ޚަބަރު / ސުޕްރީމް ކޯޓް

މެންބަރުންގެ ގޮނޑި ގެއްލޭ ގާނޫނު ބާތިލް ކުރެވޭކަށް ނެތް: ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް

24 އެޕްރީލް 2018 - 15:15

70 comments

އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކަމަށް ކަނޑައެޅެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމްކޮށްފި އެވެ.

ގާނޫނު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނާއި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމެވެ.

ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އިއްވެވި ހުކުމުގައި ވަނީ ދުސްތޫރީ ނަޒަރަކުން ބަލާއިރު، އެންޓި ޑިފެކްޝަން ގާނޫނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފްލޯކްރޮސްކުރުމާ ބެހޭ ގޮތުންނާއި ބައި އިލެކްޝަން ބޭއްވުމުގެ ކަންކަމުގެ އިޖުރާއުތައް ހިމެނޭ ގާނޫނެއް ކަމަށެވެ.

އެ ބިލް ފާސްކުރީ މިދިޔަ މާޗް 13 ވަނަ ދުވަހު އެވެ. އަދި އެ ބިލު ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރައްވައި، އަމަލުކުރަން ފެށީ ޖެހިގެން އައި ދުވަހު އެވެ.

ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ސިޔާސީ ޕާޓީން ވަކިވުން، ވަކިކުރުން، އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި، މިދިޔަ އަހަރުގެ ޖުލައި 13 ގައި ނެރުނު ހުކުމްގައި ފާހަގަކުރި ގައިޑްލައިނާ އެއްގޮތަށް އެންޓި ޑިފެކްޝަން ގާނޫނުގައި އުސޫލުތައް ކަނޑައަޅާފައިވާ ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައި ބުނި ގޮތުގައި މެމްބަރުން ފްލޯކްރޮސްކުރުމަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ފާސް ކުރި ގާނޫނަކީ ގާނޫނުއަސާސީއާ އެއްގޮތަށް، ހަރުދަނާ ޑިމޮކްރަސީއެއް ގާއިމު ކުރުމުގެ ބޭނުމުގައި ފާސް ކުރި ގާނޫނެއްކަން އެނގެން އެބައޮތެވެ.

މީގެއިތުރުން ފްލޯކްރޮސް ކުރުމާ ގުޅޭ ޝަރުތުތަކާއި އިޖުރާއުތައް ހިމެނޭ ގޮތަށް ގާނޫނެއް ހެދުމަކީ ހަރުދަނާ ޑިމޮކްރަސީއެއް ގާއިމުކޮށް، ޑިމޮކްރަސީ ހިމާޔަތް ކުރުމަށް މުހިންމު ގާނޫނެއް ކަމާއި ޖުލައި 13 ގައި ނެރުނު ހުކުމުގައި މިފަދަ ގާނޫނެއް ތަންފީޒުކުރަން ޖެހޭ ކަން ކަނޑައަޅާފައިވާކަން ހުކުމުގައި ފާހަގަކުރި އެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫނުއަސާސީއާ ތައާރަޒްވާ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނާއިރު، މިފަދަ ގާނޫނެއް ނެތުމަކީ ރައްޔިތުންގެ ސިޔާދަތަށް ނުރައްކާވެ، ސިޔާސީ ނުފޫޒު އޮވެ، މެމްބަރުންގެ ޒާތީ މަސްލަހަތާއި ސިޔާދަތު ހިމާޔަތް ކުރުމަށް ލިބޭނެ ކަމެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ގާނޫނުއަސާސީއާ އެއްގޮތަށް ފާސްކޮށްފައި އޮތްކަން އެނގޭ

މި މައްސަލައިގައި އިދިކޮޅު މެމްބަރުންގެ ވަކީލުން މީގެކުރިން ފާހަގަކުރެއްވި އެއް ނުކުތާއަކީ ގާނޫނުއަސާސީގައި މަޖިލީހުގެ މެމްބަރު ކަމުން ވަކިވުމުގެ ޝަރުތުތައް ބަޔާންކޮށްފައި އޮއްވާ އިތުރު ހާލަތްތަކެއް ގާނޫނަކުން ނުގެނެވޭނެ ކަމަށް ބުނާ ބުނުމެވެ. އެކަމަކު ހުކުމުގައި ބުނެފައިވަނީ އެހެން ހާލަތްތައް އުފެއްދުމަކަށް ގާނޫނުއަސާސީ މަނާ ނުކުރާ ކަމަށެވެ.

