މޮސޫލް ހިފުމުގެ އޮޕަރޭޝަން އިރާގު ސިފައިން ވަނީ މާޗު މަހު ފަށާފައި: އައިއެސް ބަލިކޮށްލުމާ ބެހޭ ގޮތުން ކޯލީޝަނުން ވަނީ މަޝްވަރާކޮށްފައި. --ފޮޓޯ:ރޮއިޓާސް
21 ޖުލައި 2016 - 11:21
ވޮޝިންޓަން (ޖުލައި 21) އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކޮށްލުމާ ބެހޭ ގޮތުން އެމެރިކާ އާއި ކޯލީޝަނުގެ ބައިވެރިންގެ މެދުގައި މަޝްވަރާކޮށް އާ ސްޓްރެޓެޖީއެއް އެކުލަވާލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު އޭޝް ކާޓާ ވިދާޅުވެއްޖެ އެވެ.
ކާޓާ ވިދާޅުވީ ސީރިއާގެ ރައްގާ އާއި އިރާގުގެ މޮސޫލްގައި ތިބި އައިއެސްގެ ހަނގުރާވެރިން ވަރަށް އަވަހަށް ފައްސާލާނެ ކަމަށެވެ. އެކަމަކު މި ސިޓީން އައިއެސް ފޮހެލި ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކަށް އެ މީހުން ނުރައްކާ ހުއްޓުވުނީ ނޫން ކަމަށް ކާޓާ ވަނީ އިންޒާރު ދެއްވައިފަ އެވެ.
އައިއެސްގެ އަތްދަށުން އަތުލާ ސަރަހައްދުތަކުގައި ހަމަޖެހުން ގާއިމް ކުރުމާ ބެހޭ ގޮތުން ވެސް ކޯލީޝަނުން ވަނީ މަޝްވަރާކޮށްފަ އެވެ. ސީރިއާ އާއި އިރާގުން އައިއެސް އަށް ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ މުހިންމު ބިންތައް ގެއްލިފަ އެވެ. އިރާގުގެ ފައްލޫޖާ ހިފުމަށް ފަހު މިހާރު މިސްރާބު ޖަހާފައި ވަނީ މޮސޫލް ހިފުމަށެވެ.
އައިއެސް ބަލިކޮށްލުމާ ބެހޭ ގޮތުން ވޮޝިންޓަނުގައި ބާއްވާ މަޝްވަރާތަކުގައި ދަނީ 30 ގައުމަކުން ބައިވެރިވަމުންނެވެ.
އަނެއްކޮޅުން ވޮޝިންޓަނުގައި ދަނީ އިރާގަށް އެހީވުމާ ބެހޭ ކޮންފަރެންސެއް ވެސް ބާއްވަމުންނެވެ. މި ކޮންފަރެންސްގައި ވަނީ އިރާގަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި އިރާގު އަލުން އާރާސްތު ކުރުމުގެ މަސައްކަތަށް ދެ ބިލިއަން ޑޮލަރު ދޭނެ ކަމަށް ގައުމުތަކުން ބުނެފަ އެވެ.
"އިރާގުގައި ކާމިޔާބު ނުހޯދިއްޖެ ނަމަ އެހެން އެއްވެސް ގައުމަކަށް ސަލާމަތެއް ނެތް،" ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިއެސް މީހާ
21 July 2016
އައިއެސް އަށް ބަދުބަސް ބުނެ ކޮމެންޓު ކުރާ މީހުންގެ ފަރާތުން އެއްވެސް އިލްމެއް ނުފެނޭ. ނިފާގު ކަމާ ޖާހިލުކަން ފެނޭ. އެކަލާނގެ މޮޅަށް ދެނެވޮޑިގެންވާނެ.
Maldives
21 July 2016
އައިއެސް ކޮންޓްރޯލްކުރަނީ އިޒުރޭލާ އެމެރިކާ، މިހާތަނަށް އައިއެސް އިން ދިން ޓެރަރިސްޓް ހަމަލާ ތަށް ދީފައިވަނީ އިސްލާމީ ޤައުމުތަކަށް. އެމީހުންދަނީ ސީރިޔާ އަދި އިރާގުގެ އެހެން މުސްލިމް ހަނގުރާމަވެރިޖަމާއަތްތަކަށް ހަމަލާދެމުން. އެމީހުންއެކަންކުރަނީ މުސްލިމުން ވަކިފިކުރަކަށް ލަންބާލާގެން.
މުހައްމަދު
21 July 2016
ހަނގުރާމަތަކުގެ މަންމަ ހަނގުރާމަ ފެށުނީއެވެ. އިރާގުގެ ކޮންމެ ދެގެއްގެ ދެމެދުގައި ހަނގުރާމަ ހިނގާނެއެވެ. ހިތްތަކުގެ ބަޠަލު ޞައްދާމު ޙުސއިން މިހެން ވިދާޅުވެފައިވެއެވެ. އެއީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. އޭރުއްސުރެ މިއަދާ ހަމައަށް ހުއްޓުމެއްނެތި މިދަނީ ހަނގުރާމަކުރަމުންނެވެ.
