ޚަބަރު / ފުލުހުން

އަލީ ހަމީދާ ގުޅުން ހުރި ގެއިން 38 މިލިއަން ރުފިޔާއެއް ނުފެނޭ!

ފަނޑިޔާރު އަލީ ހަމީދު--- ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ރުފިޔާ ފެނުނު ކަމަށް ފުލުހުން ބުނި ނަމަވެސް އެ އަދަދަށް ފައިސާ ނުފެންނަ ކަން "މިހާރު" އަށް ކަށަވަރު ވެއްޖެ އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސްގެ ޓުވީޓް

މިދިޔަ ފެބްރުއަރީ 1 ވަނަ ދުވަހު އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރުމާ ގުޅިގެން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ވާއިރު އެ މަހުގެ 11 ވަނަ ދުވަހު ފުލުހުން ވަނީ އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ބުނެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 215،000 ޔޫއެސް ޑޮލަރާއި 150،000ރ. ކަމަށް އެ ދުވަހު ފުލުހުން ބުންޏެވެ. އަދި އެ އަދަދު 38 މިލިއަން ރުފިޔާ އަށް ބަދަލުވީ، މިދިޔަ އާދިއްތަ ދުވަހު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެރި އޮޅުމަކުން ކަމަށް ވެ އެވެ.

Fandiyaaru Ali Hameed ge dhabahakun 3.4 million rf fenifaivey: Police

Fandiyaaru Ali Hameed ge dhabahakun 3.4 million rf fenifaivey: Police

The most trusted news source in the Maldives

Mihaaru

އަލީ ހަމީދުގެ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނުނު ކަމަށް ބުނުން--

އާދިއްތަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާން، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، "ފަނޑިޔާރު އަލީ ހަމީދު މުހައްމަދާ ގުޅުން ހުރި ގެއަކުން 38 މިލިއަން ދިވެހި ރުފިޔާ އަށް ވާ ޔޫއެސް ޑޮލަރާއި ޕައުންޑާއި ދިވެހި ފައިސާ ފެނިފައިވާ" ކަމަށެވެ.

Ali Hameed aa gulhun huri ge akun 38 million Rufiya fenunu: Fuluhun

Ali Hameed aa gulhun huri ge akun 38 million Rufiya fenunu: Fuluhun

The most trusted news source in the Maldives

Mihaaru

އަލީ ހަމީދުގެ ގެއިން 38 މިލިއަން ފެނުނު ކަމަށް ފުލުހުން ބުނުން--

އެހެން ވިދާޅުވުމަށް ފަހު އޭނާ އެ ދުވަހު ވަނީ އެ ގެއިން ފެނުނު ދަބަހާއި ފައިސާތައް ވެސް ޕްރެންޒެންޓޭޝަނަކުން ނޫސްވެރިންނަށް ދައްކާލައިފަ އެވެ. އެކަމަކު އެއިން ފެނުނީ 3.4 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ ފަހުން ފުލުހުން އާންމުކުރި ލިޔެކިޔުންތަކުގައި ވެސް ބުނެފައި ވަނީ އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން ފެނުނީ 3.4 މިލިއަން ރުފިޔާ ކަމަށެވެ.

އަލީ ހަމީދުގެ ގެއިން 38 މިލިއަން ރުފިޔާ ފެނުނުތޯ، ނުވަތަ ނޫންތޯ މިއަދު ސުވާލު ކުރުމުން ޝިފާން ވަކި އެއްޗެއް ވިދާޅެއްނުވި އެވެ.

ޝިފާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ފޮޓޯ: މިހާރު

ދައުލަތުގެ މީޑިއާއިން ފެށިގެން ގޮސް ހުރިހާ މީޑިއާއެއްގައި ވެސް ރިޕޯޓްކޮށްފައި ވަނީ ޝިފާން ވިދާޅުވި ގޮތަށް އަލީ ހަމީދުގެ ގެއިން ފެނުނީ 38 މިލިއަން ރުފިޔާ ކަމަށެވެ.

85 ކޮމެންޓް, 219 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 1%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިނިޓައްޕު ހަސަނު

18 April 2018

38 މިލިއަން ފެނުނޯ، ދެން ނުފެނެޔޯ، އެނެއްކާ ފެނިއްޖެޔޯ. މީދެން އަރަތެއްދޯ. ކިހާ ދެރަކަމެއް. ފުލުހުންވެސް ވެެއްޖެނުން ޔޯލަ ޔޯލަ ނުގޮވާ ތެދުބަހުން ވާހަކަ ދައްކަން.

The name is already taken The name is available. Register?

ކެނެޑީ

18 April 2018

ޕްރެޒެންޓޭޝަނަށް ފުލުހުން ތިގެނައީ ނުބައި ދަބަހެއްހެން ހީވަނީ. އަސްލު ރެޑީކުރި ދަބަސް ކައްވާލީތޯއްޗެއް!

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

17 April 2018

ދިވެހި ފުލުހުންނަކީ މީހުން ފްރޭމް ކުރުމުގެ މާޒީއެއް އޮތް ބައެއް، އެކަން ބަދަލެއް ނުވާނެ، ވަރަށް ސަލާމް.

The name is already taken The name is available. Register?

