ޚަބަރު / ދުންފަތުގެ އިސްތިއުމާލުކުރުން

ކެފޭތަކުގައި ސިނގިރޭޓް ނުބޮވޭ ގޮތް ހަދަން ގިނަ ބަޔަކު ބޭނުން: ޕޯލް

މީހަކު ދުންފަތުގެ އިސްތިއުމާލު ކުރަނީ--

ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ފެންނަ ކަމަށް، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ނެންގެވި ސޯޝަލް މީޑިއާ ޕޯލަކުން ދައްކައިފި އެވެ.

ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރު އަދި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް އޭނާގެ ޓުވިޓާ އެކައުންޓުން ނެގި ޕޯލުގެ ނަތީޖާ ދައްކަނީ ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށެވެ. ބޭނުންވަނީ ކެފޭ، ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ނުކުރާ ގޮތަށްތޯ ސުވާލުކޮށް ނެގި ޕޯލަށް 3,478 މީހުން ވޯޓް ދިންއިރު އޭގެ ތެރެއިން 59 ޕަސެންޓް ބުނަނީ އާއެކޭ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރެވޭގޮތަށް ހަދަން އެދުނީ 41 ޕަސެންޓް މީހުންނެވެ.

އަފްއާލްގެ ޕޯލް---

ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ވެސް ގާނޫނެއް ހަދައި އަންނަނީ ތަންފީޒު ކުރަމުންނެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުވާ ގޮތުން ކެއިންބުއިމުގެ ހިދުމަތް ދޭ ތަނެއްގައި ދުންފަތުގެ އިސްތިއުމާލްކުރެވޭނީ އެހެން މީހުންނަށް ދުމުގެ އަސަރުނުކުރާ ގޮތަށް ހާއްސަކުރަން ޖެހޭ ވަކި ބައެއްގަ އެވެ. ނަމަވެސް ރާއްޖޭގެ ގިނަ ރެސްޓޯރެންޓްތަކެއް ދުންފަތް ވިއްކުމަށް ހާއްސަކޮށްފައިވެ އެވެ. އެގޮތުން ޒުވާނުންނަށް ހާއްސަކޮށް ޝީޝާ ވިއްކުމަށް އިސްކަން ދޭ ތަންތަން ހުރެއެވެ.

އަފްއާލް ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައި ގައުމުތަކުގައި ކެފޭ ރެސްޓޯރެންޓްތަކަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ތަންތަން ކަމަށް ވާއިރު ގިނަ ދިވެހިން ވެސް މިއަދު ބޭނުން ވަނީ އެ ގޮތް ކަމަށެވެ.

އޭޑީކޭގެ އެމްޑީ އަފްއާލް: ދުންފަތާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް-- ފޮޓޯ: ނިޝާން އަލީ/މިހާރު

ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން މިހާރު ތަރައްގީކުރަމުން އަންނަ ފުޑް ކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލްކުރަން ހުއްދަ ނުދޭން ސިއްހީ މާހިރުންގެ އެދުމާ އެކު އެސްޓީއޯއިން ވެސް ވަނީ ނިންމައިފަ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމުން ކެފޭ، ރެސްޓޯރެންޓް ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން މިހާރު އަންނަ ބަދަލުތަކުން ހާމަވާ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.

"ވިޔަފާރި ދަށްވާނެ ކަމަށް ބުނުމަކީ ދެކެވޭ ވާހަކަތައް. ވިޔަފާރި ދަށް ކަމަށް އެނގިފައެއް ނެތް. މާލޭގެ ވަރަށް މަޝްހޫރު ތަންތަން އެބަހުރި ސިނގިރޭޓް ނުބޯ ތަންތަން. އެ ތަންތަނުގެ ވިޔަފާރި ދަށެއް ނޫން. އެފަދަ ތަންތަނަށް އާއިލާތަކަށް އެކުގައި ދެވޭ،" އަފްއާލް ވިދާޅުވި އެވެ.

