އެންމެ ފަހުން ކްރިމިނަލް ކޯޓާއި ހައި ކޯޓަށް އައްޔަންކުރި ފަނޑިޔާރުން: ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިތުރު ދެ ފަނޑިޔާރަކު އައްޔަން ކުރަން ވަނީ ނިންމާފައި ---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
25 އެޕްރީލް 2018 - 17:49
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
އެއިން ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން އައްޔަން ކުރަން ޖޭއެސްސީން ނިންމީ އެ ކޮމިޝަންގައި ނެގި ސިއްރު ވޯޓަކުންނެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމީ ގއ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ހަސަން ނަޖީބާއި ވ. ފެލިދޫ ވިނަރެސް، އިސްމާއިލް ރަޝީދެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ހުސައިން ފާއިޒް ރަޝާދާއި ގދ. ފަރެސް މާތޮޑާ މުޝްތަރީގޭ، ހަފީޒާ އަބްދުއްސައްތާރެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް ލިބޭނީ މަހަކު 46،000ރ. އެވެ.
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރަން ނިންމިއިރު، ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތިން މަގާމެއް ވަނީ ހުސްވެފަ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 10 ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަމީރު
26 April 2018
ހަތަރު ފަސްރަށުގެ ކޯޓަށް އެއްވަގުތެއްގައި ދިޔުމުގެ ކުޅަދާނަކަން ލިބިގެންވޭބާ؟
ޕޮކަންޑިމޭން
26 April 2018
މަރުހަބާ އަލްއުސްތާޛު ޙަސަން ނަޖީބު. ނަމޫނާ، ޤާބިލް ފަނޑިޔާރަކަށް ވާނެކަން ޔަޤީން.
އުމަރު
25 April 2018
އުއްތަމަ ފަނޑިޔާރަށާއި، އަލީހަމީދަށާއި، މައުމޫނު އަށާއި، ފާރިސް އަށާއި އެހެނިހެން މީހުންގެ މައްޗަށް ހުކުމް އިއްވާނެ ފަނޑިޔާރުންކޮޅެއް ތިޔަވެއްދީ، އެކުދިން މިފަހަރު ތަރިޖަހާލާނެ ވަޒީފާގެ ފުރަތަމަ މަހުގައި، ލަފާކުރެވޭގޮތުގައި ރޯދައިގެ ކުރިން ހުކުމް އިއްވައި ރޯދައަށް އެހުރިހައި މީހުން ޖަލައް ހުކުމްކޮށް މައްސަަލަ ނިންމަވާނެ
ފިލްމު ވިއްކާ
25 April 2018
ސުބުހާނަ ﷲ! ޥިލިނގިލީ ހަސަން ނަޖީބު
އިޚްލާސް
25 April 2018
ގްރޫޕް އެއްކޮށް މާލޭގެ ކޯޓުތަކަށް ބަދަލުވެ ނިމުނީ.
ތިވަރެއް ނެތް
25 April 2018
މަރުހަބާ ޤާޒީ ހަސަން ނަޖީބު..ތިއީ ތިކަމަށް ޤާބިލް ތައުލީމީ ބޭފުޅެއް.
އިސްމާލު ނަޖީބު
25 April 2018
މި ތައްޔާރު ވަނީ ކަމަކު. ޑީލެއް
ޖައްލާދެއް
25 April 2018
ހަސަން ނަޖީބު އަކީ ފަނޑިޔާރު ކަމަށް އެއްވަނާގެ ބޭފުޅެކެވެ.ވަރަށް މުރުއްވަތް ތެރި ތަޤްވާވެރި އަދުލު ވެރި ބޭފުޅެކެވެ.
ފައިގެ ފިންގަރ ޕްރިންޓް ޖަހާ
25 April 2018
ސާފު ތޯހިރު، ޤާބިލް، ތާއުލީމީ، އަދުލު ވެރި މީހުން ފަނޑިޔާރު ކަމަށް ލެއްވެވުން އެދެން.
ނުކުރާ ދަތުރަށް ބިލް ހަދާ
25 April 2018
ށުބުހާނަﷲ ! ދެން ކިހިނެއް މި ތަން ރަގަޅު ވާނީ.؟