ޚަބަރު / ހުޅުމާލެ

ހުޅުމާލޭ ދެ ވަނަ ފިިޔަވަހީގެ މަގުތައް ހަދައި ނިންމައިފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތްތައް ނިމިފައި-- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މަގުތައް ހަދައި ނިންމުމަށް ކަނޑައެޅި ތާރީޚަށް ވުރެ ހަވާލުކުރި މުއްދަތު ހަމަވިތާ އަހަރެއްހާ ދުވަސް ފަހުން އެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް އާއި އަޝޯކާ ބިލްޑްކޮން ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރީ 40.3 މިލިއަން ޑޮލަރު (621.4 މިލިއަން ރުފިޔާ) އަށް އޮކްޓޯބަރު 28، 2015ގަ އެވެ. އޭރު ބުނީ އެ މަސައްކަތް 18 މަސް ތެރޭގައި ނިންމާނެ ކަމަށެވެ.

Youth city ge maguthah dhe aharuvee iru ves nunimey

Youth city ge maguthah dhe aharuvee iru ves nunimey

The most trusted news source in the Maldives

Mihaaru

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުން--

އެޗްޑީސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ތާރު އަޅައިގެން ހަދާފައިވާ އެ މަގުތައް ބޭނުން ކުރެވޭ ފެންވަރަށް ތައްޔާރުކޮށް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ ޓްރެފިކް ނިޝާންތައް ކުރެހުމާއި ޓްރެފިކް ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެ މަގުތަކުގެ މަސައްކަތް ނިމުމަކީ ދެ ވަނަ ފިޔަވަހި ތަރައްގީ ކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތްތައް ނިމިފައި-- ފޮޓޯ: އެޗްޑީސީ

ދެ ވަނަ ފިޔަވަހީގައި ތާރު އަޅައިގެން ހެދި އެ މަގުތަކުގެ ދިގުމިނުގައި 14.2 ކިލޯ މީޓަރު ހުންނާނެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ކުރިން ވިދާޅުވެފައިވަނީ އެ މަސައްކަތް ނުނިމި ލަސްވީ އެ ޕްރޮޖެކްޓަށް ބޭނުންވާ ލޯނު އިންޑިއަން އެގްޒިމް ބޭންކުން ހަމަޖައްސަން ވަގުތުތަކެއް ހޭދަވުމުން ކަމަށެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދުގެ މަގުތައް ހެދުމަށް، އެޗްޑީސީން އިންޑިއާގެ އެގްޒިމް ބޭންކުން ނެގި 34.3 މިލިއަން ޑޮލަރު (528 މިލިއަން ރުފިޔާ)ގެ ލޯނަށް ސަރުކާރުން ވަނީ ގެރެންޓީ ދީފަ އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ދަށުން 240 ހެކްޓަރުގެ ބިން ހިއްކައި އެ ރަށާ އިންވެގެން އޮތް ފަރުކޮޅުފުއްޓާ ވަނީ ގުޅުވާލައިފަ އެވެ. އަލަށް ހިއްކި ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަންނަނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހައުސިން ޕްރޮޖެކްޓްތައް ހިންގަމުންނެވެ.

13 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 4%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބޫ ހުޅުމާލެ

30 April 2018

ދެން ތިތަނުގައި އަހަރުމެން ދުއްވާލަން ޢާމުކޮށް ހުޅުވާލާނީ ކޮންއިރަކުންބާ..

The name is already taken The name is available. Register?

ކަކުނިބޯ

30 April 2018

240 ހެކްޓަރަށް މީހުން އާބަދުކުރުމަށް ބޭނުންވާ މަގުހެދުނީ ޖުމްލަ އާބާދުކުރާ 240 ހެކްޓާރުގެ އަކަފޫޓަކަށް 25 ރުފިޔާގެރޭޓުން ކިހާރަނގަޅު މެގަޕްރޮޖެކްޓު މިހެން މެގަޕްރޮޖެކްޓް ޖައްސާނެ ކަކުނި . ހެކްޓާރެއްގައި ހުންނާނެ 107639 އަކަފޫޓު އެހެންވީމާ ނިސްބަތުން ދެންހިގާބަލާލަމާ އަގު ތިޔަހެދި މަގުގެ އަކަފޫޓުން: 14.2 ކޮލޯމީޓަރު އަކީ 46588 ފޫޓު މިސާލަކަށް މަގުގެ ފުޅާމިން 40 ފޫޓުކލަމަށް ބެލިއްޔާ އަކަފޫޓަކީ 1863520 އަކަފޫޓު ދިޔައަގު 621.4 މިލޔަން ވިއްޔާ އަކަފޫޓަކަށް 333 ރުފިޔާގެ ޖަވާހިރުތިޔަތަނަށް އެޅިފައިވޭ ޔައުނީ ކޮންމެ އަކަ ފޫޓަކަށް ފަށްކާ

The name is already taken The name is available. Register?