އުސްތާޛް ޢިރުފާން ބިން ޢަބުދުﷲ
21 July 2016
އައި.އެސް އުފެއްދީ ކޮންބައެއް؟؟ އެމެރިކާ، ސަޢޫދީ ޢަރަބިއާ، ޤަތަރު، ފަރަންސޭސީ ވިލާތް، އިޒްރައިލް، ޖަރުމަން ވިލާތް، މިސްރު، ޔޫ.އޭ.އީ، ބުރެޒިލް ފަދަ ގަޢުމުތަކުން. ހުރިހާ ހޭދަތަކެއް ކޮށް އެތަށް މުސްލިމުން މަރާ، ގޮވެތި ގެދޮރު ސުންނާފަތި ކޮށްލީ ވެރިކަމުގެ ދަހިވެތި ކަމުގައާއި މުސްލިމުން ނެތި ކޮށްލުމުގެ ބޭނުމުގަކަން ސާފު ނުވޭތޯ؟؟ ބައްޝާރުލް އައްސަދު އަކީ ރަނގަޅު ވެރިޔެއް ނޫން. ރަޝިއާ އަކީ މުސްލިމުންނަށް ހެޔޮ އެދިގެން އުޅޭ ގައުމެއްވެސް ނޫން. ނަމަވެސް ބައްޝާރުލް އަސަދު އަތުން ވެރިކަން ވެއްޓިއްޖެ ކަމުގައިވާނަމަ ލީބިއާ ގޮތަށް ދުވަހަކުވެސް ސީރިއާ އަކަށް ހަމަޖެހުމެއް ނާންނާނެ. އައި.އެސް ނައްތާލަން ޖެހޭ. އެީ ޙަވާރިޖު، ތަކުފީރު ކުރުމުގައި ހައްދުފަހަނަ އަޅައިފައިވާ ބައިގަނޑެއް.
ހަސަނު
21 July 2016
އައިސިސްއަކީ ފަނާ ކުރަނިވީ ފިކުރެއްގެ ދަށުވެފައި ތިބި ބައެއް... އެ ފިކުރުގެ އަސްލަކީ ސައުދީ އަރަބިޔާގެ ވެރިކަން.. އަރަބި ކަރަ ސޫދު އާއިލާގެ މިލްކެއްގެ ގޮތުގައި ބޭއްވުމަށް ކުރާ މަސައްކަތުގާ ދީން ސިޔާސީ ހަތިޔާރަކަށް ހަދާ ވައްހާބީ ފިކުރު.. އައިސިސްގެ ފިކުރަކީ ވެސް ވައްހާބީ ސަލަފީ ފިކުރު.. އެއީ ތިމާއާ ހިޔާލު ތަފާތު ކޮންމެ މީކަހީ ކާފަރެއް ކަމުގެ ފިކުރު.. ތިމާ ނުރުހޭ ކޮންމެ މީހަކީ ގަތުލު ހައްގުވެފައިވާ މީހެއްކަން ވިސްނަދޭ ފިކުރު... މި ފިކުރުން މުސްލިމް އުންމަތް ސަލާމަތް ކުރެވިގެން ނޫނީ އައިސިސް ނައްތައެއް ނުލެވޭނެ...
Maldives
21 July 2016
އިސްލާމް ދީނުގެކުރީގެ އަދާވާތްތެރީން އެބަތިބި މިހާރު އިސްލާމްވެ އިސްލާމްދީން އެހެންމީހުންށް އޮޅުންފިލުވައިދިނުމުގެ މަސަތްކަތްކުރަމުންދާމީހުން. އައި އެސް ފިކުރުމީހުން އެކަހަލަމީހުން މަރާނަމަ އެމީހުންނަކަށް އެފުރުސަތެއްނުލިބޭނެކަންޔަގީން.
މެންޓަލިސްޓް
21 July 2016
ތިއަރީއެއްގައި އޮވޭ " އެވްރީ އެކްޝަންހޭޒްއަ ރިއެކްޝަން ވިޗްއިޒްއީކުއަލް އެންޑް އޮޕޮސިޓްކަމަށް ، އެކަހަލަ ގޮތަކަށް އުފެދުނީ އައިސިސްއޭ ތިޔަކިޔާބަޔަކުވެސް ، އަލްގައިދާވެސް ، އެމެރިކާސިފައިން އިރާގަށް އަރާ އެގައުމު ތަޅާސުންނާފަތިކޮށް އެތައްހާސް ބަޔަކުމަރާލީމައި އޭގެ ބަދަލުހިފަން ނުކުންނާނެ ބަޔަކު ، އެގޮތުން އުފެދުނު ބައެއްތީވެސް ، އަލްގައިދާއަކީ އަފްގާނިސްތާނުުގެ ހަނގުރާމައިގެ ބައިޕްރޮޑަކްޓްއެއް ، އެހެންވީމަ އައިސިސް ނައްތާލުމަކީ އެހާފަސޭހަކަމަކަށްނުވާނެ ، .. ހުރިހާޒިންމާއެއް އޮތީ އެމެރިކާއާއި ހުޅަނގުގެ ބޮލުގައި އެޅިފައި ،،