ގާނޫނުގައި މާޒީއަށް ރުޖޫއަވެވޭ ގޮތަށް ގާނޫނު ފާސްކޮށްފައި އޮތުމުން އެކަމުގެ ކަންބޮޑުވުން ވެސް އިދިކޮޅު މެމްބަރުންގެ ވަކީލުން ފާހަގަކުރެއްވި އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޖިނާއީ މައްސަލަތަކުގައި ފިޔަވައި އެހެން ކަންކަމުގައި މާޒީއަށް ރުޖޫއަވެވޭ ގޮތަށް ގާނޫނުތައް ފާސްކުރެވޭނެ ކަމަށެވެ. އަދި މިއީ ރަނގަޅު މަސްލަހަތެއް އޮތް، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.

މާޒީއަށް ރުޖޫއަވާ ގޮތަށް ގާނޫނު ފާސްކުރުމަކީ ރާއްޖޭގެ އަދުލު ނިޒާމް ދަންނަ ކަމެއް ކަމަށާއި މާޒީއަށް ރުޖޫއަކޮށް ގާނޫނުތައް ފާސްކުރުން ބައިނަލްއަގްވާމީ ހައްގުތަކާ ބެހޭ މުއާހަދާތަކާއި އަހުދުތަކުގައި ވެސް މަނާ ކުރަނީ ގާނޫނުތައް އަމާޒުވާ ބަޔަކަށް ގޯސް މަސްލަހަތެއް އޮންނަ ނަމަ ކަމަށް ހުކުމުގައިވެ އެވެ.

ގާނޫނު ފާސްކުރުން ސައްހަވާނެ

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން ފާސްކުރީ އެފަދަ ގާނޫނެއް ފާސްކުރަން ބޭނުންވާ އަދަދު ހަމަނުވެ ކަމަށެވެ. އަދި އެކަމުގައި ދައުލަތުން ދިން މައުލޫމާތުތަކާއި ދެއްކި ވާހަކަތަކުންނާއި ދެއްކި ހުއްޖަތްތަކުގެ ސަބަބުން ގާނޫނު ސައްހަ ކަމަށް ހުކުމުގައިވެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ އެއަށް އަމަލުކުރުމުގެ އިހްތިޔާރު އޮތް ގާނޫނަކަށް ނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަށް ފިޔަވަޅުތަކެއް އެޅޭނެ އިޖުރާއަތް އެ ގާނޫނުގައިވާތީ އެ ގާނޫނު ފާސްކުރަން ޖެހޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން ތިއްބަވައިގެން ކަމަށް ހުކުމުގައިވެ އެވެ.

ނަމަވެސް އެ އަދަދު ހަމަނުކުރެވުނު ސަބަބުތައް ދައުލަތުން ހާމަކޮށްދިން ކަން ހުކުމުގައިވެ އެވެ. މަޖިލީހުގެ ގިނަ މެންބަރުންތަކެއް މަގުބޫލު އުޒުރެއް ނެތި މަޖިލީހަށް ހާޒިރުނުވާތީ ގާނޫނުތައް ފާސްކުރުން މަޑުޖެހި މަޖިލިސް ހުއްޓުމަކަށް އައިސްފައިވާކަން އެކަން ލިޔުންތަކުން އެނގޭ ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން މަޖިލީހުގެ ޖަލްސާތަކަށް އެއްވެސް އުޒުރެއް ނެތި ހާޒިރު ނުވާއިރު، މެމްބަރުން ކޮމިޓީތަކުގައި ބައިވެރިވެވަޑައިގެންފައިވާ ކަން އެނގޭ ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވުމަކީ ގާނޫނުއަސާސީގައި ބުނާ ކަމަށް ހުކުމުގައިވެ އެވެ.

