ހުޅުމާލެ ފެރީ ޓާމިނަލް މަތީގައި ހެދި ބާގާ ކިންގް ރެސްޓޯރަންޓް މިރޭ ހުޅުވާފައި: މިއީ މާލޭގައި ހުޅުވި ފުރަތަމަ ބާގާ ކިންގް ރެސްޓޯރަންޓް. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
02 އެޕްރީލް 2018 - 20:44
މަޝްހޫރު "ބާގަ ކިންގް" އާއި "ކޮފީ ކްލަބް" މާލޭގައި ހުޅުވައި، މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް އެ ދެ ތަން ހިންގާ ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލްގެ ސަބްސިޑިއަރީއެއް ކަމަށްވާ މައިނާ ފުޑްސް އިން މާލޭގައި ފުރަތަމަ ފަހަރަށް ބާގަ ކިންގާއި ކޮފީ ކްލަބް ހުޅުވީ ހުޅުމާލޭ ފެރީ ޓާމިނަލް މަތީގަ އެވެ. ކުރިން އޯޝަން ބްރީޒް ރެސްޓޯރަންޓް ހިންގި ތަނުގައި މި ދެ ތަން ހިންގުމަށް، ބޭރަށް ބައެއް ވަނީ އިތުރުކޮށްފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި 70 މީހުންގެ ޖާގައިގެ ބާގާ ކިންގާއި 66 މީހުންގެ ޖާގައިގެ ކޮފީ ކްލަބް މިއަދު ވަގުތީ ގޮތުން ހުޅުވި ނަމަވެސް، ރަސްމީކޮށް ހުޅުވަން ފަހުން ހަފުލާއެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އެހެންވެ އެތަނާ ބެހޭ އެއްވެސް މައުލޫމާތެއް މިވަގުތު ދޭން މައިނާ އިން ބޭނުމެެއްނުވި އެވެ.
ހުޅުމާލެ ފެރީ ޓާމިނަލް މަތީގައި އަލަށް ހުޅުވި ކޮފީ ކްލަބް ކެފޭގައި މީހަކު މިރޭ މަސައްކަތްކުރަނީ. މިއީ މާލޭގައި ހުޅުވި ފުރަތަމަ ކޮފީ ކްލަބްގެ ކެފޭ. -- ފޮޓޯ: ހުސެއިން ވަހީދު /މިހާރު
މާލޭގައި ހުޅުވި ބާގަ ކިންގަށް ދިޔަ މީހަކު ބުނީ އެތަނުން ވިއްކާ ބާގަތަކުގެ އެއާޕޯޓުގައި ވިއްކާ އަގަށްވުރެ ހެޔޮ ކަމަށެވެ.
މައިނާ ފުޑްސް އިން ވަނީ އަރަބިއްޔާ ކުރިން ހިންގި މާލޭ ގްރޭންޑްގައި ޕިއްޒާ ވިއްކަން "ޕިއްޒާ ކޮމްޕެނީ"ގެ އައުޓްލެޓެއް ވެސް ހުޅުވައިފަ އެވެ.
ހުޅުމާލެ ފެރީ ޓާމިނަލް މަތީގައި ހެދި ބާގާ ކިންގާއި ކޮފީ ކްލަބްގެ ނަންބޯޑު މިރޭ ދިއްލާފައި. އެތަން ރަސްމީކޮށް ހުޅުވުން ފަހުން އޮންނާނެ. --. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
އެއާޕޯޓުގެ ޑިޕާޗާ ހޯލުގެ ބޭރުގަ އާއި އެތެރޭގައި ހަދާފައިވާ ފުޑް ކޯޓުގައި މައިނާ ފުޑްސް އިން ބާގަ ކިންގާއި ކޮފީ ކްލަބާއި ތައި އެކްސްޕްރެސްގެ އައުޓްލެޓްތައް ހުޅުވީ ޖުލައި 2013ގަ އެވެ. އަދި އޭގެ ފަހުން އެ ކުންފުނިން ވަނީ އެތަނުގައި ޕިއްޒާ ކޮމްޕެނީގެ އައުޓްލެޓެއް ވެސް ހުޅުވައިފަ އެވެ.
މިދިޔަ ހަފުތާގައި މާލޭގައި ވަނީ ޕިއްޒާ ހަޓް ވެސް އަލަށް ހުޅުވައިފަ އެވެ. އަދި މިރޭ ގްލޯރިއާ ޖީންސް ކޮފީއާ އެކު ރަސްފަންނުގެ ޕެވިލިއަން ހުޅުވަން ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު2
03 April 2018
ހާދަވަރެއް ތިއަރުވާލީ ބާގާރ ކިންގ ހުޅުވަނީއޭ ބުނީމަ... ވަރަށް ބަރާބަރު.. ހަމަ ތި ހިއްވަރުގައި ނިކަން ސިގިރޭޓް ބުއިމާ، ދުފުމާއި، ސުޕާރީ ކެއުމާ ދެކޮޅަށް ހިފާލަބަލަ... އެއީވެސް މިރާއްޖޭގައި ކެންސަރު ޖެހޭ އެންމެ ބޮޑެތި ކަންތަކުގެ ތެރޭގައި ހިމެނޭ ކަންކަން...
