ގުޅިފައިވާ ޕާޓީތަކުން ކުނޫޒްގައި ބޭއްވި ޖަލްސާގައި އިދިކޮޅު ބައެއް މަޖިލިސް މެމްބަރުން ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
20 އެޕްރީލް 2018 - 23:53
ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ރިޔާސީ އިންތިޚާބުގެ ކުރިން އެ ހާލަތު ބަދަލުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހުށަހެޅި ރިޕޯޓުގައި ބަޔާން ކޮށްފައިވާ، އިސްލާމް ދީނާ ފުށުނާރާ ކަންކަން ތަންފީޒު ކުރަން އިދިކޮޅު ޕާޓީތަކުން މިރޭ ގޮވާލައިފި އެވެ.
ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން އީޔޫ އިން ވަނީ ސަރުކާރަށް ހުށަހަޅައިފަ އެވެ. އަދި ތަރިކަ މުދާ ބެހުމާ ބެހޭ އުސޫލްތަކަށް ބަދަލު ގެންނަން ވެސް އީޔޫ އިން ހުށަހެޅި އެވެ.
އީޔޫގެ ރިޕޯޓާ ގުޅޭ ގޮތުން އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނީ އެ ރިޕޯޓުގައި އިސްލާމް ދީނާ ފުށުއަރާ ދެ މައްސަލަ ފިޔަވައި ދެން ހުރި ހުރިހާ ކަންކަމަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ހަރުދަނާކޮށް، ޑިމޮކްރެޓިކް އުސޫލުން ދައުލަތް ހިންގުމަށާއި ރައްޔިތުންގެ ކިބައިން އުފެދިފައި އޮންނަ ރައްޔިތުންގެ ވެރިކަމެއްގެ ސިފަ ދިވެހި ދައުލަތުގައި އަށަގެންނެވުމަށް ކޮންމެހެން ލާޒިމް ކަންކަން ކަމަށެވެ. އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން އެ ކަންކަން ތަންފީޒު ކުރަން އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވެ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނި ގޮތުގައި އިސްލާމް ދީނަށް ނިކަމެތިކަން ލިބޭނެ އެއްވެސް ގޮވާލުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިޖާބަ ދޭނެ ކަންކަމެއް ނޫނެވެ. އިދިކޮޅު ޕާޓީތަކުން އަބަދުވެސް މަސައްކަތް ކުރާނީ ދީން އަމުރުކުރާ ފަދައިން އިންސާފު ގާއިމް ކުރުމަށް ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
"ސިޔާސީ ޕާޓީތަކުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މާތްވެގެންވާ އިސްލާމް ދީން އަމުރުކުރާ ފަދައިން އިންސާފު ގާއިމް ކުރުމަށާއި ސަރުކާރުން ހިންގަމުންގެންދާ އިސްލާމްދީނާ ދެކޮޅު ވައްކާމާއި ފަސާދައިގެ އެންމެހައި ކަންކަން ހުއްޓުވުމަށެވެ. ސަރުކާރުގެ ނޭއްގާނީ އަމަލުތަކާއި ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިސްލާމީވަންތަ ކަމަށް ބުރު އަރަމުންދާ ކަން މި ފުރުސަތުގައި ފާހަގަކުރަމެވެ،" ބަޔާނުގައި ވެ އެވެ.
އިދިކޮޅު ޕާޓީތަކުން ބުނީ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބައިވެރިވުމަށް ރާއްޖެ އިން މިހާތަނަށް ގެންގުޅެމުން އަންނަ އުސޫލަކީ އެހެނިހެން އިސްލާމީ ގައުމުތަކުން ވެސް އަމަލުކުރަމުން އަންނަ ފަދައިން އެ މުއާހަދާތަކުގައި ހިމެނޭ އިސްލާމް ދީނާ ޚިލާފު ކަންކަން ފިޔަވައި ދެ ހުންނަ ކަންކަމަށާއި ބައިނަލްއަގްވާމީ ފަރާތްތަކުން ދޭ އެ އިރުޝާދުތަކަށް އެ އުސޫލުން އަމަލު ކުރުން ކަމަށެވެ. އެކަން އަދި ވެސް އެހެން އޮންނަން ވާނެ ކަމަށް ބަޔާނުގައި ވެ އެވެ.
