ކަނޑުހުޅުދޫ ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލުތެރޭގައި މަޑުކޮށްލައިގެން: ޓެބްލެޓް ބޭނުންކުރަން ފެށުމަށް އަންނަނީ ތައްޔާރުވަމުން-- ފޮޓޯ/ފޭސްބުކް
23 އެޕްރީލް 2018 - 11:58
މި މަހުގެ ތެރޭގައި ޓީޗަރުންނަށް ޓެބްލެޓް ދޫކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސްކޫލެއް ވައިފައި ކުރުމުގެ މަސައްކަތް ދިރާގުން ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް އަންނަ މަހުގެ ހަތެއްގެ ކުރިން ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވި ގޮތުގައި، ޓީޗަރުންނަށް ޓެބްލެޓް ދިނުމަށް ފަހު އެ ބޭނުން ކުރާނެ ގޮތާއި ކިޔަވައިދޭނެ ގޮތްތަކަށް އަހުލުވެރި ކުރުވާނެ އެވެ.
އޭނާ ވިދާޅުވީ، ދަރިވަރުންނަށް ޓެބްލެޓް ދޫކުރާނީ އަންނަ މަހު ކަމަށެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއް މި އަހަރު ޑިޖިޓައިޒް ކުރަން ނިންމައިފަ އެވެ. އެ މަޝްރޫއަށް 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، ސްކޫލުތަކަށް ބޭނުންވާ 70،000 އަށް ވުރެ ގިނަ ޓެބްލެޓް މިހާރު ވަނީ ހޯދައިފަ އެވެ.
ސްކޫލުތަކުގައި އަންނަ މަހު ޓެބްލެޓް ބޭނުން ކުރަން ފެށި ކަމުގައި ވިޔަސް އެޑިއުކޭޝަނުން ނިންމާފައި ވަނީ ދެ ވަނަ ޓާމުން ފެށިގެން ރަސްމީކޮށް ޓެބްލެޓް ބޭނުން ކުރުމަށެވެ.
"އެކަމަށް އަހުލުވެރިވުމުގެ ގޮތުން ޓެބްލެޓް ބޭނުން ކުރަން ފަށާނެ ދަރިވަރުން ވެސް. އެކަމަކު ކުރިން ވެސް ނިންމާފައި ވަނީ، ރަސްމީކޮށް ޓެބްލެޓް ބޭނުން ކުރާނީ ދެ ވަނަ ޓާމުން ފެށިގެން ކަމަށް،" ޝަފީއު ވިދާޅުވި އެވެ.
ދަރިވަރުންނަށާއި ޓީޗަރުންނަށް ދޭން ނިންމާފައި ވަނީ ވާވޭ ބްރޭންޑުގެ ޓެބްލެޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިޖިޓަލް ސްކުރީން.
15 May 2018
ސުވެޑެން އަކީ މާތަނަވަސް ޤައުމެއް އެތާވެސް ކުދިނަށް ޓެބެއް ނުދޭ ކުލާހުގާ ހުންނާނީ ދިޖިޓަލް ސްކުރީން.
ހުއްބުލް ވަތަން
23 April 2018
ވަކިމީހަކައް ވެރިކަމަށް އާދެވެންދެން މި ޤައުމުގަ ކިތަންމެ ރަނގަޅުކަމެއް ކުރިޔަސް އެކަމެއް ވެދާނެ ޖަރީމާ އަކަށް
އެދުރު
23 April 2018
ސުމެއްްގެ ކަމެއް. ޓެބްލެޓް ދެނިއްޔޭ ކިޔައިފަ އެންމެ އާދައި ޓެބްގަނޑެއް ދީގެން ޖެހޭނީ އިތުރަށް އުނދަގޫ. ތި ދޭ ޓެބް ވަކިން ގަތަސް ލިބޭނެ ގިނަވެގެން 2000 އަށް. އަނެއްކޮޅުން ހަމަ އެންމެ އާދައިގެ. ތިފަދަ ކަމަކަށް ބޭނުންކުރަންވާނީ ސީދާ ކިޔަވާ ކުދިންނަށް ޚާއްޞަކޮށް އުފައްދާފަ ހުންނަ އެއްޗެއް. މިސާލަކަށް މިފަހުން އެޕަލްއިން ނެރުނު ޓެބް.
ހޮޓްކިންގ
23 April 2018
އަޑުއެހެން ކުދިންނަށް އިތުރު ބުރައެއް އުފުލަންޖެހޭގޮތަށް އެޑިއުކޭޝަނުން ނިންމިވާހަކަ. އެއީ ކުރިން ސްކޫލަށް އުފުލު ބޮޑެތި ޓެކްސްޓް ފޮތްތައްވެސް ހަމަ ކުރިއެކޭ އެއްގޮތަށް ގެންދަން ޖެހޭވާހަކަ. ކޮބާ ޓެބްލެޓް ދިނުމުގެ ހަގީގީ މަޤޞަދު؟
ޢަބްދުﷲނާފިޒް
23 April 2018
ހޮޓް ކީންގޫ، ހަޤީޤީ މަޤްސަދަކީ ޓޮކިޔޯއަށް ރާއްޖެ ބަދަލުކޮށްލުން، ތިން އިރު ހަމަޔަށް ނުކައި ސާފު ބޯފެނުން ޤައުމުގެ ދެބައިކުޅަ އެއްބައި މަޙްރޫމުވެފަ ތިއްބަސް ވަރިހަމަތާ، ސާފު ވެއްޖެ ދެއްތޮ.
ފުންއަސަރު
23 April 2018
ތިކަންވެސް ރަނގަޅު ކަމަކަށްވެ މީހުން ބަލައިގަންނަ ކަމަކަށްވެ ބޮޑެތި ކުރިއެރުންތަކެއް އަންނަން ފަށައިފިއްޔާ ކިތަންމެހާވެސް ރަނގަޅު. ތިކަހަލަ ބޮޑެތި ކަންތައްތައް ފަށާއިރު މަމރންނަށް ނުވިސްނޭ ކަހަލަ ބައިވަރު ކަންކަން ހުންނާނެ. އެހެންވީމާ ތިކަމުގާވެސް ކަންކަން ކުރިޔަށްދާ ގޮތް، އަންނަމުންދާ ބަދަލު މަމެންތިބޭނީ ބަލާ ފާރަވެރި ވެގެން. ރަނގަޅު ހަމަ ކޮންމެ ކަމަކަށް މަމެން މަރްހަބާ ކިޔާނަން. ޝުކުރިއްޔާ އެޑިޔުކޭޝަން.
ފގ
23 April 2018
އެންމެ ބޮޑު ޖަރީމާ.