ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ދަރިވަރުންނަށް ދޭނީ ވާވޭ ބްރޭންޑުގެ ޓެބްލެޓް

ވާވޭގެ މީޑިއާޕެޑް ޓީ3 ޓެބްލެޓް: ދަރިވަރުންނަށް ދޭނީ މީގެ ޓެބްލެޓް

ސްކޫލުތައް ޑިޖިޓައިޒްކޮށް ދަރިވަރުންނަށް ދޭން ހަމަޖައްސާފައިވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، ދަރިވަރުންނާއި ޓީޗަރުންނަށް ދޭނީ ޑިޖިޓައިޒްކުރުމުގެ މަގުސަދުތައް ހާސިލްވާނެ ފަދަ ޓެބްލެޓެއް ކަމަށެވެ. އެގޮތުން ދެ ވަނަ ޓާމުން ފެށިގެން ބޭނުންކުރާނީ، ވާވޭގެ މީޑިއާޕެޑް ޓީ3 ޓެބްލެޓް ކަމަށް ޝަފީއު ވިދާޅުވި އެވެ.

މީޑިއާޕެޑް ޓީ3 ޓެބްލެޓްގައި އިންނަނީ އެޗްޑީ ސްކްރީނެކެވެ. އޭގެ ސްކްރީން ސައިޒަކީ 8 އިންޗި އެވެ. ސްޓޮރޭޖް ކެޕޭސިޓީ އަކީ 16 ޖީބީ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ބޭނުންކުރާނެ ޓެބްލެޓް ގަންނަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ މެކްސްކޮމް ކުންފުންޏާ އެވެ. އެގޮތުން 70،000 އަށްވުރެ ގިނަ ޓެބްލެޓް ގެންނައިރު، އޭގެ ތެރެއިން ބައެއް އެއްޗެހި މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ.

ޝަފީއު ވިދާޅުވީ ޑިޖިޓައިޒް ކުރަން ސްކޫލުތަކަށް އިންޓަނެޓް ގުޅުމުގެ މަސައްކަތް ވެސް ދިރާގުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޓެބްލެޓް ބޭނުންކޮށް ސްކޫލުތައް ޑިޖިޓައިޒްކުރުމުގެ މަޝްރޫއަށް ސަރުކާރުން ވަނީ 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ.

ފޮތްތަކާއެކު މި އަހަރުގެ ތެރޭގައި ޓެބްލެޓް ބޭނުން ކުރަން ފަށާނެ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.

40 ކޮމެންޓް, 168 ރިއެކްޝަންސް

icon happy icon happy 34%
icon sad icon sad 6%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖޯސާ

11 April 2018

އެކަމެއް މިއަދަކު ނުފެނޭ ސަރުކާރުން ދިނީމަ ގޯހަކީ މިހާާރު މީހަކު ކުށެއްކޮށްފިއްޔާ އެއި މިސަރުކާރުގެ ޒިންމާ ނުވިސްނުނީ އަދި މިސަރުކާރުގަ އުފަންވި ކުދިންގެ އުމުރު ހަތަރެއްކަން މިގައުމު އޮތީ ޔާމީނު ވެރިކަމާ ހަވާލުވިއިރުވެސް ގޯހުންގޯހަށް ގޮސް އަމަަން އަމާންކަން ނެތިގޮސް ކުށުގެވެށީގެ ހާއްޔަކައް ވެފަ

The name is already taken The name is available. Register?

އައްޑެ

10 April 2018

ދަރިންނަށް ޓެބް ދިނީ ފުރަތަމަ މައިންބަފައްިން.

The name is already taken The name is available. Register?

މަމީ

30 March 2018

ހަޤީޤަތަކީ ސްކޫލްތަކުގައި ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރަންޖެހޭކަން. ސެކަންޑްރީ ގްރޭޑް ތަކުގެ ޓީޗަރުން ބަލަނީ ބޮޑުއަގު ނަގައިގެން ޓިއުޝަން ދެވޭތޯ. ހެޔޮނުވާނެ ދަރިންނަށް ފިލާވަޅުތައް އޮޅުންފިލުވަދީބަލަ ޓިއުޝަނަށް ނުދުވެ.

The name is already taken The name is available. Register?

