ސައުތުވެސްޓް އެއާލައިނުގެ ބޯޓުގެ އިންޖީނު އެންޓީއެސްބީގެ އިންޖިނޭރުން ބަލަނީ. --ފޮޓޯ:ރޮއިޓާސް
18 އެޕްރީލް 2018 - 13:04
ނިއު ޔޯކް (އެޕްރީލް 18) - އެމެރިކާގެ ސަައުތުވެސްޓް އެއާލައިންސްގެ ފްލައިޓް 1380 ގެ އިންޖީނެއްގެ ބައެއް ވައިގެ ތެރޭގައި ނެއްޓި ބޯޓުގެ ކުޑަ ދޮރު ފަޅާލުމުން ހިނގި ހާދިސާއެއްގައި ލިބުނު ގެއްލުންތަކުގައި ޕަސިންޖަރަކު މަރުވެއްޖެ އެވެ.
ނިއު ޔޯކުގެ ލަ ގާޑިއާ އެއާޕޯޓުން ޓެކްސަސް އަށް ފުރި ބޯއިން 737-700 ގެ ބޯޓުގެ އިންޖީނަށް ހާދިސާއެއް ދިމާވުމާ އެކު އެ ބޯޓު ވަނީ އިމަޖެންސީގައި ފިލަޑެލްފިއާ އަށް ޖައްސައިފަ އެވެ. އެ ބޯޓުން 143 ޕަސިންޖަރުންނާއި ފަސް ކްރޫން ދަތުރުކުރި އެވެ. އިންޖީނު ގޮވުމުން ލިބުނު ގެއްލުންތަކުގައި ހަތް މީހުން ޒަޚަމްވި އެވެ.
ބޯޓުގެ އިންޖީނު ގޮވި ހާދިސާގައި މަރުވި ޖެނިފާ.
މަންޒަރު ދުށް މީހުން ބުނީ ބޯޓުގެ ވާތް ފަރާތު އިންޖީނެއްގެ ބުރަފައްޗަކުން ފިޔަގަނޑެއް ނެއްޓި ބޯޓުގެ ކުޑަ ދޮރުގައި ޖެހުމާ އެކު އެ ދޮރު ފަޅައިގެން ދިޔަ ކަމަށެވެ. އަދި ބޯޓުގެ ކެބިން ޕްރެޝަރަށް އައި ބަދަލާ އެކު އަންހެން ޕަސިންޖަރަކު އެ ދޮރާ ދިމާލަށް ދަމައިގަނެ އޭނާ އެ ދޮރުގައި ތާށިވި ކަމަށް ވެސް ބުންޏެވެ. އަންހެން މީހާ ދަމާ ނެރުނީ ބޯޓުގެ އެހެން ޕަސިންޖަރުންނެވެ.
ބޯޓަށް ދިމާވި ހާދިސާގައި މަރުވެފައި ވަނީ ބޭންކެއްގެ ނައިބް ރައީސް އަދި ދެ ކުދިންގެ މަންމައެއް ކަމަށްވާ ޖެނިފާ ރިއޯޑަން އެވެ.
ސައުތުވެސްޓް އެއާލައިންސްގެ އިންޖީނުން ބައެއް ނެއްޓި ޖެހުމުން ބޯޓުގެ ކުޑަ ދޮރު ފަޅައިގެން ގޮސްފައި.
އެއާ ޓްރެފިކް ރެކޯޑިން އިން އެނގޭ ގޮތުގައި ބޯޓުގެ އިންޖީނުން ބައެއް ނެއްޓުމުން ސްޕީޑް ދަށްކުރަން ބޭނުންވާ ކަމަށް ޕައިލެޓް ބުނެފައިވެ އެވެ.
އެމެރިކާގެ ފެޑެރަލް އޭވިއޭޝަނުން މިހާރު ވަނީ އެ ހާދިސާ ތަހްގީގު ކުރަން ފަށައިފަ އެވެ. ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑް (އެންޓީއެސްބީ) އިން ބުނީ ބޯޓުގެ އިންޖީނުގެ ފޭނެއް ނެއްޓިފައިވާކަން އެންމެ ފުރަތަމަ އިންވެސްޓިގޭޝަނުން ވެސް އެނގޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންޓޭ
18 April 2018
އީނާޝް ހާދަ ގަމާރޭ ދޯ.