ބޭރުގެ ގާނޫނު ހަދާ މަޖިލިސްތައް ހުއްޓި، ދައުލަތް ހިންގުމަށް ދަތިވާނަމަ އެކަމަށް ސިޔާސީ ހައްލެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި ބައެއް ގައުމުތަކުގައި މަޖިލިސް އުވާލައި އާ އިންތިހާބެއް އިއުލާންކުރުމުގެ ބާރު ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ލިބޭ ކަމަށް ހުކުމްގައި ބަޔާންކުރި އެވެ.

ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އެއްވެސް ސަބަބެއް ނެތި ޖަލްސާތަކަށް ހާޒިރުނުވެ ގާނޫނު ހެދުމަށް ހުރަސް އަޅާ މެންބަރުންނާ މެދު ފިޔަވަޅު އެޅުމުގެ އުސޫލު އޮންނަ ކަމަށާއި އެފަދަ އުސޫލުތައް އެކުލަވާލުމަކީ މަޖިލީހުގެ ޒިންމާއަކަށްވާއިރު މަޖިލިސް ހުއްޓިފައި އޮތްއިރު ވެސް އެފަދަ އުސޫލެއް މިހާތަނަށް އެކުލަވާލާފައިނުވާ ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުން ވެސް އެއީ ކުރަންޖެހިފައިވާ ކަމެއް ކަނޑައަޅާފައި ވަނިކޮށް، އެފަދަ ގާނޫނެއް ގެނައުމަށް މެންބަރުންތަކެއް ގަސްދުގައި ހުރަސް އަޅާފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި އެހެންވެ، ގާނޫނުގައި ދުސްތޫރީ ޝަރުތުތައް ހަމަނުވާ ކަމަށް ބެލެވެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ކުރަން ހުށަހެޅި މައްސަލަ ބިނާކޮށްފައި ވަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކަންކަން މަޖިލީހުން ފާސްކުރަން ބޭނުންވާ ކޯރަމް ކަމަށް ވާ 43 މެމްބަރުން ހާޒިރުވެ ނެތީސް އެ ގާނޫނު ފާސްކުރަން ވޯޓަށް އަހާފައި ވާތީ އެވެ. އެހެންވެ ތިން މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެ ގާނޫނަށް ވޯޓަށް އެހީ ގާނޫނުއަސާސީއާ ޚިލާފަށެވެ. ނަމަވެސް ކޯޓުން ހުކުމް ކުރީ ބިލް ފާސްކުރި އިރު ގާނޫނުގައި ބުނާ އަދަދަށް މެންބަރުން މަޖިލީހަށް ހާޒިރުވެ ނެތް ކަމަށް އެއީ ޟަރޫރީ ހާލަތެއް ދިމާވެގެން އަމަލުކޮށްފައިވާ ގޮތެއް ކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން އޭގައި ބުނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން މަޖިލީހަށް އަންގާފައިވާ މެމްބަރުންގެ މައްޗަށް އެ އުސޫލުތައް ހިނގާނެ ކަމަށެވެ. އެ ބުނާ ހާލަތްތަކަކީ މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ބުނާ ހާލަތެވެ.

70 ކޮމެންޓް, 282 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 1%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުއްތަމަ މަނިކުފާނުގެ ހުވަފެން

26 April 2018

5 މީހުން ތޮބި އިރު ވެސް 3 މީހުން ތިބި އިރު ވެސް ސަރުކާރު ގެ ނޮންމުމެއް ތިތަނުން ބާތިލް ވެއްޖެތަ؟

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

25 April 2018

ދެންވެސް އަވަހަށް އިންތިޚާބު ބާއްވަބަލަ. ކުރިމަތިލާން ބޭނުން.

The name is already taken The name is available. Register?

އުމަރު

25 April 2018

ގޮނޑިގެއްލޭ ގާނޫނު ބާތިލެއްނޫން، އެކަމަކު 1 ފެބްރުއަރީގައި ސްޕްރިއަމް ކޯޓުން ނެރުނުހުކުމް އޭގައި ބަގުޑިބައްދައިގެން ތިޔަ ތިއްބެވީ ކޮން ގާނޫނަކުން ބާރު ލިބިގެންތޯ؟

The name is already taken The name is available. Register?

ތަކުރުފާނު.

