މޯލްޑިވިއަންގެ އެއާބަސް ފްލައިޓެއް ރަންވޭގައި-- މިހާރު ފޮޓޯ
13 އެޕްރީލް 2018 - 21:03
އިންޑިއާގެ، ޓްރިވަންޑްރަމުން މިއަދު މާލެ އައުމަށް ހަމަޖެހިފައި އޮތް، މޯލްޑިވިއަންގެ ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އެ ފްލައިޓުން ދަތުރުކުރަން ހަމަޖެހިފައިވާ 80 މީހުންނަށް މާލެ ނާދެވި މަޑުކުރަން ޖެހިއްޖެ އެވެ.
އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިރޭ ވިދާޅުވީ މައްސަލަ ދިމާވެފައިވަނީ އެއާބަސް 321 މަރުކާރުގެ، 200 މީހުންގެ ޖާގައިގެ ބޯޓަށް ކަމަށެވެ. އެބޯޓު ޓްރިވަންޑްރަމުން މާލެ އަށް ފުރުމަށް ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 10:30 ގަ އެވެ.
ބޯޓަށް މައްސަލަ ދިމާވުމުގެ ސަބަބުން ރާއްޖެ ނާދެވި ތިބި ފަސިންޖަރުންނަށް ހުރުމާއި ކެއުން ހަމަޖައްސައި ދީފައިވާ ކަމަށް ނަޝާތު ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް މައްސަލަ ހައްލު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ވީހާ ވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ފްލައިޓް ބޭއްވުމަށް. އަޅުގަނޑުމެން ވާނީ ހުރުމާއި ކެއުން ހަމަޖައްސައިދީފަ،" ނަޝާތު ވިދާޅުވި އެވެ.
ދަރިންނަށް ކިޔަވައިދިނުމަށާއި ބޭސްފަރުވާގެ ކަންތަކަށް ގިނަ އަދަދެއްގެ ދިވެހިން އަބަދު ވެސް ޓްރިވަންޑްރަމްގައި ތިބެ އެވެ.
މޯލްޑިވިއަން އިން ބޭރުގެ ދަތުރުތަކުގައި އާންމުކޮށް ބޭނުން ކުރަމުނީ އެއާބަސް 321 މަރުކާރުގެ، 200 މީހުންގެ ޖާގައިގެ ބޯޓަކާއި، އެއާބަސް 320 މަރުކާގެ، 150 މީހުންގެ ޖާގައިގެ ބޯޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސާފިރު ޚާނާ
14 April 2018
އަޅުގަޑު ހިތައް އަރަނީ ފްލައިޓެއް ޓެކްނިކަލް މައްސަލައެއް މިޖެހުނީ އަލަށް ބާއޭ ދުނިޔޭގަ.؟ މިހެން ދިމާވީމާ އެއަރލައިނުން ކޮށދެޏްޖެހޭ ކަނތައްތައް އެއޮތީ ކޮށދެއްވާފަ، ކޮބާތޯ މައްސަލައަކީ؟ ސަރުކާރުން ގޮތެއް ނިންމަން ޖެހޭނީ އެމީހުންނަށް ރާއްޖެ ނާދެވޭގޮތެއްވެއްޖިއްޔާ ނޫންތޯ؟ އެހެނޭ ކިޔާފަ ފްލެޓްނާޅާ އެމީހުންނަށް އާދެވޭތޯ ގޮވާ ކާޑްނުވިއްކާ ްއެމީހުން ގެނވޭތޯ ގޮވާ ހަދާކަސް ނުޖެހޭ.
ނަން
14 April 2018
ފްލައިޓް އެޅުމަށް ވުރެން މުހިއްމީ ފްލައިޓުން ދަތުރު ކުރާ ޕެސެންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުން..
ދޮންމަނިކުބޭބެ
14 April 2018
ކަމެއް ދިމާވެދާނެތޯ. ބުރިޓިޝް އެއަރވޭސް ބޯޓެއް ރާއްޖޭގަވެސް ގުރައުންޑްވި. އެމިރޭޓްސް ވެސް، ސްރިލަނކަންވެސް، އަދި ޔޫރަޕުންއައި ބައެއް ޗާޓަރ ފުލައިޓްވެސް..އަދި ކޮބާ ސިންގަޕޯރ އެއަރލައިން އާއި މެލޭޝިއަރ އާއި އެއަރ އިންޑިޔާ ވެސް.....މިދެންނެވީ ރާއްޖެއައިސް ގުރައުންވެ ދަތުރު ކެންސަލްކޮށް އަލުން މަރާމާތުކޮށްގެން ފުރާފައިވާ އެއަރލައިންތައް. ދެން ކޮބާ މައްސަލައަކީ މޯލްޑިވިއަން ފުލައިޓެއް ގުރައުންޑްވީމަ.