Harbour food court thakugai Cigarette buin manaa

Harbour food court thakugai Cigarette buin manaa

The most trusted news source in the Maldives

Mihaaru

ފުޑް ކޯޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްދަ ނުދޭން ނިންމުން--

މިހާރަކަށް އައިސް މާލޭގައި ގިނައިން ހުޅުވާ އަދި މީހުންނަށް އެންމެ މަގުބޫލް ތަންތަނަކީ ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ އިންޑޯ ތަންތަންކަން އަފްއާލް ފާހަގަ ކުރެއްވި އެވެ.

ހެލްތް މިނިސްޓްރީންގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އާބާދީގެ 37 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. ރާއްޖެއިން މަރުވާ މީހުންގެ 81 ޕަސެންޓް މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނެވެ. އޭގެ ތެރެއިން ގިނަ ބަލިތައް ގުޅިފައިވަނީ ދުންފަތުގެ އިސްތިއުމާލާ އެވެ.

ކެފޭ، ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް 1990 އިން ފެށިގެން ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ފުޅާ ދާއިރާއެއްގައި ދިރާސާތައް ވަނީ ކުރަން ފަށައިފަ އެވެ. އޭގެ ނަތީޖާތަކަށް އަމާޒުކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ކެފޭ، ރެސްޓޯރެންޓްތަކަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ތަންތަންކަމުގައި އަންނަނީ ކަނޑައަޅަމުންނެވެ.

ސިއްހީ މާހިރުން ބުނާގޮތުގައި ކެފޭ، ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ގެނެވޭނެ ވަރަށް ރަނގަޅު ބަދަލަކަށް ވެގެންދާނެ އެވެ. އޭގެ ސަބަބުން ބޮޑެތި ބަލިތައް ޖެހޭ މީހުންގެ ނިސްބަތް މަދުކުރެވޭނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

53 ކޮމެންޓް, 78 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 3%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނުހ

19 April 2018

އަހރެންވެސް އެގޮތަށް އެކަން ކުރަން ބޭނުން ކެފޭތަކުގައި ސިގިރޭޓް ނުބޮވޭ ގޮތް ހެދުމަކީ ވަރަށް ތަނގަޅުކަމެއް އަދި މަދު މަތީގައި ވެސް ސިގިރޭޓް ބޯމީހުންނަށް ހަރުކަށި އަދަބު ދިނުމަސް ގޮވާލަން

The name is already taken The name is available. Register?

ާފިޒާ

12 April 2018

ތިކަން ހުއްޓިޖެނަމަ ގޭބިސީތަކައް ވަންނަ އާމްދަނީ ދެގުނަ އިތުރުވާނެ. ތީޢުފާވެރި ޚަބަރެއް..!

The name is already taken The name is available. Register?

ހަސަނުފފ

11 April 2018

ވަރަށް ތާއީދު ތިކަން ކުރުން ތީ ވރަށް ރަނގަޅުކަމެއް

The name is already taken The name is available. Register?

ސިގިރެޓް ނުބޯމީހާ

11 April 2018

ކެފޭ ތަކުގައެއް ނޫން ސިގިރޭޓް ބުއިން މަނާ ކުރަންވީކީ. މަގުތަކުގައި. ކުޑަކުދިން ގޮވައިގެން މަގެއްގެމަތީ ހިގާ ލެވޭކަށްނޯވޭ، ސިގިރެޓް ދުމުން ސަލާމަތްވެގެން. ސިގިރެޓް ނުބޮއިތިމުގެ މާނައެއް ނެތް މަގުތަކުގައި އެކަންކުރުމުގެ ހުއްދަ އޮތްހާ ހިނދަކު. ކެފޭ ރެސްޓޯރަންޓް ތަކަށް ނުވަދެވެސް އުޅެވިދާނެ. އެކަމަކު ކިހިނެއް މަގުމައްޗަށް ނުނުކުމެ އުޅޭނީ. އެހެންވީމާ ފުރަތަމަ މަނާކުރަންވީ މަގުތަކުގައި ސިގިރެޓް ބުއިން ކަމަށްދެކެން.

