އިދިކޮޅު ފަރާތްތަކުން، މިދިޔަ ބުރާސްފަތި ދުވަހުގެރޭ ކުނޫޒުގައި ބޭއްވި ޖަލްސާ. - ފޮޓޯ: މިހާރު
01 އެޕްރީލް 2018 - 11:26
ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންނާ ދެކޮޅަށް ދައުވާކޮށްގެން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވަނީ އިދިކޮޅު ފަރާތްތައް ފުނޑާލުން ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފި އެވެ.
ތަފާތު އެކި ތުހުމަތުތަކުގައި މަޖިލީހުގެ އިދިކޮޅު ފަސް މެމްބަރަކު މި ވަގުތު ތިއްބެވީ ބަންދުކޮށްފަ އެވެ. އެއީ ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނެވެ.
އިދިކޮޅު ޕާޓީތަކުގެ ގުޅިފައިވާ ޕާލަމެންޓްރީ ގްރޫޕުން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނީ މެމްބަރުންނާ ދެކޮޅަށް ދައުވާ ކޮށްގެން ރައީސް ޔާމީން ބޭނުންފުޅުވަނީ އިދިކޮޅު މެމްބަރުންނަށް އޮތް މެޖޯރިޓީ ގެއްލުވައިލަން ކަމަށެވެ. އަދި ރައީސް ޔާމީނަކީ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ތަކުރާރުކޮށް ހިލާފުވެވަޑައިގަންނަވާ ވެރިއެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ޖޮއިންޓް ޕީޖީ ގްރޫޕުން ޑިމާންޑް ކުރަނީ މެމްބަރުންނާއި ސިޔާސީ ހައްޔަރީން ވަގުތުން ދޫކޮށްލުމަށް. އަދި ރައީސް ޔާމީން ގާނޫނާ އެއްގޮތަށް އަމަލު ކުރަން ބައިނަލްއަގުވާމީ ފަރާތްތަކުން ބާރު އެޅުމަށް. އަދި އިދިކޮޅު ފަރާތްތަކަށް ޖެއްސުން ކުރުން ހުއްޓާލުމަށް،" ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ރައީސް ޔާމީނާއި އެ މަނިކުފާނުގެ އިސް ބޭފުޅުންނާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އިދިކޮޅު ޕީޖީ ގްރޫޕްގެ ބަޔާނުގައި ގޮވައިލި އެވެ. އަދި އިންސާނީ ހައްގުތަކާ ދެކޮޅަށް މަސައްކަތް ކުރާ މީހުންނާ މެދު ފިޔަވަޅު އަޅަން ވެސް އެ ބަޔާނުގައި ގޮވައިލި އެވެ.
ބަޔާނުގައި ވަނީ ބައެއް މެމްބަރުންނާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ ކުރަން ނިންމާފައިވާކަން ފާހަގަކޮށްފަ އެވެ. އަދި މެމްބަރުން ބަހައްޓާފައި ހުންނަ ގޮޅިތަކުގެ ހާލަތު ދަށްކަން ވެސް އެ ބަޔާނުގައި ފާހަކުރި އެވެ.
އިންޓަ ޕާލަމެންޓްރީ ޔުނިއަން (އައިޕީޔޫ) އިން މިދިޔަ ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވޭނެ ގޮތް ވީ އެންމެ އަވަހަކަށް ހަމަޖައްސަން ގޮވާލައިފަ އެވެ.