ޔެޔޮއަގު
14 April 2018
ލ. ކައްދޫ އަށް ދަތުރު ކުރާ މޯލްޑިވިއަން ފްލައިޓް ތަކަކީ ޅ.ގަން/ފޮނަދޫ ރައްޔިތުން ދަތުރު ކުރަން ބާއްވާ ފްލައިޓް ތަކެކެވެ.އެމީހުން ސީދާޗއެއަރ ޕޯޓުން ކާރުގައި ނުވަތަ ސައިކަގާ ގެއަށެވެ. އަހަރެމެން(އަތޮޅުގެ ހުޅަގު ބިތު މީހުން އަދި އުތުރު ބިތު މީހުން) މިޖެހެނީ ފްލައިޓް ޓިކެޓަށް ވުރެ އަގުބޮޑު ކޮށް ލޯންޗެއް ކުއްޔަށް ހިފާށެވެ.އަދި ވިއްސާރަ ރެއެއް ނަމަ ގަން/ފޮނަދޫގައި މަޑުކުރަން ރޫމް ކުއްޔަަށް ނަގަން އެބަ ޖެހެއެވެ.އެކަމަކު އަހަރެމެނަށް ވަކި އިސްތިސްނާއެއް ނެތެވެ.މިސާލަކަށް ފެރީ ދަރުރާ ދިމާވާ ފްލައިޓްޗތަކުގެ ޓިކެޓް އަހަރެމެނަަށް( ކަނޑުމުން ރަަށްދާން ޖެހޭ މީހުނަށް)ޚާއްސަ ކުރުން ފަދަ ނުވަތަ އަގަރެމެނަަޢް ޚާއްސަ ފެއަރ އެއް ނުވަތަ ޑިސްކައުންޓެއް އޮތުން ފަދަ ކަންކަމެވެ.މޯލްﷲިވިއަންގެ ތިކެޓްގައި ކައްދަުއަށް ދަތުރު ކުރުން އަހަރެމެނަަށް އެފޯޓް ނުކުރެވޭތީ މިހާރު އަހަރެމެން މި ތަޖްރިބަަ ކުރަނީ ޝެޑިއިލް ލޯންޗް ދަތުރެވެ.ސީދާ ރަށުން 850 ރުފިޔަށް ކޮޅަކަށެވެ
މމުހަ
14 April 2018
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ވީހާ ވެސް އަވަހަކަށް މައްސަލަ ހައްލުކޮށް ފްލައިޓް ބޭއްވުމަށް. އަޅުގަނޑުމެން ވާނީ ހުރުމާއި ކެއުން ހަމަޖައްސައިދީފަ،" ނަޝާތު ނުފުރާ ފުލައިޓެއް ބޭއްވުމަކީ އެ އޮތްތަނުގަ ބޭއްވުން!!
ނަގޫރޯޅި
14 April 2018
200 މީހުންގެ ޖާގައިގެ ބޯޓެއް 80 ޕެސެންޖަރސް އިން ގޮވާގެން ދަތުރު ކޮށްގެން ލިބޭނީ ގެއްލުމެވެ. އެކަމަކު މިހާރު ޓިކެޓް ލިބެން ހުރިތޯ އަހާލިއަސް ބުނާނީ އޯވަރ ބްކް ކަމަށެވެ.އަހަރު ނިމުމުން ބުނާނީ ކުންފުންޏަށް ލިބުނީ ގެއްލުން ކަމަށެވެ.
ޢަލީގެ
14 April 2018
މަ މިހާތަނަށް މޯލްޑިވިއަން ގަ ރާއްޖޭން ބޭރަށް ކުރީ އެންމެ ދަތުރެއް. ޢެދަތުރުގެ ފަހުން ހުވާކޮއްގެން މިހިރީ ދުވަހަކުވެސް ދެން މޯލްޑިވިއަން ފުލައިޓަކަށް ނާރަން.
ތެދު
14 April 2018
މަ އަދި އެއްމެ ދަތުރެއް ވެސް ތީތީގައި ނުކުރަމެވެ.
މޭން
14 April 2018
ތިވަރުން ވެސް އެހެން އެއާލައިނަކަށް ފުރުސަތު ނުދޭތި.
އަތްފުނާ
14 April 2018
އިންށާ ﷲ އަހަރެމެންގެ އެއާޕޯޓު އަދި އަހަރެމެންގެ އެއާލައިން އަދި އަހަރެމެންގެ އެއާޕޯޓަށް ޖައްސާ އަދި ނައްޓާލާ ފްލައިޓް ތަކުގައި ހުރީ ވަރަށްވެސް ރަނގަޅު ސޭފްޓީ ރިކޯޑެއް.
މެގާ
13 April 2018
ލޮލް