ކަންގަނާ: މި އަހަރުގެ ކާންސް ފިލްމް ފެސްޓިވަލްގައި އަލަށް ބައިވެރި ވާނެ.
30 އެޕްރީލް 2018 - 06:41
ފްރާންސްގައި ބާއްވާ ކާންސް ފިލްމް ފެސްޓިވަލްގައި ބައިވެރިވާ ބޮލީވުޑްގެ ތަރިން އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަ އިރު، މި އަހަރު ބާއްވާ 71 ވަނަ ކާންސް ފިލްމް ފެސްޓިވަލްގައި ބަތަލާ ކަންގަނާ ރަނާވަތުގެ އަލަށް ބައިވެރިވާނެ އެވެ.
ފްރާންސް ކުންފުންޏެއްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުން ކަންގަނާ ކާންސްގައި ފުރަތަމަ ބައިވެރި ވާނީ އަންނަ މަހުގެ 10 ގަ އެވެ. އަންނަ މަހުގެ 8-19 އަށް ކުރިއަށްދާ ކާންސް ފިލްމް ފެސްޓިވަލްގައި އޭނާ ތިން ދުވަހު ބައިވެރި ވާނެ އެވެ.
ކަންގަނާ މިހާރު އަންނަނީ ފެސްޓިވަލްގައި ބޭނުން ކުރާނެ ހެދުންތަކާ ގުޅޭ ގޮތުން ސްޓައިލިސްޓުންނާ އެކު ބައްދަވުންތައް ބާއްވަމުންނެވެެ. ރިޕޯޓްތައް ބުނާ ގޮތުން ކާންސްގައި ކަންގަނާ ލާނީ ހުދާއި އަޅި އަދި ނޫކުލައިގެ ގައުންތަކެވެ. ބޮލީވުޑްގެ އެންމެ ސްޓައިލިޝް ބަތަލާއިންގެ ތެރޭގައި ހިމެނޭ ކަންގަނާ، 31، އިންޑިއާގެ ސާޅީއެއްގައި ވެސް ކާންސްގައި ފެނުމުގެ ފުރުސަތު ބޮޑެވެ.
އޮގަސްޓް މަހުގެ 18-19 އަށް އެމެރިކާގެ ނިއު ޖާޒީގައި ބާއްވާ "ގާންދީ ގޯޒް ގްލޯބަލް" ސަމިޓްގައި އިންޑިއާ ތަމްސީލު ކުރާނީ ވެސް ކަންގަނާ އެވެ. އެ ސަމިޓްގައި ދުނިޔޭގެ މަޝްހޫރު އަންހެން ޝަހުސިއްޔަތުން ކަމަށްވާ އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ މިޝެލް އޮބާމާ އާއި އޯޕްރާ ވިންފްރީއާ އެކުގައި އޭނާ ސްޓޭޖް ހިއްސާ ކުރާނެ އެވެ.
ތާރީހީ ފިލްމް "މަނިކަރްނިކާ" ނިންމައިލުމަށް ފަހު، ކަންގަނާ މިހާރު ތައްޔާރުވަމުން އަންނަނީ ސައިކޮލޮޖިކަލް ތުރިލާ "މެންޓަލް ހޭ ކިޔާ" އެވެ.
ކަންގަނާ: ކާންސްގައި ލާނެ ހެދުންތައް އަންނަ ހަފުތާގައި ފައިނަލް ކުރާނެ.
ދީޕިކާ ޕަދްކޯން ކުޅުނު ފުރަތަމަ ހޮލީވުޑް ފިލްމް "ޓްރިޕްލްސް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" އާއި ފްރާންސްގެ ބްރޭންޑް ލޯރިއެލްގެ އެމްބެސެޑަރެއްގެ ގޮތުން މިދިޔަ އަހަރު ކާންސްގައި ބައިވެރިވި އެވެ.
އެ ފެސްޓިވަލްގައި އާންމުކޮށް ބައިވެރިވާ ބޮލީވުޑް ތަރިންގެ ތެރޭގައި ލޯރިއެލްގް އެމްބެސެޑަރުކަން ކުރާ އައިޝްވާރިޔާ ރާއީ އާއި ސޯނަމް ކަޕޫރް ހިމެނެ އެވެ. އަދި 2016 ގައި ކެޓްރީނާ ކައިފް ވެސް ވަނީ ކާންސްގައި ބައިވެރިވެފަ އެވެ. އޭނާއަކީ ވެސް ލޯރިއެލްގެ އެމްބެސެޑަރެކެވެ.
ކާންސްގައި މި އަހަރު އިންޑިއާގެ ފިލްމް "މަންޓޯ" ޕްރިމިއާ ކުރާނެ އެވެ. އެ ފިލްމަކީ ބަތަލާ ނަންދިތާ ދާސް ޑައިރެކްޓްކޮށް، ނަވާޒުއްދީން ސިއްދީގީ ޓައިޓްލް ރޯލް ކުޅެފައިވާ ފިލްމެކެވެ. އެއީ އިންޑިއާ/ޕާކިސްތާންގެ ކުރީގެ މަޝްހޫރު ލިޔުންތެރިޔާ ސާދާތު ހަސަން މަންޓޯގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަސްޓް
30 April 2018
ކަންގަނާ ރަނާވަތު ވެސް މި ފަހަރު އަލަށް ކާންސް ފިލްމް ފެސްޓިވަލްގައި ބައިވެރި ވާނަމަ ވެސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ. ކަންގަނާ އަކީ އެއީ އަދި އެހާ މޮޅު އެކްޓްރެސް އެއް ނޫނޭ އޭނާ އަށް ކުޅެން މުޅިން ވެސް އިނގެނީ ޑިޕްރެޝަން ގައި ހުންނަ މީހެއް ގެ ރޯލް އޭ އޭނާ އަށް ނޭގެއޭ މަޖާ ހެޕީ ރޯލް ކުޅެން. މިހާތަނަށް އޭނާ ކުޅެފައިވާ ފިލްމްސް ތަކަކީ ފްލޮޕްޑް ފިލްމްސް ތަކޭ ދެން އޭނާ އަމިއްލަ އަށް މީޑިއާގެ ފަލަ ސުރުޚީ އިން ޖާގަ ހޯދަން ވެގެން ރިތިކް އަށް އެޕްރޯޗް ކުރި އޭ އެކަން ވެސް ގޮވީ އޭނާ އަތަށޭ. އިޓްސް ޖަސްޓް އަ ފެއިލިއަރ އޭ މަމެން ބުނަން ނެތީމު ދޯ. ކާންސް ފިލްމް ފެސްޓިވަލް ގައި ފައިސާ ދީގެން ކަންގަނާ ބައިވެރި ވިނަމަވެސް އިޓްސް ޖަސްޓް އަ ސްޓޭޓަސް އެއްގެ ބޭނުމުގައި އޭނާ ކުރާ ކަމެއް ކަން މުޅި ބޮލީ ވުޑް ދަންނާނެއޭ. މިހާރު ކަންގަނާ އެ ދަނީ އޮއްސެމުންނޭ ދެން ނާރާނެއޭ. ބޮލީ ވުޑް ގައި އަންހެން އެކްޓްރެސް އަކަށް ހިފަހައްޓާލެވޭނީ 5 އަހަރު ދުވަހުއޭ ދެން ދާނީ ދަށަށޭ. ޖަސްޓް އެނަދަރ ލަކީ މަންޑޭ.