ރިސޯޓެއްގެ ޖެޓީމަތިން ބަގީއެއްގައި ޓޫރިސްޓުންތަކެއް ދުއްވާފައި ދަނީ: ޓޫރިޒަމުން ދައުލަތަށާއި ކުންފުނިތަކަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފައި.
06 މެއި 2018 - 10:00
ޓޫރިޒަމް ދާއިރާ އިން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.7 ބިލިއަން ޑޮލަރު (41.6 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކުން ނެރުނު އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ ޓޫރިޒަމް ދާއިރާ އިން މިދިޔަ އަހަރު ލިބުނު އަދަދު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 236.3 މިލިއަން ޑޮލަރު (3.6 ބިލިއަން ރުފިޔާ) އިތުރުވެފައި ކަމަށެވެ. މީގެ ތެރޭގައި ރިސޯޓުތައް ހިންގާ ކުންފުނިތަކަށާއި ދައުލަތަށް ލިބުނު އާމްދަނީ ވެސް ހިމެނެ އެވެ.
ޓޫރިޒަމް ދާއިރާ އިން ދައުލަތަށް ލިބޭ އާމްދަނީގެ ތެރޭގައި ބީޕީޓީ އާއި ޓޫރިޒަމް ޖީއެސްޓީ އާއި ރިސޯޓުތަކުގެ ބިމު ކުލި ހިމެނެ އެވެ.
އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން ޚިދުމަތުގެ އާމްދަނީގެ ގޮތުގައި ޖުމްލަ 3.1 ބިލިއަން ޑޮލަރު މިދިޔަ އަހަރު ލިބިފައިވެ އެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު 258.3 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ޚިދުމަތުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓޫރިޒަމުން ލިބޭ އާމްދަނީން ކަމަށެވެ. އެގޮތުން ހިދުމަތުގެ އާމްދަނީގެ 87 ޕަސެންޓް ހިއްސާ ކުރަނީ ޓޫރިޒަމުން ލިބުނު އާމްދަނީ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންސޫރު
06 May 2018
ތިޔަތަނުން އެންމެ ޑޮލަރެއްވެސް އަހަރެން ނުދެކުން. އަހަރެންގެވެސް ގައުމު. އަހަރެންގެވެސް ބިން.
އަހުމަދުބެ
06 May 2018
ރިސޯޓް ތައް ގިނަ ވުމުން އާއްމުންނަށް ލިބޭ ފައިދާ އެއް ނެތެވެ. ފައިދާ ވަނީ ވިޔަފާރިވެރީންނާއި ސިޔާސީ މީހުނަށެވެ. މާލެ އާއި ރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭ ހާލަތު ދިރާސާ ކުރުމަށް ހަދާފަ ހުރި ރިޕޯޓް ތަކުން ހަގީގަތް ވަނީ ހާމަ ވެފައެވެ. ސަރުކާރުގެ އާމްދަނީ އިތުރު ވާވަރަކަށް ސިޔާސީ މީހުންގެ ޑިމާންޑް ތައް ވެސް ގިނަ ވެގެން ދެއެވެ.
ޅަބޭ
06 May 2018
ތި 2.7 ބިލިއަން ޑޮލަރު ވަންނަނީ މަދުބަޔެއްގެ ޖީބައް. ވަރައް ސަލާން ޔާމީނައް!
ހަސަންމަނިކުފާނު
06 May 2018
އެހެންވީމަ ރިސޯޓް ތައް އަދިވެސް އިތުރުކުރަންވީ! މީހުން ދިރިއުޅޭ 200 ރަށް އަދި 1000 ރިސޯޓް ހެދީމަ ހުންނާނީ ހަމަ ފައްކާވެފަ!