ހިސާބު

30 April 2018

14.2 ކިލޯ މީޓަރު މަގުހެދުން: 621.4 މިލިއަން ރުފިޔާ 1 ކިލޯމީޓަރު މަގުހެދުން: 43.7 މިލިއަން ރުފިޔާ 1 މީޓަރު މަގުހެދުން: 43،762.39 ރުފިޔާ 1 ފޫޓް މަގުހެދުން: 13،342.19 ރުފިޔާ 1 އިންޗި މަގުހެދުން: 1111.84 ރުފިޔާ 1 ސެންޓިމީޓަރު މަގުހެދުން: 437.7 ރުފިޔާ

The name is already taken The name is available. Register?

އަލީގެ މަލީ

30 April 2018

އެއް ކިލޯ މީޓަރު މަގު އެހެންވީމަ 45 މިލިއަން ރުފިޔާއަށް ހާދަ އަގު ކުޑައޭ ދޯ...

The name is already taken The name is available. Register?

މަލީގެ އަލީ

30 April 2018

ތިއީ ކޮންތާކުން ހޯދައިގަތް ހިސާބުތަކެއްތަ؟ މަށަކަށް ނުފެނުނު މިލިޔުން މަތިމައްޗަށް ހަފަހަރު ކީއިރުވެސް..

The name is already taken The name is available. Register?

ޖަސްޓް

30 April 2018

ހުޅުމާލޭ ދެ ވަނަ ފިިޔަވަހީގެ މަގުތައް ހަދައި ނިންމައިފި ނަމަ މިހާރު ތަމެންނަށް އިނގޭނެ އެއް ނޫންތޭ މަމެން ޕިންކީން ނަކީ މީ ކަންކަން ކުރެވޭ ކަންކަން ކުރަން ދަންނަ މީހުން ކަމަށް. އެމްޑީޕީ މީހުން ރަށުތެރޭގައި ވަރަށް ޕްރޮޕެގެންޑާ ފަތުރާ ހުޅުމާލޭގައި 15 ހާސް ފްލެޓްސް އިމާރާތް ކުރަމުން ނުދާ ކަމަށް އެކަމަކު ހުޅުމާލޭގެ މަލަމަތިން 25 ބުރީގެ އިމާރާތް ތައް އަރަން ފެށުމުން ދެން އެމްޑީޕީ މީހުން ތިބޭނެ އަނގަޔަށް އިނގިލި ލާ ގޮތަށް އަނގައިން އިނގިލި ނައްޓަން ނޭނގިފައި ދޯ. އިޓްސް ޖަސްޓް އެނަދަރ ހިޕް ހޮޕް ޑާންސް ޑޭ. އިޓްސް ޖަސްޓް އަ ލަކީ މަންޑޭ..

The name is already taken The name is available. Register?

ޔުޝް

30 April 2018

ރޭގަ ހިއްކާ ނިންމާލީ، މިއަދު މަގު ހަދާ ނިންމާލައިފި! ޔާނު ސްޕީޑް ރަނގަޅު! ޝުކުރިއްޔާ!

The name is already taken The name is available. Register?

މަންޑޭލާ

30 April 2018

ނަޝީދުމެން ފޮނިވާހަކަ ދައްކަނީ ޔާމިން ތަރައްގީ މިކުރަނީ މުޅިރާއްޖެ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

30 April 2018

ޔާމިން ކިތަމްމެ ތަރައްގީ ގެނަޔަސް ރައްޔިތުންނާ ގާތުން ބައްދަލުކުރަން އެބަޖެހޭ އަޅުގަނޑުމެންނަ ފެނޭ ޔާމިންގެ ތަރައްގީ އެހެން ރައިސްސުންނައްވުރެ ރަގަޅުކަން.

The name is already taken The name is available. Register?

ޞބބބ

29 April 2018

ދެން ކޮންއިރަކުން ފްލެޓާށް އިއުލާންކުރަނީ؟؟؟؟؟

The name is already taken The name is available. Register?

1234

29 April 2018

ދެންވެސް އިންޑިޔާ ކުންފުނިތަކަށް ނުދީ ވޭތޯ ބަލާންވީ. 1.5 އަހަރުން ނިންމަން ބުނިތަން އެނިންމީ 3 އަހަރުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454