"އަނިޔާވެރިކަމުން އެއްކިބާވުމާއި ހަމަހަމަ ކަމާއި އިންސާފުވެރިކަމާއި ޢަދުލުވެރި ކަމަކީ އިސްލާމް ދީނުގައި އެންމެ ބޮޑަށް އަމުރު ކުރައްވާފައިވާ ކަންކަން ކަމުގައިވާ ހިނދު، ވިލާތުގެ އިއްތިހާދުން އެ ކަންކަމަށް ގޮވާލުމަކީ އިސްލާމް ދީނާއި ގާނޫނުއަސާސީގެ ދަށުން އެ ކަންކަން އެ މަގުން ކުރުމަށް ސަރުކާރުގެ މައްޗަށް ލާޒިމް ވެފައި އޮންނަ އޮތުން ނަފީވެގެންދާ ސަބަބެއް ނޫނެވެ. އިސްލާމް ދީނާ ފުށުނާރާ ގޮތަށް ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުޢާޙަދާތަކުގައި ވާ ކަންކަން ތަންފީޒު ކުރުމަށް ގޮވާލާ ގޮވާލުންތަކަށް އިޖާބަ ދިނުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމް ކުރާ ކަމެކެވެ،" ބަޔާނުގައި ވެ އެވެ.
އެހެންވެ، އިސްލާމް ދީން އުޒުރަކަށް ހަދައިގެން، އިންތިޚާބާ ގުޅޭ ކަންކަން އިސްލާހު ކުރުމަށް ދެކޮޅު ހެދުމުގެ ބަދަލުގައި މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހި ކުރުމަށް އީޔޫގެ އިރުޝާދުތައް ތަންފީޒު ކުރުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ސަރުކާރަށް އެއްބަސްވެވޭ މެމްބަރުންގެ މައްޗަށް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލަން ލަސްނުކޮށް މަސައްކަތް ފެށުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލި އެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި ޝަރުއީ ނިޒާމުގެ ތެރޭގައި ހިނގަމުންދާ ބޮޑެތި އެތައް މައްސަލައެއް ފާހަގަކޮށް އެ ކަންކަން އިސްލާހުކުރުމަށް މިދިޔަ ފެބްރުއަރީ 1 ގައި ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒު ކުރުމަކީ މުއައްސަސާތަކަށް އިތުބާރު އުފެއްދުމަށް ކުރަން ޖެހޭ ކަމެކެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް ހިނގާނެ އެންމެހައި ދޮރުތައް ބަންދުކޮށް، އެ މަޖިލީހުގައި ތަޅު އަޅުވާފައި އޮންނަ އޮތުމަކީ ނިޒާމުގެ ތެރެއިން ކަންކަން އިސްލާހު ކުރުމަށް މެދުވެރިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދުވެރިޔާ
21 April 2018
ވ.ރަނގަޅު...ހަމަ ތިހާޖޯޝުގާ އިސްލާމްދީނުގެ ޙުކުމްތައް ރާއްޖޭގައި ތަންފީޒު ކުރާނަމަ އަސްލު މިދައްކާ ވާހަކަތަކުގެ އިޚްލާޞްތެރިކަމެއް ހުންނާނީ...އިސްލާމްދީން ނޫން ދީނަކަށް ފުރުސަތުދީގެއް ނުވާނެ....އެކަމަކު ކޮބައިތޯ އެދީނުގެ ޝަރީޢަތް މިތަނުގަ....ކާކުތޯ ކަންބޮޑުވަނީ....
ޤާދިރު
21 April 2018
މުއާލާތް ކެނޑުނު ފަހުން ނެރުނު ބަޔާނުގައި ވެސް ފާޅުގައި އެކަން ކުށްވެރި ކޮށްލަން ނުކެރުނު. ދެން ކިހިނެއް ތި މީހުންނަށް ތާޢީދު ކުރާނީ..
ޓިނު
21 April 2018
އީޔޫ އިން ގޯވާލި އެންމެ ކަމެއްގެ ވާހަކަ މި ދައްކަނީ. ބާކީ ހުރި ކަންކަމަކީ މިނިވަން އިންތިޚާބެއްގެ ވާހަކަ. ސިޔާސީ ކުށްވެރިން ދޫކޮށްލުމުގެ ވާހަކަ. މަޖިލީހާއި ކޯޓުތަކަށް މިނިވަން ކަމާ އެކީ މަސައްކަތް ކުރުމުގެ ހައްގު ދިނުމުގެ ވާހަކަ. މިއީ ދީނުގައިވެސް އޮންނަ ގޮތް. ކޮން ބޭކާރު ވާހަކައެއް ދައްކާކަށް!