ޑެބީ
18 April 2018
އިންޖީނުގެ ފޭނެއް ނެއްޓުނީއެއް ނޫން. ރަނގަޅު ގޮތަކީ އިންޖީނުގެ ފޭން ބްލޭޑެެއް ނެއްޓުން.
އީނާޝް
18 April 2018
ހާދަ ހިތާމަވެރިކަމެކޭ! މަތިންދާބޯޓުގެ ބަދަލުގައި ކަނޑުދަތުރުކުރުން މާ ރައްކައުތެރި. ބޯޓުގެންބުނަސް ފިލާގަނޑެއްމަތީ ނުނީ ލައިފްޖެކެޓްއަޅައިގެން ސަލާމަތްކުރަން ބަޔަކުއަންނަންދެން އޮވެވޭނެއެއްނު
އަލްޖިބްރާ6
18 April 2018
ކޮމާޝަލަ ފްލައިޓްތައް އަސްލު ވަރަށް ރައްކާތެރިވާނެ ދުވާލަކު އެތައްހާސް ބޯޓެއް ވައިގެ ތެރޭގައި ދަތުރު ކުރަމުން ދާއިރު ހާދިސާއެއް ހިނގާފާނެ.
މަހަށްދޭދޭ
18 April 2018
އެމެރިކާގެ މަތިންދާ ބޯޓެއްގެ އިންޖީނު ގޮވާ މީހަކު މަރުވެއްޖެ ނަމަ އެމެރިކާގެ އޭވިއޭޝަން އިންޖިނިއަރުން ބޮއިގެން ތިބެ އިންޖީނު މެއިންޓެއިން ކުރާތީ ނޫންތޭ މިކަން ކަން މިހެން މިދިމާވާން ޖެހެނީ. އެމެރިކާ ކުރާ ކޮންމެ ކަމެއްގައި ރިސްކް ފެކްޓަރ އެހާ ބޮޑު ވާނެއޭ ގިނަ މީހުންނަށް ނޭގުނު ނަމަވެސް ބޮއިންގް 787 ޑްރީމް ލައިނަރ އަކީ އެއީ ޖަޕަނީސް ޓެކްނޮލޮޖީ އޭގެ ފިޔަގަނޑާއި އަދި އޭގެ ހަލް ގަނޑާއި އަދި އޭގެ ސްޓްރަކްޗަރ. ދެން އޭގެ ކޮންޓްރޯލް ސިސްޓަމް އަކީ ވެސް އެއީ ޖަޕަނީސް ޓެކްނޮލޮޖީއޭ ބޮއިންގް ކުންފުނީގެ ޑެޑިކޭޓެޑް ޓެކްނޮލޮޖީ ވަރަށް މަދުވާނެއޭ އޭގައި. އެމެރިކާ އަކީ ޓެކްނޮލޮޖިކަލް ޖަޔަންޓެއް ވެސް ނޫނޭ އެމެރިކާ ފަހަތަށް ޖައްސާލާނެ ވަރުގެ ވަރުގަދަ ރިސޯރސް އެއް ޖަޕާން މީހުން އެމެންގެ ޖަޒީރާ ގައުމުން މަލްޓިޕްލް މައުދަން ހިމެނޭ ކިސަޑު ޑިސްކަވަރ ކޮށްފިއޭ. އެމެރިކާ އަކީ އެއީ އެމެރިކާ ފުއްޕާ ވަރަށް މޮޅު ބަޔެއް ނޫނޭ އެމެން ޕްރޮޕެގެންޑާ އޭ ފަތުރަނީ. އެމެރިކާ މަހަށް ދޭބަލަ ދެން. މަަހަށް މަހަށް މަަހަށް ދޭބަލަ..
ހުސޭނު
18 April 2018
އިންނާލިއްލާހި. އެމެރިކާގެ ދުވަސް ތިޔަދިޔައީ! ތިވަރު ކުރަންހެޔޮނުވާނެ. އެމެރިކާ އެއް ނެތް.