ދެ ގައުމު ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭން ބޭނުންވާ އެއާލައިންތަކަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައި.
17 އެޕްރީލް 2018 - 16:27
ރާއްޖެ އާއި ފިލިޕީންސްއާ ދެމެދު ވައިގެ ދަތުރުތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ރާއްޖޭގެ ސިވިލްއޭވިއޭޝަން އޮތޯރިޓީ އާއި ފިލިޕީންސްގެ ސިވިލް އެއޮރޮނޮޓިކްސް ބޯޑާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގަ އެވެ.
ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ބުނީ މި އެއްބަސްވުމާ އެކު، ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭން ބޭނުންވާ އެއާލައިންތަކަށް ފުރުސަތު ހުޅުވާލާާފައިވާ ކަމަަށެވެ. ނަމަވެސް އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް އަދިއެއް ނުލިބެ އެވެ.
"މި މަޝްވަރާތަކުގައި، ވައިގެ ދަތުރުފަތުރާ ބެހޭ އެއްބަސްވުމުގެ ދެލިކޮޕީއެއް އެކުލަވާލެވުނެވެ. އަދި ދެ ގައުމު ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ބޭނުންވާ އެއާލައިންތަކަށް ފުރުސަތު ހުޅުވާލައި، އެގްރީޑްމިނިޓްސް އެއްގައި ދެ ގައުމުން ސޮއިކުރި އެވެ،" ފިލިޕީންސްގެ ވެރިރަށް މެނީލާގައި ބޭއްވި މަޝްވަރާތަކަށް ފަހު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތީރިޓީން ނެރުނު ބަޔާނުގައި ވެ އެވެ.
ރާއްޖެ އަށް ފިލިޕިންސް އިން ޒިޔާރަތް ކުރާ ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތް ކުރާ ޕިލިޕީންސް މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، ދެ ގައުމު ދެމެދު ވައިގެ ސީދާ ދަތުރުތައް ފެށިއްޖެ ނަމަ ފަތުރުވެރިކަން އިތުރަށް ފުޅާވެ، ވިޔަފާރީގެ ގުޅުން ބަދަހިވާނެ ކަމަށް މިއަދުގެ މަޝްވަރާތަކުގައި ދެ ގައުމުން ވެސް ފާހަގަ ކުރި އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން 10،000 އަށް ވުރެ ގިނަ ފިލިޕީންސްގެ ފަތުރުވެރިން ރާއްޖެ އަށް މިދިޔަ އަހަރު ޒިޔާރަތްކުރި އެވެ.
މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ދިވެހި ވަފުދުގެ އިސް މަންދޫބެއްގެ ގޮތުގައި ހުންނެވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއާމަން އިބްރާހިމް ފައިޒަލް އެވެ. އަދި ސިވިލް އޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް ހުސައިން ޖަލީލާއި އެ އޮތޯރިޓީގެ ޑިރެކްޓާ އެއާ ޓްރާންސްޕޯޓް އަބްދުﷲ ރަޝީދާއި ސީނިއާ ލީގަލް އޮފިސަރު އަހްމަދު މުޝްހިދު ރަޝީދު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
ރާއްޖެ އާއި 46 ގައުމަކާ އެކު މިހާރު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތައް ގާއިމް ކޮށްފައިވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފަ އެވެ. އަދި 36 މަންޒިލަކުން 31 އެއާލައިން ރާއްޖެ އަށް އޮޕަރޭޓް ކުރަމުން އަންނަަ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮހޯ
18 April 2018
އަވަހަށް ފިލިޕީންސް ކުއްޖަކާ އިންނަން އުޅެންވީ..
ޙަމް
18 April 2018
ޢޯކޭ ވާނެ. މިހާރު ދިވެހިންގެ ބޮޑު އާއިލާއެއް ފިލިޕީންސް ގައި ވެސް އޮވޭ. އެކުދިންނަށް އެކުދިންގެ ފެމެލީތަކައި ބައްދަލު ވުމުގެ ފުރުސަތުވެސް ބޮޑުވާނެތާ. ޢެނޫނަސް މިހާރު ދިވެހި ފިރިހެނުންނަށް އެންމެ ކަމުގޮސްގެން އިނދެ ވަރިކޮށް ހަދަނީ ފިލިޕީނޯ އަންހެން ކުދިންނާ.
ރަދީފް
18 April 2018
ސާބަހޭ.ވަރަށް ރަނގަޅު ނިންމުމެއް.ޑުޓަޓޭ ވެސް މިކޮޅަށް ޖައްސާލައްޗޭ.
ސުޖާ
18 April 2018
ދިވެހިންގެ މުސްތަގުބޮލެއްނެއް ޕިލުޕީންސު ތިއީ ވަރައް ފަގީރު ވަޒީފާގެ ފުސަތުނެއް ގައުމެއް ދިހަހާސް މީހުންއަޔަސް އެމިހުން ރާއްޖޭގެ ވަޒީފާތައް ކޮޓުރޯލުކޮއް ބިލިޔަން ޑޮލަރު ބޭރުކުރީމަ އެއީ ލިބޭ ފައިދާއެއް ނޫން
ފެނޭދޯދޯ
18 April 2018
ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ބެއްޔާ
17 April 2018
ފީލީންސު ކުދީން ރާއްޖޭގައީ ގީނަ ވުމަކީ ބަޔެއް ފަރާތްތަކުން ނީކަން އުހައު ވާނެ ކަމެއް..
ޕިނޯއި
17 April 2018
ތިޔަ 10ހާސް ފިލިޕީނޯ ފަތުރުވެރިންގެ ކިތައް ޕަސަންޓުބާ އައީ ޓޫރިސްޓު ވިސާގައި މަސައްކަތް ކުރަން؟
ލޮލާލޯ
17 April 2018
ރާއްޖޭއަށް އަންނަ ފިލިޕީންސް ފަތުރުވެރިންނަށް ވުރެ މެދުފަންތި ވަޒީފާތަކަށް އަންނަމީހުން ގިނައީ. ހައްތަހާ ދިވެހިންނަށް ވަޒީފާގެފުރުސަތު މިގެއްލެނީ... 1000 ވަޒީފާވެސް ސިވިލްސާވިސް އިންބޭރުން ދިވެހިންނަށްމިދިޔަ 5އަހަރުތެރޭނުލިބޭ، ރިސޯޓުތަށްކިތަންމެ ގިނަކުރިޔަސް ދިވެހިންނަށް ލިބެނީ ކޮންމެތަނަކުން 50އަކަށް ވަޒީފާގެ ފުރުސަތު.