ނަހޫ
03 April 2018
އަޅުގަނޑުވެސް ހިތައްއެރީ މިހަބަރު މިޖެހީ ކޮންގޮތަކައްބާއޭ ދުނީއޭގެ އެހެންގައުމުތަކުގަ ތިފަދަ ފާސްޑުތަކާ ދެކޮޅައް ވަރުގަދަ ކެންފޭނެއް ފަށައިގެ އުޅޭއިރު މިތާއެކަންކުރީމަ ހައިރާންވެގެބާއޭ
ނައުވާ
03 April 2018
ޖޭބޮކި ހެހެ
އަގު
03 April 2018
ބަރުގަރެއްގެ އަގަކީ ކިހާވަރެއް ތޯ އަންގާލިނަމަ
ހަސަން
03 April 2018
ބަރުގާ އެއީ ކޯޗެއް ...
އަރަރެންމގ
03 April 2018
މާލޭގައި މަސާޖުސެންޓަރުވެސް ހުޅުވާނެ މީގަޓްހުރި ރައީސެއް ހުރިހާދިވެހިން 25 ބުރިއިމާރާތުިގައި 300000 ތިންލައްކަ މީހުން އެޑުމިޓްކުރެވޭނެ ގޮތް ހޯދަން ޗައިނާގެ އެހީތެރިކަންވެސް ބޭނުން
އަލިމަނިކު
03 April 2018
ޓޯކިޔޯގައިވެސް ބާގާރ ކިންގު އައުލެޓާއިއެކު މަގުމަތީ ޕޭވްމަންޓްމަތީ ބޮޑެތި ނޫކުލައިގެ އެސިލޯނުހޮޅިވެސް އަޅާފައި ހުރޭނޫންތޯ... މިހާރު މިތަން ޓޯކިޔޯއަށް ބަދަލުވަނީނޫންތޯ...
ވޮލްފް
03 April 2018
މާބޮޑަށް އަސަރުކުރީމަ ތިކަހަލަ ހާސަރެއްދަމައިގެންވެސް ހިތްހަމަ ޖައްސާލެވޭތޯބަލާތި. ?
އަޖީތު
03 April 2018
އެހެން ގައުމުތަކުގައި ފާސްޓްފުޑް އާއި ދެކޮޅު ކެމްޕޭންތައް ހިންގާ ރައްޔިތުން ހޭލުންތެރިކުރުވަނީ. ރާއްޖޭގެ އަލަށް ހުޅުވާ މީހުން ކިއުގައި ޖެހެނީ. މިއީ ތަރައްގީ؟
ކަމަކުނުދޭ
03 April 2018
ތަންކޮޅެއް ސިއްހަތައް ފައިދާ ހުރި އެއްޗެއް ވިއްކާ ތަނެއް ހުޅުވާނެ ބަޔަކު ނެތީތަ؟
ޖާރިޔާ އަހުމަދު ދީދީ
03 April 2018
ކެލޮރީ ކައުންޓަރ އިހަށް ދުވަހު ހުޅުވީ. ހާދަ އަޕްޑޭޓްއެއް ނުވެއޭ؟ އެތަންތަން ހުއްޓާދޯ ހަމަ ޖަންކްފުޑް ކާން ތިދަނީ؟
އަލިފުތާބެއްޔާ
03 April 2018
ތިހެން ބުނާމީހާވެސް ހިޔެއްނުވޭ ސިހަތައްފައިދާ ހުރި ތަނެއް ހޮޅުވައިފިއްޔާ އެތަނަކުން ކާނެހެން. ދިވެހިންނަށް ކަމުދާނީހަމަ ކުޅި ހަވާދު ލީއެއްޗިއްސާ ތެޔޮ އެއްޗެހި. ސިއްހަތައްބެލިޔަސް މަރު އައިމަދާން ޖެހޭނީީ. އެހެންވީމަ އެމީހަކަށް މީރު އެއްޗެއްކައިގެން ހެޔޮ އަމަލުގިނަކުރުން އެއްމެ ރަނގަޅީީ.
ހަބަރު
03 April 2018
2018 ވަނަ އަހަރު ބަގާކިނގް އެއް ހުޅުވުން އެއީ ހަބަރަކަށްވީމަ، މިއީ ދިވެހިން ތިބި ހާލަތުގެ ރަމްޒެއްތޯ؟ ދުނިޔޭގެ ގިނަ ތަންތަނުގަ ކޭއެފްސީ، ޕިޒާ ހަޓް، މެކް ޑޮނަލްޑް ފަދަ ތަންތަން އެދަނީ މަދުކުރަމުން ބަނދު ކުރަމުން!
އަލީ!
03 April 2018
މިކަހަލަ ޖަންކް ފުޑް ތަންތަން ގިނަވިވަރަކަށް ސިއްހީގޮތުން މީހުން ބަލިކަށިވޭ. މިސާލަކަށް ކޮލަސްޓްރޯލް އާއި ހިތުގެ މައްސަލަތަށް.
ސިގެރޭޓް
04 April 2018
ކިތައް މީހުންތަ ސިގެރޭޓް ބޮނީ؟ އެއީ މާ ގެއްލުން ހުރި ކަމެކޭ! މިހެން މިބުނަނީ އަހަންނަށް ހީ ނުވަނީ ކޮންމެ ދުވަހަކު މިތަނުން ކާނޭ މީހުން އުޅޭނެހެން. އެކަމަކު އެތައް ސިގެރޭޓެއް ބޯނެ އެ ބޯ މީހުން.