ސަރީފް
21 April 2018
ޢީޔޫއަކީ އެއްވެސް އޮއްޓަރެއް ހުރި ބައެއްނޫން. ކަލޭމެންތިބޭ އެމީހުންޖަހާހާ ބެރަކަށް ނަށަން.
ޥެސްޕާ
21 April 2018
ތި ހެން ނެތޭ އީޔޫ އިން ބުނެފަކާ އެއް
ސޯބު
21 April 2018
ގައިރުމުސްލިމުން އިސްލާމުންނަށް ދުވަހަކުވެސް ހެވެއް ނޭދޭނެކަން ވަރަށް ސާފުބަހުން އަންގަވާފައިވާއިރު އެމީހުން މުސްލިމުންގެ ބަޔަކާމެދު ނިންމާ ކޮންމެ ނިންމުމެއްގެ ފަހަތުގައި ނުބައި ރޭވުމެއް ނެތި ނުދާނޭކަމީ ޝައްކެއްއޮތް ކަމެއްނޫން. އީޔޫން ކަންތައްކުރާ އުސޫލަކީ ތަންކޮޅެއްކުރިން، ރާއްޖޭގައި ގައިރުދީން ފެތުރުމަށްޓަކައި ދިވެހިބަހުން ފޮނުވި ރޭޑިއޯ ޗެނަލުން ކަންތައް ކުރަމުންދިޔަކަހަލަ ގޮތެއް. ހިތްއުފާވާކަހަލަ ވާހަކަތަކާ ލަވަތަކާ ގެނެސްދެމުން، ރަގަޅު ނަސޭހަތާ މައުލޫމާތުވެސްދެމުން އެއިގެ ތެރެއަށް ކުޑަކުޑަކޮށް އެމީހުން ބޭނުންވާ ބައިން އެތިކޮޅެއް ވައްޓައިލަނީ. މިއަށް ކިޔަނީ ވަލުވެއްދުން.
ހަޒީލް
21 April 2018
އެހެންވެގެންދޯ ޗައީނާ މީހުންނާއީއެކު ރާއްޖެއީން މަސައްކަތް ނުކުރަނީ.. ޔޫއެންގެ މުއާހަދާތަކުގައީވެސް އީސްލާމްދީނާއީ ފުޝުނާރާ ގޮތައް އީސްލާމްދީނާއީ ފުށުއަރާ މުއާހަދާގެ ބައީތައް އެކުސްކުލޫޑު ކޮއްލައީގެން މީހާރުވެސް މީ ބައީވެރީވަނީ.. އެހެންވީނާ ހަމަ އެގޮތައް އީޔޫގެ ބަޔާނުގައީވާ އީސްލާމްދީނާއީ ޚީލާފުނޫން ހުރީހާ ކަމެއް ތަންފީޒު ކުރެވީދާނެ.
ދޮންތުއްތު
22 April 2018
ޗައިނާއިން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގެން ނޫޅޭ ބޮލުރޮއްޖާ. އެ ފުރުޞަތެއް ޗައިނާއަކަށްވެސް މި ސަރުކާރުން ނުވެސް ދޭނެ.
ވާނުވާ
21 April 2018
އީޔޫއިން.ހުށައަޅާ ކަންތަށްތަށް ކޮންމެހެން ޤަބޫލު ކުރާކަށް ނުޖެހޭނެ...އަހަރުމެންމަކީވެސް އަމިއްލަވަންތަ މިނިވަން ޤައުމެއް...އަހަރުމެންގެ ސިޔާދަތާއި ޤައުމަށް.ނުރައްކާވެދާނެ ކަަމަށް ޤަބޫލުކުރެވޭ އެއްވެސް ކަމެއް ޤަބޫލުކޮއްގެންނުވާނެ...މީޔޫރަޕު ޤައުމެއްނޫން އަދިވެސް އެމީހުން ބޭނުންވަނީ އަހަރުމެންގެ ޤައުމު އުސްތިއުމާރުގެ ބާރުގަ ބާއްވަން......މި ހުރިހާ މުސީބާތެއް ޖެހެނީ މި ޤައުމަށް މަދުބަޔަކު ގައްދާރުވަމުން ދާތީ. ...ރައްޔިތުންނޭ ވިސްނާތި
ބޯހަލާކު_
21 April 2018
ދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ކުރަންވެގެން ސަރުކާރުން އަރުވާލި ވަރު. މިއީ އީޔޫ އިން އަލަށް ދެއްކި ވާހަކައެއްތަ؟ ހީވީ އީޔޫ އަކީ ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީއެއް ހެން!!
