ރައީސް ޔާމީން އެމަނިކުފާނުގެ މޮބައިލް ފޯނުން ނިހާން (ވ) އަދި މެމްބަރު ޖަމީލް އުސްމާން (މ) އެއްޗެއް ދައްކަވާލައްވައި ސަމާސާ ކުރައްވަނީ.---ފައިލް ފޮޓޯ: މިހާރު
30 މާޗް 2018 - 08:45
އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޓިކެޓް އެންމެ ހައްގީ، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ކަމަށާއި އެކަމަކު އޭނާ އަށް ރައީސް އަބްދުﷲ ޔާމީން ބަލި ނުކުރެއްވޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން "ހުއްޓުވަން" ނަމުގައި އިދިކޮޅު ފަރާތްތަކުން މި މަހުގެ 16 ގައި ކުރި ބޮޑު މުޒާހަރާގެ ތެރެއިން ޖުމްހޫރީ މައިދާނަށް ވަދެވަޑައިގެންނެވި މައްސަލާގައި ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ހައްޔަރުކޮށް، 12 ދުވަސް ފަހުން މިދިޔަ ބުދަ ދުވަހު ވަނީ ދޫކޮށްލައިފަ އެވެ.
އިބޫއާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އިބޫގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދަށް ރިޔާސީ ޓިކެޓު ދިނުމަށް ބޭނުންވާ މީހުން އެބަތިބި ކަމަށެވެ. އެކަމަކު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ތާއީދު ކުރައްވަނީ ޝާހިދަށް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީން ބަލި ކުރެއްވޭނެ ވަރުގެ ކެންޑިޑޭޓެއް ނުނެރުއްވޭނެ އެވެ. އަދި އެވަރުގެ ގާބިލް ބޭފުޅެއް އިދިކޮޅު ފަރާތްތަކުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، އެމްޑީޕީގެ ރިޔާސީ ޓިކެޓު އިބޫ އަށް ހައްގު ކަމަށް ވިދާޅުވީ، ފެށުނީއްސުރެ އެ ޕާޓީގައި ހުންނެވި ބޭފުޅަކަށް އޭނާ ވެވަޑައިގަންނަވާތީ، އެކަމަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށް ނިހާން ވިދާޅުވި އެވެ.
"އާންމުކޮށް ޓްރާންސްފާ މާކެޓުގައި އަންނަ މީހުންނާއި ވައި ކުޑައިގައި ފައިބާ މީހުން ޕާޓީތަކުން ހިފަހައްޓާލެވޭ މިންވަރަކީ ވަރަށް ކުޑަ މިންވަރެއް،" ކުރީގެ ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ އިސް ބޭފުޅުންނަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވި އެވެ.
"ފަހަރެއްގައި އިބޫ [ރިޔާސީ އިންތިޚާބަށް] ކުރިމަތިލާން ބޭނުން ނުވެދާނެ. އަޅުގަނޑަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓަކަށް ނެރެންވީ މީހާ ބުނެދޭން ޖެހޭ މީހާއެއް ނޫން. އެކަމަކު ސިޔާސީ ގޮތުން ހިޔާލު ފާޅުކުރެވިދާނެ."
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ރައީސް ޔާމީން އެކަންޏެވެ. އަދި، ރައީސް ޔާމީން ބަލި ކުރުމަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް އަލުން ފަށަން ވަނީ ތައްޔާރުވެފަ އެވެ.
