03 އެޕްރީލް 2018 - 14:36
ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކުރިން ސަސްޕެންޝަންގައި ތިއްބެވީ މުސާރަ ލިބޭ ގޮތަށެވެ. އެ ބޭފުޅުންނަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ ފަނޑިޔާރުންގެ ގާނޫނަށް ދާދިި ފަހުން ގެނައި އިސްލާހުގެ ދަށުން، ޖިނާއީ ދައުވާ އުފުލޭ ހާލަތުގައި ފަނޑިޔާރުން ސަސްޕެންޑް ކުރަން ޖެހޭނީ މުސާރަ ނުލިބޭ ގޮތަށް ކަމަށް ވާތީ އެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ޖިނާއީ ދައުވާއެއް އުފުލައިފި ނަމަ، އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާ ނިމެންދެން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަން ޖެހޭނީ މުސާރަ ނުލިބޭ ގޮތަށެވެ.
އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 73،000ރ. ލިބޭއިރު ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް މަހަކު 71،000ރ. ލިބެ އެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލައި، ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ޓެރަރިޒަމްގެ ދައުވާގެ އިތުރުން ދައުލަތް ހިންގުމަށް ދަތި ކުރުމުގެ ދައުވާއެއް ވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަދީޖާ
04 April 2018
ރޮކެޓް ސްޕީޑްގައި މިފަދަ ކަންކަން ކުރިއަށްދާއިރު، ކޮބާތޯ ސިވިލްސާވަންޓުންނަށް ދޭންބުނި ފުލެޓްތައް، ފައިންލަ ލިސްޓް ހުސްވި މާރޗް މަހުގެ 30 ވަނަ ދުވަހު އާއްމުކުރަންބުނި، މާރޗްމަސް ނިމި އޭޕްރީލް ފެށިގެން މިދަނީ ހަބަރެއް ދަބަރެއް ނުވޭ،،
އިންސާރފް
04 April 2018
އަދި ހުކުމެއް އިއްވީކީއެއްވެސް ނޫން!!!
ފަލޫޖާ
04 April 2018
މުސާރަ ކަނޑާލީތަ؟ ހާދަ ލުއިވާނެޔޭ!
ތަޖާރަތުއް ޓޯކިއޯ
03 April 2018
ބޮޑު ބޭއިންސާފެއް. މީހެއްގެ މައްޗަށް ކޯޓަކުން ކުށެއް ސާބިތު ނުވާހާ ހިދަކު އެއީ ގާނޫނީ ގޮތުން ކުށްވެރިއެއް ނޫން.
6565
03 April 2018
މިމީހުންގެ މައްޗަށް ދައުވާ ޘާބިތު ނުވެއްޖެނަމަ ދެން މުސާރައަށްވާނީ ކިހިނެއް?
ބީކޭކޭ
03 April 2018
މިވެރިންނަކައްވެސް އެއްޗެއްބުނެވޭކައްނެއް އެއްޗެއްކިޔާދެވޭކައް އޮތިއްޔެއްނޫން. ދެންކިހިނެއް ކަމެއްކޮއްދޭނީވެސް.
އުމަރު
03 April 2018
ހަމަ ހައިރާންވެއްޖެ، ގާނޫނު ހަދާ މަޖިލިހުގެ މެންބަރުންތަކެއް އެތަނުން ބޭރުކޮށް އެމީހުންނަށް މުސާރަ ނުލިބޭގޮތަށް ހަދާފައި، ކޯޓުތަކުގެ ފަނޑިޔާރުން ހައްޔަރުކޮށް ޖަލައްލާފައި އެމީހުންނަށް މުސާރަ ނުލިބޭގޮތަށް އަދި ސިފައިންގެ ތެރޭގެ ބަޔަކު ހައްޔަރުކޮށް އެމީހުން ވަޒީފާއިން ވަކިކޮށް މިއީދެން ތަންފުކެއް ބޮޑުވަރު އަދި ސަރުކާރުގެ އެކި އިދާރާތަކުގައިތިބި ހުރިހައި މީހުން ވިސްނާލައިގެން މިސަރުކާރުގެ ކިބައިން މިޤައުމު ސަލާމަތްކުރަން ކޮންމެހެން ޖެހޭ ކަންކަން، މީހަކު ހަމަ ބިޑިއަޅުގައިގެން ގެންގޮސް މިބުނަނީ ޓެރަރިސްޓެކޭ ބަލަ އެއްވެސް ކޯޓަކުން ނިންމައިފިތޯ އެއީ ޓެރަރިސްޓުންގެ ގޮތުގައި؟
ރަބަރު
03 April 2018
އަނިޔާވެރިޔާ ގެ ނިމުން ވަރަށް ހިތިވާނެ.
ފިނޑި- ޔާރު
03 April 2018
ފަނޑިޔާރުން ނޭވެ.އެއްޗެއް ވިސްނޭ ތޯއެވެ؟
ކޮބާ
03 April 2018
ކޮބާ ތަމެންނަށް ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސްކެވިފައި ދޯ.
ޖަލީލު
03 April 2018
ކަލޭ ވެސް ރާކަނި މަސްކާން ރެޑީ ވެގެން ހުރޭ.
ކެނެޑީ
03 April 2018
އާނ ކަލޭމެން ރާކަނިމަސް ކާން ގެންދާނީވެސް ގްލޯރިއާ ޖީންސަށް އިކެލްޝަނަށްފަހު