The name is already taken The name is available. Register?

ހޔހޔހ

11 April 2018

މަގުމަތީ ބުއިން މަނާކޮށްފައި އެކަން ތަންފީޒުކޮށްބަލަ ނިޔަތް ރަނގަޅިއްޔާ! ވިއްޔާ ބުނާނަން އިހުލާސްތެރިޔޭ މޮޅޭ!

The name is already taken The name is available. Register?

ވޯލް

11 April 2018

މިއަދުވެސް ޓޫރިޒަމް މިނިސްޓްރީގެ އުޅޭ ކޯޑިނޭޓަރެއް ދަރި ގޮވައިގެން ސްކޫލް ނމިގެން ދިޔަ އިރު ސައިކަލް މަތީ އެއް އަތުން އެކުޑަ ކުއްޖާގެ ކަނފަތުގައި ފޯނު ޖައްސާގެން އަނެއް އަތުން ސައިކަލް ދުއްވަމުން ދިޔައީ. އެވެސް މާލޭގެ އެންމެ ކާރުބާރު ބޮޑު މަޖީދީމަގުގައި ޗާންދަނީ މަގާއި މަޖީދީމަގު ޖަންކަސް ހިސާބުން. މިވަރުގައި ޤައުމުގެ ރައްޔިތުންގެ ވިސްނުން ހުރީ، ރީތި ހެދުން ލާފަ މޮޅެތި ފޯނު ހިފައިހިން އަދި އުޅުނަސް ތަހްޒީބު ވީކީ ނޫން. ތިމާގެ އަމިއްލަ ފަރުދީ ޒިންމާ އެއް ކޮންމެ ކަމެއްގައި އޮތްކަން ދެކިގެން ކަންކަން ރަގަޅު ކުރަން އުޅުނީމަ ވާނީ

The name is already taken The name is available. Register?

ވޯލް

11 April 2018

ޢާއްމުކޮށް މީހުން އެއްވެ ނުވަތަ ގޮސް އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަންވީ، އަދި ޚާއްސަކޮށް މަގުތަކުގައި، މިކަން ކުރަން ބޭނުންވާ މީހުން ގޭތެރޭގައި ތިބެގެން ކުރޭ.

The name is already taken The name is available. Register?

ސަލީމް

11 April 2018

މަގުމަތީގައި ޕޭމަންޓްމަތީގައި ނޫނީ ގޭދޮރުމަތީ މަގަށް އެއްފައިނެރެގެން ސިގިރޭޓްބޯންތިމޭމީހުންގެ ސަބަބުން ވަރަށް އުނދަގޫވޭ މިކަން ހުއްޓުވާދީބަލަ

The name is already taken The name is available. Register?

ހަލީމަ

11 April 2018

އަޅެ ކޮންދުވަހަކުންތަ ކުދިދަރީން ގޮވައިގެން ހިނގާ މަގުމަތީ ޕޭމަންޓް މަތީގަ ސިގިރޭޓް ބުއިން ހުއްޓޭނީ އަހަރެމެންނަށް ހެޔޮ ކެފޭ ތަކުގަ ސިގިރޭޓް މޮޑެގެން ކެޔަސް އަހަރެމެން ތިޔަ ތަންތަނަށް ނުވަދެ އުޅެފާނަން

The name is already taken The name is available. Register?

ފްރީ ހިއުމަންސް

11 April 2018

ދިރިއުޅެން ދަތި ވެއްޖެ މި ގައުމުގަ. ހުރިހާ ކެފޭތައް އިންސާނުން ފްރީ ތަނަކަށް ހަދަންވީ އެއްނު. އެއްވެސް އިންސާނެއް ތި ތަންތަނަށް ނުވަދެވޭ ގޮތަށް. މީވާ ގައުމެއް!!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454