ގެއްލުނު ކުދިންގެ ތެރެއިން ކުއްޖެއްގެ ޓިޝާޓް ކަމަށް ބެލެވޭ ޓީޝާޓް.
22 އެޕްރީލް 2018 - 16:46
އައްޑޫ ހިތަދޫގައި އިއްޔެ މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދަމުން ދަނިކޮށް އެ އިން ކުއްޖެއްގެ ޓީޝާޓެއް ކަމަށް ބެލެވޭ އެއްޗެއް، ފެނުނު ނަމަވެސް އެއީ އެ އިން ކުއްޖެއްގެ އެއްޗެއް ނޫން ކަމަށް، އެ ދެ ކުދިންނާ އެކު މޫދަށް އެރި އުޅެނިކޮށް ސަލާމަތްވި އަލީ ރާއިފު މިއަދު ބުނެފި އެވެ.
ރާއިފާ އެކު އިއްޔެ ހެނދުނު މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަނީ ހިތަދޫ ޓޮޕާޕް މަޔާމީން އަލީ، 14، އާއި އެ އަވަށު ޗަނބޭލީގޭ އަލީ ފަހުމީ، 15، އެވެ. އެ ދެ ކުދިންނަކީ ވެސް ހިތަދޫ ސްކޫލްގައި ކިޔަވަމުން އަންނަ ދެ ކުދިންނެވެ.
ރާއިފު މިއަދު ހޮސްޕިޓަލްގައި އޮވެ ބުނީ އެ ދެ ކުދިން ހޯދަން އުޅުނު މީހުންނަށް ފެނުނު ޓީޝާއަކީ ގެއްލުނު ދެ ކުދިން ކުރެ ކުއްޖެއްގެ އެއްޗެއް ނޫން ކަމަށެވެ.
ރާއިފް ބުނި ގޮތުގައި އޭނާ އާއި މަޔާމީން މޫދަށް އެރުނީ ލައިގެން ތބި ޓީޝާޓް އެއްގަމުގައި ބާއްވައިފަ އެވެ. އަދި ފަހުމީ ހުރީ "ހިތަދޫ އެފްސީ" ޖަހާފައި ހުރި އަތް ކުރު ނޫކުލައިގެ ޓީޝާޓެއް ލައިގެން ކަމަށް ބުންޏެވެ. ފެނުނު ޓީޝާޓަކީ ނޫ، ރަތް އަދި ދަނބު ކުލަ ހުރި ޖާޒީއެކެވެ.
މަޔާމީން އާއި ފަހުމީ ހޯދުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން އެމްއެންޑީއެފާއި ފުލުހުންނާއި ގަމުގައި އޮންނަ އިންޑިއާ ހެލިކޮޕްޓަރާއި ހިތަދޫގެ ބައެއް ޑައިވަރުން ވެސް އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަނަޝާ
22 April 2018
ތި ޖާރޒީ ބަލާލީމަ ވެސް އިނގޭ ތިޔީ އިއްޔެ ނޫނީ އިހަށް ދުވަހު ގެއްލިފައިވާ (މީހެއްގެ) ޓީޝާޓެއް ނޫން ކަން. ސަލާމަތީ ބާރުތަކުން މައުލޫމާތު ފޯރުކޮށްދިނުމުގައި އެއްވެސް ހަރުދަނާ ކަމެއް ނުހުރުމަކީ ހިތާމައެއް... މިފަދަ ކަންކަމުން ގެެއްލިގެން އުޅޭ ކުދިންގެ ޢާއިލާތަކަށް އިތުރު މާޔޫސްކަމެއް ކުރިމަތިވޭ... ކެތްތެރިކަން ދެއްވާށި... އާމީން.