ޖެކް ސްޕެރޯ

17 April 2018

ލާރި ވިހާ ދަބަހެއް ދޯ؟

The name is already taken The name is available. Register?

ފްލިންޓް

17 April 2018

އެކަހަލަ ދަބަހެއް މަވެސް ބޭނުން

The name is already taken The name is available. Register?

ޖެކް ސްޕެރޯ

17 April 2018

"38 މިލިއަން ރުފިޔާ އަށް ބަދަލުވީ، މިދިޔަ އާދިއްތަ ދުވަހު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެރި އޮޅުމަކުން ކަމަށް ވެ އެވެ." ދެން މާފަށް އެދެންވީނު ޕްރެސްއެއް ބާއްވާފަ ނޫސްވެރިންގެ ހާޒިރުގަ؟ ކޮބާ ޕްރޮފެޝަނަލިޒަމް؟

The name is already taken The name is available. Register?

ބެއްޔާ އައްޑޫ

17 April 2018

އިތުބާރަކީ ދައްކާ ވާހަކައާއި އަމަލު ކުރާ ގޮތުގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗެއް. ތިމަންމެން މިނިވަނޭ ނުފޫޒެއް ނެތޭ މިއީ ހަމަ ހަގީގަތޭ ބުންޏަސް ބަލަންތިބޭ ބަޔަކަށް އެކަން ހަޖަމު ކުރަން އެމީހުންގެ ހަޖަމުކުރާ ނިޒާމު ދެބަސްވާނެ. އަޅުގަޑުގެ ހިޔާލަކީ މުސްތަގުބަލުގައި ފުލުހުންގެ ނޫސް ކަންފަރަންސް ތަކަކީ ނޫސްވެރީންނަށް ދައްކާލާ ވީޑިއޯ ޕްރެސެންޓޭޝަނަކަށް ހެދުން. ކުރީ ބައިގައި ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށް ތިޔަފަދަ ކަންކަން އިސްލާހުކޮށްފައި ނޫސްވެރިނަނަށް ފުރުސަތު ދޭނީ. ޢއެއިރުން ސިފާނުވެސް ހަނު ހުންނާކަށް ނުޖެހޭނެ ކަން ޔަގީން

The name is already taken The name is available. Register?

ބީކޭކޭ

17 April 2018

މީނަޔައް ހަމައެކަނި މިހާރުމަދުވަނީ 500%އެކަނި! ދެންމާގިނަދުވަސްތަކެއްނުވެ މީނަޔައް 500%ދެއްވަފާނެ ކަމުގެ އުންމީދުގަ މިތިބީ! (500%ހަމަ ދިނީ މިކަން މިނިމުނީ!)

The name is already taken The name is available. Register?

އައްޑޫ ބެއްޔާ

17 April 2018

އަލީ ހަމީދަކަށް ތާއިދު ނުކުރަން. އެހެނަސް އޭނަ އަތުގައި 3.4 މިލިއަން ރުފިޔާ ހުންނާނެ ކަމަށް ޕީޕީއެމް އިން ވަނީ ކަށަވަރުކޮށްދީފަ. ނިހާން ހަަސަން މަނިކުގެ 18 އަހަރުގެ ދަރިފުޅުގެ އުފަންދުވަހު ހަދިޔާއަކަށް 4 މިލިއަން ރުފިޔާގެ ފްލެޓެއް، އަދުރޭގެ ދެމަފިރިންނަށް 9 މިލިއަނަށް 2 ފެލްޓް ގަނެވޭނަމަ، އެމީހުންނަށްވުރެ ބޮޑު މަޤާމެއްގައި ބޮޑު މުސާރައިގައި ހުރި މީހާގެ އަތުގައި ހުރުމަކީ ހަމަ ބުއްދި ޤަބޫލުކުރާކަމެއް!

The name is already taken The name is available. Register?

އައްޑޫ ބެއްޔާ

17 April 2018

ޝިފާން އިސްތިއުފާދީފަ ގެއަށްދާންވީނުން. ލަދެއްހުރިއްޔާ.

The name is already taken The name is available. Register?

ކަޅުފޮށި

17 April 2018

ހަހަހަ.. އެހެނޭ ވާނީ.. ވަކި މީހެއްގެ އޯޑަރަށް ވަކި އަދަދެއް ހަމަ ކޮށްފަ ރައްޔިތުން ގުނބޯ ހައްދަން އެ އުޅެނީ.. އެހެން އުޅޭއިރު 34 މިލިއަނުން 40 މިލިއަނޭވެސް ކިޔޭ ފަހަރު ދާނެ.. ވެރިކަމާ މަގާމުގެ ދިފާއުގަ ތި ބައިގަނޑު ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ ... ސައްހަ އިންތިހާބެއް ބާއްވައިފިއްޔާ އިރާދަ ކުރެއްވިއްޔާ ތިޔަ މޭ ބޮޑުކޮށްފަ ފެލޭ މީހުން އިމްތިހާނުގެ ދަރުބާރަށް ހާޒިރު ކުރެވި އެމީހަކު ކުރި ކަމެއްގެ ހައްގު އަދަބު ލިބިގެން ދާނެ ދުވަސް ބަލަން އަޅުގަނޑުމެން މިތިބީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454