އައިޕީޔޫ އިން ބުނީ މެމްބަރުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެ މައްސަލަތައް އަނބުރާ ގެންދަން ވެސް ގޮވާލާފައިވެ އެވެ. އެ ޖަމާއަތުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ އަދަދެއްގެ މެމްބަރުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާތީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖައިސާމް
01 April 2018
ތިކަން އިނގޭ އެންމެނަށްވެސް. އިދިކޮޅު ފުނޑާލަން ޖާގަ ދިނީ އިނދިކޮޅަށް ބަދަލުވުމުގެ ކުރިން ގައުމުގެ ކަންކަމުގަ ހަޑިހޭވިމީހުންގެ ސަބަބުން. މީގެ ތެރޭގަ މިހާރު އެންމެ ގިނައީ އެމްޑީޕީއަށް ވޭތުވެދިޔަ ހަތަރު ފަސް އަހަރު ތެރޭ ވަން މީހުން
ޒިންދަގީ
01 April 2018
ރައިސް ޔާމީން ވެރިކަމުގައި ދެމިހުރެވޭނެ ކޮންމެ ކަމެއްވެސް ކުރައްވާނެ.. ނުކުރާނީ ވަކި މިވެނިކަމެކޭ ބުނެވޭކަށް މިހާރަކުނެތް.
އަސުލު
01 April 2018
ހަމަ ޙަޤީޤަތުގަވެސް ޔާމީންނޫން އެހެންމީހެއްގެ ނަން ސިޔާސީ ދާއިރާއިން އިވުމަކީވެސް ޔާމީން ބޭނުންވާކަމެއްނޫން. އަބަދުވެސް އަޅުވަނީ ޤައުމުގެ ސަލާމަތޭ މަސްލަހަތޭ ޤައުމު ހުއްޓެނީއޭ. ބަލަ ޔާމީނު އަޒުލުކުރެވޭނެގޮތް ޤާނޫނުއަސާސީގައިވާކަން ވަރަށް ތަނގަޅަށް އާޒިމާ ދަންނާނެ. އެކަމަކު އޭތި ފުރޮޅާލަނީ ދައުލަތް ހުއްޓޭނޭ ކިޔާފަ. ނުހުއްޓޭނެ. ރައީސް އަޒުލުކުރުމުން ދެން ކަންކުރަންވާގޮތް ޤާނޫނުއަސާސީގައި ވަރަށް ރަނގަޅަށް އެބައޮތް. އެކަމަކު މީހުންނަށް ވިސްނައިދެނީ މުޅި ދައުލަތަކީ ހަމަ އެންމެމީހެއްކަމަށް. ރައީސްކުއްކޮށްފިނަމަ އޭނާގެ މައްސަލަވެސް ބެލެންޖެހޭނެ.
ސަރުކާނު
01 April 2018
ދައުވާކުރަން ޖާގަ ދިނީމަ ކުރާނެދޯ؟ ހީވަނީ ތިމަންމެން ޤަވާއިދާ ޚިލާފްވީމަ ނުކެރޭނެޔޭ އެއްކަމެއްވެސް ކުރާކަށް، މުޅި ރައްޔިތުންގެ މަޖިލިސް އެއެްކޮށް ކުރިޔަސް ނުޤަވާއިދުން ކޮށްފިއްޔާ އެނެމެންވެސް ބަންދުކުރާނެ. ކިތަންމެ ގިނަމީހުން ކުރިޔަސް ޤަވާއިދާ ޚިލާފް ކަމެއް ނުވާނެ ޤަވާއިދާ އެއްގޮތަސް ކުރި ކަމަކަށް.
މަގޭ ގައުމު
01 April 2018
ރައީސް ޔާމީންގެ އަމާޒަކީ ގައުމު ތަރައްޤީ ކުރުން. އާރާ ބާރު ލިބިގެންވާ ގައުމެއްގެ ގޮތުގައި ގައުމު ބިނާކުރުން. ޚާރިޖީ ސިޔާސަތުގަ ބަސްވިކޭ ގައުމަކަށް ހެދުން. ބޭރުގެ ބާރުތައް ބޭނުންހާ ގޮތަކަށް ނުކުޅެވޭ ގައުމަކަށް ހެދުން. މިޙަގީގަތް ގައުމުގެ ރައްޔިތުންނަށް ވިސްނާ ދިނުމަކީ އެއްކޮޅުވިޔަސް ދެކޮޅުވިޔަސް މިވަގުތު ގައުމީ ވާޖިބެއް. މިއީ ހަޣިގަތަކީ މިއީ އަސްލަކީ.