އަރޫ

30 March 2018

ގޯސް ކުދިންތައް ޓެބްުތަކަށް ފާޑުފާޑުގެ ފޮޓޯޔާ އެއްޗެހި އަޅައިގެން ގޮސް ރަނގަޅަށްތިބި ކުދީންތަކަށް އެބަހާ ވިއްކާހަދަން ފެށީމަ ހުންނާނީ ތަޢުލީމުގެ އާއުސްމިންތަކަށް ދެވިފަ ވައްސަލާމް

The name is already taken The name is available. Register?

ސައު

30 March 2018

ޚަބަރު ލިބޭގޮތުގައި އައިޕެޑްތަކަށް ދަރިވަރުން ބޭނުން ކޮންމެ އެއްޗެއް ނޭޅޭގޮތައް ހަދައެވެ.

The name is already taken The name is available. Register?

ޔެސް

30 March 2018

ތިިޔަ ޓެބް ލިިބެނީ ހިިލޭތަ؟ ނޫނީ ބެލެނިިވެރިިން ފެލަން ކުރާ ކަމެއްތަ؟

The name is already taken The name is available. Register?

ޢަލީމް

30 March 2018

މިއަހަރު ފެށިއިރުވެސް ތީއްޗެއްބަހާ ވާހަކަ ދެއްކި.

The name is already taken The name is available. Register?

ކުޑަކަމަނަ

30 March 2018

ސާބަހޭ ދޮންކަލޭފާނު. ވާވޭ އަކީ މިހާރު ކުރިއަރަމުން އަންނަ މޮޅު ކުންފުންޏެއް. ބައެއްމީހުން ވާވޭ އަށް ކިޔަނީ ހުއަވޭ.. ލިޔެފަ ވެސް އިންނާނީ އެހެން. އެކަމް އަސްލު އެޔަށް ކިޔަނީ ވާވޭ..

The name is already taken The name is available. Register?

1234

30 March 2018

ތި ޕެޑްތަކާ ކުޅެން އިނގެނީ ކިތައް ޓީޗަރުންނަށްބާ؟ މިހާރުގެ ކުދިން މާ ފަރިތަވާނެ ތިޓީޗަރުންނަށްވުރެ..

The name is already taken The name is available. Register?

ޢަހުމަދު

30 March 2018

ޓެބްލެޓެއް ނުލިބިގެން އުޅެނީކޮންކުއްޖެއް. ޢޯލެވެލް ނަތީޖާ ރަނގަޅުކުރާކުދިން ޓިއުޝަނަށް ކިހާވަރެއް ހަރަދުކުރާކަން އެޑިޔުކޭޝަނަށް އެނގޭބާ.

The name is already taken The name is available. Register?

ށަމު

30 March 2018

ޓެބްލެޓްއިން ކިޔަވައިދޭން މުދައްރިސުން ވަނީ ދަސްކޮށްފައި. ގޫގުލް ސްކޫލް މެދުވެރިކޮށް ކިޔަވައިދެވޭ މިންވަރުގެ އައި. ސީ. ޓީ ކޯހެއް ހުރިހާ މުދައްރިސުން ފުރިހަމަކޮށްފި.

The name is already taken The name is available. Register?

އެސްޓާ

30 March 2018

ފަށާކުދިބަޔަކަށް ވާވޭ މައްސަލަޔެއްނެތް. ޢެކަމަކު ސްޓޯރޭޖް ކެޕޭސިޓީ މާކުޑަ. ތިހާވަރަކުން ކިހުނެއް އެހުރިހާ ފިލާވަޅުތަކެއް ގެންގުޅޭނީ. ހަމަގައިމުވެސް ސްޓޯރޭޖްކުޑަވީމާ ޕާފޯމަންސް ސްލޯވް ވާނެ.

The name is already taken The name is available. Register?

ހުމޭ

30 March 2018

އެޑިއުކޭޝަން އިން ހިންގާ އެންމެބޮޑު ކޮރަޕްޝަންގެ ޖަރީމާ. ޓެންޑަރ ކުރުމެއްނެތި ރަތްޔިތުންގެ ފައިސާ މިފަހަރު މިނަގަނީ ސްކޫލުދަރިވަރުގެ ދަބަހަށް އަތްބާނާގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454