ހަޒީން
21 April 2018
އީީޔޫ އީންވަކީވާން ގޮވާލީ ބަޔަކުވެސް އެބަތީބީ..
ގަމަރު
21 April 2018
ތިއީ ހަމަ ތެދެއް. 29 ކަމެއް ހުށަހެޅީމާ، އޭގެ ތެރެއިން އެންމެ ކަމެއްގެ ވާހަކަ މި ދައްކަނީ!
ދޮގެއްތަ؟
22 April 2018
އޭ ގަމަރާ! ތިބުނާ 29 ކަންތައް ތަރުތީބުން އަޅެ ކަލޭ ކިޔާލަ ދޭންވީނު. މިދައްކަނީ އެންމެ ކަމެއްގެ ވާހަކަތޯ އޭރުން އެނގޭނެ. ކެރޭނެތަ؟
އަޖީތު
21 April 2018
މި ސަރުކާރަކީ އަޑު އިވޭ ސަރުކާރެއް ނޫން. އީޔޫ އާއި އ.ދ. އިން އެބުނާ ދީނާ ފުށުއަރާ ކަންކަމަށް ގޮވާލީ އަލަކަށް ނޫން. ނާސިރު ދައުރުގައިވެސް، މައުމޫން ދައުރުގައިވެސް އަބަދުވެސް އެވާހަކަތައް ދައްކާ. އަދި އދ ގެ ޗާޓަރުގައި ހިމެނޭ ކަމެއް ދީނީ މިނިވަން ކަމަކީ. އެ ވާހަކަ މިހާރު މާ ބާރެއްލާފައި މި މީހުން މިދައްކަނީ ދެން ހުރި ކަންކަމަށް ފަސްއަޅާ ފޮރުވަން ވެގެން. އެއަށް ދިވެހިން ކިޔާ އުޅެނީ ދެބޯ ގެރި ދުއްވުން. ބައެއް މީހުންގެ ހިތައް ދީނަކީ މި ސަރުކާރު އޮވެގެން ނޫނީ ނޯންނާނެ އެއްޗެއް ކަމަށް ވައްދައިގެން ވޯޓު ހޯދަން. 800 ވެއްޖެ ދީން އޮންނަތާ. އެއީ ވަކި ސަރުކާރެއް އޮވެގެން އޮންނަ އެއްޗެއް ނޫން. ދިވެހިން ބޭނުންވެގެން އޮންނަ އެއްޗެއް.
ާއަފުން
21 April 2018
ޑިމޮކްރަސީގެ ނަމުގައި ގޮވާލާ އިސްލާމް ދީނާ ދެކޮޅު ގޮވާލުންތައް މި ސަރުކާރަށް އަޑު ނީވޭނެ ވާހަކަ ވަރަށް ސާފުކޮށް ދަންނަވައިލަން. ޑިމޮކްރަސީގެ މާނައަކީ ހިތުހުރިހާ ގޮތަކަށް އުޅުމުގެ ފުރުޞަތު ލިބުމެއް ނޫން. ހިތުހުރިހާ ވާހަކައެއް ހިތުހުރިހާ ގޮތަކަށް ދެއްކުމުގެ ފުރުޞަތު ލިބުމެއްވެސް ނޫން. އެކަން ހަނދާން ބަހައްޓައިތި. އިސްލާމް ދީން ދެކެ ރުޅުއަންނަ ދިވެހި ގުނބޯތަކެއް މެދުވެރިކޮށް އީޔޫއިން ޖަހަންއުޅޭ ސަކަރާތް ޖަހަން ފުރުޞަތެއް އަހަރެމެން ނުދޭނަން. ހަމަހިލާ ނުދޭނަން.
432
21 April 2018
ކަލޭމެން ތިބެބަލަ ދޮންމީހންގެ އަޅުންނަށްވެގެން. ދިވެހިންނަކީ މިނިވަން ކަމަށް ލޯބިކުރާމުސްލިމުން. ދިވެހިން ނުޖެހޭ ބަޔަކު ބުނާހާގޮތެއް ހެދިގެންތިބޭކަށް.
އަލީ+
21 April 2018
ދޮންމީހުން ގެނެސްގެން އެމީހުންނަށް ކޮޓަރި ވިއްކައިގެން، ރަލާ އޫރުމަސް ވިއްކައިގެން ލިބޭ ޓެކްސް ފައިސާއިން ބޭރުން އެއްޗެހި އެތެރެކޮށްގެން ކައިގެން ބޮއެގެން މި ގައުމުގައި މިއުޅެނީ. ވަރިހަމަ؟