ފޫހި
01 April 2018
ހުސްދޮގު ރައްޔިތުންނިކަމެތިވެ ބޭރުމީހުންނަށް މިތަނަކީ ބޮޑު ނަފާލިބޭތަނަކަށް ހަދަން ޔާމީން ބޭނުންވަނީ. ދެން އަޅުންގެ ގޮތުގައި ދިވެހިންއުޅޭނީ.
އަބްދުއްލާ
01 April 2018
އިދިކޮޅު ޕާޓީ ތައް ފުޑާލަން ޔާމީން އުޅުއްވާ ވާހަކަ ވިދާޅުވާއިރު ޔާމީނު ތިޔަ ޕާޓީ ތައް އުވާނުލާ ބަހައްޓާކަމުން ތިޔަ ޕާޓީތައް އަދި ވެސް ތިޔަހުރީ . އެކަން ކަށަވަރު ކުރުމަށް ޕާޓީތަކާ ބެހޭގާނޫނު ވިދާޅުވެފާ ޕާޓީތައް އުވާލުމަށްޓަކާ ކޯޓުން އިލެކްސަނަށް އަމުރު ނެރެވެން އޮތް ހާލަތްތަކާ ތިމާމެން ޕާޓީތަކުން ކުރަމުން އައީ ކޮންކަހަލަ ކަންތައްތަކެއްތޯއާއި ބޭރު ގައުމުތަކުން ފިޔަވަޅުނާޅައިގެން ގޮވޭ ގޮވުންތަކުން ޕާޓީތަކަ ބެހޭ ގާނޫނާ ހިލާފް ވެވެނީ ކިހާ މިންވަރަކަށްތޯ އަމިއްލަޔަށް ވަޒަން ކޮށްލަންފެނޭ ހަމަ ގައިމުވެސް ޔާމީނު ހުރި މަގާމިުގާ އަޅުގަނޑު ހުރިނަމަ މިހާރު ކޯޓް މެދުވެރިކޮށް އެމްޑީޕީ އުވާލީމުސް. އެހާމިންވަރަށް އެމްޑީޕީން އެގާނޫނާ ހިލާފުވެއްޖެ.
އަބްދުއްލާ
01 April 2018
ޔާމީނު ވެސް އެހެން މީހުންވެސް ދިވެހި ގައުމުގާ އުޅެން ބޭނުންވޭ . އެމީހުން އުޅެން ބޭނުންވަނީ ހިތްހަމަޖެހޭ މާހައުލެއްގާ ކަންފަތަށް އިވޭ އަޑުތައް ހަހާލާ ހިތްވާފަދަ މާހައުލެްގަ އުޅެން .ދިވެހި ގައުމަށް ދަތިކުރުމަށް އެދޭ ދިވެހިންނަކީ ދިވެހިންބާ ؟ ހަމަ ގައިމުވެސް އެއީ ދިވެހިންކަމަކށް އަޅުގަނޑު ގަބޫލުނުކުރަން .ޔާމީނާ ޔާމީނު ގެ ސަޕޯޓަރުންނަށް ދަތިކުރާއިރު ޔާމީނަށް އޮންނާނެ އެނޫނަފަރާތްތަކަށް ދަތިކުރަންވެސް . މައްލާ ނާސިރަށް ދަތި ކޮށްފިއްޔާ ދިވެހިރާއްޖެއަށް އެއްވެސް މުދަލެއްނާންނާނެ. މިހާރުވެސް މުދާކޮޅު ގެނެވެނީ ލިލީ ބޯޓް ތަކުގަ. އެހެން ރިސޯޓް ތަކަށް މީހުނަށް ނާދެވިފާ ގާސިމްގެ ރެސޯޓްތަކަށް މީހުނަށް އާދެވޭނެތަ ؟ ވީމާ ފުރަތަމަ ބަގުރޫޓް ވާނީ ގާސިމް. ދިވެހި ގައުމުގާ ހުރީ މުޅިންވެސް ޔޫރަޕް ގައުމުތަކުން އިންވެސްޓް ކުރި ރެސޯޓް ތައް ދިވެހިމީހާގެ 5 % އެއަށް ފިޔަވަޅު އަޅާނީ ކިހިނެޔް .
