯ ހައްދަންކުރާ ކަންކަން
ރަދީފް
20 March 2018
ދެން އަތް ޖަހާލަން ހިނގާ ދޯ.
ސޭކުބެ
20 March 2018
ހެދޭނުހެދޭނޭގޭ ސަރުކާރެއް.
ދަރަނިބޯ
20 March 2018
ވިއްކާ ކައިހުސްކޮށްލާ ތަރައްގީ އުތުރި އަރަނީދޯ ހަހަހަހަ