22 އެޕްރީލް 2018 - 19:19
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއާ ގުޅިގެން އަންނަ ބުދަ ދުވަހު ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން ޗިޓް ފޮނުވައިފި އެވެ.
މެމްބަރު މަހުލޫފަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގަ އެވެ.
އޭނާގެ މައްޗަށް ޓެރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އުފުލިއިރު މާފުށި ޖަލުގައި ގައިދީން މަރާ ކަމަށް ތުހުމަތުކޮށް މަހްލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ތާވަލްކޮށްފައިވެ އެވެ. މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހްލޫފް ސްރީ ލަންކާގައި ހުންނަވައިގެން ކުރި ޓްވީޓާ ގުޅިގެން އޭނާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން މާދަމާ ހެނދުނު 10:00 އަށް ތާވަލުކޮށް އޭނާ އަށް ވަނީ ޗިޓް ވެސް ފޮނުވައިފަ އެވެ. އަދި އެ މައްސަލައިގެ އިތުރު އަޑު އެހުމެއް ވެސް ބުދަ ދުވަހު ބާއްވަން ތާވަލްކޮށްފައިވެ އެވެ. މަހުލޫފް މިހާރު ހުންނެވީ ގޭބަންދުގަ އެވެ.
މަހުލޫފްގެ މައްޗަށް މައްޗަށް މިހާރު ވެސް ވަނީ އިތުރު ދައުވާތަކެއް ކޮށްފަ އެވެ. މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީނާ
23 April 2018
ދައުވާ ރަގަޅު. 100% ތާއީދު
ޢަބްދުﷲނާފިޒް
23 April 2018
"މެމްބަރު މަހުލޫފަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގަ" އެވެ. ކޮބާތަ ޖަލު ސަރަހައްދަކީ، މާފުށީ ފަސްގަނޑުގަ މުޒާހަރާ ކުރުން މަނާކަމަށް ކަނޑައެޅީ ކޮން އިރަކުތަ.
ވަރަށްވާހަކަ
22 April 2018
މަހިލޫފު އެޖަނިތަ އެތާގައި މުޒާހިރާކުރީ? ތިޔަށްވުރެ މާބިރުވެރި މީހުންތިބީ މަގުމަތީގައި. ތިޔަމައްސަލަ ސާބިތުވާނެ އަދި ދެ 2 އަދަދުގެ ޖަލުހުކުމެއް އަންނާނެ.
ސާފު
22 April 2018
އަސްލު ޓެރެރިސްޓަކަށްވަނީ ކޮންކަމެއް ކުރީމަހެއްޔެވެ?
ހަސަންފުތު
22 April 2018
ހިތާމަ ކުރަން ސަރުކާރާއި ދެކޮޅުވާ އެންމެން ޓެެރަރިސްޓް ޓެގް އަޅުވާތީ .. މަހުލޫފު މާފުށީ ޖަލުކުރިމަތީ މުޒާހަރާ ކުރީމަ ޓެރަރިސްޓަކައް މިހެދީ . އުމަރުނަސީރު މުޒާހަރާކޮއް މުލިޔާގެ ގޭޓު މަޗައް އަރާ .. 7 ފެބްރުއަރީގަ ފުލުހުންނާއި ސިފައިން ބަންޑާރަ ކޮއްޓައް ގެއްލުން ދީ ހެދިއިރު ކޮބާ ޓެރަރިސްޓުން ؟ ޓެރަރިޒަމް ގެ މާނަ އޮޅޭ ހިސާބައް ކަންތައްތައް އެބަ ދޭ މިހާރު..