އަލީ ނަސީމް
01 April 2018
އެބަ ޖެހޭ ކޮރަޕްޝަން ފުނޑާލަން. ކޮންމެމީހަކު ކުރިޔަސް މައްސަލައެއްނޫން،
އަހުމަދު ސަލީމް
01 April 2018
އެންމެ ރަނގަޅު، ދެން ތިކަމަށް އޮތް ހައްލަކީ ކޮބާ؟ އިދިކޮޅު ޕާޓިތައް ގުޅިގެން ރަނގަޅަށް އެއްކުލައެއްގައި ނިކުމެ ރައްޔިތުންގެ މަގުބޫލުކަމާއި ތަރުހީބު ހޯދަންވީނު؟ އެމްޑީޕީން އަންނި، ޖޭޕީން ގާސިމާ ދެމީހުންގެ އަމިއްލަ އެދުމުގެ ބޮޑުކަމުން ކަންކަން ކޮޅެއްގަ ނުޖެހެނީ.... ދެމީހުންނަކީވެސް ހިތުން ރޯނު އެދުރުން... ކަންކަން ނިންމަނީ އެހެން މީހުންނާ މަޝްވަރާނުކޮށް ހިތުހުރި ގޮތަކަށް ދެން އެ ނިންމުންތައް ކޮޅެއްގަ ޖެއްސޭތޯ ދެންތިބި ވެރިންތައް މި ބަލަނީ.... އެކަކު ބުނާނެ މިހެންނޭ ބުނީމަ އަނެކަނު އަނެއްގޮތް މިހެން ތަޅާފޮޅަ ފޮޅާ ތިއްބާ ޔާމީނު 7 ބައި ނަގަނީ.... ބަލަގަ އެކަތިގަނޑަކަށް ވެ ބަލަ...ރައްޔިތުންނަށް އެއް ކުލައެއް އަޅެ ދައްކާލަބަލަ... ތިޔަހެން ބައިބައިވެގެން އުޅެނިކޮށް އަތަށް ގޮވާނީ... އަނެއްކާވެސް... މާޒީން އިބުރަތް ހޯދަބަލަ... އަދުރޭމެން ކަލޭމެންނަށްވުރެ މިހާރު އެއުޅެނީ ކުރީގަ... އެމީހުންގެ ވިސްނުމެއްނެތް އެކަމަކު އެއްލަވައެއް ކިޔާތީ އެހާބާރަށް އަޑު އިވެނީ.... އަންނިއާ ގާސިމާ މީ ދެހަތުރުންތަ؟
އަގީދް
01 April 2018
ނޫނޭ ނޫނޭ..އަދި ތިކިޔަނީ ރަނގަޅު އެއްޗެއްނޫން.. ރައީސްޔާމީންގެ ތަރައްގީއަށް ހުރަސްއަޅާތީ ތަރައްގީ ފުރިހަމަކުރަން އެ އުޅެނީ.. ޔާމީން ފެއްޓެވި މަސައްކަތްތަކުގެ ތެރެއިން އެއްމެބޮޑު ދެ މަސައްކަތްނިމި ރައްޔިތުންނަށް ބޭނުން ހިފެން ފެށުމުން އިދިކޮޅު އޮތްކަމަށް ގަބޫލުކުރަންވެސް ރައްޔިތަކު ބޭނުން ނުވާނެ..