ސިޔާސީ މައިދާނުގައި 24 އަހަރު ހޭދަ ކުރެއްވި އިބޫ މިހާތަނަށް، ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެއް ނުވެ އެވެ. ޅ. އަތޮޅު މެމްބަރުގެ ގޮތުގައި 1994 ގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން ފަސް ވަނަ ދައުރު ފުރުއްވަމުން ގެންދަވާ އިބޫ އަކީ ގާނޫނީ ދާއިރާގެ ތަޖުރިބާކާރެކެވެ. މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ ފަރުމާ ކުރުމުގައި އޭނާގެ ދައުރު ބޮޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮއިކާނި
01 April 2018
އެމް.ޑީ.ޕީގެ ޓިކެޓް ދޭނެ މީހެއް ނިހާނަކަށް ނޭނގޭނެ. އެޕާޓީ ބައިބައިކުރަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމެއް ނުވާނެ.ތިމާމެންގެ ދުވަސް ދާން ކައިރިވީމާ އެހެންމީހުން ވާވައްދަން މަސައްކަތް ކުރަން އުޅޭނެ ކަމެއް ނެތް.ވަރަށް ސަލާމް
ފެކުސް ޕޮޑު
01 July 2018
މިހާރު އެއޮތީ ދީފަ ކޮންމެ މީހަކު ކުރިމަތި ލިޔަސް ކިހިލި ޖަހައިލައިގެން ބަލި ކުރާނަން އިރާދަ ކުރެއްވިއްޔާ އެއްލަކިން ރައީސް ޔާމިން ހޮވާނަން 18 ޔަގީން
Gatu
31 March 2018
އީސްޓް އޯވެސްޓް ނިހާން އިޒްދިބެސްޓް މިފަހަރު ނިހާނު ކުރިމަތި ލާތި 2018 ޔަގީން ވާނެ އޭރުން
އަލްޖިބްރާ
31 March 2018
މަގުމަތީގަ ސަލާންޖަހަން އުޅޭ މީހަކު މިރާއްޖޭގެ ވެރިކަމަށް ކުރިމަތިލިއަސް ތިޔަ ޔާމީނަށް ވުރެ ގިނަ ވޯޓު ހޯދާނެ !
ފަރީދު
31 March 2018
ކޮމެންޓްތައް ކިޔާލީމަ އަދި ލައިކްސް އަށްބެލީމަ އެބަހީވޭ .. ރައީސް ޔާމީންހެން ހޮވޭނީ ... އެކަމަކު އެއީ ކޯޓުން ނުވަތަ ފޭރިގެން ... ދެން އަތްޖަހާ ...
އުމަރު
30 March 2018
ރައީސް ނަޝީދު އާއި ގާސިމްވެސް ނިކުންނާނެ، އަދި ފާރިޝްއާއި ސިޔާދު ގާސިމްވެސް މިފަހަރު ނެރޭގޮތަށް އޮތީ
ޑާޑާޑާޑާޑާ
30 March 2018
2019ގަ މަޖިލިސްތެރޭން ހިއްކަން އަޅަން އެންމެ އެކަށީގެންވަނީ ނިހާނު، މީއަޅުގަނޑު ގެ ޚިޔާލު.
ޢަބްދުﷲނާފިޒް
30 March 2018
އަޅުގަނޑަކީ އެކުވެރި ނިހާނަށް ހަދާނެ ގޮތެއް ނިންމަން އެންމެ އެކަށީގެންވާ މީހާކަމަށް ނުވެދާނެ، އެކަމަކު ހަތަރު ކަންކައްޓަށް ވާޖަހާފަ މާލޭ ދެކުނު ފަރާތު ބަނދަރަށް ވަންނަހާ އޮޑިދޯނި ފަހަރަށް ފެންނާނެހެން މިކަލޭގެ ބަހައްޓަން އެބަޖެހޭ، މީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ފާޅުކުރި ޚިޔާލެއް.
ނެކްސްޓް
30 March 2018
ނިހާނުއަށް ކަމުދާ މީހެއްތަ ނެރެންޖެހެނީ ؟
ބީކޭކޭ
30 March 2018
ކުރިން ހޮވުނީކީވެސް ކުރިމަތިލައިގެންތަ! މިހީރު އިލެކުސަން އަކީ ކޯޓު! ކޯޓަކީ އިލުކްސަން! ދެންކުރިމަތި ލުމުގެ ބޭނުމެއްބުނެބަލަ؟
ޙުސޭނުބޭ
30 March 2018
އިބޫވެސް ކަމުދޭ އެކަމަކު އިބޫވެސް ޖަލަށް. އެތަކެއް ދައުވާއެއް. މިބުނީ ބަލިކުރާނަން.