25 April 2018

މާތް ﷲ އަށް ޙަމްދުކުރަން ތިގާނޫނުގެ ސަބަބުން އެންމެން ސަލާމަތް އެބަކުރެވޭ. ރިޝްވަތަށް މަގު ފަހިވުމުން ދުރުއެބަ ކުރެވޭ. އެކަމަކު ތިގާނޫނުގެ ފައިދާ ކުރާނެ ހަގީގީ ބަޔަކީ އިދިކޮޅު ޕާރޓީ.

The name is already taken The name is available. Register?

ވަތުބަތާނަ

25 April 2018

އަމިއްލަ އަތުން ތިންފައި ބުރިކުރާނީ ވަރަށް މަޖުބޫރުވީމާ! އެކަމަކު މަޖުބޫރުކަމަކީ ދެންތިބީންނަށް އޭގެ މުޞީބާތް ނުޖައްސާ އެކަމަކުން ދުރުވުން! ތިމާގެ ޢުމުރަކީ ކޮބައިކަން ނޭންގޭއިރު ތިމަގެ ފުރުށުން ބައެއްގެ، ނިކަމެތި އަނބިންކޮޅެއްގެ، ދަރިންކޮޅެއްގެ، މުސްކުޅި މައިންބަފައިގެ ލޮލުން ކަރުނަ އޮހޮރުވައި ނުލައި، އެމީސްތަކުންގެ ޙައްޤު ފޭރިނުގަނެ ތިމާގެ ޖާނައިގެން ދުވެ ރައްކާވުން ދޯ؟

The name is already taken The name is available. Register?

ޥަސް

25 April 2018

‘ޢެހެންވެ ތިންމެމްބަރުން ދެކެވަޑައިގަތީ ވޯޓަށް އަހައިފައިވަނީ ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމުގައި އެވެ’ ޤާނޫނު އަސާސީ އާއި ޚިލާފަށް ވޯޓަށް އަހައިގެން ފާްސްކުރާ ބިލެއް ސައްޚަ ވާނެ ގޮތެއް އޮންނާނެތޯ؟

The name is already taken The name is available. Register?

ނާރެސް

25 April 2018

އިލްމީ ގޮތެއްގައި ބަލާލާފިއްޔާ ހުކުމުގެ އަސްލާ ފުށުއަރާ އެތައް ކަމެެއް މި ހުކުމުގައިވެސް އެބަހުރި. މިސާލަކަށް މަސައްކަތް ހުއްޓާލައި އިހްތިޖާޖް ކުރުމަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މީހަލަށް ލިބިގެންވާ ހައްގެއް. މަޖިލީހުގެ މެމްވަރުން އިސްތިސްނާއެއް ނުވެއެވެ. ވީމާ، މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ނުވެ ތިބެވިދާނެއެވެ. ދެން މިކަހަކަ އެތައް ކަމެއް މިހުކުން މަތިމަތިން ބަލާލާއިރު އެބަފެނެއެވެ. ހުކުމް އިއްވާގޮތަކުން ހުރަގެއަށް ދާންޖެހިދާނެކަމުގެ ބިރު އޮތުމުން މި ނޫން ހުކުމެއް ނެރުމަކީ ކުރެވިދާނެ ކަމަކަށް ނުވެދާނެއެވެ.

The name is already taken The name is available. Register?

ހާސަރު

25 April 2018

އެބާރަ މެންބަރުން ވަނަނުދީ ހިފެއްޓިކަން ފަނޑިޔާރުންނަށް އެގޭއިރު ފާސްކުރުން ރަގަޅުވަނީ ބަލަ ކިހިނެއް!

The name is already taken The name is available. Register?

ރިހާކުރު

25 April 2018

ތިއޮތީރަގަޅު ބޮނޑިއެއްލިބިފަ 12މެމްބަރ

The name is already taken The name is available. Register?

ބޯހަލާކި

25 April 2018

އެމެރިކާގެ ގާނޫނު ހަދާ މަޖިލީސް އެތާގެ ރައީސަށް އުވާލެވޭތޯއެވެ. 3 ބާރު ވަކިކުރެވިފައިވާނަމަ އެއްބާރު އަނެއްބާރަށް އަރައިގަތުން ހައްގުކަމެއްތޯއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454